ވިސްނުން ތޫނުކަން ތާޒާކަންމަތީ ދެމެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން

ކިޔާފައިވާ ޢަދަދު: 4554
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެނަށް ލިބިފައިވާ ވިސްނުމުގެ ތޫނުކަމަކީ ގުދުރަތީ ކޮންމެ ކަމެކޭ އެއްގޮތަށް މަޑުމަޑުން އިތުރުވަމުން ފުރިހަމަވަމުން ގޮސް މަޑުމަޑުން ދަށަށް ދާނޭ ކަމަކެވެ. ހިތާމައަކީ ވިސްނުން ތޫނުކަމުގެ އިތުރުން، އަޅުގަނޑުމެންގެ ސިއްހަތާއި ތާޒާކަމާއި ހަލުވި ކަމާއި ގައި ބާރުވެސް އުމުރުން ދުވަސް ވާން (މުސްކުޅިވާން) ފެށުމުން ދަށަށް ދާ ކަމެވެ. ނަމަވެސް އަޅުގަނޑު ދެންމެ މިލިޔުނު ކޮންމެ ކަމަކީ ކުޑަ ހިތްވަރެއް ލައިގެން ދަށަށް ދިއުން ފަސްކުރެވެން ނުވަތަ ދަށަށް ދާ މިންވަރު ލަސް ކުރެވެން ހުރި ކަންކަމެވެ.

އޭރުގެ ފަތްފުށްތަކުން…. (90)

ކިޔާފައިވާ ޢަދަދު: 1933
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(ވޭތިވެދިއަ ޒަމާން)

الفاضل ބޮޑުފެންވަޅުގޭ سيدى


އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ (އަލްޤާޟީ ޙުސައިން ޢަފީފުއްދީން) – ރަޙިމަހުﷲ – އަކީ، ލިޔުންތެރިއެކެވެ. އެއަށްވުރެ މާ މަޝްހޫރު، ކުޅަދާނަ ޅެންވެރިއެކެވެ. ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި “ޙިމާރުލް ޤައުމު” ގެ ނަމުގައި މަޝްހޫރުވެފައިވާ ޝާޢިރަކީ، އެމަނިކުފާނެވެ. އެމަނިކުފާނަކީ، ވާހަކަ ލިޔުންތެރިއެއްވެސް މެއެވެ. ލިޔުއްވާފައިވާ މަޝްހޫރު ވާހަކަތަކުގެ ތެރޭގައި “ދިއްލީގޭ އިބްރާހީމް ދީދީގެ ވާހަކަ” އާއި “މާމަކުނުދޫ ބޮޑު ޢީސަގެ ވާހަކަ” ފާހަގަ ކޮށްލެވެއެވެ. އަދަބީ ފޮތްތަކަށް ބަލައިލާއިރު، “ދިވެހި ޅެންހެދުމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދު” އާއި “ކަންޒުލް އަދަބު” އާއި “އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ އިހުގެ ޅެންތައް” ފާހަގަ ކޮށްލެވެއެވެ. 

މިވަނީ ކީއްބާ!!!!!!

ކިޔާފައިވާ ޢަދަދު: 3101
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ޙަސަން ޒަހީން
ހާލަތު ބަދަލުވެއްޖެއެވެ. ދިރިއުޅުމުގެ ގޮތްފޮތް ބަދަލުވެއްޖެއެވެ. ޤަބޫލުކުރި އުސޫލުތަކާއި ހަމަތައް ފަސްދީ އޮބައިފިއެވެ. މާޒީއާއެކު އެކަމުގެ ވާހަކަތައް ފަހަތައް ސޮއްސާލައިފިއެވެ. ޤަބޫލުކުރުމާއި ނުކުރުން އޮތީ އެމީހަކަށެވެ. މިއަދު މިތިބީ ހުރިހާގޮތަކުން ބަދަލުވެފައެވެ. ފުދިފައެވެ. ދިރިއުޅުމުގެ ހަމަތަކާއި އުސޫލުތަކެވެ. ޤަބޫލުކުރި ކުރުންތަކާއި އާދަތަކެވެ. އެއްބައެއްގެ ނަޒަރުގައި މިއީ ތަރައްޤީއެވެ. އަނެއްބައެއްގެ ނަޒަރުގައި މިއީ “ރޭރު”ވުމެވެ.

ބައްޕަގެ ހެޔޮނަސޭހަތް…!

ކިޔާފައިވާ ޢަދަދު: 2315
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މިއީ ލިޔުންތެރީނގެ ގުޅުމުގެ މެންބަރުންނަށް ޝާއިޢުކޮށްފައިވާ ޅެމެކެވެ.

އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ

ހެޔޮބަސް އަހައިގެން ހެޔޮލަފާ އުޅުމެއް އުޅޭށޭ ދަރިފުޅާ
              ހެޔޮ  ނިޔަތުގައި   ހެޔޮއަމަލުތައް ފަށްފަށް ކުރާށޭ  ދަރިފުޅާ
އަންނަނިވި ކުރިމަގު އަލިކުރަންއޮތް ރޫހުގައި ހިތްވަރުކުރަން
              އަންގާ  ނަސޭހަތް ތެރިވަމޭ  ހިޔަހާސް ފަށުން އެދި ދަރިފުޅާ

އެ ވާހަކަ އާއި މި ވާހަކަ (3)

ކިޔާފައިވާ ޢަދަދު: 2605
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އެ ވާހަކަ އާއި މި ވާހަކަ (3)
އެއްކޮށް، ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު

ފަންސުރުގެ މަޤްޞަދު

ފަންސުރު ހަދާމީހާ ފަންސުރު ހަދާ ނިންމާފައި ފޮށްޓަށް ލުމުގެ ކުރިން އިހަށް އެއްފަރާތެއްގައި އެ ބޭއްވިއެވެ.

“ތިބާ ބާޒާރަށް ނެރުމުގެ ކުރިން، ތިބާއަށް އެނގެންޖެހޭ ފަސްކަމެއް އަހަރެން ތިބާއަށް ބުނެދޭނަމެވެ.” އޭނާ ފަންސުރަށް ބުންޏެވެ. “އެ ކަންކަން ހަނދުމަނެތިނުކޮށް އަބަދުވެސް ހަނދާން ބަހައްޓާށެވެ. އޭރުން ތިބާ ތިބާގެ ފެންވަރުން އެންމެ ރަނގަޅު ފަންސުރަކަށް ވާނެއެވެ.

އެ ވާހަކަ އާއި މި ވާހަކަ (2)

ކިޔާފައިވާ ޢަދަދު: 2322
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެ ވާހަކަ އާއި މި ވާހަކަ (2)

އެއްކޮށް، ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު

ސައި ޖޯޑު

އެއްފަހަރަކު ޖަޕާންގެ ޢިލްމުވެރިޔެއްގެ ގާތަށް ޒުވާނަކު އުނގެނުމަށް ދިޔައެވެ. އޭގެ ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. އެއަށްފަހު އެ ޢިލްމުވެރިޔާ އޭގެ ދެމީހުންނަށް ސައިތައްޔާރުކުރަން ފެށިއެވެ. އޭނާ އޭނާގެ މެހުމާނުގެ ޖޯޑަށް ފުރެންދެން ސައި އެޅިއެވެ. އެ ފުރި ބަންޑުންވަމުން ދިޔައިރުވެސް އޭނާ ސައި އެޅުން ހުއްޓައެއް ނުލިއެވެ. އެ ޒުވާނާ ސައި ބަންޑުންވާތަން ބަލަން އިނެވެ. އަދި އެންމެފަހުން ކެތް ނުކުރެވިގެން ބުންޏެވެ.
 

ސާހިބާ (31)

ކިޔާފައިވާ ޢަދަދު: 3396
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(12 ސެޕްޓެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޝަހުދާ ބައްދަލުކުރަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ޖެހިޖެހިގެން ދެމީހުންގެ ކޮޓަރި ހުރި ކަމުގައިވިޔަސް، ދެމީހުންގެ ދެމެދުގައި އެތައް ހުރަސްތަކެއް ވެއެވެ. ކުރިމަތީގައި ހުރި ކޮޓަރީގައި ބައްޕަ އުޅޭއިރު، ބައްޕައަށް އެނގިދާނެތީ ވިސްނާން ޖެހެއެވެ.
ޝަހުދު ކޮޓަރީގެ ސޯފާގައި އިށީނދެލައިގެން އިނެވެ. އޭނާ އެއްގޮތަކަށްވެސް ނިންޖެއް ނާދެއެވެ. އޭނާގެ މޭގެ ތެރޭގައިވާ ހިތް ތެޅިފޮޅެނީއެވެ. ދެން އޭނާއަށް މީނާ ފެންނާނޭހެނެއްވެސް ހިއެއް ނުވެއެވެ. މާދަމާއަކީ އެދެމީހުންގެ ދެމެދުގައިވާ ހުރިހާ ގުޅުމެއް ކެނޑިގެންދާ ދުވަހެވެ. މިރެއަކީ އެންމެފަހު ރެއެވެ. މާދަމާގެ ފަހުން ޝަހުދަށް މީނާއެއް ނުފެންނާނެއެވެ. އެއީ ހަމަ ޔަޤީން ކަމެކެވެ.

އެ ވާހަކަ އާއި މި ވާހަކަ (1)

ކިޔާފައިވާ ޢަދަދު: 2594
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

އެ ވާހަކަ އާއި މި ވާހަކަ (1)

އެއްކޮށް، ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު

ރޯނު އެދުރު

އެއްފަހަރަކު ޒުވާނަކު ޚަލީފާ މައުމޫންގެ އަރިހަށް ގޮސް އޭނާ އެއީ ބޮޑު ޢިލްމުވެރިއެއްކަމުގެ ދަޢުވާ އުފުލި އެވެ.  އޭނާ ދެންނެވި އެވެ. “ޙަދީޘް ޢިލްމާބެހޭގޮތުން އަޅުގަނޑާ ސުވާލުކުރައްވަބައްލަވާށެވެ! މަނިކުފާނު ކޮންމެ ސުވާލެއް ކުރެއްވިޔަސް، އަޅުގަނޑު ޖަވާބު އަރުވާނަމެވެ.”

ކުދިވާހަކަ (57)

ކިޔާފައިވާ ޢަދަދު: 3585
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (57)

ވަޒީފާލިބެނީ ކާކަށް.

ޢައްބާސް އިބްރާހީމް

ވިޔަފާރިވެރިޔަކު ކާތިބެއް ހޯދަންވެގެން ނޫހުގައި އިޝްތިހާރެއް ޖަހައިފިއެވެ. އަދި އެކަމަށް އެދުނު އެތައްބައެއްގެ ތެރެއިން ދިހަ މީހުން އިންޓަރވިއުކުރުމަށް ގެނެސްފިއެވެ. ވިޔަފާރިވެރިޔާ އެމީހުންނާ އިންޓަރވިއު ކުރަމުން ދިޔައީ ވަކިވަކީންނެވެ. އެމީހންގެތެރެއިން އެކަކު ހޮވުމަށްފަހު އޭނާއަށް ވަޒީފާ ދީފިއެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(30)

ކިޔާފައިވާ ޢަދަދު: 1675
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ދިވެހި تاريخ އާއި ثقافۃ އަށް خدمۃ ކުރާ مجلس
      ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
          މާލެ، ދިވެހިރާއްޖެ                    نمبر:81/1

اعلان

ދިވެހި ثقافۃ އާބެހޭ ކުޅިވަރުތައް އެކަށީގެންވާ ފެންވަރެއްގައި ދެމެހެއްޓުމުގެ ގޮތުން ދިވެހި تاريخ އާއި ثقافۃއަށް خدمۃ ކުރާ مجلسން ވަނީ ވިސްނަވައި ގޮތެއް ކަޑައަޅުއްވައިފައެވެ. މިގޮތުން މިހާރު މާލެއާއި ރާއްޖެތެރޭގައި ކުޅޭކުޅިވަރުތައް ރަސްމީފަރާތެއްގައި ދެއްކުމުގެ ކުރިން އެކުޅިވަރެއްބަލާ ފާސްކުރުމަށްވަނީ ނިންމާފައެވެ.