ޢުޘްމާނީ ދައުލަތުގެ ތިންވަނަ ރަސްގެފާނު ސުލްޠާން މުރާދު ޚާން 1

ކިޔާފައިވާ ޢަދަދު: 181

ޢުޘްމާނީ ދައުލަތުގެ ތިންވަނަ ރަސްގެފާނު ސުލްޠާން މުރާދު ޚާން 1 މުޙައްމަދު ނާޖިޙު މުރާދު 1 (ޢުޘްމާނީ ތުރުކީ ބަހުން مراد اول) އަކީ ޢުޘްމާނީ ދައުލަތުގެ ތިންވަނަ ރަސްގެފާނެވެ. އެ ރަދުން އުފަންވެ ވަޑައިގެންނެވީ މީލާދީން 1326 ވަނަ އަހަރުގެ ޖޫން 29 ގައި އަމަސްޔާއޭ ކިޔުނު ސަހަރުގައެވެ. މުރާދު 1 ގެ ބައްޕާފުޅަކީ ޢުޘްމާނީ ދައުލަތުގެ ބާނީ ސުލްޠާން ޢުޘްމާން 1 ގެ ދަރިކަލުން ސުލްޠާން އޯރްޚާން އެވެ. މަންމާފުޅަކީ ނިލޫފެރް ޚާތޫން އެވެ.…

ޢުޘްމާނީ ދައުލަތުގެ ދެވަނަ ރަސްގެފާނު އައްސުލްޠާން އަލްޣާޒީ އޯރްޚާން ޚާން

ކިޔާފައިވާ ޢަދަދު: 137

ޢުޘްމާނީ ދައުލަތުގެ ދެވަނަ ރަސްގެފާނު އައްސުލްޠާން އަލްޣާޒީ އޯރްޚާން ޚާން   މުޙައްމަދު ނާޖިޙު   އޯރްޚާން ޣާޒީ (ޢުޘްމާނީ ތުރުކީ ބަހުން اورخان غازی) އަކީ ޢުޘްމާނީ ދައުލަތުގެ (އޭރުގެ ގޮތުންނަމަ ޢުޘްމާނީ ބޭލިކް ނުވަތަ އިމާރާތުގެ) ދެވަނަ “ބޭ” (އަމީރު) އެވެ. އޯރްޚާން އުފަންވެވަޑައިގެންނެވީ މީލާދީން 1281 ގައި ސޮކޫދުގައެވެ. ބައްޕާފުޅަކީ ޢުޘްމާނީ ދައުލަތުގެ ބާނީ އައްސުލްޠާން އަލްޣާޒީ ޢުޘްމާން 1 އެވެ. މަންމާފުޅަކީ މަލް ހާތޫން އެވެ. ސުލްޠާން އޯރްޚާންގެ ހަޔާތްޕުޅުގެ ކުރީކޮޅާއި…

ޢުޘްމާނީ ދައުލަތުގެ ބައްޕަ އައްސުލްޠާން އަލްޣާޒީ ޢުޘްމާން 1

ކިޔާފައިވާ ޢަދަދު: 224

ޢުޘްމާނީ ދައުލަތުގެ ބައްޕަ އައްސުލްޠާން އަލްޣާޒީ ޢުޘްމާން 1 މުޙައްމަދު ނާޖިޙު ޢުޘްމާން ޣާޒީ (ޢުޘްމާނީ ތުރުކީ ބަހުން عثمان غازى) އަކީ ޢުޘްމާނީ ތުރުކީންގެ ޒައީމެވެ. އަދި ޢުޘްމާނީ ދަރިކޮޅުގެ ފެށުމެވެ. ސޮކޫދު އޭ ކިޔުނު ކުޑަ ސަހަރަކުން ފެށުނު ޢުޘްމާން 1 ގެ ދައުލަތް ފުޅާވަމުން އައިސް ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އަންބަރާތޫރަކަށް ވިއެވެ. އަދި މީލާދީން 1299 ގައި ފެށުނު މިދައުލަތް 1922 އާއި ހަމައަށް ދެމިގެން އައެވެ. ސުލްޠާން…

މަލިކުގައި ނެތިގެއްލެމުންދާ ދިވެހި ބަސް

ކިޔާފައިވާ ޢަދަދު: 1894

ތަޢާރަފު ބަހަކީ ވަތަނެއްގެ ވަތަނިއްޔަތު ދައްކުވައިދޭ ރަމްޒުތަކުގެ ތެރެއިންވާ މައިގަނޑު އެއްރަމްޒެވެ. އަމިއްލަ ބަހެއް ލިބިފައި އޮތުމީ އެގައުމެއްގެ ނުވަތަ އެބައެއްގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ދައްކުވައިދޭ ވަރުގަދަ ނިޝާނެކެވެ. އެގައުމަކުން ނުވަތަ އެތަނަކުން އެގައުމެއްގެ ނުވަތަ އެތަނެއްގެ އަމިއްލަ ބަސް ނެތިގެން ހިނގާއްޖެނަމަ، ނެތިގެން އެދިޔައީ އެގައުމެއްގެ ގައުމިއްޔަތުގެ އެއްތަނބެވެ. އަދި އެތަނެއްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު ބިނާއެވެ. ދިވެހިރާއްޖޭގެ އުތުރުން 70 ވަރަކަށް މޭލު ފޭގައި އޮންނަ މަލިކުގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު އެއްބިނާއަކީ…