އެމެރިކާގެ 45 ވަނަ ރައީސް މރ. ޑޮނަލްޑް ޖޯން ޓްރަމްޕް ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ޚިތާބުގެ ދިވެހި ތަރުޖަމާއެއް

ކިޔާފައިވާ ޢަދަދު: 565
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ: ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު  ގ. މަންޒިލް   ނޯޓު: ތިރީގައި އެވަނީ އެމެރިކާގެ 45 ވަނަ ރައީސް މރ. ޑޮނަލްޑް ޖޯން ޓްރަމްޕް، ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، ދެއްވި ޚިތާބުގެ ދިވެހި ތަރުޖަމާއެކެވެ. ގައުމެއްގެ ސިޔާސީވެރިންނަށާއި އަދި އާއްމު ރައްޔިތުންނަށްވެސް، ފައިދާކޮށްފާނޭ އަގުހުރި ނުކުތާތަކަށް، އެމަނިކުފާނުގެ ޚިތާބުގައި، އަލިއަޅުވާލައްވާފައި ވެއެވެ. އޭގެ ތެރޭގައި ގައުމެއް ވުޖޫދުގައި އޮތުމުގެ ބޭނުމަކީ އެގައުމުގެ ވަކިވަކި ފަރުދުނުންނަށް ޚިދުމަތް ކުރުން ކަން ފާހަގަ ކުރެއްވިއެވެ. އަދި، މިޚިދުމަތް ލިބިދެނީ އެގައުމުގެ މުއްސަނދިކަން،…

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް (6)

ކިޔާފައިވާ ޢަދަދު: 566
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިލާހީ ހިދާޔަތު ބައެއްގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެމީހުން މިހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހާލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ  ދެބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކައާއި، އެވާހަކަތައް އިންކާރުކޮށް، އެވާހަކަތަކަށް ފުރަގަސްދޭ މީހުންގެ ވާހަކަ ހިމެނޭ ދެބައި، އަލްބަޤަރާސޫރަތުގެ ފުރަތަމަ ހަތް އާޔަތުގައި ބަޔާންވެ ހިނގައްޖެއެވެ. ދެން އަށްވަނަ އާޔަތުން ފެށިގެން ވިހިވަނަ އާޔަތުގެ ނިޔަލަށް ބަޔާންކުރެވިފައިވަނީ، އެމީހުންގެ ކުރިމައްޗަށް އިލާހީ ހިދާޔަތުގެ ވާހަކަ ހުށަހަޅާލެވުމުން، އެކަން ގަބޫލު ކުރާކަމަށް…

ކިލާ މަށިގަނޑެއްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 146
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އީލިޔާ އަބޫ މާޟީ ތަރުޖަމާ: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު،  ގ.މަންޒިލް ތިރީގައި އެވަނީ އީލިޔާ އަބޫ މާޟީގެ ‘އައްތީނު’ (މަށިގަނޑު) މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. މިޅެމުގެ އަސްލެއްކަމަށް ބުނެވެނީ ޝާމުކަރައިގެ އަރަބި އާއްމީ ބަހުރުވައިން 19ވަނަ ގަރުނުގެ ތެރޭގައި ކިޔައިއުޅުނު ޅެމެކެވެ. ޢަލީ އައްރުމައިޘީއޭ ކިޔުނު ޝާއިރެއްގެ ޅެމެކެވެ. އާދެ، އެޅެމުގައި އެކުލެވޭ މާނައިގެ މައްޗަށް ބިނާކޮށް، އީލިޔާ އަބޫ މާޟީ މިޅެން ފަސީހަ ބަހުން ލިޔުއްވައި އާފޭރާމެއް އިހުގެ ޅެމުގެ މާނައަށް ދެއްވީއެވެ. މިޅެމުގައި ‘މަށިގަނޑު’…

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް (5)

ކިޔާފައިވާ ޢަދަދު: 315
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިލާހީ ހިދާޔަތު، ބައެއްގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެބައިމީހުން، މިހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހާލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ ބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކައާއި އެމީހުންގެ ބައެއް ޚާއްސަ ސިފަތައް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި ބަޔާން ކުރެވި ހިނގައްޖެއެވެ. ދެން ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައި ބަޔާން ކުރެވިފައި އޮތީ އެހިދާޔަތަށް އިންކާރު ކުރާ މީހުންގެ ވާހަކަ އެވެ. މި ދެ އާޔަތުގެ މައްޗަށް ބަލައިލަމާތޯ…

އަހަރެންގެ ވާހަކަ ކިޔައި ދޭނީ ކާކަށް ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 201
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(ތަރުޖަމާއެއް) މިއީ  ފިލްމް ޝީރީން ފަރުހާދު’ގެ ‘ސުނާއޫނ ކިސްކޮ އަފުސާނާ’ (އަހަރެންގެ ވާހަކަ) ކިޔައި ދޭނީ ކާކަށް ހެއްޔެވެ، މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައަކީ ފިލްމް ‘ޝީރީން ފަރުހާދު’ގެ ލަވަތަކުގެ ތެރެއިން ލިޔުތެރިންގެ ގުޅުމުގެ ސަފްހާތައް މެދުވެރިކޮށް ހުށަހަޅާ ލެވޭ ދެވަނަ ލަވައެވެ. އެންމެ ފުރަތަމަ ހުށަހަޅާ ލެވުނު ލަވަޔާ އެކު ޝީރީން ފަރުހާދުގެ ވާހަކައިގެ އަސްލުގެ މައްޗަށާއި އަދި ފިލްމުގައި އެވާހަކަ ބިނާވެފައިވާ ގޮތުގެ މައްޗަށް ބަލާލެވުނެވެ. އަދި، ފިލްމުގައި ފަރުހާދާއި ޝީރީނު ވަކިކުރެވި، ޝީރީނު…

މުޚްތަޞަރު ޞަޙީޙު އަލްބުޚާރީގެ ދިވެހި ތަރުޖަމާއެއް (1)

ކިޔާފައިވާ ޢަދަދު: 349
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފެށުމުގެ ކުރިން ތިރީގައި ހުށަހަޅާލެވިފައިވަނީ ‘މުޚްތަޞަރު ޞަޙީޙު އަލްބުޚާރީ’ގެ ފުރަތަމަ ބާބުގެ ދިވެހި ތަރުޖަމާއެކެވެ. އިތުރު ބާބުތައް ކުރިއަށް އޮތް ދުވަސްތަކުގައި، އިރާދަކުރެއްވިއްޔާ، ގެނެސް ދެވޭނެއެވެ. މި ތަރުޖަމާގެ މުގައްދިމާއެއްގެ ގޮތުން އިމާމު އަލްބުޚާރީގެ ކުރު ތަޢާރުފަކާއި އަދި ހަދީސް ޖަމާކުރަން ފެށުނު ގޮތުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ. އަލްއިމާމު އަލްބުޚާރީގެ ނަންފުޅަކީ އަބޫ ޢަބްދުﷲ މުޙައްމަދު ބިން އިސްމާޢީލު އެވެ. އޭނާ އުފަންވެވަޑައިގަތީ ހިޖުރައިން 194ވަނަ އަހަރުގަ އެވެ. ބުޚާރާގަ އެވެ. ބުޚާރާއަކީ،…

އައްލާމާ މުޙައްމަދު އިޤްބާލްގެ “އިންސާނާ”

ކިޔާފައިވާ ޢަދަދު: 272
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ އާއި ތައުލީގު: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް ތިރީގައި ހުށަހަޅާލެވިފައި ވަނީ ޢައްލާމާ މުޙައްމަދު އިޤްބާލުގެ ‘އިންސާނާ’ މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. ޢައްލާމާ އިޤްބާލާ ބެހޭ ގޮތުން، ދާދި ފަހުން، އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމު، ލިޔުންތެރިން ގެ ގުޅުމުގެ މިސައިޓުގައި ބޭނުންތެރި ލިޔުމެއް ޝާއިއު ކުރެއްވިއެވެ. 9 ނޮވެންބަރުގައި، އައްލާމާ އިޤްބާލުގެ 137 ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ. އެލިޔުމުގައި އިޤްބާލުގެ ސީރަތުގެ މައްޗަށް ކުރުގޮތަކަށް އަލިއަޅުވާލެވިފައި ވެއެވެ. އާދެ، އައްލާމާ އިޤްބާލަކީ ޕާކިސްތާނުގެ ފަލްސަފާ…

އައްތިމްސާލު – ބުދު

ކިޔާފައިވާ ޢަދަދު: 236
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އީލިޔާ އަބޫ މާޟީ ތަރުޖަމާ: ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް އާދެ، އަނެއްކާވެސް އީލިޔާ އަބޫ މާޟީގެ ޅެމަކާއި އެޅެމުގެ ތަރުޖަމާ އެކެވެ. މިޅެމަށް އޭނާ ދެއްވާފައިވާ ނަމަކީ ‘އައްތިމްސާލު’ އެވެ. އާދެ، ‘ބުދު’ މިނަމެވެ. މިޅެމުގައި ހުށަހަޅާލެވިފައިވާ މައިގަނޑު ފިކުރާއަކީ އިންސާނުންގެ އަމަލުތައް، ގިނަފަހަރަށް، ބިނާވެފައިވަނީ އަމިއްލަ އެދުމުގެ މައްޗަށް ކަމެވެ. މި ފިކުރާ ސާފުކޮށް ދެއްވުމުގެ ގޮތުން، ބުދެއްގެ ވާހަކަ، ޅެންވެރިޔާ ކިޔައިދެއްވަ އެވެ. ދީލަތި އަދި ބާރުވެރި މީހެއްގެ ހަނދާން ދެމެހެއްޓުމަށް ޓަކައި…

ތާރީޚުން ފިލާވަޅެއް 1: ޖަރުމަނުވިލާތުގެ ވާހަކައެއް 2: ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު ދިނުން

ކިޔާފައިވާ ޢަދަދު: 428
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިބައިގައި އަޅުގަނޑު ލިޔަން ގަސްދުކޮށްފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައިގައި، ޖަރުމަނު ވިލާތް، އެއްކޮށްހެން ހަލާކުވެ ދިޔުމަށްފަހު، އަލުން، އެގައުމު ބިނާކުރި ގޮތުގެ ވާހަކައެވެ. ޖަރުމަނުވިލާތުގެ ރަށްތަކާއި އަދި ތަހުތީ  ބިނާވެސް، މުޅީންހެން، ފުނޑުފުނޑުވެ، އަދި ގައުމުގެ ސިޔާދަތާއި މިނިވަންކަންވެސް ގެއްލިގެން ދިޔުމަށްފަހު، ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަލުން ބިނާކުރިގޮތުގެ ވާހަކައެވެ. އަދި، މިކަމުން ލިބިގަނެވިދާނޭ ފިލާވަޅުގެ ވާހަކަވެސް މެއެވެ. ނަމަވެސް، ކުރިން ހުށަހަޅާލެވުނު، ‘ޖަރުމަނުވިލާތުގެ ވާހަކައިގެ’ ފުރަތަމަ ބަޔާއި ގުޅިގެން، ކިޔުންތެރިއަކު ކުރެއްވި، ވަރަށް…

ތާރީޚުން ފިލާވަޅެއް 1: ޖަރުމަނުވިލާތުގެ ވާހަކަ (1)

ކިޔާފައިވާ ޢަދަދު: 310
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތާރީޚަކީ ގިނަގުނަ، އަގުހުރި، ފިލާވަޅުތަކުން ފުރިފައިވާ ވާހަކަތައް އެކުލެވޭ މައުލޫމާތުގެ މަސްދަރެކެވެ. ތަފާތު  އިބުރަތްތެރި ދަރުސުތައް، އެމަސްދަރުން ލިބިދޭ ހިކުމަތުގެ ޚަޒާނާއެކެވެ. އެމަސްދަރުން، އުއްމަތްތަކަށް ދިރުން ލިބި، ވަރުގަދަވެ، ކުރިއަރައި ދާ ގޮތުގެ ވާހަކަތައް އެނގެން އޮވެއެވެ. އުއްމަތްތައް ބަލިކަށިވެ،  މަރުވެ، ނިމިދާ ގޮތުގެ ވާހަކަތައް ވެސް ލިބެން އޮވެއެވެ. މިވާހަކަތައް ހޯދައި، ކިޔައި، ތާރީޚުން ފިލާވަޅު ލިބިގަނެ، އިބުރަތް ހާސިލު ކުރަން ބޭނުން ބަޔަކަށް އެކަން އޮތީ ކުރެވޭ ގޮތަށެވެ. އެމީހުންގެ ވިސްނުމާއި ފިކުރު ބޭނުންކޮށްގެން…