ލޯނުމަރައި އިނދެގެން މޮޔަގޮވުން

ކިޔާފައިވާ ޢަދަދު: 149

ލޯނުމަރައި އިނދެގެން މޮޔަގޮވުން މުޙަންމަދު ޝާހިދު ޙަލީމް އަކުޑިނުފިލުވާން  ބަލަ  ނުތިބޭށޭ  މަކުޑިނުނައްޓައި   ތިބެ   ނުނިދާށޭ ލަކުޑީގައި   ކަސް   ބަގުޑިނުލާށޭ   ތަގުޑި   ނުކޮށް ދިގު   ރޮންދާލާށޭ އިބުނި   ބަޠޫޠާއާ    ފަރުދޭސީން  ބުނި  މީ އުޅުނު  ގޮތޭ   ދޭސީން އެ ބުނި ގޮތަށް އުނުއަނދެ ކައިބޮއިގެން  އަތިރީން  ފުއްދައިލާން   ނޫޅޭށޭ ބޮޑުނަވު  ކުޑަނަވު  ރާތީބުކިޔައި   ބޮޑުދެހިތީ  ޖެހި  ބޮޑުނާބަ  ޖަހައި ބޮޑުދުންދީފައި   އެ   ސުލައިމާނަށް    ބޮޑުނައިބު   ފެނޭތޯ   ނުދުވާށޭ ބޮޑުގަނޑުވަރު، ބޮޑުފާރާ  ކުނިގޮނޑު ރަށްވެހި ހެދުމުގެ އޭ ލައްލައްގަނޑު…

އަރަތެއް ނޫން މެ ހާސަރެއް

ކިޔާފައިވާ ޢަދަދު: 128

އަރަތެއް ނޫން މެ ހާސަރެއް މުޙަންމަދު ޝާހިދު ޙަލީމު އަހަރެންނަށް ފަރަގެއް ނެތް އަދު އިއްޔެ އިހަށްދުވަހެއް އަހަރެއްގެ    ފަހުން  އަހަރެއް  އާދޭ،  ނާދޭ   ބަދަލެއް މޫލައި  މޫތައް    ދުވެއޭ     މޫނުން   މޫޑެއް    ނޭނގޭ މޫސުން އިރުވައި   ހުޅަނގާ   އާދޭ،   ނާދޭ  ބަދަލެއް ދެ އަތާ ދެ ފައާ   ހެލެއޭ  ދެ ލޮލަށް   ތަންތަން ފެނެއޭ މެއަކުން  ތަދު ފިލި…

ތިޔަ މޫނު

ކިޔާފައިވާ ޢަދަދު: 242

ތިޔަ މޫނު މުޙަންމަދު ޝާހިދު ޙަލީމު މޫނު ތިޔަ އަހަރެންގެ  ދެ ލޮލާ  ވަކިވެގެން  ދުރަކަށް  ނުދޭ ހޫނު ހިތް އަހަރެންގެ ނުކުރާ  ހިނދުކޮޅެއް  ކުޑަ ވެސް ނުދޭ ހަނދުވަރެއް ނެތް އަނދިރި ކަޅުފޮއި މެންދަމެއް ދެގޮތެއް ނުވޭ “ހަނދު” ދެ ލޮލުގައި ވޮށް ނުދިއްލާ މެންދަމެއް ނިމިގެން ނުދޭ ދާ އިރަކު ހިނގަމުން  މަގެއްގައި  ކުރިމަތީންނާ  އަރިމަތީން ދާދި  ގާތުން  ލޮލުގެ  ކޮއިގައި   ބޮސްނުދޭ  ވަގުތެއް ނުދޭ ނެއްޓިލަވަބައި ނުވަތަ ބޮޑުބެރު  ގެންބިއަސް ޖޯޝުގެ ކަނޑަށް…

އީދާއި ކަތިލުން

ކިޔާފައިވާ ޢަދަދު: 322

އީދާއި ކަތިލުން މުޙަންމަދު ޝާހިދު ޙަލީމް މުސްލިމުންނާ  ކޮށްފި  ބައްދަލު  އީދު އަޟްޙާ  ހީނލަމުން ފުސްކަމެއް ނެތި  ޖައްވު އަލިކޮށް  ދޯދި ރަން ފަތުރައިލަމުން ދުނިޔެ  ގުގުމައިފައި  ހުރީ  ތަކުބީރު   ކިޔަމުންދާ  އަޑުން ފުނިޖެހުނު  މީހުން  ނަމާދަށް    އެއްއަޑުން  އަޑުއުފުލަމުން އީދުޚުޠުބާއިން  ފިލާވަޅު       ހޯދުމަށް  ފަހު  ކުރި  ސަލާމް މީ  އަޚުން  އުޚުތުން  ކަމޭ   އަންގައިދިނީ    އަތްމެހިލުމުން ކަތިކަމެއް ނެތް ދީނުގައި   އޮތް    އަޅުކަމެއް  މާތް  އީދުގައި ކަތިލުމީ…

އީދު އަޔަސް

ކިޔާފައިވާ ޢަދަދު: 164

  އީދު އަޔަސް މުޙަންމަދު ޝާހިދު ޙަލީމް މާތައް  ނުފޮޅޭ  ގުލްޝަނަކުން  ރޫޙަށް  ފިނިކަން  ލިބުމެއް ނެތް ގާތަށް   ނުދަމާ   ޒާރެއްގައި   ރޫޙަށް  ފިނިކަން  ލިބުމެއް ނެތް ނުލަކަށް ނުކުރެދުލެއް ރަތް ހުދު އޯކިޑު ދަނބު ރަން ރިހި އެހެނަސް ކުލަކަރުދާހާ  ވަރަނގު  މަލުން  ރޫޙަށް  ފިނިކަން  ލިބުމެއް ނެތް މާތައް ފަރި އެކި  ކުލަކުލައިން  ޒާތަށް ގިނަ  ފަތިހަށް  ފޮޅުނަސް މާމަލުގައި  ނެތި   މީރުވަހެއް  ރޫޙަށް  ފިނިކަން  ލިބުމެއް ނެތް ހުވަނދުކުރާން  ޒާރުގެ  ވެށި  ސެންޓާ…

ޢަބްދުލްރައްޒާޤު ރަނގަޅެއް ނޫން؛ ޢަބްދުލްޙަސީބު ރަނގަޅު

ކިޔާފައިވާ ޢަދަދު: 369

ދިވެހީންގެ ބައެއް މީހުންނަށް ކިޔަނީ އަރަބި ނަންނަމެވެ. އަދި ނަމާ އެކުގައި ބޭނުންކުރާ ބައެއް ލަގަބުތަކަކީ ވެސް އަރަބީން ގެނެސްފައި ވާ ލަގަބުލަގަބެވެ. ދިވެހީންނަށް ކިޔާ އަރަބި ނަންނަމުގެ ތެރެއިން ޢަބްދުން ފެށިފައި ހުންނަ ބައެއް ނަންނަން ތާނައިން ލިޔާ އިރު ޢަބްދުގެ ދާލުއުބުފިލީގެ ފަހަތުގައި އޮންނަ ސުކުން ބައެއް ފަހަރު އޮޅިފައި އޮންނަ ތަން ފެނެއެވެ. މިސާލަކަށް ޢަބްދުއްރައްޒާޤު، ޢަބްދުއްލަޠީފު، ޢަބްދުއްސަމީޢު ފަދަ ނަންނަން ލިޔާ އިރު ޢަބްދުގެ ދާލުއުބުފިއްޔާ ޖެހިގެން އެ ފިލީގެ ފަހަތުގައި…

ފުޅު ޕުޅު

ކިޔާފައިވާ ޢަދަދު: 1267
މުޙަންމަދު ޝާހިދު ޙަލީމް
 
ސީދީ   ހައިވީމާ،   ސީދީއެއް    ވީމާ،   ސީދީ    ވީތާ  ހައިފުޅު
           ސީދީ  އަދު ހައިފުޅުވީ  އެއްޗެއް  ނެތި  ހުސްވީމާ  ސީދީ  ބަނޑުފުޅު
 
ސީދީ  ބަނޑުފުޅުގައި އެއްޗެއް  ނެތުނީމާ  ބަނޑުފުޅު  ވީބާ؟  ހުސްފުޅު
          ސީދީ  ވީމާ  ގެންނާންވީބާ؟   ބުނެލާ  ދެ ބަހުން  އެއް ބަހަކަށް  ފުޅު
 
ސީދީ ބަނޑުހައިނުވެ، ވާ ކަމުގައި މި ވަނީ ބަނޑު އައި ނަމަ، ހައި ބަނޑުފުޅު
          ސީދީ ހައިވީ ނަމަވެސް، އަދު ހައިނުވެ ވާނީ، ބަނޑު ނައި ނަމަ، ހައިފުޅު

ހިތް ކުދިކުދިވެއްޖެ

ކިޔާފައިވާ ޢަދަދު: 1066
މުޙަންމަދު ޝާހިދު ޙަލީމް
ނުނިދިފައި   އޮވެވުނީ   ހިތް   މަގޭ   ފޮތިވެގެން
               ދުނިޔެ ދޭ  ދަރުސުތައް  ދަސްކުރާން  ދަތިވެގެން

ހަރުއަޑުން އަދި ނުރޮއި  އޮވެވުނަސް  ގަނޑުވެފައި
               ކަރުނައޭ   އޮހޮރެނީ   ލޮލުތެރޭ  ގިނަވެގެން

ނިމިދިއުން   އޮތް  ކަމެއް  ކަން  ޔަޤީނޭ،   ވިޔަސް
               ނިމި އެ ދިޔަ މަންޒަރުން  ހިތް ދިޔައި  ފަޅިވެގެން

އަޟްޙާ ޢީދު އައީ

ކިޔާފައިވާ ޢަދަދު: 1312

މުޙަންމަދު ޝާހިދު ޙަލީމް

އައީ ހިނިތުންވަމުން ނަށަމުން  މެ ލަވަކިޔަމުންނެ އަޟްޙާ ޢީދް
               ސަޢީދުންނޭ  ސަޢީދުންނޭ  ވަނީ އުނގުގައި  މި އަޟްޙާ ޢީދް
ތިބުން ޢަރަފާތުގައި ނިންމައި  އަދާވެވުމުން  އިތުރު  އަޅުކަން
               ލިބުނު ހިތްހަމަޖެހުން   ފާހަގަކުރާށެ   އައީ  މި އަޟްޙާ ޢީދް
މި އުންމަތް ދިރުވަމުން ގެންދާ އިތުރު ސުންނަތް އަބަދު ދިރުވާން
               ކިޔުން ތަކުބީރު ބާރަށް ގިނަަ ކުރާށެ އައީ މި އަޟްޙާ ޢީދް
ހުވަނދުލައިގެން  ރިވެތި ފޭރާމުގައި އެންމެން  ނުކުމެ ހެނދުނާ
               ދުވަސް ފެށުމަށް  ރުކޫޢު ސުޖޫދް ކުރާށެ އައީ މި އަޟްޙާ ޢީދް

ކުޑަ ކަމެއް ނޫން!

ކިޔާފައިވާ ޢަދަދު: 1459

ކަނީރު ޢަބްދުއްރަޙީމުގެ “ބިޔަ ތިލަކުރަން ހަދާ ފަންޑިތަ ހެއްދިދާނެބާ؟” ފެނިފައި:

ކުޑަ ކަމެއް ނޫން!

މުޙަންމަދު ޝާހިދު ޙަލީމް
އަޑީއޮތް ބިޔަ  ފުނުން ކޮށް ތިލަ  ނެގުން އޭ ކުޑަ ކަމެއް ނޫނޭ
               އޮޑީގައި ކަންވެރީން ތިއްބަސް  އަތެއް އެ ވަރަށް  ދިގެއް ނޫނޭ
މެ ފެން މަތުރައި ވަށައިގެން އޮޑި ދޮށަށް އެޅިޔަސް ބަދަވި ވަގުތުން
               ދެފެންދޭތެރެއަކަށް   ނާރާނެޔޭ   ބަލަ   ކަނޑުކޮހެއް   ނޫނޭ
ކެޔޮޅުކަންމާ   ކުރާ  ކެޔޮޅެއް   ވިޔަސް  އެ ސޮރެއް ނުބޭވޭނޭ
               އެ  އޮންނާނީ  އަޑީ  ފުނުގައި،  ހެތުރު  ފޯރާ  ފަށެއް ނޫނޭ