އޭރުގެ ފަތްފުށްތަކުން…. (80)

ކިޔާފައިވާ ޢަދަދު: 2156
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިބަހުގެ މުއްސަދި ޚަޒާނާގެ ތެރެއިން

ޙަސަން އަޙްމަދު މަނިކު


އަލްފާޟިލް ކޮލިގޭ ޙަސަން އަޙްމަދު މަނިކު (ރަޙިމަހުﷲ) އަކީ، މަޖީދިއްޔާ ސްކޫލާއި ސިލޯނުގެ ޓްރިނިޓީ ކޮލެޖްގައި ކިޔަވާ ވިދާޅުވަން އުޅުއްވި ދުވަސްވަރުން ފެށިގެން ނޫސް މަޖައްލާ ނެރުއްވުމާއި ލިޔުންތެރިކަމުގައި ޙަރަކާތްތެރިވެވަޑައިގަތް ބޭފުޅެކެވެ. އޭނާވަނީ، ތާރީޚީ ލިޔުންތައް ލިޔުއްވުމާއި ތަރުޖަމަކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ޙަސަން މަނިކުގެ މަސްއޫލުވެރިކަމުގެ ދަށުގައި “ވަނަވަރު” ގެ ނަމުގައި އިނގިރޭސި ބަހުން މަޖައްލާއެއް ނެރުއްވާފައި ވެއެވެ. އެ ދުވަސްވަރު ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައިވެއެވެ. ޚާއްޞަކޮށް، “ޢިލްމީ އޮއިވަރު” “ފަތްތޫރަ” ފަދަ މަޖައްލާތަކުގައި އޭނާގެ ގިނަ ލިޔުންތަކެއް ޝާއިޢުކުރެވިފައިވެއެވެ. 

ހާލު ނާހާށެވެ!

ކިޔާފައިވާ ޢަދަދު: 2852
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ނަޞީރު އިބްރާހީމް

ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔޭ
      ހާމަޔަށް މި އޮހޭ ބޮމާ އަލިފާން ހިތަށް ސިފަވާނެޔޭ
          ހާދަ ހިތް ދައްޗޭ އެކަނި ހަމަ ބުނެލުމުން ފުދިދާނެޔޭ  
                ހާލު ނާހާށޭ – ލެޔާ ކަރުނައިން  ޖަވާބު  ލިބޭނެޔޭ         

ލަފުޒުގެ ފަހަތަށް ގެންނަ “ގެ” މި އަކުރުގެ ކުރިޔަށް އަންނަ އައިބައިފިލި

ކިޔާފައިވާ ޢަދަދު: 5017
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިބަހުގެ ހަރުދަނާ ހަމަތަކުގެ މަތީން ބަލާއިރު ލަފުޒެއްގެ ފަހަތަށް ގެންނަ “ގެ” މިއަކުރު ގެންނަ އިރު ބައެއް ޙާލަތްތަކުގައި އެ އަކުރުގެ ކުރިޔަށް އައިބައިފިއްޔެއް ވަދެއެވެ. މި ފަހަކަށް އައިސް ބައެއް ލިޔުންތަކަށް ބަލާއިރު މި ހަމަ ބައެއް މީހުންނަށް އޮޅޭކަމަށް ފާހަގަކުރެވެއެވެ.

ދިވެހިން ތިބީ ފަލަސްތީނާއެކު……!

ކިޔާފައިވާ ޢަދަދު: 2424
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ

ދިވެހިންތިބީ ފަލަސްތީނާއެކު އެކީގައޭ
                   ދިވެހިން ތިބީ އެގޮތުގައި ގުޅިގެން އެކީގައޭ
 
ނިކަމެތިވެފައި މިއަދުތިބިއަޚުނާއި އުޚުތުނަށް
                  ދިވެހިންގެ ހެޔޮއެދުން  އޮހެނީ އެކުއެކީގައޭ 

އިބިލީހުގެ ހަތިޔާރުގެ ބާޒާރު

ކިޔާފައިވާ ޢަދަދު: 3742
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ނުދެކޭނަމަ ދުނިޔޭގެ  ޙަވާދިޘް ބަލަމުން ދޭ
             އިބިލީހުގެ  ހަތިޔާރުގެ      ބާޒާރުމަތިން  ދޭ

އިންނާނެޔެ އިބިލީސް އަބަދާއަބަދު އެތާނގައި
             ވިއްކަން ހަތިޔާރެއްނަމަ ގެއްލުން    ލިއްބައިދޭ

ބިރުގަނެ ޖެހިލުންވާނެ ކަމެއްނެތް ނުގަތިއްޔާ
            އެތަނުން ހަތިޔާރެއް ބަލަމުން އަގު   އަހަމުންދޭ

ސާހިބާ (24)

ކިޔާފައިވާ ޢަދަދު: 3809
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(07 އޮގަސްޓް 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ދުރުގައި މި މަންޒަރު ބަލަންހުރި މީނާގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. ޝަހުދުގެ ހިތުގައި މިހާރު މީނާގެ މައްޗަށް އުފެދިފައިވާ ނަފްރަތު މިއަދު މީނާއަށް އެނގިއްޖެއެވެ. ބައްޕަ ޝަހުދުދެކެ ރުޅިއަޔަސް މީނާއަކަށް ޝަހުދު ދެކެ ރުޅިއެއް ނާދެވޭނެއެވެ. ޝަހުދު އެ ކިޔަނީ މީނާއާ ދިމާއަށް ކިޔަން ޙައްޤު އެއްޗިއްސެވެ. ޝަހުދުގެ އަޑުގެ މައްޗަށް ފަހުމީގެ އަޑު ގަދަވެގެން ދިޔުމުން ޝަހުދު މައިތިރިވެއްޖެއެވެ. ޝަހުދަށް މާބޮޑަށް ރުޅިއާދެވުނީއެވެ. ވާނީ އެހެންނެވެ. ޝަހުދު އޭނާގެ ރުޅި ކޮންޓްރޯލް ކޮށްގެން އިންދައި ފަހުމީ އައިސް އެ ވާހަކަ ދައްކަން ފެށުމުން ޝަހުދު ކޮންޓްރޯލުން ނައްޓައިލީއެވެ.

ތާރީޚުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލު މައްސަލަ

ކިޔާފައިވާ ޢަދަދު: 1684
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަލަސްތީނުގެ ބިމުގެ މިލްކުވެރިކަމުގެ މައްސަލައަކީ ތާރީޚުގެ ގިނަ ސަފްހާތަކެއްގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ތާރީޚީ މައްސަލައެކެވެ. ފަލަސްތީނުގެ ބިމަށް އަތް ގަދަކުރުމުގެ ރޭވުންތައް ޔަހޫދިން އެންމެ ފުރަތަމަކޮށްފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. މި ގޮތުން އޭރު ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅުނު މުއްސަނދި ޔަހޫދީންނާއި ޒަޔަނިސްޓުން ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ރޭވުންތައް ރާވާފައިވަނީ 1800ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ.

ދިވެހީން ޣައްޒާއާއި ފަލަޞްޠީނާއެކު (ލައިވް ބްލޮގް)

ކިޔާފައިވާ ޢަދަދު: 2013
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
 00:00  މި ލައިވް ބްލޮގު ވިދާޅުވި ހުރިހާ ބޭޔފުޅުންނަށް ޝުކުރިއްޔާ! އަޅުގަނޑުމެންގެ ލައިވް މި ހުއްޓައިލީ ކުރީން ރޭވިފައިވާ ގޮތަށް. ޝުކުރިއްޔާ!
 
 23:49  މިރޭ 3 ޖަހަންދެން މީޑީއާއިން ޓެލެތޯން ލައިވް ކުރިޔަށް ގެންދިޔަ ނަމަވެސް، ކުރީން ރޭވިފައިވާ ގޮތަށް 12:00 އިން ފެށީގެން ލިޔުންތެރީންގެ ގުޅުމުގެ ލައިވް ބޮލޮގް އަޕްޑޭޓްކުރުން މެދުކަނޑައިލެވޭނެ.
 
 23:40  “ހެލްޕް ޣައްޒާ”- މަވެސް އެހީވާނަން، ޓެލެތޯން މިރޭ މެންދަމުން އަލިވެ 3:00 އާ ހަމަޔަށް ކުރިޔަށްގެންދާން، ސްޓިއަރިންގ ކޮމިޓީން ނިންމައިފި.

ސަޑޭމް ހުސޭނާއި ޑޯގް ބުޝް

ކިޔާފައިވާ ޢަދަދު: 6362
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިރާޤުގެ ވަރުގަދަ ޝަޚުޞިއްޔަތެއް ކަމުގައިވާ ޞައްދާމު ޙުސައިނުގެ ރައީސްކަމުގެ ދުވަސްވަރު އެ މަނިކުފާނަކީ ހުޅަނގާއި އެމެރިކާއަށް ވަރަށް ވަރުގަދަ ބަހުގެ ޙަމަލާތައް ދެއްވަމުން ގެންދެވި ޖެހިލުންކުޑަ ލީޑަރެކެވެ. ޣައިރުމުސްލިމުން ރުޅިއަންނަ، އަދި މުސްލިމު ބައެއް ލީޑަރުންވެސް ޖެހިލުންވެވަޑައިގެންނެވި ވެރިއެކެވެ.

ދިވެހީން ޣައްޒާއާއި ފަލަޞްޠީނާއެކު

ކިޔާފައިވާ ޢަދަދު: 178
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
23:59   ފަންޑަށް ލިބިފައިވާކަމަށް މިހާތަނަށް ހިސާބުކުރެވިފައިވާ  ޢަދަދަކީ  10885817.67ރުފިޔާ
 
23:54    އަނެއްކާވެސް އަލްއުސްތާޛު މުޙައްމަދު ޖަވާދު ޔޫސުފް ޓީވީގައި  ފަލަޞްޠީނާ ބެހޭ ތަފްޞީލްތައް ދެއްވަނީ
 
 23:50   އިސްލާމީ ތާރީޚު ދިރާސާކުރައްވާ ޢިލްމުވެރިއެއް ކަމަށްވާ އަލްއުސްތާޛު އަޙުމަދު މާޖިދު ފަލަޞްޠީނުގެ މައްސަލައާއި ތާރީޚާ ބެހޭ ގޮތުން ޓީވީގައި ވާހަކަފުޅު އެބަދައްކަވާ