ދިރިއުޅުމުގެ ރަހަތައް (16)

ކިޔާފައިވާ ޢަދަދު: 164

  ދިރިއުޅުމުގެ ރަހަތައް (16) މުޙައްމަދު ވަޙީދު / މަޑުލު ހައިކަލް ހޭއަރަން ފެށީ ޖަރުމަނުގެ ގަޑިން ހަތަރެއް ޖަހަނިކޮށެވެ. ފުރަތަމަވެސް ގޮވައިލީ މަންމައަށެވެ. ދެން ބައްޕައަށެވެ. ދެން ފާރިޝާއަށެވެ. ލަހެއް ނުވެ ނިދޭގޮތް ވެއްޖެއެވެ. ހައިކަލްގެ ބައްޕަ ފަތިސްނަމާދަށް ތެދުވިގޮތަށް ނުނިދައެވެ. ހޮސްޕިޓަލަށް ގުޅައިފައި ހައިކަލްގެ ޙާލު ބެއްޔެވެ. ހައިކަލް ހޭއެރި ވާހަކަ އާއި މިހާރު އޮތީ ނިދިފައި ކަމަށް ބުންޏެވެ. ހައިކަލް ބައްޕަ ވަރަށް ހިތްހަމަޖެހުނެވެ. ފޯނުކޮށްލައިފައި މާލެއަށް އެ ޚަބަރު ދިނެވެ. ފާރިޝާ…

ދިރިއުޅުމުގެ ރަހަތައް (15)

ކިޔާފައިވާ ޢަދަދު: 151

ދިރިއުޅުމުގެ ރަހަތައް  (15) މުޙައްމަދު ވަޙީދު / މަޑުލު ޖެހިގެން އައި އާދީއްތަ ދުވަހު ސިލޯނުމަގުން ޖަރުމަނީއަށް ދާ މީހުން މާލޭން ފުރައިފިއެވެ. އެ ދުވަހަކީ، ހައިކަލާމެދު އޭނާގެ އޮފީހުގައި މަސައްކަތްކުރާ އެކުވެރީންގެ ހުރި ތެދުވެރިކަމާއި ގާތްކަން ފެނިގެން ދިޔަ ދުވަހެކެވެ. މާބޮނޑިތަކާއި ހެޔޮދުޢާގެ ކާޑުތަކާއި ހަދިޔާތައް ހިފައިގެން އެންމެންމެ އެއަރޕޯޓަށް ގޮސް ތިއްބެވެ. އެކަކު ވެސް ސީރިއަސް ކަމެއް ދިމާވެގެން އުޅޭކަމުގެ އަސަރެއް ވެސް ނުދައްކައި، މަޖާކޮށް ހެދިއެވެ. އެންމެ ހިތި އަސަރެއް ކޮށްފައި ހުރީ …

ދިރިއުޅުމުގެ ރަހަތައް (14)

ކިޔާފައިވާ ޢަދަދު: 142

ދިރިއުޅުމުގެ ރަހަތައް (14) މުޙައްމަދު ވަޙީދު / މަޑުލު ގެއަށް އައިސް ނުވަންނަނީސް ފޯނު ރަނގަބީލުވާ އަޑުއިވިއްޖެއެވެ. އަވަސްއަވަހަށް ގޮސް ފޯނު ނެގިއެވެ. ގުޅީ ޚާލިދު ދީދީއެވެ. ފާރިޝާ: “ބޭބޭ! ކިހިނެއްތޯ؟” ޚާލިދު ދީދީ: “ބޭބެ ރަނގަޅު. މި ގުޅީ ވަރަށް އުފައުވެރި ޚަބަރެއް ދޭންވެގެން” ފާރިޝާ: “އަވަހަށް ވިދާޅުވޭ.” ޚާލިދު ދީދީ: “ކޮއްކޮގެ ތިޔަ ބޮޑު ދަޢުވާ މަޑުމަޑުން ހުލިވެގެން ހިނގައިދާނެ. ބޭބެ ބެލިބެލުމުން އެކަން ޔަޤީނާ ގާތަށް އެނގޭ. މި ބުނާ އެއްޗެއް ދޮގެއް…

ދިރިއުޅުމުގެ ރަހަތައް (13)

ކިޔާފައިވާ ޢަދަދު: 205

ދިރިއުޅުމުގެ ރަހަތައް (13) މުޙައްމަދު ވަޙީދު / މަޑުލު ފާރިޝާއަށް ރޮވިއްޖެއެވެ. ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. މި ކުރެވުނީ ކީއްބާވައޭ ހިތަށް އަރައި މޫނު ފުހެލައިގެން ނިކުތްއިރު ހައިކަލެއް ނެތެވެ. ފާރިޝާ ހިތަށްއެރިއެވެ. އަހަންނަށް މި ކުރެވުނު ކަމެއް ބަލައިބަލާށެވެ. ހައިކަލް އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނަން މަޖުބޫރުކުރެވުނީއެވެ. މި ކުރެވުނު ކަމަކުން ދެން އޭނާއާ ކުރިމަތިލާނީ ކިހިނެއްހެއްޔެވެ. ޙަޤީޤަތުގައި އަހަންނަށް ރޮވުނީ ވީ އުފަލުންނެވެ. އޭނާ އެހެން ބުނާނެ ނަމައޭ ހިތާހުއްޓައެވެ.…

ދިރިއުޅުމުގެ ރަހަތައް (12)

ކިޔާފައިވާ ޢަދަދު: 141

ދިރިއުޅުމުގެ ރަހަތައް (12) މުޙައްމަދު ވަޙީދު، މަޑުލު   ފާރިޝާ އަކީ ކާކުކަމެއް އަދި ނޭނގެއެވެ. ފެންނަ ފެނުމަށް ހީވާ ގޮތާއި ޙަޤީޤަތާ ނުގުޅި ހިނގައިދާނެއެވެ. އެހެންވީމާ، ކެތްތެރިކަން ބޭނުންވެއެވެ. މިފަދަ ޚިޔާލެއް، ފިކުރެއް އަހަންނާމެދު އޭނާ ކުރާނެ ކަމެއް ނޭނގެއެވެ. ޢަލީގެ މަރުގެ މައްސަލައިގެ އަޑުއެހުން އޮތް  ފުރަތަމަ ދުވަހަކީ، ކުށުގެ މައްސަލަތައް ބަލާ ކޯޓްދޮށަށް ނޫސްވެރިންނާއި ކަންބަލާހިތްވާ މީހުން ގިނައިން ދިޔަ ދުވަހެކެވެ. ޝަރީޢަތުގެ މަޖިލީހަށް ފާރިޝާ އައީ މުޅީން ހުދު ޝަލްވާރު ގަމީސް…

ދިރިއުޅުމުގެ ރަހަތައް (11)

ކިޔާފައިވާ ޢަދަދު: 137

މުޙައްމަދު ވަޙީދު, މަޑުލު “ފާރިޝާއާ މެދު ޚިޔާލަކީ ކޮބާ؟” “ނޭގުނޭ! ޚިޔާލަކީއޭ! ހައިކަލާ ދެވަން…” “އެއީ އޭނާގެ ކަމެއްތާ. އޭނާ ބޭނުން ކުއްޖަކު ހޮވާނީ އޭނާ.” “ނޭނގެ! އަހަރެންގެ ހިތް ބުނަނީ ފާރިޝާ އަކީ ވަރަށް ނިކަމެތި ކުއްޖެކޭ. އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ހަމްދަރުދީ އުފެދިއްޖެ.” ޝަކީލާ ލޯ ފުހެލިއެވެ. ދެމަފިރިއަކަށް ލިބިފައިވާ ފިރިހެން ދަރިއެއްގެ ކައިވެންޏަކީ، އެ ދެމަފިރިންނަށް ވަރަށް ޚާއްޞަ ކަމެކެވެ. ދިވެހީންގެ އާދަކާދައިގެ މަތީން ޢާއިލާ ފެތުރި ހެދިގެންދަނީ ފިރިހެންދަރީންގެ ފުށުންނެވެ.…

ދިރިއުޅުމުގެ ރަހަތައް (10)

ކިޔާފައިވާ ޢަދަދު: 223

މުޙައްމަދު ވަޙީދު، މަޑުލު   ފާރިޝާ ބެލީ އޭނާ ލާނެ ހެދުމަކަށެވެ. ހެދުންތައް އަލަމާރިން ނަގަމުން، ގައިގައި ޖައްސަމުން، ލޯގަނޑުން ފަރިބަލަމުން ގެންދެއެވެ. އައު ހިތްއަވަސްވުމެއްގައި ހުރެވޭ ކަހަލައެވެ. އައު މަންޒިލަކަށް ފޯރަން އުޅޭކަހަލައެވެ. ނޫނީ އައު ދުވަހަކަށް އިރަށް ދޮންކުރާތީ ޚިޔާލީ ޖައްވަށް އަރާ ކުލަތައް ބާވައޭ ހިތަށްއެރިއެވެ. އޭނާ ޤަޞްދުކުރީ ފާސްކުރި ހެދުމެއް ލާށެވެ. އޭނާއަށް ނޭގިނަމަވެސް އޭނާއަށް މި ދެވެނީ ކޮންމެވެސް މީހެއްގެ މައިންބަފައިންގެ ރުހުން ލިބޭތޯ ކަމަށް އިޙްސާސްވިއެވެ. ޓިއުޝަން ދޭން…

ދިރިއުޅުމުގެ ރަހަތައް (9)

ކިޔާފައިވާ ޢަދަދު: 232

މުޙައްމަދު ވަޙީދު، މަޑުލު   ބައްޕަގެ އިރުޝާދުގެ މަތީން ހައިކަލް ކިޔަވައިގެން އެނބުރި އަތުވެއްޖެއެވެ. މިހާރު ހައިކަލް ހުރީ ޢިލްމުވެރި، ވިސްނުން ތޫނު ސިފަ ޖަހައިފައެވެ. ބަހައްޓައިފައި ހުރި ކުޑަކުޑަ ތުނބުޅިކޮޅު އޭނާގެ މޫނުގެ ބައްޓަމާ އެހައި ނުގުނުނަސް އެ ތުނބުޅިން ސަޚްޝިއްޔަތުގެ ހަރުދަނާކަން އަންގައިދެއެވެ. ހައިކަލް އޭނާގެ އަމިއްލަ އޮފީހަށް ދަނީ ވަރަށް ހެނދުނާއެވެ. މަސައްކަތުގައި އެހައި ގިނަވަގުތު އުޅެއެވެ. އޭނާ ޙަވާލުވާހިތްވާ މައްސަލަތަކަކީ، އުނދަގޫ ބޮޑެތި  މައްސަލަތަކެވެ. ޚާއްޞަކޮށް ދައުލަތުން ދަޢުވާކުރައްވާ ބައެއް މައްސަލަ…

ދިރިއުޅުމުގެ ރަހަތައް (8)

ކިޔާފައިވާ ޢަދަދު: 228

މުޙައްމަދު ވަޙީދު، މަޑުލު އޮފީސްތެރޭގައި އުޅޭ ދެމީހުންކުރެ އެކަކު، ލަވައެއް ކިޔަމުން ނިކުމެއްޖެއެވެ. ދިގުގޮނޑިއެއްގައި އިން މީހަކު ފެނިފައި ރަކިވިއެވެ. މަޑުކޮށްލާށޭ މިހާރު ކަތީބު އެބަ ދުރުވެއޭ ބުންޏެވެ. ގޯތިން ބޭރަށް ނުކުމެފައި، ކުރިން ކީ ލަވަކިޔަމުން ދުރަށް ގޮސް އޭނާގެ އަޑު ހިނދިއްޖެއެވެ. އޮފީހުގެ ތެރެއިން ވަރަށް ޅަ އަންހެނުންކުއްޖަކު ނިކުމެ، ހިނިތުންވެލައިފައި އެތެރެއަށް ދެމިގެންފިއެވެ. ގިނައިރުނުކޮށް އެކިކަހަލަ ފޮތްފޮތް ހިފައިގެން ދޭތެރެދޭތެރެއިން ދޮރު ހުރަސްކުރެއެވެ. އެންމެފަހުން، ބޭރުގައި އިން މީހާއަށް ފެންނާނެ ގޮތަށް މޭޒެއްގެ…

ދިރިއުޅުމުގެ ރަހަތައް (7)

ކިޔާފައިވާ ޢަދަދު: 179

މުޙައްމަދު ވަޙީދު، މަޑުލު ހައިކަލް އޭނާގެ އެކުވެރީންނާއެކު، ދުމުން ފުރިފައިވާ ކޮޓަރިއެއްގެ ތެރޭގައި އޭނާގެ އަމިއްލަ ފަލްސަފާގެ މައްޗަށް ވަކާލާތުކުރަނީއެވެ. ބައެއް ފަހަރަށް އެންމެން ހެމުންހެމުން ގޮސް، ލޮލުން ކަރުނަ އައިސްގެން ބަނޑަށް ތަދުވެގެން ހިމޭންވެއެވެ. އަނެއްބައިފަހަރު، ރުޅިއައިސް ރަތްވެގެން، ޒުވާބުކޮށް، އަޑުގަދަކުރަމުން، ތަޅައިފޮޅާ ހިސާބަށް ގޮސް، އަވައްޓެރިން އެއްވެދާނެކަމަށް ކޮންމެވެސް މީހަކު ބުނެގެން މައިތިރިވެލައެވެ. ޒުވާބަކީ، ވަކި މައްސަލައެއް ނޫނެވެ. އުޑުގެ ދަށުގައި ވާނަމަ ވާ ހުރިހައި ކަމެކެވެ. ތިމާމެން އުފެދިފައިވާ ގޮތާމެދު ކުރެވޭ ޒުވާބެވެ.…