ރަމަޟާން މަހުގައި ޝައިޠާނުން ކަސްތަޅު އެޅުއްވުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 337

ރަމަޟާން މަހުގައި ޝައިޠާނުން ކަސްތަޅު އެޅުއްވުމަކީ ކޮބާ؟ އަޙްމަދު ޝާޒް (2017) ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.  “إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ ، وَغُلِّقَتْ أَبْوَابُ النَّارِ ، وَصُفِّدَتْ الشَّيَاطِيْنُ” (صحيح مسلم  1079) މިޙަދީޘްގެ ލަފުޒީ މާނައަކީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުއްވެއެވެ.” މި ޙަދީޘްގެ ތަފާތު ރިވާޔަތްތައް ވެއެވެ.…

ރޯދަ ވީއްލާއިރު ވަކި ޢިބާރާތަކުން ދުޢާކުރުން ލާޒިމުހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 353

އަޙްމަދު ޝާޒް (2017) ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((ثلاثة لا تُردُّ دعوتُهم: الإمام العادل، والصَّائم حين يُفْطِر، ودعوة المظلوم))(1) މާނައީ: ތިންމީހެއްގެ ދުޢާ އިޖާބަނުކުރައްވައި  މާތްالله ރައްދުނުކުރައްވާހުއްޓެވެ. އެއީ ޢަދުލުވެރި އިމާމު ކުރާ ދުޢާއާއި، ރޯދަވެރިޔާ ރޯދަވީއްލާހިނދު ކުރާ ދުޢާއާއި، އަދި ނުޙައްޤުން އަނިޔާލިބިފައިވާމީހާ ކުރާ ދުޢާއެވެ.” މާތްالله ވަޙީކުރައްވާފައިވެއެވެ. ((وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا…

ޢަދުލުވެރިކަމަކީ ހަމަހަމަކަން ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 446

އަޙްމަދު ޝާޒް (2017) ޢަދުލުވެރިކަމުގެ ސިފައަކީ ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ހުރުން ލާޒިމު ސިފައަކަށްވާއިރު، ޢަދުލު މިލަފުޒުގެ މާނައާމެދު ވިސްނާލެވޭ ބާވައެވެ. العَدْلُ އާއި القِسْطُ މިއިން ކޮންމެ ލަފުޒެއް ކީރިތި ޤުރްއާނުގެ 27 ތަނެއްގައި ވާރިދުވެގެންވެއެވެ. (1)  މި ދެލަފުޒުގެ މާނަ ބަޔާންކުރުމަށްޓަކައި ޢަރަބި ބަހާއި، ފާރިސީ ބަހާއި، އުރުދޫ ބަހާއި، ތުރުކީ ބަހާއި، އަދި ދިވެހި ބަހުގައިވެސް އެންމެ ޢާއްމުކޮށް ބޭނުންކުރާ ލަފުޒަކީ “އިންސާފު”(2) މިބަހެވެ. އަދި ގިނަ މީހުންނަށް ޤަބޫލު ކުރެވިފައި އޮންނަގޮތުގައި…

ކައިވެނީގެ ކުރީން ޖެނެޓިކް ތަޙުލީލެއް ކުރުން

ކިޔާފައިވާ ޢަދަދު: 411

އަޙްމަދު ޝާޒް ތަޢާރުފު : ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ (الفحص الطبي قبل الزواج) އަކީ: ކައިވެނި ކުރަން ބޭނުންވާ އަންހެންމީހާއާ ފިރިހެންމީހާއާ ދެމީހުންކުރެ މީހެއްގެ ކިބައިގައި ހުރި، ވިރާޘީގޮތުން ދަރިފަސްކޮޅަށް ނަގުލުވަމުންދާ ނުވަތަ ގައިންގަޔަށް އަރާ ނުވަތަ އެނޫންވެސް ބައްޔެއް ނުވަތަ ބަލިތަކެއް ދެނެގަތުމަށްޓަކައި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ލެބޯޓްރީއެއް ނުވަތަ ކްލިނިކެއްގައި، ކައިވެނީގެ ޢަޤުދު ކުރުމުގެ ކުރީން ޠިއްބީ (medical) ގޮތުން ކުރެވޭ ތަޙުލީލު ތަކެކެވެ.[1] ކައިވެނީގެ ކުރިން ޖެނެޓިކް ސްކްރީނިންގ ހެދުމުގެ ބޭނުމަކީ…

ނަފުސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށް އިސްލާމްދީނުގެ މަގު

ކިޔާފައިވާ ޢަދަދު: 284

އަޙްމަދު ޝާޒް (2017) ތަޢާރުފު : ނަފުސާނީ (Psychological) ނުވަތަ ސިކުނޑީގެ (Mental) ދުޅަހެޔޮކަން، އީޖާބީ (ޕޮޒިޓިވް) އަދި ޣައިރު އީޖާބީ (ނެގެޓިވް) މި ދެގޮތަކަށް މާނަކުރެވެއެވެ. ނަފުސާނީ ދުޅަހެޔޮކަން އީޖާބީ ގޮތެއްގައި މާނަކުރާނަމަ އެއީ އިންސާނާގެ ނަފުސަށް ނުވަތަ ސިކުނޑިއަށް ހަމަޖެހުން ލިބި އެ ޙާލަތު އެގޮތުގައި ދެމިހުރުމެވެ. އިންސާނާގެ ކަންތައްތައް ތިން އަރިމައްޗަކަށް ބެހިގެންވެއެވެ. އެއީ ތިމާގެ އަމިއްލަ ނަފުސާ ގުޅޭ ކަންތައްތަކާއި، ތިމާއާ އެހެންމީހުންނާ ގުޅޭ ކަންތައްތަކާ އަދި ތިމާއާ ހެއްދެވި ފަރާތާ…

ކީރިތި ޤުރްއާނުގެ ބައެއް މުޞްޠަލަޙު ތަރުޖަމާ ކުރުމުގައި އިނގިރޭސި ބަހާއި ދިވެހި ބަހުގައި ހުރި ތަފާތުގެ މައްޗަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 632

އަޙްމަދު ޝާޒް (2017) ޢަރަބި ބަހުގެ ބަލާޣާތްތެރިކަމާ ފަޞާޙާތްތެރިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ މަސްދަރަކީ ކީރިތި ޤުރްއާނެވެ. އަދި މިއީ ބަހަވީ ޢިލްމު (ލިންގުވިސްޓިކްސް) ގެ ހުރިހާ ދާއިރާއެއް ހިމެނޭގޮތުން، ބަހަކަށް ލިބިގެންވާ ހަމައެކަނި ރެފަރެންސް ވެސް މެއެވެ. ޢަރަބި ބަސްފިޔަވައި މިފަދަ ފުރިހަމަ ރެފަރެންސެއް ލިބިފައިވާ އެހެން އެއްވެސް ބަހެއް ދުނިޔޭގައި ނެތޭ ބުނުމުން މިކަމާ ދެކޮޅަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެއެވެ. ކީރިތި ޤުރްއާނުގެ ބައެއް މުޞްޠަލަޙުތައް އެހެނިހެން ބަސްބަހަށް ތަރުޖަމާކުރުމުގައި، އެ މުޞްޠަލަޙެއްގެ ސީދާ…

ކޫޕަނާއި އާއި އެސް.އެމް.އެސް ފޮނުވުން ފަދަ ގޮތްގޮތަށް ހިންގޭ ލަކީ ޑްރޯތަކުގައި ބައިވެރިވުން ޖުވާ ގެތެރެއަށް ވަންނަނީ ކިހިނެއްހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 977

ޖުވާއަކީ މާތްالله ޙަރާމް ކުރައްވާފައިވާ، ޝައިޠާނީ ޢަމަލެއް ކަމާމެދަކު އަހަރެމެން ދެބަހެއް ނުވަމެވެ. އަދި މިއީ އެކަލާނގެ ޙަރާމް ކުރައްވާފައި ކަމަކަށްވުމުން، މިފަދަ ކަންކަމާ ދުރުވެގެން ތިބުމަށް އަހަރެމެން މުސްލިމުން ދެކޮޅެއްވެސް ނުހަދަމެވެ. މާތްالله ވަޙީކުރައްވާފައިވެއެވެ. [[يا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصابُ وَالْأَزْلامُ رِجْسٌ مِنْ عَمَلِ الشَّيْطانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ]][1] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައިހުންނަ ބުދުތަކާއި، ނަޞީބު ހުރިގޮތް ބަލަން…

އަހަރެން ވަރަށް ”ބިޒީ” އެވެ.

ކިޔާފައިވާ ޢަދަދު: 871

ކޮންމެ ދުވަހަކު ފަތިހު އަހަންނަށް ހޭލެވިެ، އާފުރުމާއެކު، އަހަރެންގެ ސިކުނޑީގެ މަސައްކަތްތައް ފަށައެވެ. ކުރަންވެފައި ހުރި ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ. އެހެންވެ، ވަރަށް އަވަސްއަވަހަށް އަހަރެން ފަތިސް ނަމާދު ކޮށްލަމެވެ. ގިނަ ވަގުތު ﷲ އަށް ޛިކުރު ކުރުމުގައި އިންނާކަށް، އަހަންނަކަށް ވަގުތެއް ނެތެވެ. ނަމާދުކޮށްލައިގެން އަވަސްއަވަހަށް ދިއުން އެއީ، އަހަންނަކަށް އައިބުކަމެއް ނޫނެވެ. ……………….. މަދަރުސާގައި ހޭދަކުރި ކޮންމެ މިނެޓެއްގައި ވެސް، އަހަރެން އުޅުނީ ވަރަށް “ބިޒީ” ކޮށެވެ. މަސައްކަތްތައް ނިންމައި، އެ މަސައްކަތްތައް…