ތަރައްޤީވުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 1967
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ މުޞްލިޙް
ބަހުގެ ގޮތުން ބަލާއިރު ތަރައްޤީވުމަކީ “ތަނެއް ނުވަތަ ކަމެއް ކުރިޔަށް ދާދިއުން ނުވަތަ ހެޔޮބަދަލުތައް އަންނަ އައުމެވެ.” މި ގޮތުން ބަލާއިރު “ތަރައްޤީ” މި ބަހަކީ ވަރަށް ފުޅާ މާނައެއް ނެގިދާނެ ބަހެކެވެ. އެގޮތުން ދީނީ ގޮތުން ތަރައްޤީވުމާއި ޢިލްމީ ގޮތުން ތަރައްޤީވުމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ތަރައްޤީވުން ހިމެނެއެވެ.

ދިވެއްސަކަށްވީތީ ފޚުރުވެރިވާނަން ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 391
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
އަޅުގަނޑުމެންނަކީ ދިވެހި ލެޔާއި ގުޅިފައިވާ ދިވެހި ވަންތަ ބަޔެކެވެ. ދިވެހިންނަށް ވީތީ ފަހުރުވެރިވާ ބަޔެކެވެ. ދިވެހި ޤައުމިއްޔަތެއްގެ އަހްލުވެރި ބަޔެކެވެ. އަޅުގަނޑުމެންގެ ލެޔާ ގުޅިފައިވަނީ މި ދިވެހި ވަންތަކަމާއެވެ. ދިވެހިންގެ އެއްބައިވަންތަކަމާއެެވެ. އަޅުގަނޑުމެންނަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ދިވެހިވަންތަ ދިވެހި ދަރިންތަކެކެވެ. މިއީ ދިވެހި ޤައުމެވެ. މަގޭ ގައުމެވެ. މަގޭ ރާއްޖެއެވެ. މަގޭ އާދަކާދައެވެ. މަގޭ ސަގާފަތެވެ.

ގަޑިޖެހޭ އަލިމަނިކު

ކިޔާފައިވާ ޢަދަދު: 3772
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ގަޑިޖެހޭ އަލިމަނިކު

ޢަބްދުއްރަޝީދު ޙުސައިން

“އަލިމަނިކާ މިހާރު އެހެރަ މެންދަމުން އަލިވެ އެކެއްޖަހައިބޮޑުވީ. ކެފޭ ބަންދުކުރާ ގަޑި ޖެހިއްޖެ.”
         
“މަޖީދީ އުފާ” ގެ ވޭޓަރަކު އަލިމަނިކަށް ގޮވައިލައިފައި ބުންޏެވެ. އަލިމަނިކު އޭރު ސައިބޮނީއެވެ. ގަޑި ބަލައިލިއިރު އެކެއްޖަހައި ދިހަ މިނެޓު ހިނގައިފިއެވެ. މާދަމާއަކީ އަލިމަނިކުގެ ދިދަ ހަފުތާވެސް ފެށޭ ދުވަހެވެ. ވީމާ، އޭނާ އޭނާއާ ވާހަކަ ދެއްކި ވޭޓަރާ ދިމާއަކަށް އެއްޗެއް ނުބުނެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(65)

ކިޔާފައިވާ ޢަދަދު: 1743
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މާލެއިން ހުޅުލެއަށް 2 ގަޑިއިރުން

ބޮއްކުރައެއްގައެއް ނޫނެވެ. އޯކިޑް ކުންފުނީގެ އޯޑަރ ލާންޗްއެއްގައެވެ.

ދަތުރުގެ ބައިވެރިއެއް

އޯކިޑް ޑިޕާރޓްމެންޓް އިކްވިޕްމެންޓް ގިއަރގެ މެނެޖަރގެ އަތްޕުޅު ދަށުން ކަންހިންގަވަން ހުންނެވި ބޭކަލަކަށް، ދެންނެވޭތޯ މަސައްކަތް ކުރަން ފެއްޓުނީ، ހުކުރުދުވަހުގެ 8 ޖެހިއިރުއެވެ. ނަމަވެސް ނިދިކުރައްވާފައި އޮންނެވުމުގެ ސަބަބުން އޯޑަރ ބަލައިގަތުން 10 ޖެހުމާއި ހަމައަށް ލަސްކުރެވުނެވެ. އަޅިގަނޑުމެންނަށް خبر ލިބޭގޮތުގައި ތެދުވެންނެވުމާއެކު އޯޑަރ قبول ކުރެއްވީ 10 ޖެހިއިރުއެވެ. ފަނޑިޔާރު މަނިކުފާނާއި وزير ބޭފުޅަކުވެސް ވަޑައިގަންނަވާ ދަތުފުޅެއްކަން ދެނެވަޑައި ގެންނެވެ. 4.30 ވާއިރު އަތީރީގެ ފާލަންދޮށުގައި ލާންޗް ތައްޔާރަށް އޮންނާނޭކަން يقين ކޮށް ދެއްވިއެވެ.

ދިޔަރެސް (26)

ކިޔާފައިވާ ޢަދަދު: 3541
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މޫސާ ޞާޢިދު
15  އޮގަސްޓް 2014 (ހުކުރު) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
މަރުވެފައިވާ އަސްމާގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ އާސަހަރާގެ މަހާނަތަކުގެ ތެރޭގައި އޮއްވައި ސަހަރާ ބަލަހައްޓާ މީހުންނަށެވެ. އޭރުވަނީ ފަތިސްވެ ހެނދުނުވާން ކައިރިވެފައެވެ. އެހެންކަމުން، ނިކަން އަވަހަށް އަސްމާ މަރުވެފައި (މަރާލާފައި) އޮއްވާ އާސަހަރާތެރޭން ފެނުނު ޚަބަރު މުޅި މާލެއަށް ފެތުރިއްޖެއެވެ.

އެ ޚަބަރު ލިބުމުން، އެންމެ ބޮޑަށް ދެރަވެ ރުއީ އަސްމާގެ ރަޙްމަތްތެރިޔާ ފިރާޝާއެވެ. ފިރާޝާއަށް ބޮޑުވަރުވީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަސްމާގެ ހަށިގަނޑު ފެނުނީމައެވެ. ކަރާއި މޫނާއި ބަނޑުގެ އެތަން މިތާނގައި ތޫނު ވަކިތަކަކުން ޒަޚަމްކޮށްފައި ވުމުގެ އިތުރަށް އެއްލޯވެސް ވަނީ ޗިސްކޮށްފައެވެ. މުޅި މީހާ އޮތީ ރަނގަޅަށް ލެއިން ކަޅިވެފައެވެ. މިޙާލުގައި އޮތް އަސްމާގެ ހަށިގަނޑު ފެނުމާއެކު ފިރާޝާ އަނބުރައިގަތެވެ.

ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ތަޖުރިބާގެ ތެރެއިން

ކިޔާފައިވާ ޢަދަދު: 454
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ތަޖުރިބާގެ ތެރެއިން

އަޅުގަނޑުމެން ދަންނަ ގައުމީ ހިދުމަތަކީ ‘ލީޑަރު ތަސްބީހަ’ ކިޔުމާއި ‘މަހާނަމައްޗަށް މަޑިޔަށްޖެހުން’ ތޯއެވެ؟

އަބްދުއްރަހީމު އަބްދުލްމަޖީދު


ނޯޓް:
މިއީ ނަވާރަސަތޭކަ ނުވަދިހަ ދޭއްގައި ނެރެވެން ފެށުނު ‘ނޫރު’ މަޖައްލާގެ ދެވަނަ އަދަދުގައި ޝާއިއު ކުރެވުނު ލިޔުމެކެވެ. ‘ނޫރު’ގެ މިނަމްބަރުގައި ހުރި ބައެއް ލިޔުންތަކަކީ އޭރުގެ ކަމާބެހޭ ފަރާތްތަކުން ދެކިލެއްވިގޮތުގައި ސަރުކާރާއި ރައްޔިތުންނާއި ޖެހިދާނެފަދަ ލިޔުންތަކެއްކަމަށްވުމުން ‘ނޫރު’ގެ އެނަމްބަރު މަނާކުރެވުނެވެ. އަދި އެއަށްފަހު އެދުވަސްވަރުގެ ގިނަ ދިވެހި ނޫސް މަޖައްލާ ފަދައިން ‘ނޫރު’ގެ އަލިވެސްނިވި އުވި ދިޔައީއެވެ. މިލިޔުމުގައި ހުށަހަޅާލެވިފައިވާ ވާހަކަތަކަކީ ދިވެހި ތާރީހާއިގުޅޭ ވާހަކަތަކެކެވެ. އަދި ތާރީހަށް ޝައުގުވެރިވާ ބަޔަކަށް ކޮންމެސް ފައިދާއެއް ކޮށްފާނޭ ކަމަށް ފެންނާތީ، މިލިޔުން، ‘ލިޔުންތެރިންގެ ގުޅުން’ މެދުވެރިކޮށް ހުށަހަޅާލަމެވެ.

އޭރުގެ ފަތްފުށްތަކުން…. (81)

ކިޔާފައިވާ ޢަދަދު: 1517
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތާރީޚީ ތުބުޅިފުޅު

 أحمد زاهر ގދ.ވާދޫ


އަލްފާޟިލް އަޙްމަދު ޒާހިރު ގދ. ވާދޫ، (ސީނާ ޒާހިރު) އަކީ، ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. އަދި ކުޅަދާނަ ވާހަކަދެއްކުންތެރިއެއްވެސް މެއެވެ. ޒާހިރު ލިޔުންތެރިކަމުގެތެރެއަށް ވެދެވަޑައިގެންފައިވަނީ، މަދަރުސީ ދައުރުގައެވެ.

އޭނާ ލިޔުއްވާފައިވާ ނޫސް، މަޖައްލާތަކުގެތެރޭގައި “ވިޔަފާރި މިއަދު” “ތަޖުރިބާ” “ހަފްތާ” “ހަވީރު” އަދި ދިވެހިޑައިޖެސްޓް” ހިމެނެއެވެ. ރާއްޖޭގައި އެއްދުވަސްވަރެއްގައި މަޝްހޫރުވި “ހަފްތާ” ނޫހުގެ މަސްއޫލުވެރިޔަކީ، އަދި އެޑިޓަރަކީވެސް އަޙްމަދު ޒާހިރެވެ. މީގެއިތުރުން “ތަޖުރިބާ” އާއި “ދިވެހިޑައިޖެސްޓް”ގެ އެޑިޓަރަކީވެސް އޭނާއެވެ.

ދިވެހި ރަތް ހަނދުފަޅި

ކިޔާފައިވާ ޢަދަދު: 5595
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މާކުރީގެ މާޒީއެއް ނޫނެވެ. ދިވެހީންގެ ކަންފަތްތަކަށް “ރޭޑިއޯ މޯލްޑިވްސް”ގެ ނަން ހޭނި ރީތިވެފައި އޮތެވެ. އަދި އެއީ ދިވެހީންގެ އެންމެ ބޮޑު އެކުވެރިޔާ ކަމުގައި ބަލަމުން އައީމުއެވެ. އެއީ އަހައިލާން ފަސޭހަ، ރީތި ނަމެއްގެ ގޮތުގައި އަޅުގަނޑުމެން ޤަބޫލުކޮށްގެން އުޅުނީމުއެވެ.

ރިވެތި އަޚްލާޤް ގެ ވެރީންނާއި އެ ނޫން މީހުންގެ ސިފަތައް

ކިޔާފައިވާ ޢަދަދު: 4222
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ޝައްކެއް ނެތެވެ. ދަރިފުޅު މަންމަގެ އުނގުން ތެދުވެ، އަމިއްލަ ދެފައިން ހިނގައިގަންނަ އިރު އޭނާ ލައްވަން ތައްޔާރު ކުރަންވާނީ، ހެޔޮ ލަފާ ކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އަންނަކަން ފެންނަ ފަދަ ރީތި ހެދުމެކެވެ. އެއަށްފަހު، އޭނާގެ ތަޢުލީމު ބިނާވާންވާނީ،އިސްލާމީ ރީތި އަޚްލާޤުގެ ބިންގާ މަތީގައެވެ. އޭނާގެ މުޅި ޙަޔާތުގެ އޮނިގަނޑު ހިފެހެއްޓިފައި ހުންނަންވާނީ، ހަރުދަނާ، ގޮތް ހުރި ތަރްބިއްޔަތުގެ ތަނބުތަކެއްގެ މަތީގައެވެ. އާދޭހެވެ. އެ ގޮތަށް ބޮޑެތިވާ ކުދިން، އެ ކުދިންގެ އެންމެ ފުރަތަމަ ވާޖިބަކަށް ހަދާނީ މައިން ބަފައިންގެ ބަސްއެހުމެވެ. އުމުރުން ދޮށީ މީހުންނަށް ޤަދަރު ކުރުމެވެ. ކިޔެވުމުގެ ބޭނުމެއް ހިފޭނީ އޭރުންނެވެ. ކިތަންމެވަރަކަށް ކިޔަވައި ދިނަސް،ޑިގްރީ މައްޗަށް ޑިގްރީ ނަންގުވައި، ސަތޭކަ ޑިގްރީ ހަމަ ކުރުވިޔަސް، އޭނާ ހުރީ ތަރްބަވީ ގޮތުން ފޭލް ވެފައި ކަމަށް ވާނަމަ، އޭނާގެ މުޖްތަމަޢު އޭނާ ބަލައެއް ނުގަންނާނެ އެވެ. އޭނާއަކަށް ދުވަހަކުވެސް ހަރުދަނާ ދިރިއުޅުމެއް ނުލިބޭނެ އެވެ.
  

ސާހިބާ (26)

ކިޔާފައިވާ ޢަދަދު: 3480
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ފާޠިމަތު ނަހުލާ
(14 އޮގަސްޓް 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޝަހުދު މިހާރު ފޫހިވެއްޖެއެވެ. އޭނާއަށް ލިޔެވުނު ސިޓީގެ ޢަދަދުވެސް ނޭނގެއެވެ. އެއްވެސް ސިޓީއަކަށް ފިޔާޒާ ޖަވާބެއް ނުފޮނުވައެވެ.
ފިޔާޒާއާ ދޭތެރޭގައި ޝަހުދު ވަރަށް ހާސްވެއެވެ. އޭނާ އުޅޭ ޙާލެއްވެސް ޝަހުދަކަށް ނޭނގެއެވެ. ޝަހުދަށް ހީވާ ގޮތުގައި ފިޔާޒާގެ ސިޓީއެއް ނުލިބެނީ ޕޯސްޓް ކުރުމުގައި ދިމާވެގެން އުޅޭނެ މައްސަލައަކާ ހެދިއެވެ. އެހެންކަމުން މިހާރު ޝަހުދު ވެސް އެހުންނަނީ ސިޓީ ނުލިޔެ މަޑުކޮށްލައިގެންނެވެ. ފިޔާޒާގެ ސިޓީއެއް ނުލިބެނީސް ޝަހުދު ދެން ސިޓީއެއް ނުލިޔާނެއެވެ.