ސާފުތާހިރުކަން

ކިޔާފައިވާ ޢަދަދު: 132
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަޟީލަތުލް އުސްތާޛުއް ޝައިޚް މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ، ދުވަހުނޫސް [ހަވީރު]ގެ 20 ޖުލައި 1981 (ހޯމަ) ދުވަހުގެ އަދަދުންނެވެ. ______________________ ދިރިއުޅުމޭ ކިޔުނު ތަނަވަސް މައިދާނުގައި ހުރަހަށާއި ދިގަށް ރޮނގުތައް އަޅަމުން ފިޔަވަޅުތައް އަޅަމުންދާއިރު ދެބާވަތެއްގެ ގޮތްތަކެއް މެދުވެރިވަމުން ދާކަމީވެސް ވެވޭން އޮތްކަމެއްނޫނެވެ. އުފަލާއި ހިތްހަމަޖެހުމެވެ. ހިތާމައާއި ހިތްހަމަނުޖެހުމެވެ. ހަމައެފަދައިން ފަސޭހައާއި އުދަގުލެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ، ހިތްހަމަ ޖެހޭ އުފާވެރި ފަސޭހަ ދިރިއުޅުމެކެވެ. އަޅުގަނޑުމެން ކުރާހައި މަސައްކަތާއި…

އަމުރަށް ކިޔަމަންވުން

ކިޔާފައިވާ ޢަދަދު: 140
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލުގެ މި ލިޔުއްވުމަކީ، މީގެ 35 އަހަރު ކުރީގެ ލިޔުމެކެވެ. އެހެންކަމުން ވިދާޅުވާ ބޭފުޅުންގެ ހަނދުމަފުޅުގައި މިކަން ބެހެއްޓެވުން އެދެމެވެ. މި ލިޔުން ނަކަލުކޮށްފައި މި ވަނީ، 10 އޮގަސްޓް 1981 (ހޯމަ) ދުވަހުގެ [ހަވީރު] ނޫހުންނެވެ.   _______________________________        އަމުރާ ނަހީއަކީ ދެބަހެއް ކަމުގައި ވިޔަސް މާނައިގެ މާނައަށް ބަލާއިރު އެއްކަމެވެ. މިވެނި ކަމެއް ކުރާށޭ ބުނުމަކީ އަމުރެކެވެ. ނުކުރާށޭ ބުނުމަކީ ނަހީއެކެވެ. ނަމަވެސް އެއީވެސް އަމުރެކެވެ.       …

ޤަބޫލު ކުރައްވަމުތޯއެވެ؟

ކިޔާފައިވާ ޢަދަދު: 140
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު ޖަމީލު ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 26 މެއި 1981 (އަންގާރަ) ދުވަހުގެ [ހަވީރު] ނޫހުންނެވެ. ______________________________ އޮންނަނީ ދެގޮތެވެ. އެއްގޮތަކީ ޤަބޫލުކުރުމެވެ. އަނެއްގޮތަކީ ޤަބޫލު ނުކުރުމެވެ. މިދެގޮތުން ކުރެ ގޮތެއްގައި ނުހިފައި މެދުތެރޭގައި، ވަކިފަރާތަކަށް ނުޖެހިތިބެވޭކަށް ނެތެވެ. ބައެއްކަހަލަ ކަންތަކުގައި ވަކިފަރާތަކަށް ނުޖެހިތިބެވުނަސް މިކަމަކީ އެހެން ތިބެވޭކަށް އޮތް ކަމެއްނޫނެވެ. އޮތީ ޤަބޫލުކުރުމެވެ. ނޫންނަމަ ޤަބޫލު ނުކުރުމެވެ. ދޭތެރޭގައި މެދެއްނެތެވެ. ދަނޑިބުރީގެ މެދުގައި ހިފައި ދެކޮޅު ދޫކޮށް…

ދަސްކޮށްދެއްވަން ވެއްޖެ. ދަސްކުރާން ވެއްޖެ.

ކިޔާފައިވާ ޢަދަދު: 242
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 9 ނޮވެންބަރު 1981 (ހޯމަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ. _______________________ ދަސްކޮށްދެއްވަންވީ ކޮންފަރާތަކުން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ދަސްކުރާންވީ ފަރާތް އެނގެއެވެ. އެއީ އަޅުގަނޑުމެންނެވެ. މިހެން ދަންނަވައިލައިފައި ހުއްޓާލަމެވެ. ވަކިފަރާތަކަށް ވަކިބަޔަކަށް ރައްދުކުރެވޭ ބަހަކަށް ވެދާނެތީ ބިރުންނެވެ. އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަން އަދި އަޅުގަނޑުމެން ދަސްކުރާންވީ ކަމަކީ ކޮބައިތޯއެވެ. އެއްކަމެއް ދެކަމެއް ނޫނެވެ. ހަތްތަރި ހާސް ކަންތަކެވެ. އެހުރިހާކަމެއްގެ ވާހަކަ ”…

ގުނބޯލޯ! ގުނބޯލޯ!

ކިޔާފައިވާ ޢަދަދު: 265
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

  ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 21 ސެޕްޓެންބަރު 1981 (ހޯމަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ. _____________________________________ އަޅުގަނޑުމެން ކުޑައިރު، އާދެ! ވަކިޢުމުރަކަށް ގޮސް ދުވަސްވެފައިވާ މީހުންގެ ވާހަކަ ގިނައިން ފެށޭނީ މިގޮތަށެވެ. ކުޑައިރުގެ ވާހަކައިންނެވެ. އެކަން، އެހެންވުމުގެ ސިއްރަކީ، ފަހެކޮބައިބާވައެވެ! އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުގައި އެއީ، އިންސާނާގެ ކިބައިގައި ހުންނަ ގޮތެކެވެ. އުމުރުން ދުވަސްވެ މުސްކުޅި ވީމާ ވެސް އަލުން ކުއްޖަކަށް ވާހިތްވެއެވެ.…

އަމިއްލަ އަބުރާއި ޢިއްޒަތް

ކިޔާފައިވާ ޢަދަދު: 196
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

  ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 2 ޖޫން 1981 (އަންގާރަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ. ____________________ ކިތަންމެ ދެރަ ނަސަބަކުން އައިސްހުރި ކިތަންމެ ފަކީރު، ކިތަންމެ ނިކަމެއްޗަކަށްވެސް އެމީހެއްގެ އަބުރާއި ޢިއްޒަތް އޮންނާނެއެވެ. އެއަށް ޢިއްޒަތުއްނަފްސު ކިއިދާނެއެވެ. ކަރާމަތޭވެސް ކިއިދާނެއެވެ. ކޮންމެ އިންސާނަކީވެސް އަބުރުވެރިއެކެވެ. ނުވަތަ އަބުރެއްގެ ވެރިއެކެވެ. ޢިއްޒަތެއްގެ ވެރިއެކެވެ. ތިމާގެ އަމިއްލަ އަބުރާއި ޢިއްޒަތާމެދު އެހެން މީހުން ގަދަރުކޮށް ކަމޭހިތާންވާނެ ފަދައިން އެހެން މީހުންގެ…

ނަންކިޔުމާމެދު

ކިޔާފައިވާ ޢަދަދު: 249
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އުސްތާޛުލް ޖީލުގެ ނަމުން މަޝްހޫރުވެފައިވާ، ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 21 އޭޕުރީލު 1981 (އަންގާރަ) ދުވަހުގެ “ހަވީރު” ނޫހުންނެވެ. ______________________________ މި މައުޟޫޢަކީ ވަރަށް ގިނަ ބައެއްގެ ނުރުހުމާއި ރުހުމުގެ މައުޟޫއަކަށް ވެދާނެ މައުޟޫޢެކެވެ. އެއްބަޔަކު ރުހޭއިރު އަނެއްބަޔަކު ނުރުހޭނެއެވެ. ތެދުތެދަށް ދަންނަވާއިރު، މައުޟޫޢަކީ، ދުވަސްދުވަސް ކޮޅުން ކޮއްޓައިލާހިތްވާ މައުޟޫޢެކެވެ. އެހެންކަމުން މި ފުރުޞަތުގައިވެސް ކޮއްޓައިލެވުނީއެވެ. ބުނާ މީހަކު ބުނެފާނެއެވެ. ކަލެއާ ކޮންބެހޭކަމެއްހޭ؟ އެމީހަކަށް އެމީހަކު ބޭނުން…