ހަށިގަނޑުގެ ކަސްރަތު – ފުރިހަމަ ޞިއްހަތު

ކިޔާފައިވާ ޢަދަދު: 706

އިބްރާހީމް ރަޝީދު މޫސާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ [ފަތްތޫރަ] މަޖައްލާގެ 137 (އޮގަސްޓް 1990) ގެ އަދަދުންނެވެ. ___________________________________ އިންސާނާގެ ޞިއްޙަތަކީ، މާތްﷲ އޭނާއަށް ދެއްވާފައިވާ އެންމެބޮޑު އެއްނިޢުމަތެވެ. މިޞިއްޙަތު އޭނާ ބެލެހެއްޓި ގޮތަކާމެދު ޤިޔާމަތް ދުވަހު އޭނާއާ ސުވާލު ކުރެވޭނެއެވެ. ވީމާ އަޅުގަނޑުމެން ޞިއްޙަތު ބެލެހެއްޓުމަށް ޓަކައި ފިޔަވަޅު އެޅުމަކީ ދީނީ ވާޖިބެކެވެ. މީގެ އިތުރުން އެއީ ޤައުމީ ވާޖިބެއްވެސް މެއެވެ. ޤައުމުގެ ތަރައްޤީ އަށާއި ކުރިއެރުމަށް…

ކުޑަކުދިން ބަސް ލިބިގަންނަނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 366

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ ”ފަތްތޫރަ” މަޖައްލާގެ 125  (އޮގަސްޓް 1989) ވަނަ އަދަދުންނެވެ. ______________________________ ކޮންމެ ވަގުތެއްގައި އަޅުގަނޑުމެން ވާހަކަދައްކަމުއެވެ. އަދި ކޮންމެ ވަގުތެއްގައި އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަމުއެވެ. އެހެން ބަހަކުން ދަންނަވާނަމަ އަޅުގަނޑުމެންނަކީ މެދުނުކެނޑި ވާހަކަދައްކަމުން ގެންދާ ނުވަތަ އެހެން މީހުން ދައްކާ ވާހަކަތައް އަޑު އަހާ ބަޔަކީމުއެވެ. އަޅުގަނޑުމެންނަކީ ވަރަށް ތުއްތު އިރުއްސުރެ މި އުފެއްދުންތެރި ކަމުގައި އުޅޭ ބަޔަކީމުއެވެ. މިފަދަ އުފެއްދުންތެރި…

މޫޞަލުން ޙަލަބަށް..... މެދުއިރުމަތި ބެހުން: ކުރިއަށް އެޅޭ ފިޔަވަޅެއް

ކިޔާފައިވާ ޢަދަދު: 320

ޢިރާޤުގެ އެންމެ ބޮޑު ދެވަނަ ޕްރޮވިންސްކަމުގައިވާ ނައިނަވީގެ ވެރިރަށް މޫޞަލް މިނިވަންކުރުމުގެ ހަނގުރާމަ ފެށިގެން ކުރިއަށްދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދާޢިޝްގެ އަތްދަށުން މިނިވަންކުރުމަށް ޓަކައި މިކުރެވޭ ހަނގުރާމައިގެ ސަބަބުން އޭގެ ހިޔަނި އެޅިފައިވަނީ ހަމައެކަނި މޫޞަލްގެ ކުރިމަގަކަށް ނޫނެވެ. މީގެއިތުރަށް މުޅި ޢިރާޤުގެ މުސްތަޤްބަލަށްވެސް މިކަމުގެ އަސަރު ފޯރާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރަށް މި ހަނގުރާމައިގެ އަސަރު އަވަށްޓެރި ސޫރިޔާގެ ކުރިމަގަށްވެސް ކުރާނެއެވެ. މި ހަނގުރާމައިގެ ތެރެއަށް ފެތިފައިވާ ފަރާތްތައް ގިނަކަމުން މި މަސްއަލަ  ވަރަށް އޮޅުންބޮޅުންކަން…

އެމެރިކާއިން 9 / 11 އާ ބެހޭގޮތުން ފާސްކުރި ޤާނޫނު!

ކިޔާފައިވާ ޢަދަދު: 396

މިދާކަށް ދުވަހު އެމެރިކާގެ ކޮންގްރެސްގެ ދެ ގެއިން ވަރަށް މަތީ އަޣްލަބިއްޔަތަކުން ވަރަށް އާދަޔާ ޚިލާފު ބިލެއް ވަނީ ފާސްކޮށްފައެވެ. މި ބިލާ ދެކޮޅަށް ރައީސް އޮބާމާ ވީޓޯ ކުރެއްވުމުން ޤާނޫނު ހަދާ ދެ ގެއިން ވަނީ ރައީސް އޮބާމާގެ  ވީޓޯ ބާޠިލުކޮށް ޤާނޫނަކަށް އެ ބިލް ހަދައިފައެވެ. މި ޤާނޫނުގެ ސަބަބުން އެމެރިކާ ސަރުކާރާ ނުވަތަ  އެމެރިކާގެ ރައްޔިތަކާ  ދެކޮޅަށް ޖަރީމާއެއް ނުވަތަ ނިރުބަވެރި ޢަމަލެއް ނުވަތަ ޢުދްވާނީ ޙަމަލާއެއް ހިންގިކަމަށް ނުވަތަ ހިންގުމުގައި ބައިވެރިވިކަމަށް…

ޢާޝޫރާ ދުވަސް

ކިޔާފައިވާ ޢަދަދު: 415

ޢާޝޫރާ ދުވަހަކީ ކޮން ދުވަހެއް ޢާޝޫރާ ދުވަސް ފާހަގަ ކުރާނީ ކިހިނެއް ޢާޝޫރާ ދުވަހާ ބެހޭ ގޮތުން ދެކެވޭ ޚުރާފީ ވާހަކަތަކަކީ ކޮބާ ފެށުން މާތް ﷲ މި ދުނިޔެއާ ދުނިޔޭގައިވާހައި އެއްޗެއް ހެއްދިހެއްދެވުމާއެކު ޚާއްޞަ ދުވަސްތަކެއް ލެއްވެވިއެވެ. ﷲގެ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއިން ޢިބްރަތް ޙާޞިލު ކުރުމަށް ޓަކައެވެ. އެކަލާނގެ ނިޢުމަތްތަކުގެ މަތިން ހަނދުމަ ކުރުމަށް ޓަކައެވެ. އެކަލާނގެ މަންހަޖަށް ތަބާވުމަށް ޓަކައެވެ. މާތްﷲ ވަޙީ ކުރައްވަނީ ((…

ރަޤަމީ މަސްތުވާތަކެތި

ކިޔާފައިވާ ޢަދަދު: 860

ރަޤަމީ މަސްތުވާ ތަކެތި ” މިއީ މުޅިން އައު މަފްހޫމެކެވެ. މަސްތުވާ ތަކެތީގެ އައު ޖީލެކެވެ. އެއީ މިޔުޒިކީ ޚާއްޞަ ރާގުތަކެކެވެ. މިއީ މިއަދު ނެޓްގެ ތަފާތު ޞަފްޙާތަކުގައި ޝާއިޢުކޮށް ފަތުރަމުންދާ އައު ވަބާއެކެވެ. މި ބާވަތުގެ މިޔުޒިކް އުފެއްދުނީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ޓަކައެވެ. ހުޅަނގުގެ ބައެއް ކްލިނިކްތަކުގައި ” މިޔުޒިކީ ފަރުވާ ” ގެ ނަމުގައި މި ފަރުވާ މިއަދު ދަނީ ދެވެމުންނެވެ. މަސްތުވާ ތަކެތީގެ އާވާރާގައި ޖެހިފައިވާ މީހުން މި ފަރުވާގެ…

ރަސޫލާ صلّى الله عليه وسلّم ހިޖްރަ .. ރޭވުންތެރިކަމުގެ ދަރްސުތަކެއް

ކިޔާފައިވާ ޢަދަދު: 2302
 
 
އިބްރާހީމް ރަޝީދު މޫސާ
 
އަހަރެއް ނިމި ، އައު އަހަރަކާ ކުރިމަތިލާ އިރު މުސްލިމުންގެ ހިތްތަކަށް ،ކީރިތި ރަސުލާގެ ހިޖްރައިގެ ޛިކްރާތައް ވަދެ ،އައު އަހަރު ރަނގަޅު އަހަރަކަށް ވޭތޯ ދުޢާ ކުރެވެއެވެ. ކީރިތި ރަސޫލާ   ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހިޖްރައަކީ އިންސާނީ އެހެނިހެން ހިޖްރަކުރުންތަކާ މުޅިން ތަފާތު ހިޖްރައެކެވެ. އިންސާނީ ހިޖްރަކުރުންތަކާ ގުޅިފައިވާ  ފަދަ ބޭއިންސާފުގެ ޢަމަލުތަކާއި،  ލޭއޮހޮރުވުމާއި، ނަސްލު ނައްތައިލުމުގެ އެއްވެސް ކަހަލަ ޢަމަލެއް ، ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި ހިޖްރަ ކުރެއްވުމުގައި އައިސްފައެއް ނުވެއެވެ. 
 

حسى އާއި معقول ތަޝްބީހު

ކިޔާފައިވާ ޢަދަދު: 2965
އިބްރާހީމް ރަޝީދު މޫސާ
މުޝައްބަހާއި މުޝައްބަހު ބިހީގެ ޙިއްސީކަމާއި މަޢުޤޫލުކަމުގެ ހައިސިއްޔަތަށް  ބަލައި އިރު ތަޝްބީހަ ހަތަރު ބަޔަކަށް ބެހިގެންވެއެވެ. އެއީ: 
1- ޙިއްސީއެއްޗަކުން މަޢުޤޫލު އެއްޗެއް ތަޝްބީހު ކުރުން : މިސާލަކަށް ، މަތަﷲ ވަޙީ ކުރައްވަނީ ” وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً ” (” ކާފިރު ވި މީހުން (ދަންނާށެވެ!) އެއުރެންގެ عمل ތައްވަނީ، ތަނަވަސް ހުސްބިމެއްގައިވާ އަވާމެންދުރެއް ފަދައިންނެވެ. އަނގަހިއްކައިގެންފައިވާ މީހާ، އެއީ ފެންކަމަށް ހީކުރެތެވެ.”) (النور  39). މާތްﷲއަށް ކާފިރުވި މީހުންގެ ޢަމަލުތައް ( އެއީ މަޢުޤޫލު އެއްޗެއް ) ތަޝްބީހު ކުރައްވަނީ އަވާމެންދުރު( އެއީ ޙިއްސީ އެއްޗެއް )އާ އެވެ. މި ދެ އެތީގެ ދެމެދުގައިވާ ވަޖްހުއްޝިބްހަކީ އެއަށް ބޭނުންވެފައިވާލެއް ބޮޑުކަމުގައި ވިޔަސް  އޭގެ އަސަރު ވެސް ފެންނަން ނެތުމެވެ. 
 

ތަޝްބީހުގެ ބާވަތްތައް

ކިޔާފައިވާ ޢަދަދު: 3220
އިބްރާހީމް ރަޝީދު މޫސާ
1-  މުފްރަދު ތަޝްބީހު: އެއީ ލަފުޒަކުން ލަފުޒެއް ތަޝްބީހު ކުރުމެވެ. މުފްރަދުގެ މާނައަކީ އެތައް ބައިތަކަކުން އެކުލެވިގެން ނުވުމެވެ. އެ ލަފުޒު މުޘަންނާއަކަށް ވެސް އަދި  ޖަމްޢަކަށް ވެސް ވެދާނެއެވެ. މިސާލު : العلم كالنور يهدى كل من طلبه  (މާނައީ : ޢިލްމު، އެ ހޯދަންއެނދޭ ކޮންމެ މީހަކަށް މަގުދައްކައިދޭ ނޫރެއް ފަދަ އެވެ.

ފަޞާޙަތްތެރިކަން

ކިޔާފައިވާ ޢަދަދު: 3272

އިބްރާހީމް ރަޝީދު މޫސާ

އަރަބި ބަހުގައި (الفصاحة) ގެ މާނައަކީ : ފާޅުކަމާއި ބަޔާންކުރުމާއި ދޫފަސޭހަކަމެވެ. މާތްﷲ ވަޙީ ކުރައްވަނީ ” أَخِي هَارُونُ هُوَ أَفْصَحُ مِنِّي لِسَانًا  – އަދި މިއަޅާގެ އަޚު ، هارون މިއަޅާއަށްވުރެ ދޫފަސޭހަކަން ބޮޑެވެ.”
އިޞްތިލާޙުގައި(الفصاحة) އަކީ : މާނަ ފާޅުކަން ބޮޑު، ބޭނުން ކުރުމުގައި އޮޅު ލަފުޒުތަކެވެ. 

فصاحة الكلمة ( ލަފުޒުގެ ފަޞާޙަތްތެރިކަން )