މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(30)

ކިޔާފައިވާ ޢަދަދު: 1610
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ދިވެހި تاريخ އާއި ثقافۃ އަށް خدمۃ ކުރާ مجلس
      ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
          މާލެ، ދިވެހިރާއްޖެ                    نمبر:81/1

اعلان

ދިވެހި ثقافۃ އާބެހޭ ކުޅިވަރުތައް އެކަށީގެންވާ ފެންވަރެއްގައި ދެމެހެއްޓުމުގެ ގޮތުން ދިވެހި تاريخ އާއި ثقافۃއަށް خدمۃ ކުރާ مجلسން ވަނީ ވިސްނަވައި ގޮތެއް ކަޑައަޅުއްވައިފައެވެ. މިގޮތުން މިހާރު މާލެއާއި ރާއްޖެތެރޭގައި ކުޅޭކުޅިވަރުތައް ރަސްމީފަރާތެއްގައި ދެއްކުމުގެ ކުރިން އެކުޅިވަރެއްބަލާ ފާސްކުރުމަށްވަނީ ނިންމާފައެވެ.

ސާހިބާ (30)

ކިޔާފައިވާ ޢަދަދު: 3340
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(5 ސެޕްޓެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މީ ޙަޤީޤަތަކީ…..އެކަމަކު މީ ކޮންމެހެން މީނާއަށް އެނގެންޖެހޭ ޙަޤީޤަތެއް ނޫން. އެނގިގެން ވާނެ ފައިދާއެއް ނުވެސް އޮންނާނެ….. ކިތަންމެ ބޭނުމަސް ކުރެވޭނެ އިތުރު ކަމެއްވެސް ނޯންނާނެ. މިވާހަކަ ރަނގަޅުވާނީ މިހާ ހިސާބުން ހުއްޓާލާފައި، ހިތުގައި އޮތް ކަމެއް ހިތުގައި ބޭއްވިއްޔާ….” ޝަހުދު ވާހަކަ ނިންމައިލިއެވެ. އެހެންނަމަވެސް މީނާ އެހާ ހިސާބުން އެވާހަކަ ހުއްޓައިލާކަށް ބޭނުމެއް ނުވިއެވެ.

ދިވެއްސަކަށް ވީތީ

ކިޔާފައިވާ ޢަދަދު: 3372
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނޯޓް: މިއީ ލިޔުންތެރީންގެ ގުޅުމުގެ މެންބަރުނަށް ޝާއިޢުކުރި ޅެމެކެވެ.

      ދިވެއްސަކަށް ވީތީ

ޢަބްދުއްރަޝީދު ޙުސައިން
ދިވެހި މި ބިމަށް  އުފަން ވިއްޔާ   ގޮތެއް ހުރި  މީހަކަށް  ވައްޗޭ
               ރިވެތި އަޚްލާޤް ހުރި   މި ތަނަށް ކުލުނު ހުރި  ދަރިޔަކަށް ވައްޗޭ

އަދަކު ހެޔޮ އެއްގޮތެއްވެސް ނެތް، މަގަކު ހިތް ހެޔޮ އެކަކުވެސް ނެތް
               ޅަދަށުވެވި ފެތި ޣަރަޤު ނުވަނީސް،  ބަނދަރަކަށް ޤައުމު ގެންދައްޗޭ

މިހެން ގޮސް ތަން ފަނާވެ ދިޔަސް، ދިވެހިރާއްޖޭގެ ނަން ނެތުނަސް
               އެހެން  ބަޔަކަށް މިކަން ބޮޑުވާނެޔޭ   ހީކޮށް    ނު  ހުންނަށްޗޭ

ކާވެނި ނުކުރާން ވައުދުވެގެން ތިބި އަލްބޭނިއާގެ ފަރުބަދަ މަތީ އަންހެނުން

ކިޔާފައިވާ ޢަދަދު: 3773
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ބޭރުފުށުން ބަލާބެލުމަށް މިއީ އަންހެނުންކަމުގައި ޝައްކު ކުރަންޖެހޭ އެއްވެސް ކަމެއް އެމީހުންގެ ކިބައިން ފެންނާކަށް ނުހުރެއެވެ. ބަލާބެލުމަށް މިއީ ގެއިން ބެރުގައި ބުރަ މަސައްކަތް ކުރުމުގެ ސަބަބުން ގައިގެ ހަން ކުރަކިވެ، ގަދަ ވަޔާއި އަވީގައި ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވުމުގެ ސަބަބުން މޫނުމަތީގައި ރޫ ގިނައެވެ، އަތްފައިގެ ހަން ބޮލެވެ، އުމުރުން ދުވަސްވުމުގެ ސަބަބުން ގިނަމީހުން މިހާރު ތިބީ ގުދުލައިފައެވެ! މި މީހުންނަކީ އަލްބޭނިޔާގެ ފަރުބަދަމަތީ ދަނޑުވެރި ހިސާބުގައި ވަރަށް އެކަހެރިކޮށް، ފިރިހެނުންގެ ގޮތުގައި ދިރިއުޅޭ (މިހާރު) މަދު އަންހެނުން ކޮޅެކެވެ! 

އިޚްވާނުން އެނބުރި އަންނާނެއެވެ.

ކިޔާފައިވާ ޢަދަދު: 1964
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ފާރޫޤު ޙަސަން

 އަރަހުށި މާތް ﷲ ގެ ރަޙްމަތްފުޅުން ދުނިޔޭގެ “ބޯޅައިގައި” އިސްލާމީ ޤައުމުތައް ލައްވައިފައިވަނީ “އެ ބޯޅައިގައި” ހިމެނޭ އެންމެ ބިން މޮޅު އެންމެ ފެހިކަންގަދަ، އެންމެ އާރޯ ސަރަޙައްދުގައެވެ. ގޮވަމާއި، މޭވާއާއި، ދަނޑުވެރިކަމުގެ ޒަރީޢާއިން ހެއްދޭ ތަފާތު އެހެނިހެން ބާވަތްތައް އެންމެ ގިނައިން ލިބޭ ސަރަޙައްދުގައެވެ. ދުނިޔެއިން ލިބޭ އެއްގަމުމަހުގެ ތަފާތު ބާވަތްތަކާއި ކަނޑުމަހުގެ ބާވަތްތަކުގެ އެންމެ ބޮޑު ޙިއްޞާއެއް ލިބެނީ އެސަރަޙައްދުންނެވެ. ދުނިޔޭގައިވާ ޕެޓްރޯލުގެ ބާވަތްތަކުގެ އައްޑިހަ އިންސައްތައަށްވުރެ ބޮޑުބައެއް ލައްވައިފައިވަނީ އިސްލާމީ ޤައުމުތަކުގެ ބަނޑުތެރޭގައެވެ. ޤުދުރަތީ ގޭހާއި، މަޢުދަނީ ބާވަތްތަކުގެ ވެސް އެންމެ ބޮޑު ޙިއްޞާއެއްވަނީ މުސްލިމުންގެ ފައިތިލަދަށުގައެވެ. ދުނިޔޭގެ މުހިންމު ބައްރުތައް ގުޅުވައިދޭ އެއްގަމާއި ކަނޑުގެ މުހިންމު މަގުތައް ހުރީ އެސަރަޙައްދުގައެވެ. މިދެންނެވި ޖޯގްރަފީ އަހަންމިއްޔަތުގެ އިތުރަށް އެސަރަޙައްދަކީ އިސްލާމީ ތަހްޒީބާއި ތަމައްދުނުގެ އުފަން ބިމެވެ. އިސްލާމްދީނުގެ ނަމުން ނަންދެވޭ ހެޔޮކަމުގެ ގަހުގެ މަލަސް ނިކުމެ ހެދި ފޯދި މަލާއި މޭވާ އެޅި ނާސަރީއެވެ. ހަމަ އެފަދައިން އެސަރަހައްދަކީ އިސްރާއީލޭ ކިޔާ ނާޖާއިޒު ދައުލަތް އޮންނަ ސަރަޙައްދު ވެސްމެއެވެ. އެދައުލަތުގެ ސަލާމަތާ ގުޅިފައިވާ މަރުކަޒަކީވެސް އެއީއެވެ. އެހެންކަމުން އެސަރަޙައްދު މުށްދަށުލައި އެސަރަޙައްދަށް ވެރިވެގަތުމަކީ އިސްލާމްދީނުގެ ދުޝްމިނުންގެ ދުވަހަކުވެސް ޙަޤީޤަތަކަށް ނުވާ ހުވަފެނެކެވެ. މިގޮތުން ބަލާއިރު އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ސުމާރެއްނެތްހައި ގިނަ ސިޔާސީ، އިޤްތިސާދީ، މަސްލަޙަތުތަކަކާއި ބޭނުންތަކެއް އެސަރަޙައްދާ ވަނީ ގުޅިފައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(68)

ކިޔާފައިވާ ޢަދަދު: 2042
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިރާއްޖޭގައި ފުޅިބައްތި އުފެއްދި الفاضل ކުނިމަސް ދޮން موسیފުޅު

ކުރީގައި ރާއްޖޭގައި ރޭގަނޑު ބައްތި ދިއްލާ އުޅެނީ ލިބޭ މީހުން ވަރަށް ޚަރަދު ބޮޑު ގޮތެއްގައެވެ. އެއީ، ބިގަރު، ފާނޫޒު، ފަސްލޭނު ބައްތި މިކަހަލަ ތަކެތިންނެވެ. ނުލިބޭ މީހުން ބައްތި ދިއްލާ އުޅެނީ، ވަރަށް އުދަގޫ އަދި ނުރައްކާވެސް ގޮތެއްގައެވެ. އެއީ ތައްޓަކަށް، ނުވަތަ ވޮށަކަށް ކާށިތެޔޮ އަޅާފައި ފުކެއް ލާފައި ރޯކޮށްލަނީއެވެ. ދެން ފަހަކަށް އައިސް އަތްބައިތިއެވެ. އޭގައިވެސް ހުޅުގަޑު ނިވާކޮށްލެވޭނެ ގޮތެއް ނޯވެއެވެ. އަދި ދުން ނުބުރާނެ ގޮތެއްވެސް ވަރަށް ނޯވެއެވެ.

އޭރުގެ ފަތްފުށްތަކުން…. (89)

ކިޔާފައިވާ ޢަދަދު: 1846
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(ކައިބޮއި އުޅުމަށް ކުރާ މަސައްކަތް)

الأمير موسى محمد ديدى


އަލްއަމީރު މޫސާ މުޙައްމަދު ދީދީ (ނުވަތަ އަންނަބީލް މޫސާ މުޙައްމަދު ދީދީ) – ރަޙިމަހުﷲ- އަކީ، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ލިސްޓްގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. އެންމެ ފުރަތަމަ މަޖައްލާއެއް ނެރުއްވީ އެމަނިކުފާނެވެ. އެއީ އަތުން ލިޔެގެން “ހުޅެވިހަނދު” ގެ ނަމުގައި މަހަކު އެއްފަހަރު ނެރުއްވި މަޖައްލާ އެކެވެ. އޭގެ ފަހުން “ނަޔާޚިޔާލު” ކިޔާ މަޖައްލާއެއްވެސް ނެރުއްވިއެވެ. “އަލްއިޞްލާޙް”، “އައްރަފީޤު” ފަދަ މަޖައްލާތަކަށް އެމަނިކުފާނު ވަނީ ލިޔުއްވައިފައެވެ.

ތިބާ ބަދަލުވުމުން ދުނިޔެވެސް ބަދަލުވާނެ

ކިޔާފައިވާ ޢަދަދު: 3143
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ޙަސަން ޒަހީން
އެއްވެސް މީހަކަށް ދުނިޔެ ބަދަލެއް ނުކުރެވޭނެއެވެ. އެމީހެއްގެ މަޤުޞަދާއި ބޭނުން ކިތަންމެ ރަނގަޅުވިނަމަވެސް އެއީ ވުމުގެ ފުރުސަތު ނެތްކަމެކެވެ. މިއީ މިއަދާ ހަމައަށް ދުނިޔެ ދަސްކޮށްދިން ހަޤީޤަތެވެ. އެ ހަޤީޤަތް ޤަބޫލުކުރަންޖެހެއެވެ. ކޮންމެ މީހެއްގެ އުމުރުގެ ދުވަސްތައް ފާއިތުވަމުންދަނީ މި ބީދައިންނެވެ. ތިމާގެ ބޭނުންތަކާ އެއްގޮތަށް އެންމެން ބަދަލުވޭތޯއެވެ. ނުވަތަ ތިމާ ބޭނުންވާ ހުރިހާ ކަމެއް ހާސިލްވޭތޯ  މަސައްކަތްކުރުމުގައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ހަޤީޤަތް ބުނެދިނީ އެހެން ވާހަކައެކެވެ.

އެއްވެސް މަދަރުސާއެއް އެ މަދަރުސާގެ މުދައްރިސުންނަށްވުރެ މޮޅެއް ނުވާނެއެވެ!

ކިޔާފައިވާ ޢަދަދު: 4616
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަރ ކެނެތް ރޮބިންސަން ދެއްވި ދަރުސެއް އަޑު އަހާފައި : އަޙްމަދް ސަމީރު ޢަލީ

Sir Kenneth Robinson އަކީ ފަންނާއި ހުނަރުވެރިކަން ނިޒާމީ ތައުލީމުގެ ތެރޭގައި ހިމެނުމަށް ހިތްވަރުދެއްވާ، އަދި އެކަމުގެ މާހިރެކެވެ. އިނގިރޭސި ވިލާތުގެ ޔުނިވާރސިޓީ އޮފް ވޯވިކްގައި ފަންނާއި ހުނަރު ދަސްކޮށްދިނުން ކިޔަވައި ދެއްވި ޕްރޮފެސަރެކެވެ. އެމެރިކާއަށް ހިޖުރަ ކުރައްވައި، އާއިލާ އާއި އެކީގައި އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާތާ މިހާރު 12 ވަރަކަށް އަހަރުވެއްޖެއެވެ. ފަންނުވެރިކަން ކިޔަވައި ދިނުމާއި، ތައުލީމީ ދާއިރާ އާއި ގުޅުން ހުރި ދިހަ ވަރަކަށް ފޮތް ލިޔުއްވައި މިފަދަ ކަންކަމާއި ގުޅުން ހުރި ތަފާތު ލެކްޗަރުތައް ދެއްވާފައިވެއެވެ. ތިރީގައި އެވާ ލިޔުމަކީ ސާރ ކެން ރޮބިންސަން ‘ www.tedtalks.com ‘ ގައި ދެއްވި ލެކްޗަރެއް އަޑު އަހާފައި އަޅުގަނޑު އެކުލަވައިލި ލިޔުމެކެވެ.

ހަނދާންވާތީ

ކިޔާފައިވާ ޢަދަދު: 1758
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޒާހިރު ޢަބްދުއްރަޝީދު(ޢަންދަލީބު)، ހއ.އިހަވަންދޫ
އެންމެ ގާތުގައި ވެޔޭ
     އެންމެނަށްމެ އެނގިވެޔޭ
          އެންމެނަށް ރިހުން ދެޔޭ
               ދެން އަބަދު ހަނދާން ވެޔޭ
 
ނަން ތިބާ އިވޭ ހިނދޭ
     މަންމަނަށް މި ދޫވެދޭ
          ހަންގަނޑަށް ސަޒާ މިދޭ
               ދެން އަބަދު ހަނދާން ވެޔޭ