ހަމައެކަނި ވިދާޅުވެލެއްވުމަށް….(66)

ކިޔާފައިވާ ޢަދަދު: 1701
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ދިވެއްސެއްގެ އަމިއްލަ ފުރަތަމަ، މަސްހިފާ ބޯޓް

ހިންނަވަރު މުޙައްމަދު އިބްރާހީމްގެ ކާމިޔާބުގެ އުއްމީދު

(ޚާއްޞަ ޚަބަރުދޭ ރިޕޯޓަރ)

މިފަހަރު މޯލްޑިވްސް ސްޓާރ އިންގެނައި މަސްހިފާ ބޯޓްތަކުގެ ތެރޭގައި އޮތް އެންމެމޮޅު އަދި އެންމެ ބާރަށްދުއްވާ ބޯޓް ލިބުނީ ހިންނަވަރު އަލްފާޟިލް މުޙައްމަދު އިބްރާހީމްއަށެވެ. ސަބަބަކީ އޭނާއަކީ ބޯޓްތަކުގެ އޯޑަރ ލިސްޓް 1 ވަނަ ކަމަށްވީކަމެވެ.

ޢަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ، މަޑަވެލި

ކިޔާފައިވާ ޢަދަދު: 3363
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޙިލްމީ
ތަފާތު ރޮނގުތަކުން ދިވެހި މުޖުތަމަޢަށް ނުހަނު ބޭނުންތެރި ޚިދުމަތްކޮށްދެއްވައިފައިވާ ބައެއް ފަރާތްތައް ދުނިޔެ ދޫކުރެއްވުމުން އެފަރާތެއްގެ ޛިކުރާ އައުކޮށް ހެޔޮދުޢާކޮށް އަދި އެފަރާތެއްގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށްޓަކައި މިނެދޭނާޅިން މިނާ ދެވައްތަރެއްގެ ނާޅި ދިވެހިންގެ ބަޔަކު ގެންގުޅެމުންދާތީ ފެނެއެވެ. (ނާޅިއަކީ ގޮވާމުގެ ބާވަތްތައް މިނާން ގެންގުޅޭ ހަތަރު ލާހީގެ މިންވަރު ނުވަތަ ގާތްގަޑަކަށް ދެރާތާ ހުންނަ އެއްޗެކެވެ. ރާތަލަކީ 4 ގަލުގެ ބަރުދަނެވެ. ނުވަތަ 4 ތޯލާގެ ބުރަދަނެވެ. ނުވަތަ 454 ގްރާމެވެ.) އެއްވައްތަރެއްގެ ނާޅިއަކީ އޭގެ ފޫނުވެއްޓި ސަލާމަތުން އޮތް ނާޅިއެކެވެ. އަނެއްވައްތަރުގެ ނާޅިއަކީ އޭގެ ފޫވެއްޓިފައިވާ ނާޅިއެކެވެ. މިނާޅީގެ އެތެރޭގައި އެއްވެސްއެއްޗެއް ހަރެއްނުލާނެއެވެ.

ދިޔަރެސް (27)

ކިޔާފައިވާ ޢަދަދު: 3807
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(20 އޮގަސްޓް 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ފިރާޝާ ގެޔަށް އައިއިރު، ދަރިފުޅު އަޒްހާން އުޅެނީ މުޢާޒަށް ގުޅައިގެނެވެ. ކައިރީގައި ފިރާޝާގެ ކޮއްކޮ ނާދިޔާވެސް ހުއްޓެވެ.
“ބައްޕީ…މަންމީ އަތުވެއްޖެ….މަންމީ އަތަށްދެނީ.” ފިރާޝާ ވަނުމާއެކު، އަޒްހާން ފިރާޝާ އަތަށް ފޯނު ދިނެވެ. ފިރާޝާ ނިކަން ޖެހިލުންވެފައި ހުރެ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

އޭރުގެ ފަތްފުށްތަކުން…. (82)

ކިޔާފައިވާ ޢަދަދު: 1785
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުނިޔޭގައި ދިވެހިރާއްޖެ

إ . ش


ދިވެހި އަދަބީ ދުނިޔޭގައި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ) ނުވަތަ إ . ش އަކީ، ކޮންބޭފުޅެއްކަން ތާރަފުކުރުމަށް މާގިނަ ޖުމުލަތަކެއް ބޭނުންވާނޭކަމަކަށް ނުދެކެމެވެ. އެމަނިކުފާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށްވުރެ ކުޅަދާނަ ޅެންވެރިއެކެވެ. އަދި އެއަށްވުރެވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.

ކުޑަކުދިންގެ ހިތުގައި ދިވެހިބަހަށް ލޯބި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަން

ކިޔާފައިވާ ޢަދަދު: 3384
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަތުޙުﷲ އަޙްމަދު ރަޝީދު، ހއ. އިހަވަންދޫ
“ފޮނިފޮނި ދިވެހިބަސް މިއީ މަތިވެރި ފަޚްރަކަށްވުމުން…”، “ދެއްވާށެ ކުޑަކުދިންނަށް ހިތްޤައިމު ފޮނި އުފާތައް، އެންމެންގެ ލޯބި ލިބިގެން، ބޮޑުވާނެ ރަންދުވަސްތައް” މިއީ ދެ ޅެންވެރިއެއްގެ ދެ ޚިޔާލެވެ. ދެ މުނާސަބާ ގުޅުން ހުރި ޝާއިރީ ދެ ބަސްކޮޅެވެ. އެހެނަސް، ދެ ޚިޔާލު އެއްކޮށްލައި ފުން ނަޒަރަކުން ވިސްނައިލައިފިނަމަ، ފުން މާނަތަކެއް ދޭހަވާ ދެ ޢިބާރާތެވެ. އެއް ވާހަކައަކީ، ކުޑަކުދިންނަށް ބޭނުންވާ އޯގާތެރިކަމާއި ލޯބި އެންމެ ފުރިހަމަ މާނައިގައި އެކުދިންނަށް ދެވިއްޖެނަމަ އެކުދިންގެ ރަން ދުވަސްތައް ދާދިއަވަހަށް އުދަވާނެ ވާހަކައެވެ. އަނެއް ވާހަކައަކީ،  ފޮނިފޮނި ދިވެހިބަސް މިއީ މަތިވެރި ފަޚުރަކަށްވީ ވާހަކައެވެ. ދެ ވާހަކަ އެއްކޮށްލުމުން ނުކުންނަ ނަތީޖާއަކީ، ދިވެހިންގެ ފަޚުރުވެރި ދިވެހިބަސް ‘ފުރިހަމަ މާނައިގައި’ ކުޑަކުދިންނަށް އުނގައިދެވިއްޖެ ނަމަ އެކުދިންގެ ހިތުގައި ދިވެހިބަހަށް ލޯބި އަށަގަނެގެންދާނެ ވާހަކައެވެ. އެހެންކަމުން، ކުޑަކުދިންގެ ހިތުގައި ދިވެހިބަށް އޮންނަ ލޯބި އަށަގެންނެވުމަށް ކުރަންޖެހޭ ކަމަކީ ‘ފުރިހަމަ މާނައިގައި’ އެކުދިންނަށް ބަސް އުނގަންނައިދިނުމެވެ. މިޒަމާނުގައި ‘ފުރިހަމަ މާނައިގައި’ ބަސް އުނގަނައިދެވޭނީ ވަރަށް ގިނަގުނަ ކަންތައްތަކެއް ފުރިހަމަ ކުރެވިގެންނެވެ. ފަރުދީ ފެންވަރުން ފެށިގެން ޤައުމީ ފެންވަރާ ހަމައަށް މިންނަތް ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. އައު ޚިޔާލުތަކެއްގެ މައްޗަށް އައު ގޮތްތަކެއް އެކަށައަޅައި ތަންފީޒުކޮށްގެންނެވެ. 

އިސްލާމް ދީނަކީ ހަމައެކަނި ދީނެއްނޫނެވެ.

ކިޔާފައިވާ ޢަދަދު: 3613
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އިސްލާމްދީނަކީ ހަމައެކަނި ދީނެއްނޫނެވެ. އެއީ ދިރިއުޅުމުގެ ހުރިހާކަމަކަށް ހައްލު ހޯދައިދީފައިވާ ދިރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ. އިސްލާމްދީނާ ބީރައްޓެހި، އިސްލާމް ދީން ނުދަންނަ މީހުން ޤަބޫލުކުރާ ގޮތުގައި ދީނާއި ދައުލަތަކީ ދޭއްޗެކެވެ. ސިޔާސަތަކީ ރައްޔިތުންގެ ޙައްޤުތައް ހޯދަދިނުމަށް ގައުމުތަކުގެ ވެރީންގެ މައްޗަށް ލާޒިމުކުރާ ކަންތައްތަކެވެ. އެ ކަންކަން ފުރިހަކޮށްދިނުމުގައި ދީނެއް ބޭނުމެއް ނުވާނެއެވެ. މިއީ އަލްމާނީ ފިކުރުގެ ބައެއް މީހުން ޤަބޫލުކުރާ ގޮތެވެ. އެހެންނަމަވެސް އިލްމާއި ފިކުރު ހެޔޮ ގޮތުގައި ބޭނުންކުރާ ޣައިރު މުސްލިމުންވެސް ޤަބޫލުކުރާ ގޮތުގައި އިސްލާމް ދީނުގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ބަޔާންވެގެން ވެއެވެ.

މަންމަޔާއި ބައްޕައަށް ކުރާ ހެޔޮ ދުޢާ

ކިޔާފައިވާ ޢަދަދު: 3144
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ރާގު: ފަޖުރުލީ ފަތިހަކަށް ނަޔާ އަމާން

ދެއްވަވާށި ތަރްބިޔަތު އެރީތި މާތް
       މަންމަޔާއި ބައްޕަޔަށް ޤަދަރް ކުރާން
              އަންނަހެން މަ ބޮޑުވަމުން ވަމުން ޒުވާން
                    ހެޔޮ ދުޢާ  އެމީހުނަށް  އަބަދު  ކުރާން

ސާހިބާ (27)

ކިޔާފައިވާ ޢަދަދު: 3920
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ނަހުލާ
(17 އޮގަސްޓް 20141 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ޝަހުދަށް ބޭކާރުދޯ!” މީނާ ކުޑަހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވި ނަމަވެސް، އެހިނިތުންވުމުގައި ވަނީ ރިހުމުގެ އަސަރެވެ. ދެލޮލުގައިވަނީ ކަރުނައިގެ އަސަރެވެ.

ޝަހުދަށް އެކަން ފާހަގަކުރެވުނެވެ. މަޑުމަޑުން މީނާގެ ވާހަކަތަކުގެ މިޞްރާބު ބަދަލުވަމުންދާހެން ޝަހުދަށް ހީވިއެވެ. އެވާހަކައާއިގެން ކުރިއަށްދާކަށް ޝަހުދު ބޭނުމެއް ނޫނެވެ. މިހާރު ޝަހުދުވަނީ އެފަދަ އެއްވެސް ވާހަކައެއް ނުދައްކަން ނިންމާފައެވެ. އެ އަސަރުތަކާއި އެ ޖަޒުބާތުތަކުގެ ތެރެއަށް ނުވަންނަން އޭނާ އެދަނީ އިންތިހާއަށް މަސައްކަތް ކުރަމުންނެވެ. އެކަން ނާކާމިޔާބުވާކަށް އޭނާ ބޭނުމެއް ނޫނެވެ.

تعزية

ކިޔާފައިވާ ޢަދަދު: 3333
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިދާރާ

ލިޔުންތެރީންގެ ގުޅުމުގެ މެންބަރު އަދި “ލިޔުންތެރިޔާ” މަޖައްލާއާއި ވެބްސައިޓަށް ތާރީޚީ މުހިންމު ލިޔުންތަކެއް ލިޔުއްވަމުން ގެންދެވި، ގދ. މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރު ރޭ ދަންވަރު ދެމިއޮތުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު އަޅުގަނޑުމެން އެހީ ފުން ހިތާމައާއެކުގައެވެ.

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 9

ކިޔާފައިވާ ޢަދަދު: 3893
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަހު ފުރުޞަތު (3)

ޢައްބާސް އިބްރާހީމް

(22 އޮގަސްޓް 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މުއްލާ އިތުރު ފުރުޞަތެއް ފަހިވެދާނެކަމުގެ އުއްމީދުގައި ފަހު ފުރުޞަތުގެ ބޭނުން ކޮށްފިއެވެ. އޭނާގެ އަތުގައި އޮތް ފަސްސަވީސް އަސްރަފީ ތަށްޓަށް ވައްޓާލައިފިއެވެ. އަދި ޑައިސްކޮޅު ވައްޓާލުމުން ނަސީބަކުން އޭނާގެ ނަންބަރާ ދިމާވެއްޖެއެވެ. އެވަގުތު އަނެއްކާވެސް އެއްކަލަ އިސްތަށިގަނޑު ރަތްކޮށްފައިހުރި މީހާ އެތާނގައިހުރި ހުރިހާ ފައިސާއާއެކު އިތުރު ފުރުޞަތެއް ނެގުމަށް ހުށަހަޅައިފިއެވެ. މުއްލާވެސް އެކަމާ އެއްބަސްވެއްޖެއެވެ. އެފަހަރު ޑައިސްކޮޅު ވައްޓާލީ އަނެއް މީހާއެވެ. އޭނާއަށް އެފުރުޞަތު ގެއްލުނީއެވެ. އޭގެފަހުން އެތައްފަހަރަކު ޑައިސްކޮޅު ވައްޓަމުން ދިޔައިރުވެސް އެމީހާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. ކޮންމެފަހަރަކުވެސް އިތުރުފައިސާ އޭނާއަތުން ގެއްލި މުއްލާއަށް ލިބޭގޮތް ވަމުންދަނީއެވެ. އަނެއްކޮޅުން އިސްތަށިގަނޑު ރަތްކޮށްފައިހުރި މީހާ އޭނާގެ ނަސީބު ދިމާވޭތޯ އެއްފަހަރަށްވުރެ އިތުރަށް އަނެއްފަހަރު ފައިސާ ބަހައްޓަމުން ގެންދަނީއެވެ. އެކަމަކު މިހާރު ނަސީބުވެރިޔަކީ މުއްލާ ނަޞީރުއްދީނެވެ.