ކުނި ކޮތަޅު

ކިޔާފައިވާ ޢަދަދު: 2526
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢާއިޝަތު ނާޖީ، ނާޖީގެ
ރެޔަކީ ރާއްޖޭގައި ބޭއްވުނު އެންމެ ފޯރިގަދަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުގެ ރޭތަކުގެ ތެރެއިން ރެޔެކެވެ. މާލޭގެ އެންމެ ބައި ބޯ އެއް ސަރަޙައްދު ކަމުގައިވާ ރާޅުގަނޑު ސަރަޙައްދުގައި އޮތް ބޮޑު ޖަލްސާގެ ބޮޑުކަން ހާމަކޮށް ދިން އެއް ސަބަބަކީ ޢާންމުކޮށް ރާއްޖޭގެ ޕޯޑިއަމް ތަކުން ނުފެންނަ އެތައް އާ މޫނެއް އެ ޖަލްސާގެ ޕޯރޑިއަމުން ފެނިގެން ދިޔުމެވެ. މީގެ ތެރެއިންވެސް ޖަލްސާއަށް ޙާޒިރުވެ ތިބި އެތަކެއް ހާސް މީހުންނާއި ދުރުން މަންޒަރު ބަލަމުން އަޑު އަހަމުން ގެންދިޔަ އެތަކެއް ހާސް ރައްޔިތުން ޙައިރާންވެ އަންތަރީސް ކުރުވައިލި ކުޅަދާނަ ވާހަކަދެއްކުންތެރިއަކީ ހަފީޒާ ކިޔާ އަންހެން ބޭކަނބަލެކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(62)

ކިޔާފައިވާ ޢަދަދު: 1952
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަފްތާގެ އިންޓަރވިއު

ފެންތިކިތިކީން ޖާޑިއެއް ފުރިދާނެއެވެ.

އެޑިޓަރ

އަޅުގަނޑު ތަޢާރުފުވެލީ އަމިއްލައަށެވެ. އަޅުގަނޑު، އެގުމުގެ نشان އެއް އެއްގޮތަކަށްވެސް މޫނުމަތިން ފެންނާކަށް ނެތެވެ. ދެން އަޅުގަނޑު ނަންގަތީ އަޅުގަނޑުމެންގެ ނޫހުގެ ނަމެވެ. މިފަހަރު ކުޑަ ކުޑަ ވިދުމެއް، އަޅުގަނޑަށް ފެނުނު ކަހަލައެވެ. ހަފުތާ ކިޔާ ނޫހަކުން އައި މީހެކޭ އަޅުގަނޑު تكرار ކުރުމުން އޭނާ ބައްލަވާ ލެއްވީ ފިހާރައާ ދިމާއަށެވެ. އެހެންމީހަކަށް، އަޅުގަނޑުމެންނާއި ބައިވެރިވާން دعوت ދެއްވި ކަހަލަ ގޮތަކަށެވެ. އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ.

އެއް ހާސް އަހަރު (ދިހަ ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2448
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ

(17 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އުޑުމަތީގައި ހުރި ވިއްސާރަ ވިލާތައް ސާފުވެއްޖެއެވެ. ހަނދުވަރުގެ އަލިކަން އެއްވެސް ހުރަހެއް ނެތި ދޭން ފަށައިފިއެވެ. ގަސްތަކުގެ ތެރެއިންވެސް ބިމަށް ހެޔޮވަރު ވަރަކަށް އަލިކަން ފެތުރިފައިވެއެވެ. އެވަރުން ބިޝާރާއަށް ތަންތަން ފެންނަވަރު ވެއެވެ. ނަމަވެސް އޭނާގެ ދެލޯވެސް ވަނީ ވަށައިގެންވާ އަނދިރިކަމަށް ހޭނިފައި ކަހަލައެވެ. ހަމަގައިމުވެސް ވެމްޕަޔަރުން ގޮތަށް ރޭނގަނޑުގެ އަނދިރިކަމުގެ ތެރެއިން ތަންތަން ދުށުމުގެ ޤާބިލުކަމެއް އޭނާއަށް އަދި ލިބިފައެއް ނުވެއެވެ. އެހެން ހިތަށް އެރުމާއިއެކު ބިޝާރާ ކަންބޮޑުވިއެވެ.

ކިންގް ސުޢޫދުގެ ދުވަހެއް

ކިޔާފައިވާ ޢަދަދު: 1831
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭރުގެ ފަތްފުށްތަކުން…. (78)

ކިންގް ސުޢޫދުގެ ދުވަހެއް

عبد اللّه حميد

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އަކީ، މޮޅު ލިޔުންތެރިއެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ. ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ޚިދުމަތްތެރިއެކެވެ. ތަފާތު ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައި އަދި ތަރުޖަމާ ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. އަދި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ “ޢިލްމީ އޮއިވަރު”އާއި ދިވެހިބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ މަޖައްލާ “ފަތްތޫރަ”އާއި ދިވެހި ނާދީގެ މަޖައްލާ “ހުވަނދު”ގެ މުޙައްރިރުކަންވެސް ކުރައްވައިފައިވެއެވެ.

އައުޓު ސޯސްކުރާން ބޭނުންވަނީ ކިހާ މިންވަރަކަށްހެއްޔެވެ.؟

ކިޔާފައިވާ ޢަދަދު: 1940
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު އިސްމާޢީލު ފުޅު، މއ. މާފުނަ

ކަން ފަސޭހަކޮށްލުމުގެ ގޮތުން ނަމަވެސް ނުވަތަ ލިބިފައިވާ އަމިއްލަ ތަނަވަސްކަމަކާއި ފުއްދުންތެރިކަމެއްގެ ނިވަލުގައި ނަމަވެސް ނޫނީ އަމިއްލަ ޖާހާއި ޤަދަރަށް އުނިކަމެއް ލިބިދާނެކަމަށް ކުރެވޭ ހީކުރުންތަކަކާ ގުޅުވައިގެން ނަމަވެސް ފަސޭހަކަމާއެކު އަމިއްލަޔަށް ކޮށްލެވެން ހުންނަ ވަރަށް ގިނަ ކަންތައްތައް އެ ކަންކަމަށް އަގު ކަނޑައަޅައި އެކިއެކި ފަރާތްތަކާ ޙަވާލުކޮށް އެ ކަންކަން ނިންމުމަކީ އަޅުގަނޑުމެންގެ ތެރޭގައި ކުރިން ވެސް ކޮށް އުޅުނު ކަންކަމެކެވެ. ޤައުމީ އުފުއްދުންތެރިކަމާ ގުޅުންހުރި ކަންތައްތަކާއި، އިޤްތިޞާދީ ފުއްދުންތެރިކަމާ ގުޅުން ހުރި މަސައްކަތްތަކާއި، ދިވެހި މުޖްތަމަޢަށް އެ ކަމުގެ ސަބަބުން އަސަރަކުރުވަނިވި ވަރަށް ގިނަ ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނެއެވެ.

ދިޔަރެސް (23)

ކިޔާފައިވާ ޢަދަދު: 4265
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާއިދު
(23 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މީ ނުލާހިކު ތާށި ދުވަސްވަރެއް…ކިހިނެއް ހެދުން އާކުރާނީވެސް…އެހެން ނޫނަސް، އަހަރެން މާބޮޑު ޝައުޤުވެރިކަމެއް ނުހުރޭ، އާ ހެދުން ފައްސާކަށް.” ސުދާ ބުންޏެވެ. މުޢާޒު ކާންފެށިއެވެ.

ޝުކުރުވެރި ހިތަކުން…!

ކިޔާފައިވާ ޢަދަދު: 9629
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޢަބްދުއްރަޝީދު ޙުސައިން
ބަރަކާތްތެރި ރޯދަމަސް ނިމުނީއެވެ. އުފާވެރި ކުޑައީދާ ބައްދަލުވީއެވެ. ނިމިގެންދިޔަ ރޯދަމަހު އަޅުގަނޑުމެންނަށް ލިބުނީ މަތިވެރި އަދި ގިނަގުނަ ނިޢުމަތްތަކެކެވެ. އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ޝުކުރުވެރި ހިތަކުންނެވެ. އިތުރު ނިޢުމަތްތަކަށް އެދެމުންނެވެ.

ފިޠުރު ޢީދުގެ ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 4599
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފިޠުރު އީދުގެ ތަހުނިޔާއޭ، މިތުރުނަށް އަދު ފޮނުވެނީ
      އަތުރުކަން ނެތް ބަސްތަކުން ހުރިހާ އަޚުންނަށް ފޮނުވެނީ

ކުރެވުމުން އަޅުކަން، ކުރަންވީ އެންމެހައި ރަމަޟާނުގައި
      ފުރެދުމެއްނެތި ޝުކުރުގައި ކުޅިވަރުތަކޭ  އަދު  ކުޅެވެނީ

މީރުވަސް ފަތުރައިދެމުން މުޅި ޖައްވުގައި ކުލަޖައްސަމުން
      އީދު އައިމާ  އުފަލުގައި  ގިނަގުނަ  ތަހާނީ   ފޮނުވެނީ

ރަމަޟާން މަހަށް އަލްވަދާޢު ކިޔާ އިރު

ކިޔާފައިވާ ޢަދަދު: 3250
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ދުވަސްތައް ބުރު ޖަހަމުން ފާއިތުވަމުން ގޮސް ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވަން ތައްޔާރު ވަނީއެވެ.އެ މަހުގެ ނޫރުތައް ނިވިގެންދާން ކައިރިވަނީއެވެ. އެ މަހުގެ އުޖާލާކަމުން ބެބުޅި ބެބުޅުން  ކަނި ވަނީއެވެ. ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް އިޙްޔާކުރުމުންނާއި އެ ރޭތަކާއި ދުވަސްތަކުގައި  ޤުރްއާނުކިޔެވުމުންނާއި، އެ ރޭތަކާއި ދުވަސްތަކާއި ރޭތަކުގައި ކުރި  އިބްތިހާލުތަކާއި ދުޢާތަކާއި އިޢުތިކާފުތަކުން ފެތުރިގެން ދިޔަ އަލިކަން ނެތިވެ އަދިރިކަމުގެ ތެރެއަށް އަލުން ވެއްޓޭ ވަގުތު ކުޑަތަން ވާ އިރު ހިތަށް ކުރުވާ އަސަރުތަކާ މެދު ވިސްނައިލެއްވީމުތޯއެވެ؟

ބާޒީ ގެ ސިޑި

ކިޔާފައިވާ ޢަދަދު: 3287
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

ހިތްވަރާ ފަންވަރު   ނެރޭށޭ   ކާމިޔާބު   ލިބޭނެޔޭ
           ހިތް ނުރޮއްވާ  ގަދައަޅާށޭ   ތިޔަ އެދޭ  ގޮތް  ވާނެޔޭ
ށަވިޔަނީގައި އަތޮޅުވެރިކަން ކުރި ރަށެއް ޅައިމަގު  އެއީ
           ހެވި ޔަގީނޭ  އަތޮޅު އެންމެން   މީ ތެދޭ   ބުނެލާނެޔޭ
ނޫނެކޭބުނެ ފާފައިން ރައްކާވެ   ހެޔޮގޮތުގައި    ވުމީ
           ހޫނެކޭ ފިންޏަށް ބަދަލު ކުރެވޭ  ޔަގީން    ކުރެވޭނެޔޭ