ޢަލީ މޫސާދީދީ: ހަރުދަނާ ދަރިންތަކެއް ތަރުބިއްޔަތު ކުރެއްވި ލޮބުވެތި ބައްޕައެއް

ކިޔާފައިވާ ޢަދަދު: 248

ހެންވޭރު ނަވާގަން ޢަލީ މޫސާދީދީ ގިނަ މީހުންނަށް އެނގެނީ ދިވެހި އަދަބިއްޔާތައް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ލިޔުންތެރިއެއްގެ ގޮތުގައެވެ. އޭނާ އަކީ ނޫސްވެރިއެކެވެ. ޅެންވެރިއެކެވެ. ވަޑާންކުރުމުގެ ފަންނުވެރިއެކެވެ. ހިންގުންތެރި މަސައްކަތްތެރިއެކެވެ. އޭނާ އަކީ ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމްޢިއްޔާ “ލިޔުންތެރިންގެ ގުޅުމު”ގެ އެއް މުއައްސިސް ވެސް މެއެވެ. ނަމަވެސް އަޅުގަނޑު ލިޔެލެވޭތޯ މިއުޅެނީ ޢަލީ މޫސާދީދީގެ އަދަބީ ޚިދުމަތްތަކުގެ ވާހަކައެއް ނޫނެވެ. އަދި މަސައްކަތްތެރިކަމުގެ ވާހަކައެއްވެސް ނުމެ ނޫންމެއެވެ. އޭނާގެ ރަޙްމަތްތެރިން އޭނާ ސިފަ ކުރައްވަނީ ވަފާތެރި އެކުވެރިއެއްގެ…