ވިންގ ކަމާންޑަރ ޢަލީ ޞަބްރީ – އިންޤިލާބް ރޭގެ އެއް ޝަޚްޞިއްޔަތަށް އަނދިރި އެޅިއްޖެ

ކިޔާފައިވާ ޢަދަދު: 334

ވިންގ ކަމާންޑަރ ޢަލީ ޞަބްރީ އިންޤިލާބް ރޭގެ އެއް ޝަޚްޞިއްޔަތަށް އަނދިރި އެޅިއްޖެ ޢަބްދުﷲ ޙަމީދު ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރްބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ   ދުވަހު ނޫސް [ މޫންލައިޓް ] ގެ 1971 މޭ 19،20،21 މި 3 ދުވަހުގެ ޢަދަދުންނެވެ. _______________________________________________ މިހިނގާ މެއި މަހުގެ 2 ވަނަ ދުވަހުގެ ރޭ، ވަރަށް ދަންވެފައި ވަނިކޮށް، ޤާހިރާގެ ރަސްމީ ދާއިރާތަކުން، ޔޫ.އޭ.އާރ.ގެ އެއް…

ރާނީއާއި ޑިއުކްގެ އުފާވެރި ދިރިއުޅުއްވުން (2)

ކިޔާފައިވާ ޢަދަދު: 220

ރާނީއާއި ޑިއުކްގެ އުފާވެރި ދިރިއުޅުއްވުން (2) ޢަބްދުﷲ ޙަމީދު ފުރަތަމަ ބޭފުޅާ އެލިޒަބަތު ފުރަތަމަ ރައްކާވި ބޭފުޅާއަށް ނަން ދެވުނީ، ޗާރލްސް، ފިލިޕް، އާރތަރ، ޖޯރޖް މިހަތަރު ނަމުންނެވެ. އެންމެ އިސް ނަންފުޅަކަށް، ޗާރލްސް، ހިމެނުއްވީ، އެދެބޭފުޅުންނަށް އެނަން ރީތިފުޅުކަމުންނެވެ. އެދުވަހު، ޕްރިންސަސް މާރގަރެޓް ވިދާޅުވިކަމަށް ވެއެވެ. [ތިޔަހެންވުމުން އަހަރެން މިވީ، ޗާރލީގެ ބޮޑުދައިތަ ކަމަށްތާއެވެ! އޭނާ ބޭނުމިއްޔާ، ކޮންމެވެސް ދުވަހަކުން، ކިންގ އާރތަރގެ ނަމުގައި ރަސްކަން ކުރެވިދާނެއެވެ.] އެ ޢާއިލާގެ ދެވަނަ ބޭފުޅާ ދުނިޔޭގެ އަލިކަން…

ރާނީއާއި ޑިއުކްގެ އުފާވެރި ދިރިއުޅުއްވުން (1)

ކިޔާފައިވާ ޢަދަދު: 655

ރާނީއާއި ޑިއުކްގެ އުފާވެރި ދިރިއުޅުއްވުން (1) ޢަބްދުﷲ ޙަމީދު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މި ވަނީ. ދުވަހު ނޫސް [މޫންލައިޓް] ގެ 1971 އެޕްރީލް މަހުގެ  22 ވނަ ދުވަހުން ފެށިގެން އެމަހުގެ  30 ވަނަ ދުވަހުގެ ނިޔަލަށް ނުކުތް ނޫސްތަކުންނެވެ.  _________________________________ އިނގިރޭސިވިލާތުގެ ރާނީއާއި، އޭނާގެ ފިރިކަލުންގެ ޒަވާޖީ ޙަޔާތަކީ، އުފާވެރި ޙަޔާތެއްތޯއެވެ؟ އަރާމާއި ތަނަވަސްކަމުން ފުރިގެންވާ، އެބޭފުޅުންގެ ޝާހީ ދިރިއުޅުއްވުމަށް،…

އޭރުގެ ފަތްފުށްތަކުން...!: ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (5)

ކިޔާފައިވާ ޢަދަދު: 198

ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (5) ޢަބްދުﷲ ޙަމީދު ހިތްވަރުގަދަ އޮފިސަރއެއް ސިފައިންގެ ހެޑްކްއާޓަރ ވެއްޓުމަށްފަހު، ޖަމާލު ޢަބްދުއްނާޞިރާއި އޭނާގެ އެކުވެރީންކަމުގައިވާ އިންޤިލާބީ ކައުންސިލްގެ ގިނަ މެމްބަރުން އެއްތަންވެވަޑައިގެން ތިއްބެވީ، ކޮމާންޑަރ އިން ޗީފްގެ އޮފީހުގައެވެ. އެބޭފުޅުން މަޝްވަރާ ކުރައްވަމުން ގެންދެވީ، އެވަރުގަދަ މިލިޓްރީ އިންޤިލާބު ކާމިޔާބުވުމާ ވިދިގެން، ދެން އުފެދިގެންފާނެ އިދިކޮޅު ޙަރަކާތްތަކާ މެދުގައެވެ. ޚާއްޞަވެ، ސުއޭސް ކެނޭލުގައި އިނގިރޭސީން ތިބުމާ އެކުގައެވެ. ފަތިހު 4 ޖެހިފަހުން، ސީއިންސީގެ އޮފީސްތެރެއަށް ކުއްލިއަކަށް ވަދެގެން އައީ، ދާހިއްލާ…

އޭރުގެ ފަތްފުށްތަކުން..!: ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (4)

ކިޔާފައިވާ ޢަދަދު: 329

  ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (4) ޢަބްދުﷲ ޙަމީދު ސިފައިންގެ މަރުކަޒު އަތުލުން ކިންގް ފާރޫޤުގެ ޚާއްޞަ ރަޙްމަތްތެރި އާރމީ ޗީފް އޮފް ސްޓާފް ޖެނެރަލް ޙުސައިން ފަރީދުގެ އަވަސް އޯޑަރަކަށް، ސިފައިންގެ ބޮޑެތި ޖެނެރަލުންނާއި މުހިންމު މަޤާމުތަކުގެ ވެރީން، ސިފައިންގެ ހެޑްކުއާޓަރަށް އެރޭ ދަންވަރު އެއްތަންވީ ވާހަކަ، ތިޔަ ބޭފުޅުން، ވިދާޅުވެފައި ވާނެއެވެ. އަދި އެމީހުންގެ މަޤްޞަދަކީ، އެރޭގެ ކަނު އަނދިރީގައި ސިފައިންގެ ތެރެއިން ދަށް ފެންވަރެއްގެ ބަޔަކު އުފައްދަން އުޅޭ ޙަރަކާތެއް، ވީގޮތަކުން…

އޭރުގެ ފަތްފުށްތަކުން..!: ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (3)

ކިޔާފައިވާ ޢަދަދު: 371

ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (3) ޢަބްދުﷲ ޙަމީދު މަގުމަތީގެ ނުރައްކާތެރިކަން ޖަމާލު ޢަބްދުއްނާޞިރު، ޘަރުވަތުގެ ގެއިން ނިކުމެވަޑައި ގަންނަވައިގެން އޭނާގެ ކުޑަކުޑަ ކާރުގައި މިޞްރާބު ޖެއްސެވީ، ބައެއް ކުދިކުދި ހަތިޔާރާއި ޙަވާލުކުރައްވާފައިވާ އޮފިސަރެއްގެ ގެޔަށެވެ. އެ ގެއަށް އޭނާ ވަޑައިގެން ބެއްލެވިއިރު، އޮފިސަރު ގެޔަކުނެތެވެ. ………. އަންވަރުއްސާދާތާއި ބައްދަލުވެ ވަޑައިނުގެންނެވުނު ފަދައިން، މިދެންނެވި އޮފިސަރަކާވެސް ބައްދަލެއް ނުކުރެއްވުނެވެ. މިކަމާމެދު ޢަބްދުއްނާޞިރު ކުޑަކޮށް ދެރަފުޅުވިއެވެ. އަދި އެގެއިން ނިކުމެވަޑައި ގަންނަވައިގެން ވަޑައިގަންނަވަނިކޮށް މަގުމަތީގައި ހުރި ފުލުހުންގެ މީހަކު،…

އޭރުގެ ފަތްފުށްތަކުން..!: ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (2)

ކިޔާފައިވާ ޢަދަދު: 596

ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (2) ޢަބްދުﷲ ޙަމީދު އަމާޒު ޚާލިދު މުޙްޔިއްދީންގެ ގޭގައި ބޭއްވުނު އިޖްތިމާޢުން ނިމިވަޑައި ގަންނަވައިގެން، ޖަމާލު ޢަބްދުއްނާޞިރު މިޞްރާބު ޖެއްސެވީ، އޭނާގެ ވެރިކަމުގެ ދަށުގައި މިރޭގެ އިންޤިލާބީ ޙަރަކާތްތަކުގައި ބައިވެރިވުމަށް ހޮއްވެވި 90 އޮފިސަރުންކުރެ ކޮންމެ މީހެއްގެ ގެއަށް ވަޑައިގަތުމުގެ މަގަށެވެ. ބޭނުންފުޅަކީ، އޭނާ ރާއްވަވާފައިވާ ޕްރޮގްރާމްގެ މައިގަނޑު ނުކުތާތައް، ޚުދު އޭނާގެ ދޫފުޅުން އެއިން ކޮންމެ މީހަކަށް ވިދާޅުވެދެއްވައި، ފިލުވައި ދެއްވުމެވެ. ކުރުގޮތަކަށް އެނުކުތާތައް ތިރީގައި މިވަނީއެވެ. ފުރަތަމަ އަމާޒަކީ،…

ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (1)

ކިޔާފައިވާ ޢަދަދު: 442

ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ  (1) ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ގެ މިލިޔުއްވުން ނަކަލުކޮށްފައި މިވަނީ، ”އަމާޒު” މަޖައްލާގެ އޮކްޓޫބަރު، ނޮވެންބަރު (3،4) މި އަދަދުންނެވެ ______________________. 1952 ޖުލައި 22 ދުވަހުގެ ހެނދުންވީއިރު، މިޞްރުގެ ވެރިކަންކުރާރަށް، ޤާހިރާއާއި، އެތާގެ ދެވަނަ ވެރިރަށް އިސްކަންދަރިއްޔާ އާއި ދެމެދުގައިވާ ދުރުމިނަށްވުރެ، ދެރަށުގެ މަސްރަޙުގެ ތާފަތުކަން މާބޮޑެވެ. އިސްކަންދަރިއްޔާ ވަނީ، ހޫނު މޫސުމުގެ ސަބަބުން އަރާމުކުރުމާއި ހިތްފަސޭހަކަން ލިބިގަތުމުގެ ޖައްވެއްގައެވެ. ޤާހިރާވަނީ………….…

ލިޔުންތެރިކަމުގެ ރީތި ބަސްމަގު

ކިޔާފައިވާ ޢަދަދު: 471

ލިޔުންތެރިކަމުގެ ރީތި ބަސްމަގު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މި ވަނީ، [ފަތްތޫރަ] އިގެ 316 (ޖުލައި 2005)  ވަނަ  އަދަދުންނެވެ. އެމަނިކުފާނަކީ، އޭރު ފަތްތޫރައިގެ މުޙައްރިރެވެ. މި ލިޔުން އަޅުގަނޑުމެން މި ނަކަލުކޮށްލީ މިއަދު ފާހަގަކުރެވެމުން ދާ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައެވެ. —————————————- ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދުނިޔޭގައި، އަޅުގަނޑުމެންގެ މި މަޖައްލާ [ފަތްތޫރަ] އަކީ،…

އިންޑިއާގެ ބޮޑުވަޒީރު ޝްރީމަތީ އިންދިރާ ގާނދީ ތަޢާރަފުގައި…

ކިޔާފައިވާ ޢަދަދު: 524

ޢަބްދުﷲ ހަމީދު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ލިޔުއްވާފައިވާ މިލިޔުން ނަކަލުކޮށްފައި މިވަނީ ދުވަހު ނޫސް ” މޫންލައިޓް ” ގެ  1975 ޖަނަވަރީ 12،13،14 މި 3 ދުވަހުގެ ނޫހުންނެވެ. (އެ ދުވަސްވަރަކީ، ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒަކީ (ރަޙިމަހުﷲ) ގެ ދަޢުވަތަކަށް، އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު ޝްރީމަތީ އިންދިރާ ގާނދީ، ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވި ދުވަސްވަރެވެ. _______________________ ދުނިޔޭގައިވާ އިންސާނީ ނަސްލުގެ…