އައްނަބީލު އިބްރާހީމް ފަރީދުގެ ޙަޔާތުގެ މައްޗަށް އަވަސް ކަޅިއެއް

ކިޔާފައިވާ ޢަދަދު: 293

ކ.ދ. އަޙުމަދު މަނިކު / ޝޭޑީގްރޯވް އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ  [ޢިލްމީ އޮއިވަރު] ގެ 13 ވަނަ (3 ފެބުރުވަރީ 1985) އަދަދުންނެވެ. __________________________________ އިސްކޮޅުފުޅުން ދިގު، ހިމަތޮޅި ސާދާ މިޒާޖެއް ލިބިވަޑައިގެންވި އިބްރާހީމް ފަރީދުގެ ޙަޔާތުގެ މައްޗަށް ކިތަންމެ ކުރުކޮށް ނަމަވެސް ޢިބާރާތް ކޮޅެއް ލިޔެލުމަކީ، އެމަނިކުފާނު އަވަހާރަވިކަން އަޅުގަނޑަށް އެނގުނު ވަގުތުން ފެށިގެން އަޅުގަނޑު ޚިޔާލުކުރަމުން އައި…

ދިވެހިބަސް ފަޤީރެއް ނޫނެވެ. އެކަމަކު…

ކިޔާފައިވާ ޢަދަދު: 358

ކ.ދ.އަޙްމަދު މަނިކު،  ހ.ޝޭޑީގްރޯވް އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު (ރަޙިމަހުﷲ) ގެ މި ޅެން ނަކަލުކޮށްފައި މިވަނީ، ދިވެހިނާދީގެ މަޖައްލާ [ހުވަނދު] ގެ 1 ޖަނަވަރީ 1989 ގެ އަދަދުން ނެވެ. ______________________________ ބަލަން ވިސްނަން ވި ނުރަނގަޅު ގޮތް ތަކީ އެބުނާ ބަހޭ ނޮޓް ރައިޓް، ފުލަށް ގޮސް ވަޅުޖަހާ  އަލިކަމުގެ  ދަންމަރަކީ  އެއީތޯ ލައިޓް. ހަޔާތުގެ  ހިތްފަސޭހަ  ނިދީގެ  ވަގުތުކަމަށް  ބެލޭ ރޭގަނޑު، ގަޔާވެވި އަދުގެ ދަންނަ ކުދީން މިބަސް މޮށެއުޅެތެ މިލެކުން ނައިޓް.…

“މަހުގެ ފަހުކޮޅު އަތްމަތި ދަތިވުން، ރަތްމީހާގެ އަނބިމީހާގެ ބަނޑުގައި ރިހުން”

ކިޔާފައިވާ ޢަދަދު: 542

-ކ.ދ.އަޙްމަދު މަނިކު- މިމަޒުމޫނު އަޅުގަނޑުމެން ނަގާފައިވަނީ “ފަތްތޫރަ” މަޖައްލާގެ 421 (އެޕްރީލް 2015) ގެ ޢަދަދުންނެވެ. _________________ ގަސްކުޑަ ތުއްތު އަކީ، ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލްއައްވަލުގެ ބޮޑީގާޑެވެ. އޭރު ގަނޑުވަރުތެރޭގެ އެންމެ ރަނގަޅު މުސާރަލިބޭ ފެންވަރުގެ ވަޒީފާއެއް އަދާކުރާ އެއް މުވައްޒިފެވެ. ރޯދަމަހަކީ، ދިވެހީންގެ ތެރޭގައި ކޮންމެ ގެއެއްގައިވެސް އާދަޔާ ޚިލާފަށް ޚަރަދު ބޮޑު މަހެކެވެ. ނުކެވުނަސް އިރުއޮއްސޭއިރަށް ތައްޔާރުކުރެވޭ ކާބޯތަކެތީގެ ބާވަތްތައް ގިނަވުމާ، ތަރާވީސްދަމުގައި ވެސް ރައްޓެހިން ގޭގެއަށް ޒިޔާރަތްކުރުން އިތުރުވުމާއެކު އެމީހުންނަށް ދޭނޭ…

އައިފާނު މަގު

ކިޔާފައިވާ ޢަދަދު: 576

ކ.ދ.އަޙްމަދު މަނިކު މިބޭނުންތެރި މަޒުމޫނު އަޅުގަނޑުމެން ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 420 (މާރިޗް 2015) ވަނަ ޢަދަދުންނެވެ. _______________________ ނޯޓް: މިލިޔުމަކީ މީގެ އަހަރުތަކެއް ކުރިން ލިޔުންތެރިޔާ ލިޔުއްވާފައިވާ ލިޔުމެކެވެ. އެހެންކަމާއެކު މިލިޔުމުގައި ވިދާޅުވެފައިވާ ބައެއް ތަންތަނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވުމަކީ އެކަށީގެންވާ ކަމެކެވެ.  –އިދާރާ- މާލެ ބެހިފައިވީ ހަތަރު އަވަށުގައިވެސް އެ އަވަށެއްގެ ސަރަޙައްދުތެރޭގައި ތަފާތު ނަންނަން ކިޔާ ތަންތަން ހިމެނިފައި ވެއެވެ. މާލޭގައި ޒަމާނުއްސުރެ އޮންނަނީ ހަތަރު އަވަށެވެ. އެއީ އިރުން ހުޅަނގަށް…