ޢަލީ މޫސާ ދީދީ އަވަހާރަ ވެއްޖެ

ކިޔާފައިވާ ޢަދަދު: 612

ލިޔުންތެރިންގެ ގުޅުމުގެ އެއް މުއައްސިސް ހ. ނަވާގަން އަލްފާޟިލް ޢަލީ މޫސާ ދީދީ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެވެމުންދަނިކޮށް މިއަދު އިރުއޮއްސި 6.30 ހާއިރު ކޮޅުނބުގެ ލަންކާ ހޮސްޕިޓަލުގައެވެ. އަލްފާޟިލް ޢަލީ މޫސާ ދީދީއަކީ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ނޫސްވެރިއެކެވެ. ތަފާތު ފަންނުގެ މަސައްކަތްތައް ދެނެވަޑައިގަންނަވާ ފަންނު ވެރިއެކެވެ. މަސްވެރިކަމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ޢަލީ މޫސާ ދީދީ، ލިޔުންތެރިކަމުގެ މަސައްކަތް ފަށްޓަވާފައި ވަނީ 1957 ގައެވެ. އެންމެ ފުރަތަމަ ލިޔުއްވަން ފެއްޓެވީ “ވިޔަފާރިމިއަދު” ގެ…

ރަށްވެހިކަމުގެ ތެރޭގައި ދިވެހީން (1)

ކިޔާފައިވާ ޢަދަދު: 595

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އަޙްމަދު ޝަފީޤު (ރަޙިމަހުﷲ) އަކީ، ތާރީޚީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ ދިވެހި މަސައްކަތްތެރިކަމާއި ތިމާވެށީގެ ތަފާތު މަޢުލޫމާތުގެ މައްޗަށާއި ރާއްޖޭގެ ހަރުދާ ޝަޚުޞިއްޔަތުންގެ މައްޗަށް ވެސް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. އަލްފާޟިލް އަޙްމަދު ޝަފީޤަށް ވަނީ، ދިވެހި ތާރީޚަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު (1980 ވަނަ އަހަރު) ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25 ގެ އިނަމާއި…

ހަމައެކަނި ވިދާޅުވެލެއްވުމަށް: ވޭތުވެދިޔަ 6 މަސް ދުވަހު އަސާސީ ތަޢުލީމުގެ ޕްރޮގްރާމް ރަނގަޅަށް ހިނގާފައިވޭ!

ކިޔާފައިވާ ޢަދަދު: 659

  މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޚަބަރު ލިބިފައިވާ ގޮތުގައި އަސާސީ ތަޢުލީމު ޕްރޮގްރާމް އެންމެ ފުރަތަމަ އިޢުލާނު ކުރެވުނީ 1 ޖެނުއަރީ 1980 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެއަށް ދެއްވި ޚިޠާބަކުންނެވެ.ށް ވެސް އެކްލާސްތަކަށް ހާޒިރުވަމުން ގެންދަވައެވެ. ޚާއްޞަކޮށް މިދުވަސްކޮޅު މާލޭގެ ކްލާސްތައް ވަރަށް އެދެވޭ ގޮތެއްގައި ހިނގަމުންދެއެވެ. ރާއްޖެތެރެއަށް ބަލާއިރުވެސް އެދެވޭ ގޮތެއްގައި ހިނގަމުންދާކަމަށް ފެނެއެވެ. މިޕްރޮގްރާމަކީ، ސަރުކާރުން ހުރިހާ ޚަރަދެއް ކުރައްވައިގެން އަދި މިހާތަނަށް ހިންގަވާ މަޝްރޫޢެކެވެ. އަސާސީ ތަޢުލީމުގެ ޕްރޮގްރާމްގެ ދަށުން ރޭގަނޑު…

މިއަދަކީ، މިއަހަރުގެ ދިވެހިބަހުގެ ދުވަހެވެ.

ކިޔާފައިވާ ޢަދަދު: 717

[ގައުމީ އެއްބައިވަންތަކަމަށް ޓަކައި – އެންމެންގެ ސަމާލުކަން ދިވެހިބަހަށް] މިއަދަކީ، މިއަހަރުގެ ދިވެހިބަހުގެ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ދިވެހިބަހުގެ ދުވަހެއް ފާހަގަ ކުރަންފެށުނީ، 2012 ވަނަ އަހަރު އެވެ. އެ އަހަރުގެ އެޕުރީލު މަހުގެ 14 ވަނަ ދުވަހުއެވެ. ދިވެހިބަހުގެ ދުވަސް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވުމަށް ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީން ނިންމެވި ނިންމެވުމަކާ ގުޅިގެންނެވެ. ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައި، އެޕުރީލު 14 ވަނަ…

ޅެންވެރިޔާ 2016 ގެ ވަނަތައް އިޢުލާނު ކޮށްފި.

ކިޔާފައިވާ ޢަދަދު: 2073

ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން 2015 ވަނަ އަހަރު ބޭއްވި “ޅެންވެރިޔާ 2016” ގެ ނަތީޖާ އިޢުލާނު ކޮށްފިއެވެ. ތިރީގައި އެ ވަނީ މުބާރާތުގެ އެއްވަނަ ދެވަނަ ތިން ވަނައަށް ހޮވުނު ބޭފުޅުންގެ ކުރު ތަޢާރަފެކެވެ. މި މުބާރާތުގެ ވަނަތަކަށް އިނާމާއި ސަނަދު ދިނުމަށްޓަކައި ބާއްވާ ހަފްލާއެއް ފަހުން ބާއްވަވާނެ ކަމަށް ލިޔުންތެރިންގެ ގުޅުމުގެ ނާއިބު ރައީސް ޙަސަން ޝާކިރު މުޙައްމަދު ވިދާޅު ވިއެވެ. މުބާރާތުގެ ވަނަތައް ހޯއްދެވި ބޭފުޅުންނަށް، ޚާއްޞަކޮށް މި އަހަރުގެ ޅެންވެރިޔާ ފަތުޙުﷲ ޞާލިޙަށް…

އައުރަ ނިވާކުރުން މިވަނީ ޒަމާނީ ވެފައެވެ!

ކިޔާފައިވާ ޢަދަދު: 2236

އިންސާނުންގެ ޙުރުމަތާއި ރައްކާތެރިކަމަށް ޓަކައި، މާތް الله ވަކި ކަންތައްތަކެއް މަނާކުރައްވައި އިންތަކެއް ކަނޑައަޅުއްވާފައި ވެއެވެ. އަދި އެ އިންތައް ފަހަނައަޅައި ދާނަމަ އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެކަން ވެސް އަންގަވާފައި ވެއެވެ. އެފަދަ ކަންތައްތަކުގެތެރޭގައި ހިމެނޭ އެއްކަމަކީ ޢައުރަނިވާކުރުމެވެ. ޢައުރައަކީ، އެތަނެއް ބެލުން މަނާކުރެވިފައިވާ މީހެއްގެ ކުރިމަތީގައި ފާޅުކުރުން، މާތް الله ޙަރާމްކުރައްވާފައިވާ، ހަށިގަނޑުގެ ކޮންމެ ތަނެކެވެ. (القرطبي، 2006) އެގޮތުން ބަލާއިރު؛ ހިލޭ ފިރިހެނުންގެ ކުރިމަތީގައި، އަންހެނުންގެ މޫނާއި ދެއަތްތިލަ ފިޔަވައި، ދެން ބާކީ…

ތުއްތު ސާހިބުގެ މާލިމީ ކަމުގެ އިމްތިހާނު

ކިޔާފައިވާ ޢަދަދު: 1469

މަޝްހޫރު ޅެންވެރިއެއްކަމުގައިވާ މުހައްމަދު ހަމީދަކީ (އަސްލު ނަމެއް ނޫން) އަޅުގަނޑު ކުޑާދުވަހުގެ ދިވެހި މުދައްރިސެކެވެ. އެންމެ ޒުވާން ދުވަސްވަރު ދިރިއުޅުމުގެ މަސައްކަތަކަށް މާލިމީކަން ޚިޔާރުކުރައްވާނަމޭ ހިތައި އުއްމީދާއެކު އޭނާ ވަނީ އެކަމަށް ކުރިމަތިލައްވައިފައެވެ. ދަސްކުރާ މާލިމީއެއްގެ ގޮތުން ފުރެއްދެ އޮޑިއެއްގައި އުތުރުކަރައިގެ ކާލީކޯޓަށް އޭނާ ކުރެއްވި ދަތުރުވީ އޭނާއަށް ވަރުގަދަ އިމްތިހާނަކާ ކުރިމަތިލައްވާން ޖެހިލެއްވި ދަތުރަކަށެވެ. އޭނާ އެދަތުރުކުރެއްވީ އެންމެ ފަހުން ހުންނެވި ”ބަނޑާރަ ނެވި” އަލިފުޅު މާލިމީއާ އެކުގައެވެ. ފިލާއަޅާށާއި މާލިމީކަމުގެ ހިސާބުކިތާބު ހައްދަވަން އޭނާ…

ބިލިއަނަރުންގެ ވެރިރަށް

ކިޔާފައިވާ ޢަދަދު: 369

ނިއުޔޯކަކީ ދުނިޔޭގެ އެންމެ ގިނަ ބިލިއަނަރުން ތިބި ސިޓީކަން ނިމުމަކަށް އައިސް ފުރަތަމަ ފަހަރަށް ބެއިޖިންގއަށް އެ ޝަރަފު ލިބިއްޖެކަމަށް ޗައިނާގެ ފާމެއްކަމަށްވާ ހިޔުރަންގެ ރިޕޯޓުގައި ހާމަކޮށްފިއެވެ. ނިއުޔޯކް ސިޓީގައި ދިރިއުޅެނީ 95 ބިލިއަނަރުންނެވެ. ނަމަވެސް މިހާރު ޗައިނާގެ ވެރިރަށް ބެއިޖިންގައި ޖުމުލަ 100 ބިލިއަނަރުން ދިރިއުޅޭކަމަށް އެރިޕޯޓުގައި ބުނެއެވެ. ޗައިނާގެ މައި ވިޔަފާރި މަރުކަޒުކަމަށްވާ ޝަންހާއީ އަންނަނީ މި ރޮނގުން 5 ވަނަ އަށެވެ. ހިޔުރަންއިން ޗައިނާގެ ތަނަވަސްކަން ބަލާ މަގަކީ އަހަރަކު އެއްފަހަރު ހާމަކުރާ…

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު (6)

ކިޔާފައިވާ ޢަދަދު: 471

އަނެއްކާ  ޒިފާރަށް ޒިފާރުގައި  ޖެއްސި ބޭނުމަކީ އޮޑިއަށް ދަރުފެން ހޯދުމެވެ. 19 ވަނަ ދުވަހު ހަމަ އިރު އެރުމާއެކު އޮޑިއަށް ދަރު، ފެންލައި 12 ޖެހިއިރު ހުރިހާ ކަމެއް އޮތީ ތައްޔާރުވެފައެވެ. ހަވީރުވުމުން އޮޑީގެ އެންމެން ދަތުރަށް ތަކެތި ގަތުމަށް މާރކޭޓްއަށް ދިޔައީއެވެ. މިދިޔަ ދިއުމުގައި ބޭނުންތެރި ތަކެތި ގަތުމުގެ ތެރޭގައި ކައްޓަލަވެސް ގަތީމެވެ.(ކައްޓަލައަކީ ރަންގު ކައްޓަލައެވެ.) އަޅުގަނޑު އެންމެ ޢަޖާއިބުވާން ޖެހުނީ އެކައްޓަލައިގެ ތެރޭގައި 5 ފޫޓު، 4 ފޫޓު ދިގު، ތިންކައިވަތާ ހަތަރު ކައިވަތުގެ ފަލަ…

ހަމައެކަނި ވިދާޅުވެލެއްވުމަށް…! (82) ރައްޔިތުންގެ މަޖްލިސްގެ ޚާއްޞަ ޖަލްސާއެއް

ކިޔާފައިވާ ޢަދަދު: 830

79.8.8 ހ. ވީ ހޯމަ ދުވަހު ހަވީރު 5 ޖެހިއިރު ރައްޔިތުންގެ މަޖްލިސްގެ ޚާއްޞަ ޖަލްސާއެއް އިބްރާހީމިއްޔާގައި އޮތެވެ. ރިޔާސަތުގައި އިންނެވީ، މަޖްލިސްގެ ރައީސް ص.س ألفاضل أحمد زكى އެވެ. ގަޑިޖެހުމުން ފުރަތަމަ އޮތީ ޞަވަލާތް ކިޔެވުމެވެ. ދެން އެޖެންޑާގައި އޮތީ، މައްޗަންގޮޅީ މެމްބަރު އަލްފާޟިލް ކުޑަ ދަހަރާގޭ އިބްރާހީމް ދީދީ އަވަހާރަވުމުން އޭނާގެ ބަދަލުގައި، المحترم عبد اللّطيف حسين މަނިކު އެއަވަށުގެ ރައްޔިތުން އިންތިޚާބު ކޮށްފިކަން ރައީސް މަޖްލިސްއަށް އެންގެވުމެވެ. 3 ވަނަ…