އަޟުޙާ ޢީދުގެ ތަހްނިޔާ

ކިޔާފައިވާ ޢަދަދު: 3045
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ޢީދު އަޟުޙާ އައުމާ އެކީގައި މީދަންނަވާ ހެޔޮހިތުން ތަހްނިޔާ
       ރީތި ފަރިހައި މަލުން ހެން ގަތާލައި، ހެޔޮބަސްތަކުން ދަންނަވާ ތަހްނިޔާ

އެންމެހެނދުނާ ނަލަކަންމަތީގައި އެންމެންއެކީގައި ޖަމާޢަތްހަދައި
       ދެން ސަލާމުން  އަތްތައް ގުޅާލައި  ހިނިތުންވެތިބެ ދަންނަވާ ތަހްނިޔާ

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (10)

ކިޔާފައިވާ ޢަދަދު: 5237
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(1 އޮކްޓޯބަރ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެނބުރި މާލެއަށް އައުން:
ގަޑިން ބަރާބަރު ފަހެއް ޖެހުމުން ހުރާގެ ހިތްހެޔޮ، މެހެމާނުންނަށް އެންމެހައި ދީލަތި، ލޮބުވެތި ރައްޔިތުންނަށް އަލްވަދާޢު ކިޔައި މާލެދާން ފުރަން ޖެހިއްޖެއެވެ. މިފަހަރު އަޅުގަނޑުމެން އެންމެ ފުރަތަމަ ފާލާމުން ފޭބީ ކުޑަ ބޮއްކުރައަކަށެވެ. މި ބޮއްކުރާ އަރިއަޅައިލުން ހުއްޓުވުމުގެ ގޮތުން ވަރުގަދަ ހަތަރު ފިރިހެނުން، މޫދަށް އެރި، ކަކޫތާފެނުގައި ތިބެގެން އަޅުގަނޑުމެން ތިބި ބޮއްކުރާ މަޑުމަޑުން ކޮއްޕާފައި، ލާންޗުދޮށަށް ގެންގޮސް އަޅުގަނޑުމެން އެންމެން ލާންޗަށް އަރައި ނިމެންދެން ބޮއްކުރާ ސާބިތުކަންމަތީ އޮބަހައްޓައިދިނެވެ. ދެން ލާންޗު ދުއްވާ މީހާ، ވަރަށް ކުޅަދާނަ ކަމާއި ކެތްތެރިކަމާއި އެކު ފަޅުތެރޭގައިވާ ގާގަލުގައި ނުޖެހޭ ގޮތަށް، ދިރުނބާކޮޅުގައި ހުރި މީހެއްގެވެސް އެހީ އާއި އެކު، މަޑު ފެހި ކުލައިގެ ހިސާބުން ގަދަ ނޫކުލަ ފެށޭ ފުން ހިސާބަށް ލާންޗު ނެރެ ފުރިހަމަ ދުވެލީގައި މާލެއަށް މިސްރާބު ހިފައިފިއެވެ. ހުރައިން ފުރައިގެން އެނބުރި މާލެ އައި ދަތުރުގައި ފެނުނު މަންޒަރުތައް ކުރީދަތުރުހައި ފުރިހަމައެވެ.

خليل އާއި ذبيح ގެ އުފާވެރި ހަނދާން

ކިޔާފައިވާ ޢަދަދު: 2131
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާކޮށް އެކުލަވައިލީ: އަޙްމަދު އަޖްމަލް ޙާމިދު

1.    ގޮވައިލެއްވި ގޮވައިލެއްވުން
އިބްރާހީމްގެފާނު ކަޢުބާ ބިނާކޮށް ނިންމެވުމުން، މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލެއްވުމަށް މާތް ﷲ އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މިއަމުރުފުޅާމެދު އެކަލޭގެފާނުގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ. އެކަލޭގެފާނު ދެންނެވިއެވެ. “ޔާ ﷲ އެވެ. މިއަޅާގެ އަޑު އެހުރިހާ އެންމެންނަށް ފޯރާނީ ކިހިނަކުންތޯއެވެ؟” އެހިނދު މާތް ﷲ އެކަލޭގެފާނަށް އެންގެވީ އެކަލޭގެފާނުގެ ވާޖިބަކީ މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލެއްވުން ކަމަށެވެ. އެގޮވާލެއްވުން އެންމެހާ މީސްތަކުންނަށް ފޯރުކޮށްދެއްވުމަކީ އެކަލާނގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ސާހިބާ (34)

ކިޔާފައިވާ ޢަދަދު: 3658
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ފާޠިމަތު ނަހުލާ
(27 ސެޕްޓެމްބަރ 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އިރުކޮޅަކުން މީނާ ތިރިއަށް ފައިބާތަން ފެނުނެވެ. މީނާ ލައިގެން ހުރި ހެދުން ފެނުމުން، ޝަހުދުގެ ހިތުގެ ވިންދުތަކަށް ބަދަލު އަންނަން ފެށިއެވެ. މީނާގެ އެ ހެދުމުންވެސް ދޭހަވަނީ، އޭނާ ޝަހުދާ ދޭތެރޭގައި ބަދަލުނުވާ ކަމެވެ. އޭނާގެ ހިތުގައިވާ ޝަހުދުގެ މައްޗަށްވާ ލޯބި އަދިވެސް ހަމަ އެގޮތުގައިވާ ކަމެވެ. މީނާއަށް ޝަހުދު ފެނުމުން ހުއްޓެވުނެވެ. ޝަހުދު ހުރިގޮތުންނެވެ. ހެދުން ބަދަލުވެފައި ވުމުން އިނގެނީ، ޝަހުދު މީނާ ހަނދާން ނައްތާލަން ބޭނުންވާކަމެވެ. މީނާ އިސްޖަހާލިއެވެ. އޭނާއަށް އެންމެ ރަނގަޅެވެ. އެންމެ ރަނގަޅު ނޫނަސް ކުރާނީ ކީއްހެއްޔެވެ؟ ޝަހުދު އޭނާ ދޫކޮށްފައި އެ ދަނީއެވެ. ދެން އޭނާއަކަށް ޝަހުދެއް ނުފެންނާނެއެވެ. ކިތަންމެ ބޭނުންވިޔަސް، އޭނާއަކަށް ޝަހުދުގެ ލޯތްބެއް ނުލިބޭނެއެވެ. އެކަން ޖެހޭނީ އޭނާ ޤަބޫލުކުރާށެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(71)

ކިޔާފައިވާ ޢަދަދު: 1718
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ސޯސަން ކްލަބް އޭދަފުށީގައި

މިދިޔަ އަޟްޙާ ޢީދުގެ އުފާތަކާއެކު އ.ތޮއްޑޫ ސޯސަން ކްލަބްގެ ބަޑިޔާ ގްރޫޕްގެ ބަޑިޔާ ޖެހުން ބ. އޭދަފުށީގައި އޮތެވެ. މިކަންއޮތީ، އޭދަފުށީ މަދަރުސަތުލްބަހިއްޔާގެ ހޯލް ތެރޭގައެވެ. 3 ރޭ މަތިން 760 މީހުން ކުޅިބެލިއެވެ.

ލާމަސީލު އަގުހުރި، ދިވެހި ދަރިއެއްގެ ކުރު ޙަޔާތް:

ކިޔާފައިވާ ޢަދަދު: 3734
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޝަހީދު ޑޮކްޓަރ އަފްރާޝީމް ޢަލީ

ޙަސަން ޝާކިރު މުޙައްމަދު

އަޅުގަނޑު އާންމުކޮށް ފޯނު ގެންގުޅެނީ ރިންގު ނިއްވާލައިގެންނެވެ. ނަމަވެސް ނިދަން އޮށޯންނައިރު ފޯނު ރިންގުވާގޮތަށް ބޭއްވުމަކީ، އަޅުގަނޑުގެ އާދަކޮށް ކަންތައްކުރާގޮތް ކަމުގައިވިޔަސް   2012 އޮކްޓޯބަރ 1 ވަނަ ދުވަހުގެ ރޭގެ ނިދަން އޮށޯވެވުނީ ފޯނުގެ ރިންގު ނިއްވާލައިގެންނެވެ. އެރޭ އަޅުގަނޑު ނިދަން އޮށޯތީ 12 ޖަހާކަންހާއިރެވެ. ފަތިހު އަންހެނުން ގޮވުމުންވެސް ހޭލެވޭގޮތެއް ނުވިއެވެ. އާދައިގެމަތިން އޭނާވެސް ކޮޓަރީގައި ނަމާދުކޮށްލައިގެން އޮށޯތީއެވެ. އޭރު ރާއްޖޭގެ އެތައްބަޔަކު ނުނިދާ ފުންހިތާމަތަކެއް ކުރަމުންދާކަމުގެ އިޙްސާސެއް އޭނާއަކަށްވެސް ނުވިއެވެ. މީޑިއާގެ މަޢުލޫމާތުގެތެރޭގައި އަބަދުވެސް އުޅެމުންދާ އަޅުގަނޑުމެންގެ ދޮށީ ދަރިފުޅު އޭނާގެ މަސައްކަތުގައި ޓީ.ވީ. ހުޅުވައިގެން ލެޕްޓޮޕުން ޚަބަރުތައް ދިރާސާކުރަމުން ގެންދިޔަކަމެއްވެސް ނޭނގުނެވެ.

އޭރުގެ ފަތްފުށްތަކުން…. (92)

ކިޔާފައިވާ ޢަދަދު: 2166
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަސްބަސް ވަކިކުރުން

ޢަބްދުއްލާ ޞާދިޤު

 
ލިޔުންތެރީންގެ ގުޅުމުގެ މުސްތަޝާރު، އަލްފާޟިލް ޢަބްދުﷲ ޞާދިޤަކީ، މިވަގުތު ރާއްޖޭގައި ތިއްބެވި ދިވެހި އަދަބީ ފަންނުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭ ޚާއްޞަ ބޭފުޅެކެވެ. ޢަބްދުﷲ ޞާދިޤަކީ، އަދަބިއްޔާތުގެ ހުރިހާ ފަންނެއްގައި އޭނާގެ ގަލަންކޮޅު ހިންގަވަމުން ގެންދަވާ ހުނަރުވެރިއެކެވެ. ގިނަ ދަރިވަރުންތަކެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ، އަދި މިހާރުވެސް ހޯއްދަވަމުން ގެންދަވާ، ދިވެހިބަހުގެ ކުޅަދާނަ އުސްތާޛެކެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (9)

ކިޔާފައިވާ ޢަދަދު: 5144
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(30 ސެޕްޓެމްބަރ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަންހެނުންގެ މިސްކިތް:
މިއީ އަންހެނުން އެކަނި ނަމާދު ކުރުމަށް ޚާއްސަ ކުރެވިފައިވާ މިސްކިތެކެކެވެ. އެއްވެސް ފިރިހެނަކު މި މިސްކިތަކަށް ނާރާނެއެވެ. ފިރިހެނުންގެ މިސްކިތުގައި ހުންނަފަދައިން އިމާމުވެ ނަމާދު ކުރާ މީހާ ހުންނަ މިހުރާބުގެއެއް މި މިސްކަތަކު ނުހުރެއެވެ. އަންހެނުންގެ މިސްކިތާއި ފިރިހެނުންގެ މިސްކިތާއި ހުރި އަނެއް ތަފާތަކީ މި މިސްކިތުގައި ވުޟޫ ކުރެވެން ނުހުންނަ ކަމެވެ. އެއީ މީހުންގެ ތެރޭގައި ވުޟޫ ކުރުމުގެ ބަދަލުގައި އެމީހުންގެ ކިބައިން އެދެވިގެންވަނީ ގޭގައި ވުޟޫ ކޮށްގެން މިސްކިތަށް އައުމެވެ. ފިރިހެނުން މަސައްކަތުގައި އުޅެފައި ސީދާ މިސްކިތަށް އަންނަހެން މި ކަނބަލުންނެއް ނާންނާނެއެވެ. އަޅުގަނޑަށް ކިޔައިދިން ގޮތުގައި އަންހެނުން ގޮވައިގެން އިސްވެ ނަމާދު ކުރާ އަންހެން އިމާމަކުވެސް ސަރުކާރުން އައްޔަންކޮށް މުސާރަދީފައި ހުރެއެވެ.

” ނަސޭހަތެކޭ މި ޔާރުންނޭ! “

ކިޔާފައިވާ ޢަދަދު: 1792
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒާހިރު ޢަބްދުއްރަޝީދު (ޢަންދަލީބު)، ހއ. އިހަވަންދޫ
ހިތާއި  ދުލާ  މި  ޝަކުވާކޮށް،  ގޮވާ   ނަގަނީއެ  ޔާރުންނޭ
             ހިތާމައިގައި  ދެ   ގުނަވަންވެސް،   ފަނާވެދަނީއެ   ޔާރުންނޭ!

ނެތީއެގޮތެއް   ފޮތެއްއުޅުމަށް،   “ޖަހާހާ   ބެރަކަށޭ  ނަށަނީ”
             ނެތީމާ  މިންވަރެއް   އަޚުލާޤު،   ރޮވޭގިސްލައިފަ   ޔާރުންނޭ!

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (8)

ކިޔާފައިވާ ޢަދަދު: 5284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(29 ސެޕްޓެމްބަރ 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކަނޑުމަތީގައި އުފާވެރި ވަގުތުތަކެއް:
މިބޭފުޅުން އަޅުގަނޑަށް ހައްދަވައިދެއްވި ތާވަލުގައި، މީހުން އުޅޭ އެހެން ރަށަކަށް ގޮަސް ރަށްފުށު ދިރިއުޅުން ކައިރިން ބަލައިލުން ހިމަނައި ދެއްވާފައި އޮތެވެ. ދިވެހި ރަށްތައް އުފެދިފައިވާ ގުދުރަތީ ގޮތާއި މެދު ހައިރާންފުޅެވެގެން، މި ރަށްތަކަކީ އަޖައިބެއްފަދަ ތަނެއްކަމުގައި އިބްނު ބަތޫތާ ލިޔުއްވީވެސް އެތައް ސަބަބެއް އޮވެގެންނެވެ.