ތައުރު

ކިޔާފައިވާ ޢަދަދު: 295
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތައުރު މުޙައްމަދު ޤާސިމް / އއ. މަތިވެރި “ވަގެއް! ވަގެއް!” ސޭޓު ހަޅޭއްލަވައިގަތެވެ. ފިހާރައިގެ ތެރޭގައި އަޑުގަދަވިއެވެ. މުވައްޒަފަކަށް އުޅޭ ބަނގުލަދޭޝްގެ ކަރީމުއްދީން ދުއްވައިގަތެވެ. ވަގުކަލޭގެ ފަހަތުންނެވެ. އޭނާ ފިލާކަށް ނޫޅެއެވެ. ފިހާރައިގެ ދޮރާ ދިމާއަށް ހިނގާފައި ދިޔައީ، ލަސް ފިޔަވަޅުތަކެއްގައެވެ. ފަހަތުން އައި މީހާ، އޭނާ ހިފެހެއްޓިއެވެ. ސޭޓު އައިސް އޭނާގެ ދަބަސް އަތުލިއެވެ. ހުޅުވައި ބެލިއިރު، އޭގައި އޮތީ ޕާނެކެވެ. ޖޭމުފުޅިއެކެވެ. މަސްދަޅެކެވެ. ސޭޓު އެ ތަކެތި ދަބަހުން ނަގައި، އޭނާގެ މޫނަށް ބަލައިލިއެވެ.…

ބިދޭސީންނާ ކައިވެނިކުރަމުން ދާއިރު…

ކިޔާފައިވާ ޢަދަދު: 282
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ދިވެހި އަންހެނަކު ބަންގާޅުގައި ރަހީނު ކުރި މައްސަލައެއް، ފުލުހުންނާއި ޖެންޑަރ މިނިސްޓުރީ ގުޅިގެން ބަލަނީ” މިއީ ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރެކެވެ. ޚަބަރު ފެނިފައި އަވަސް އަވަހަށް ކިޔައިލެވުނެވެ. ޙައިރާންކަން ލިބުނެވެ. ހިތަށް ވެސް ނާރާ ފެންވަރަށް ދިވެހި ބައެއް އަންހެން ކުދީންގެ ހާލަތު ވެއްޓުމުންނެވެ. މިއީ ލޯބީގައި ދީވާނާވުން ބާވައެވެ؟ ބިދޭސީންނާއި ދިވެހީންގެ ލޯބީގެ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ގުޅިގެން އުޅޭތަން ވެސް ފެނެއެވެ. ކައިވެނިކުރާ ވާހަކަ ވެސް އަޑު އަހަމެވެ.…

ޒަމާނީ މޭކަޕް- ބޭރުން ލެވޭ ތޮށްޓެއްބާ؟

ކިޔާފައިވާ ޢަދަދު: 388
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގާތް މީހަކު، ކުރީ ދުވަހަކު ސައިކަލްގެ ފަހަތުގައި އިނދެފައި ބުނެލިއެވެ. މިހާރު މި އުޅޭ ގިނަ އަންހެން ކުދީންގެ އަސްލު ކުލައެއް ނޭނގޭނެ ދޯއެވެ. ތި ބުނީ ކީކޭހޭ އެހުމުން ބުނީ، މި ބުނީ ކޮށްފައި އެ ތިބޭ މޭކަޕްގެ ވާހަކައެވެ. އޭނާގެ އެ ވާހަކައަށް ތާއީދުކުރެވުނެވެ. ސަބަބެއް އޮވެގެންނެވެ. ގާތް އަންހެން މިތުރެކެވެ. ޢާންމުކޮށް ފެންނާނީ އޮފީސް މާޙައުލުންނެވެ. މޫނުމަތި ވަރަށް ރީތިވެފައި އޮމާނެވެ. ރީތި ދޮންކުލައެއް ވެސް ހުރެއެވެ. އެހެންކަމުން އޭނާގެ ތަސްވީރު އަޅުގަނޑުގެ…

ކުންޏަކީ ފަޚުރެއްނޫން! ފަކުރެއް!

ކިޔާފައިވާ ޢަދަދު: 279
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

  ވާހަކަ ފަށާހިތްވަނީ، މިއަދު ފެނުނު މަންޒަރަކާ ގުޅުވާލައިގެންނެވެ. ހެނދުނުގެ ވަގުތެވެ. ފަތިހަށް ފޭބި ފިނކަން އިރުގެ ހޫނާއި އުދާހުން ނެތިކުރަމުން ދިޔަ ވަގުތު، މާލޭގެ މަގުތަކުން ފެންނަމުން ދިޔަ އެންމެ ފާހަގަކޮށްލެވޭ މަންޒަރަކީ، މަދަރުސާތަކަށް ކުދީން ދާ މަންޒަރާއި ގެންދާ މަންޒަރެވެ. ހިނގާފައި ދާ ކުދީންނާއި ހިންގާފައި ގެންދާ ކުދިންނެވެ. ސައިކަލުތަކުގައްޔާއި ކާރުތަކުގައި ގެންދާ ކުދީންނެވެ. ބޮޑެތި ކުދީންނާއި ތުއްތު ކުދީންނެވެ. އޭގެތެރެއިން ކުއްޖެކެވެ. މަތީ ސާނަވީއަށް ކިޔަވަމުން ގެންދާ، ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ.…

މަގުމަތިން އަނދަވަޅު؟

ކިޔާފައިވާ ޢަދަދު: 1279
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މީގެ ދުވަސްކޮޅެއް ކުރީން ކުއްޖަކު ކިޔައިދިން ވާހަކައެކެވެ. އެއީ ސްކޫލެއްގައި ކިޔަވާ ފުރާވަރުގެ އަންހެން ކުއްޖެކެވެ. އެ ދުވަހު އެ ކުއްޖާ ސްކޫލުން ނިމިގެން ގެއަށް އައުމަށް ހިނގައިގަތީ އެކުވެރި އެހެން ކުއްޖަކާއެކުގައެވެ. ހިނގާފައި އައީ ދުވާރު މަތީންނެވެ. ވަކި ހިސާބަކުން މަގު ހުރަސްކުރަން ޖެހިއްޖެއެވެ. މަގު ހުރަސްކުރާއިރު ކޮންމެ މީހަކަށް ވެސް ފުރަތަމަ ބަލައިލެވޭނީ މަގުގެ ދެ ކޮޅަށެވެ. މަގުމަތީން ގިނަ ފަހަރަށް ނުރައްކަލެއް ކުރިމަތި ވަންޏާ ކުރިމަތިވާނީ ދުއްވާ އެއްޗެހީގެ ސަބަބުން ކަމަށް ވާތީއެވެ.…

ރަހަމީރު…. އަރުން އެތެރެއެއް ނުވި

ކިޔާފައިވާ ޢަދަދު: 1219
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަވީރުގެ ވަގުތެވެ. އަހަންމަދާއި އަލީއާ ބައްދަލުވީ މަގުމަތީންނެވެ. އެއީ ވަރަށް ގާތް ދެ ރަޙުމަތްތެރީންނެވެ. ބައްދަލު މިވީ ދިމާނުވާތާ ދުވަސްކޮޅެއްވުމަށް ފަހުގައެވެ. އެހެންކަމުން ދެ މިތުރުން “އަނގަތަޅައިލުމަށް” ޓަކައި ގޮސްވަނީ ޖެހިގެން ހުރި ހޮޓަލަށެވެ. އެއީ އާދައިގެ ކުޑަވަރެއްގެ ހޮޓަލެކެވެ. ނަސީބަކުން މި ވަގުތު މާ ބައި ބޮލެއް ވެސް ނޫނެވެ. ވާހަކަދައްކައިލާން ތިބެލަން ރަނގަޅު މާޙައުލެކެވެ. ހެދިކާ ހަރުގަނޑު ކައިރިއަށް ދެ މީހުން ގޮސް، ދެތިން ހެދިކާއެއް ނަގައިގެން އައިސް، ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި…