ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (7)

ކިޔާފައިވާ ޢަދަދު: 6165
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(28 ސެޕްޓެމްބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ލީބިޔާ އެމްބަސީގައި:
މާލޭގައި ހުންނަ ލީބިޔާ އެމްބަސީ ހިންގުމާއި ހަވާލުވެ ހުންނެވި އަލް އުސްތާޒު ޙަސަން ޤުރައިރާ، ކުރިން އެއްބަސް ވެވިފައިވަ ފަދައިން 9.30 އަށް އަޅުގަނޑު ދެކިލަން ވަޑައިގަތެވެ. ދިވެހި ރާއްޖޭގައި މަސައްކަތް ކުރުމާ ބެހޭ ގޮތުންނާއި އަރަބި ދުނިޔެއާއި ގުޅުން ހުރި ވާހަކަ ދެއްކެވިއެވެ. އޭނާ ވަރަށް ހާމަ ގޮތެއްގައި ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ލީބިޔާގެ އެމްބަސީއެއް ހުރުމުގެ ހަމަ އެކަނި ސަބަބަކީ ދިވެހީންނަކީ އިސްލާމުން ކަމަށް ވާތީއެވެ. ދެގައުމު ގުޅުވައިދޭ ހަމަ އެކަނި ކަމަކީ އެއީއެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުންނާއި ވިޔަފާރީގެ މަސްލަހަތަށް ބަލާއިރު، މުޅި އޭޝިޔާގައި ވެސް ލީބިޔާގެ ސިޔާސީ މާބޮޑު މަސްލަހަތެއް ނެތްކަމުގައެވެ. ސިލޯނުން މަސައްކަތު މީހުން ލީބިޔާގެ ކުންފުނިތަކުން ގެންދެއެވެ. އެއީ ވެސް  ފައިސާ ހުރި ބަޔަކަށް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ހޯދިދާނެ ހުނަރުވެރިންނެވެ. ސިލޯނުން ލީބިޔާ މީހުން ބޭނުމީ ހަމަ އެކަނި ސިލޯނު ސައިފަތެވެ. އެނޫން އެއްޗެއް މުޅި އޭޝިޔާ ބައްރުން ވެސް ލީބިޔާއަށް ބޭނުން ޖެހޭ އެއްޗެއް ނެތެވެ!

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1900
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްއަޚު އަޝްރަފް ޢަލީގެ ލޮބުވެތި މަންމަ ގއ. ނިލަންދޫ، ލިލީމާގޭ އަލްފާޟިލާ ފާޠިމަތު ޙުސައިން، ދާދި ދެންމެއަކު އެޑީކޭ ހޮސްޕިޓަލުގައި އަވަހާރަވެއްޖެ އެވެ. މި ހިތާމަވެރި ޚަބަރު ލިޔުންތެރީންގެ ގުޅުން އެހީ ވަރަށް ފުން ހިތާމައަކާއެކީގައެވެ. މަރުޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަނީ ޢާއިލާއަށް ކެތްތެރިކަން އިތުރުކޮށްދެއްވުން އެދެމުންނެވެ. 

 

މި ހިތާމަވެރި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އަޚު އަޝްރަފް ޢަލީ އާއި ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ.

 

ޚަބަރު ލިބިފައިވާ ގޮތުގައި މައްޔިތާގެ ޖަނާޒާ އޮންނާނީ މާދަމާގެ މެންދުރު ނަމާދަށްފަހު، އާ ސަހަރާ މިސްކިތް (މަސްޖިދުއްތަޢާވުން) ގައެވެ. ވީހައި ގިނަ ބޭފުޅުން މި ޖަނާޒާގައި ބައިވެރިވެވަޑައިގެންދެއްވުމަކީ އަޅުގަނޑުމެންގެ ޚާއްޞަ އެދުމެކެވެ.

 
ލިޔުންތެރީންގެ ގުޅުން

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (6)

ކިޔާފައިވާ ޢަދަދު: 4763
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(26 ސެޕްޓެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ސަޢޫދީ ރިޔާލަކަށް 4 ކިލޯ މަސް:
ކުރިން ދެންނެވި އަޖައިބެއް ކަހަލަ ބާޒާރަށް ފަހު ދެން އަޅުގަނޑުމެން ދިޔައީ ދިވެހީންގެ މަސްމާރުކޭޓަށެވެ. ފަޅުގައި އޮތް ދޯންޏެއްގައި މީހަކު ކައްކަން އިން ވާހަކަ އަދި ދަންނަވައި ނުލެވެއެވެ! އޭނާ އިނީ ލަކުޑި ދޯންޏެއްގައި، ދަރުން ކައްކާށެވެ! ރޭގަނޑުގެ ކެއުން ތައްޔާރު ކުރަނީ ކަމުގައިވެސް ވެދާނެއެވެ. އެ ދޯނީގައި އޭނާ ވިއްކަން ގެނައި ތަކެތިވެސް ހުއްޓެވެ. ކައްކަނީވެސް އެ ދޯނީގައެވެ! ވީމާ މި ދޯންނަކީ އޭނާއަށް، ބަދިގެއަކާއި ފިހާރައެއްވެސްމެއެވެ!

ސާހިބާ (33)

ކިޔާފައިވާ ޢަދަދު: 3841
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(21 ސެޕްޓެމްބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
އަނެއް ދުވަހުގެ އިރު އަރައިފިއެވެ. މެންދުރުވުމުން ބާޒާރުކޮށްލަން ދިއުމަށްޓަކައި ފަހުމީ މީނާ ބަލައި އައެވެ. މީނާގެ މޫނުމަތިން އާދަޔާ ޚިލާފު ގޮތެއް ފަހުމީއަށް ފެނިގެން ދިޔައެވެ.
“ރޭގައި ނުނިދަނީތަ؟” ފަހުމީ ފާޑަކަށް ބަލައިލަމުން އެހިއެވެ.

“ޙައްޤު ހޯދަން މަސައްކަތްކުރާ މީހެއްގެ ނަޒަރުން ބަލާއިރު ކްރިސްޓިއަނިޓީ ވަނީ ނޭވާ ހޮޅިޔަށް އެޅިފައެވެ.”

ކިޔާފައިވާ ޢަދަދު: 2334
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ޙައްޤު ހޯދަން މަސައްކަތްކުރާ މީހެއްގެ ނަޒަރުން ބަލާއިރު ކްރިސްޓިއަނިޓީ ވަނީނޭވާ ހޮޅިޔަށް އެޅިފައެވެ.”

                        _______  މުޙައްމަދު އަމީން ސީ.ކޭވް

ޢަބްދުﷲ ފާރޫޤް ޙަސަން

އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމީ އަޚް މުޙައްމަދު އަމީނު ސީ. ކޭވް ވަނީ އޭނާ އިސްލާމް ވެވަޑައިގެންނެވި ގޮތާ ބެހޭގޮތުން ޚާއްޞަ ބަސްދީގަތުމެއް ދެއްވައިފައެވެ. އިސްލާމީ ދުނިޔޭގެ ޤަދަރުހުރި މަޖައްލާއެއް ކަމުގައިވާ “އަލްމުސްލިމީން” އަށެވެ. ތިރީގައި މިވަނީ އެބަސްދީގަތުމުގެ ތަރުޖަމާއެވެ.
 

ކުދިވާހަކަ (59)

ކިޔާފައިވާ ޢަދަދު: 4336
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (59)

ވަޔާއި އިރު

ޢައްބާސް އިބްރާހީމް

ވަޔާއި އިރު އެއްދުވަހަކު ޒުވާބުކުރަމުން ދިޔައެވެ. ދެ “މީހުން” ކުރެ ބާރުގަދައީ ކާކުކަމާމެދުގައި އުފެދުނު ސުވާލަކާ ގުޅިގެންނެވެ. އިރު ބުނަމުންދިޔައީ ބާރުގަދަވާނީ އޭނާ ކަމަށެވެ. ހަމަ އެ ގޮތަށް ވައި ވެސް ބުނަމުން ދިޔައީ ބާރުގަދަވާނީ އޭނާކަމަށެވެ. އެތައް އިރެއް ވަންދެން މި ޒުވާބު ކުރުމަށްފަހު އެއްބަސްވީ މިކަމާ ގުޅޭގޮތުން ވާދަކުރުމެއް ބޭއްވުމަށެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (5)

ކިޔާފައިވާ ޢަދަދު: 5118
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(24 ސެޕްޓެމްބަރ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ވެރިކަން ކުރާ މާލޭގައި ބޮޑު މިސްކިތަކަށް ބޭނުންޖެހިފައިވާ ކަމަށް ވިދާޅުވެފައި، ކުރާން ޖެހިފައިވާ ތަފާތު ކަންތަކަށް އެމަނިކުފަނު އިސާރާތް ކުރެއްވިއެވެ. ދިވެހި ރާއްޖޭގެ ރޭޑިއޯ އިސްޓޭޝަނަށް ވެސް ވިހި އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ކަމާއި އެތަނަށްވެސް ޒަމާނި އާލާތްތައް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ބިމުގެ ދަތިކަމާއި ބިން ހިއްކުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލި އަޅުއްވައިލެއްވިއެވެ. ދެން ވާހަކަފުޅު ނިންމަވައިލެއްވުމުގެ ކުރިން އަޅުގަނޑަށް އެއްވެސް ދަތިކަމެއް ދިމާވޭތޯ ސުވާލުކެރެއްވިއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(70)

ކިޔާފައިވާ ޢަދަދު: 1677
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިތާރީޚުގެ އަނެއްކާވެސް އެންމެ ކުލަގަދަ އެއް ޞަފްޙާ ލިޔެވި ނިމިއްޖެ

ރާނީ މާލެފައިބާ ވަޑައިގަތުން

ޢަޞްރު ނަމާދުގެ ބަންގީގެ އަޑާއެކުއެކީ ކަހަލަ ގޮތަކަށް ރޯޔަލް ޔޮޓް ބްރިޓޭނިޔާ އިނގިރޭސި ރާނީ ގޮވައިގެން އައިސް މާލޭގެ ބަނދަރު ޖަހައިފިއެވެ. ދުވަހަކީ އުޑުމަތި ރީތި، ވަރަށް ހެޔޮވަރު ވައިރޯޅިއެއް، އިރު އުތުރުން ޖެހިލައި ޖެހިލާ ހުރި ދުވަހެކެވެ. ހޫނުހުރީ 90 އާއި ކައިރީގައެވެ. އެއީ މިދިޔަ ހޯމަ ދުވަހުއެވެ. މާރޗް އިން 13 އެވެ.

ބަދަލުވަމުންދާ ތިމާވެށި

ކިޔާފައިވާ ޢަދަދު: 2504
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޝާކިރު
މި މަޒުމޫނަކީ، 2009 އެޕްރީލް 24 ވަނަ ދުވަހު “ފަންވަތް” މަޖައްލާއަށް އަޅުގަނޑު ލިޔުނު ލިޔުމެކެވެ. އޭގެ ފަސް އަހަރުފަހުން މި މަޒުމޫނު ހަމަ އަޅުގަނޑު ކިޔުމަށްފަހު، ފުރަތަމަ ލިޔުނު ލިޔުމުގެ އަސްލު ނުގެއްލޭގޮތުން ބައެއް ކުދިކުދި ބަދަލުގެނައުމާއެކު ލިޔުންތެރިންގެ ގުޅުމުގެ ކިޔުންތެރިންނަށް ހުށައަޅައިލުމުގެ ޚިޔާލުގައި ދެންނެވިފަދަ އުނިއިތުރުތަކާއެކު ތިޔަބޭފުޅުންގެ އަރިހަށް ހުށައަޅައިލަމެވެ. ފުރަތަމަ މި މަޒުމޫނު ލިޔެ ފަންވަތަށް ހުށައެޅީ “ބަދަލުވަމުންދާ ޒަމާން” މި ސުރުޚީގެ ދަށުގައެވެ. އެހެންނަމަވެސް، މި މަޒުމޫނަށް ބޮޑަށް ގުޅޭކަމަށް އަޅުގަނޑަށް މިހާރު ފެނުނު މައުޟޫޢަކީ “ބަދަލުވަމުންދާ ތިމާވެށި” ކަމަށް ވުމުން ފުރަތަމަ ސުރުޚީ ބަދަލުކޮށްލީއެވެ.

އޭރުގެ ފަތްފުށްތަކުން…. (91)

ކިޔާފައިވާ ޢަދަދު: 1989
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޔާހުން ބަރާސް

ޖަޕާނުންގެ ރަޙްމެއްނެތް އަނިޔާގެ ދަށުގައި

ސިއްކަގޭ عبدالمجيد سليم

 އަލްފާޟިލް އަލްމަރްޙޫމް ޢަބްދުލްމަޖީދު ސަލީމް (ރަޙިމަހުﷲ) ނުވަތަ ސިއްކަގޭ ދޮންމަނިކުފާނަކީ،  އޭރުގެ ބައެއް ނޫސް މަޖައްލާތަކަށް ލިޔުއްވާފައިވާ ލިޔުންތެރިއެކެވެ. ގިނައިން ލިޔުއްވާފައިވަނީ، ތާރީޚީ ލިޔުއްވުންތަކެވެ. މިހާރުވަނީ އޭނާގެ ލިޔުއްވުންތަކުގެ 2 ފޮތެއްވެސް ޝާއިޢު ކުރެވިފައެވެ.
އަލްމަރްޙޫމް ޢަބްދުލްމަޖީދު ސަލީމުގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ. 
އަލްފާޟިލް ޢަބްދުލްމަޖީދު ސަލީމުގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، މީގެ 40 އަހަރު ކުރީން، 11 ނޮވެންބަރު 1973 ގައި އައްޑު އަތޮޅުގައި ނުކުތް ދުވަހު ނޫސް “އުދަރެސް” ގެ ޖުމްހޫރީ ދުވަހުގެ ޚާއްޞަ ނަންބަރުންނެވެ.
މި ލިޔުން ނަކަލުކުރުމުގައި ލިޔުމުގެ އަސްލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ.