ތިޔަ ހަނދާނޭ!

ކިޔާފައިވާ ޢަދަދު: 2096
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރާގު: ޔާ މެރީ މަންޒިލް ބަތާ….

ނަޞްރުﷲ ޚަލީލް / ނޮޅިވަރަން
ދޭހުގާ ލިބުމެއް ނެތަސް އޭނާ ހަނދާނޭ އާވަނީ
           ރޭހުގާ ބާކީވިޔަސްވެސް ދުރު ހަނދާނާ ނުވެވެނީ

މިގޮތުގާ ހުންނަންވުމުން ކުރެވޭ ފިކުރު ކަރުނައިތެރޭ
          މިގޮތުގާ ވިރިހިތް ދިޔަސް ޔާރާ ހަނދާނޭ ދެމިވަނީ

އަޅުގަނޑަށް ލިބުނު “މުޖައްރިބު ބޭސް”

ކިޔާފައިވާ ޢަދަދު: 4940
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
ހުސްވި އަހަރުގެ ހަމަ މިދުވަސްކޮޅު އަޅުގަނޑަށް ޖެހުނު ރޯގާގެ ބިރުވެރި ކޮޅުމަތި  އަނެއްކާވެސް ފެންނާން ފަށައިފިއެވެ. ބިރުވެރިއޭ މި ލިޔެވުނީ މި ދިޔަ އަހަރު އަޅުގަނޑަށް ވީ ވަރުންނެވެ! ރޯގާގެ ވާހަކައަކީ އެންމެ ގަދަޔަށް ޖެހިފައި ހުއްޓައި ލިޔަން މާ ރަނގަޅު ވާހަކައެއް ނޫނެވެ. އަޅުގަނޑުމެންގެ މި ވެބްސައިޓަށް ލިޔުއްވާ ވަރަށް ކުޅަދާނަ ބޭފުޅެއް ލިޔުއްވާ އުސްލޫބުން އޭނާގެ ލިޔުމެއް ކިޔާފައި ކާން އުނދަގޫވި ދުވަހެއް ވެސް ދިޔައެވެ. އޭގެ ފަހުން، އޭނާގެ ލިޔުއްވުން މިސްރާބު ޖަހާ ދިމާ ހަމަ އެނގުމުން ކިޔުން ހުއްޓައިލަނީއެވެ. ވީމާ އެހާ ‘ ތެދުވެރި ކަމާއެކު’ ލިޔުމުގެ ބަދަލުގައި ސަމާސާ ގޮތަކަށް ލިޔެވޭވަރު ވަންދެން އަޅުގަނޑު މަޑުކޮށްލީއެވެ. މިހެން މަޑު ޖައްސާލައިގެން ހުއްޓައި އަނެއްކާ އެކަން ތަކުރާރުވާން އުޅޭހެން އެބަ ހީވެއެވެ. ވީމާ ލަސްނުކޮށް ފައިބެ އަހަރު ކަންތައް ވީގޮތް ލިޔެލާ ހިތް ވެއްޖެއެވެ!

ޚާލިދް މިޝްޢަލް- އިޒްރޭލް އެންމެ ޖެހިލުންވާ މީހާ

ކިޔާފައިވާ ޢަދަދު: 4137
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ


25 ސެޕްމްބަރު 1997 ގައި މިހާރުވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޔާމީން ނަޓެންޔާހޫގެ އަމުރަށް، މިހާރު ޙަމާސް ޖަމާއަތުގެ ލީޑަރު ޚާލިދް މިޝްއަލް އަވަހާރަކޮށްލުމަށް ވަރަށް ނުރައްކާތެރި ރޭވުމެއް ތަންފީޒުވެގެން ދިޔައެވެ. ތިރީގައި އެވަނީ، އިޒްރޭލުގެ ސިއްރުފުލުހުންގެ އިދާރާ މޮސާޑް ގެ ދެ އޭޖެންޓުން ޚާލިދް މިޝްޢަލް އަވަހާރަ ކޮށްލަން ކުރި މަސައްކަތާއި، އެކަމުގެ ސަބަބުން މެދުއިރުމައްޗަށް މީގެ 17 އަހަރު ކުރިން ވެރިވި ނާމާން ކަމުގެ ވާހަކައެވެ.  މި ހަގީގީ ހާދިސާއާއި ބެހޭ ޑޮކިޔުމެންޓްރީ ފިލްމެއް ފައިބެއަހަރު އަލް ޖަޒީރާގެ ފަރާތުން ތައްޔާރު ކުރިއެވެ.    KILL HIM SILENTLY ގެ ނަމުގައި ތައްޔާރު ކުރެވިފައިވާ މި ފިލްމް އިންޓަނެޓުން ބައްލަވައި ލެއްވިދާނެކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވައިލަމެވެ.

އަޅުގަނޑު އިސްލާމްދީން ޤަބޫލްކުރީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 2444
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ހުޅަނގުގެ ސަޤާފަތު ވަނީ ހަލާކުގެ އޮޅިގަނޑު މަތީގައެވެ. މާއްދިއްޔަތަށް އަޅުކަން ކުރުމާ ދެކޮޅަށް ބަޣާވަތްކުރަން ހުޅަނގު ތައްޔާރުވަނީއެވެ.”

________________ޑޮކްޓަރ މުރާދު

ޢަބްދުﷲ ފާރޫޤު ޙަސަން      

“އަޅުގަނޑުގެ ޙަޔާތުގެ އެންމެ ފަހުގެ އެދުމަކީ އަޅުގަނޑުގެ ދަރިފުޅު އިސްލާމްވުމެވެ. އެހެނީ އިސްލާމްދީނަކީ އަރަހުށި މާތް ﷲ ތަބާރަކަ ވަތަޢާލާ ވީރާނާވެފައިވާ ހިތްތަކާއި، ފިކުރުބޮޑުވެ ޙައިރާންވެފައިވާ ސިކުނޑިތަކަށް ހަމަޖެހުމާއި، ހިތްގައިމުކަން ދެއްވާ އަލިކަމެކެވެ. އެއީ އެކަލާނގެ މަގުދެއްކެވުމެވެ. މި އަހަރުގެ ފިނިމޫސުމުގައި އަޅުގަނޑުގެ ދަރިފުޅު ފެނުމުން އީމާންކަމުގައި ވެސް އޭނާ އަޅުގަނޑާ ބައްދަލުކުރާނެކަން އަޅުގަނޑަށް ޔަޤީންވިއެވެ. އަޅުގަނޑުގެ ދަރިފުޅު ވިޔަފާރީގައި ކިތަންމެ ކާމިޔާބު ކަމުގައި ވިޔަސް އަދި އެކަމުގައި ކިތަންމެ އަވަދިނެތި އުޅުނު ކަމުގައި ވިޔަސް އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުގެ މި އެދުން ފުރިހަމަވާނެ ކަމުގައެވެ.”
   

ސާހިބާ (28)

ކިޔާފައިވާ ޢަދަދު: 3679
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(24 އޮގަސްޓް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މީނާ އެހެން ބުނީ ފަރުވާތެރިކަމާއެކު ޝަހުދުގެ މޫނަށް ބަލަން އިނދެއެވެ. މީނާ އެހެން ބުނުމުން ޝަހުދުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ވަރަށް އުފާވެފައި ޝަހުދު މީނާއަށް ބަލައިލިއެވެ. އެހެން ނަމަވެސް މީނާގެ މޫނުމަތި ފެނުމާއެކު ޝަހުދުގެ އެއުފާވެރިކަން ކެނޑިގެން ހިނގައްޖެއެވެ. ޝަހުދު އަވަސް އަވަހަށް މޫނު އަނބުރައިލިއެވެ. ޝަހުދުގެ އެއުފާވެރިކަމުގެ ސަބަބުން މީނާއަށް އިތުރު ވޭނެއް ލިބުނުހެން ޝަހުދަށް ހީވިއެވެ.

ބަސް ދަސްކުރަން ފަސޭހައީ ވީ އެންމެ ޅަފަތެއްގައެވެ.

ކިޔާފައިވާ ޢަދަދު: 4776
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ބަހުގެ އިލްމުވެރިންނާއި ބަސް ކިޔަވައިދިނުމަށް ޝައުގުވެރިވާ ވަރަށް ގިނަމީހުން ދަންނަ ގޮތުގައި ބަހެއް ދަސްކުރަން އެންމެ ރަނގަޅީ ދަރިވަރުންގެ އުމުރުން ވީ އެންމެ ޅަފަތެއްގައެވެ. ތުއްތު ކުދިން ބަހަކުން ވާހަކަ ދައްކަން ދަސްކުރާ ހަލުވި މިނުގައި ބޮޑެތި މީހުންނަށް އެ ހުނަރު އަތުލައެއް ނުގަނެވެއެވެ. އިލްމީ ގޮތުން މިކަން ހާމަ ކޮށްދެއްވީ Eric Lenneberg   އެވެ. އެރިކް ލެންބާރގަކީ ނާރާއި ބެހޭ އިލްމުގެ ތަޖުރިބާކާރެކެވެ. އަދި ބަސްވާރެއްވެސް މެއެވެ.

“މިހާރު ތިއޮންނެވުނީ މަގުމެދުގައެވެ. ހިނގާމީހުންގެ ފައިން ހަށިކޮޅަށް އެރިދާނެއެވެ.”

ކިޔާފައިވާ ޢަދަދު: 2111
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
މާލޭގެ މަގުތައް ހަދައި، ތެދުކުރުމުގެ މަސައްކަތް ކުރަންފެށިގެން އައި ދުވަސްވަރެވެ. އެ ދުވަސްވަރު ރާއްޖޭގެ ވެރިކަން ކުރައްވަނީ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ. މާލޭގައި ގެތައް ހުރީ ވަކިތަރުތީބެއް ނެތި އެތަންމިތަނަށް އުކައިލެވިފައެވެ. އެއްގެއެއްގެ ގޯތިތެރޭގައި އަނެއް ގެއެއްގެ ބަދިގެ ހުރި ދުވަސްވަރެވެ. މެދުފުޅަފެއް ނެތި އިމެއް ފާހަގަކުރެވިފައި ނެތް ޒަމާނެވެ. މާލޭގެ އެތަން މިތަނުގައި ޒިޔާރަތްތައް ފުނިޖެހިފައިހުރި ދުވަސްވަރެވެ.

އަނެކުންނަށް ހެޔޮއެދޭނަމަ!

ކިޔާފައިވާ ޢަދަދު: 2096
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
ފަހުގެ ތާރީޚުގައި އިސްލާމީ އުއްމަތް ދުށް އެންމެ މަޝްހޫރު ތަފްސީރު ޢިލްމުވެރިންގެ ތެރޭގައި އައްޝައިޚު މުޙައްމަދު މުތަވައްލީ އައްޝަޢުރާވީ ހިމެނެއެވެ. ޝަޢުރާވީ މަޝްހޫރު ވެފައިވަނީ އެންމެ ޢާއްމު މީހުންނަށް ވެސް ވިސްނޭ މޭރުމުން ކީރިތި ޤުރްއާން ތަފްސީރު ކޮށްދެއްވި ޢިލްމުވެރިއެއްގެ ގޮތުގައެވެ. ޙުއްޖަތާއެކު ހަމަ ދައްކަވައިގެން ޝައުޤުވެރިކޮށް ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. ހަރުކަށި ފިކުރު ގެންގުޅުނު ޒުވާނަކާ ދެއްކެވި ވާހަކައެއް ހިއްސާކުރަންވަމުން ޝަޢުރާވީ ވިދާޅުވެފައިވެއެވެ.

ރާއްޖެ ނަޞާރާކުރުމަށްޓަކައި ކުރެވޭ ނުރައްކާތެރި މަސައްކަތް

ކިޔާފައިވާ ޢަދަދު: 3202
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ދުނިޔެ ނަޞާރާކުރުމުގެ ޕްލޭނެއްގެ ދަށުން ކްރިސްޓިއަން ދީނުގެ ފާދިރީން އިސްކޮށް ތިބެގެން ކުރިއަށް ގެންދާ މަސައްކަތަކީ އިންތިހާއަށް ޚަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮޕެގެންޑާ ހަރަކާތެކެވެ. ޞަލީބީ ހަނގުރާމައިން ލިބުނު ނާކާމިޔާބަށްފަހު، ފެށިފައިވާ ވަރުގަދަ ފިކުރީ ހަނގުރާމައެކެވެ. މުސްލިމުން ދީނާ ދުރުކުރުމަށް ހިންގަމުންދާ ބޮޑު މަސައްކަތެކެވެ. އިންޓަނޭޝަނަލް ކްރިސްޓިއަން އެންސައިކްލޮޕީޑިއާގެ ލިޔުންތެރިއެއްކަމުގައިވާ ޑޭވިޑް ހޮރިން ބުނެފައިވާގޮތުގައި 1970 ގެ ތެރޭގައި ދުނިޔޭގައި ކްރިސްޓިއަން ދީން ފެތުރުމަށް 70 ބިލިޔަން ޑޮލަރު ޚަރަދުކުރެވިފައިވެއެވެ. 1980 ގެ ތެރޭގައި 100.3 ބިލިޔަން ޑޮލަރު އަދި 1985 ގައި 127 ބިލިޔަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އަދި މިހާރު މިއަދަދު 200 ބިލިޔަނަށް ވުރެ ބޮޑުވާނެކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ދުނިޔޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ކުރެވޭ މަސައްކަތަކީ އެންމެ ބޮޑު ހޭދައެއްކުރެވިގެން، އެންމެ ފުޅާ ދާއިރާއެއްގައި އިންވެސްޓްކުރެވޭ އެއް މަސައްކަތެވެ. ދީލަތިކަމާއި އޯގާތެރިކަން ކުރިއަށް ނެރެގެން މުސްލިމުންގެ އަޤީދާއާކުޅެ، މުސްލިމުން ދީނުން ބޭރުކުރުމަށް ހިންގޭ “ބޮޑު” މަޝްރޫއެކެވެ.

މަންމަގެ ދައުރު…..!

ކިޔާފައިވާ ޢަދަދު: 2621
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަބޫބަކުރު އާދަމް، ސިލްވަރބީޗް ނ.މަނަދޫ

ހެޔޮނަސޭހަތް ޚާއްޞަކޮށް މަންމަގެ ފުށުން އޮހެމުން ދެޔޭ
          ހެޔޮލަފާ ގޮތުގައި އުޅެން ވިސްނައިދެމުން  މަގު  ދައްކަޔޭ

މަދަރުސާއިންދޭ  ފިލާވަޅުތައް  ކިޔާ ދަސްކޮށްހަދަން
          ގަދައަޅައި  އެއްބާރުލުން  ދީގެން  އެކަންކަން  ކުރުވަޔޭ 

ފަސްވަގުތު  ފަރުވާބަހައްޓައިގެން ނަމާދަށް ފޮނުވުމަށް
          ފަސްނުޖެހި އެކަމަށް  ސަމާލުކަމެއް ދެމުން އަދި ގެންދެޔޭ