ބިޓްކޮއިން އަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 94

ބިޓްކޮއިން އަކީ ކޮބާ؟ އިބްރާހީމް ސަލީމް ޑިޖިޓަލް ފައިސާ އެއްކަމަށްވާ ބިޓްކޮއިންއަކީ މިއަދު ދުނިޔޭގެ ބާޒާރުގައި އެންމެ މަގުބޫލު ފައިސާ އެވެ. މި އަހަރުގެ ނޮވެންބަރު މަހުގެ ފަހު ހަފްތާގެ ތެރޭގައި ބިޓްކޮއިންގެ އަގު މިވަނީ ރިކޯޑު އަދަދަކަށް މައްޗަށް ގޮސްފައެވެ. މި ގޮތުން 29 ނޮވެންބަރު 2017ގައި ބިޓްކޮއިން އަގު 11,000 (އެގާރަ ހާސް) ޑޮލަރަށް ވަނީ އަރައިފައެވެ. މިއަދު ބައެއް ފަރާތްތަކުން ޑިޖިޓަލް ފައިސާ އޮންލައިންކޮށް ތަކެތި ގަތުމަށް ބޭނުންކުރެއެވެ. އެހެންނަމަވެސް ގިނަ ފަރާތްތަކުން…

ހިސާބުތައް ބެލެހެއްޓުމުގެ މަގުސަދު

ކިޔާފައިވާ ޢަދަދު: 33

ހިސާބުތައް ބެލެހެއްޓުމުގެ މަގުސަދު އިބްރާހީމް ސަލީމް   ވިޔަފާރިކުރާ ފަރާތްތަކުންނާ އަދި އެހެނިހެން މުއައްސަސާތަކުން ގަވާއިދުން އެކައުންޓް ބެލެހެއްޓުން ނުވަތަ ހިސާބުތައް ހަދައި ބެލެހެއްޓުމުގެ މައިގަނޑު މަގުސަދުތައް ބަލައިލަމާ ހިނގާށެވެ. ސިސްޓަމިކް ރިކޯޑްސް ބެލެހެއްޓުން: ވިޔަފާރީގައި ހިނގާ ހުރިހާ މާލީ މުއާމަލާތްތައް ވަކި އުސޫލެއްގެ މަތިން ބަލަހައްޓައި ރިކޯޑުކުރަން ޖެހެއެވެ. މި ގޮތަށް  ބެލެހެއްޓުމުގެ އިބްތިދާއީ މަގުސަދަކީ މާލީ މުއާމަލާތްތަކުގެ ރިކޯޑުތައް އެއްކުރުމަށްފަހު، އެ ތަކެތި ކުންފުނީގެ ނުވަތަ މުއައްސަސާއަށް ލިބިފައިވާ ނަތީޖާ މާލީ ބަޔާންތަކެއްގެ ސިފައިގައި…

ފްލައިންގ ޓެކްސީ

ކިޔާފައިވާ ޢަދަދު: 70

ފްލައިންގ ޓެކްސީ އިބްރާހީމް ސަލީމް މަގުމަތީގައި ކާރުބާރު ބޮޑުވެ ގިނަ ސަހަރުތަކުގައި ޓްރެފިކް މައްސަލަތައް ދިމާވެ މި ވަނީ، ޙައްލެއް ހޯދަންޖެހިފައެވެ. މިކަން ޙައްލުކުރުމަށް ތަފާތު ދިރާސާތައް ދަނީ ކެނޑިނޭޅި ކުރަމުންނެވެ. މި ގޮތުން ވޯލްޑް އިކޮނޮމިކް ފޯރމްގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (އޫ.އޭ.އީ) އިން ހާމަކުރި ސްޓެރެޓޭޖީން އެންމެ ފާހަގަކުރެވޭ އަދި އެންމެ އަޅައިގެން އެއްކަމަކީ “ފްލައިންގ ޓެކްސީ” ސްޓްރެޓެޖީއެވެ. ޔޫ.އޭ.އީ.ން މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ފަސިންޖަރުން އުފުލާ ޑްރޯނެއް މެދުވެރިކޮށް ކަމަށް  weforum.org…

މަސައްކަތުގެ މާހައުލުގައި ދެބައި ކުޅަ އެއްބައި އަންހެނުންނަށް ޖިންސީ ފުރައްސާރައާ ކުރިމަތިލާންޖެހޭ- ބީބީސީ ސާރވޭ.

ކިޔާފައިވާ ޢަދަދު: 81

މަސައްކަތުގެ މާހައުލުގައި ދެބައި ކުޅަ އެއްބައި އަންހެނުންނަށް ޖިންސީ ފުރައްސާރައާ ކުރިމަތިލާންޖެހޭ- ބީބީސީ ސާރވޭ އިބްރާހީމް ސަލީމް އިނގިރޭސި ވިލާތުގެ ދެބައި ކުޅަ އެއްބައި އަންހެނުންނަށް އަދި ކޮންމެ 5 ފިރިހެނަކުން އެކަކަށް މަސައްކަތްކުރާ ތަނުން ޖިންސީ ފުރައްސާރައާ ކުރިމަތިލާންޖެހޭ ކަމަށް ބީބީސީގެ ސާރވޭގައި ބުނެފައިވެއެވެ. ސުވާލުކުރެވުނު އަންހެނުންގެ ތެރެއިން 63 އިންސައްތަ މީހުން ބުނީ އެ މައްސަލަ އެއްވެސް ފަރާތަކަށް ރިޕޯޓްކޮށްފައިނުވާނެ ކަމަށެވެ. އަދި ޖިންސީ ފުރައްސާރައިގެ ޝިކާރަކަށްވެފައިވާ 75 އިންސައްތައިގެ ފިރިހުންންވެސް އެކަން ރިޕޯޓްކޮށްފައެއް…

އަލަށް ވިޔަފާރި ފަށައި ގަންނަފަރާތްތަކުގެ މެދުގައި މިންތީގެ ފަރަގު ކުޑަކުރުން

ކިޔާފައިވާ ޢަދަދު: 84

އަލަށް ވިޔަފާރި ފަށައި ގަންނަފަރާތްތަކުގެ މެދުގައި މިންތީގެ ފަރަގު ކުޑަކުރުން  އިބްރާހީމް ސަލީމް ފާއިތުވި 25 އަހަރުގެ ތެރޭގައި އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ.) ގައުމުތަކުގެ މީހުންގެ މެދުގައި މި އަދު މަސައްކަތުގެ މައިދާނުގައި މިންތީގެ ފަރަގު ކުޑަވެފައިވީނަމަވެސް، އަންހެނުން އަލަށް ވިޔަފާރި ފަށައިގަތުމުގައި ތަމްސީލުކުރާ މިންވަރު ދަށެވެ. ޔޫރަޕިއަން ކޮމިޝަނާއި އޯ.އީ.ސީ.ޑީ.ގެ އައު ރިޕޯޓު “ދަ މިސިންގ އޮންޓަރޕްރިނިއަރސް 2017” އިން ދައްކާ ގޮތުގައި ފިރިހެނުން އަމިއްލަ މަސައްކަތްކުރާ ނިސްބަތް އަންހެނުންނަށްވުރެ…

ދުނިޔޭގެ އެންމެ މުއްސަނދި ކަނބަލުން

ކިޔާފައިވާ ޢަދަދު: 165

ދުނިޔޭގެ އެންމެ މުއްސަނދި ކަނބަލުން އިބްރާހީމް ސަލީމް ދުނިޔޭގެ އެންމެ މުއްސަނދި އަންހެންމީހާ ޢުމުރުން 94 އަހަރުގައި ނިޔާވެއްޖެއެވެ. ލޯ އޮރެލް ކޮސްމެޓިކް އުފައްދާ ކުންފުންޏެއްގެ ވާރުތަވެރިއެއް ކަމަށްވާ ލިލިއޭން ބެޓެންކޯޓްގެ ތަނަވަސްކަމުގައި 33 ބިލިއަން ޔޫރޯ (40 ބިލިއަން ޑޮލަރު) ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މިހާރު ދުނިޔޭގެ އެންމެ މުއްސަނދި ކަނބަލުންގެ ގޮތުގައި ވިޔަފާރި މަޖައްލާއެއްކަމަށްވާ ފޯބްސް މެގެޒިންއިން ނެރެފައިވާ ބިލިއަނަރުންގެ ލިސްޓަށް ބަލައި އެންމެ ކުރީގައި އުޅެނީ ތިރީގައިވާ ކަނބަލުންނެވެ. އެއީ އެލައިސް ވޯލްޓަން…

ގްލޯބަލް ޓްރޭޑް ހުއްޓާލަންނުޖެހޭ 5 ސަބަބު

ކިޔާފައިވާ ޢަދަދު: 147

ގްލޯބަލް ޓްރޭޑް ހުއްޓާލަންނުޖެހޭ 5 ސަބަބު  އިބްރާހީމް ސަލީމް ޖަރުމަނުވިލާތުގެ ހަމްބާރގް ގައި ޖީ 20 ލީޑަރުންގެ ބައްދަލުވުމުގައި ގިނަ މީހުންނަށް ކުރެވުނު އިހުސާސަކީ ބައިނަލް އަޤްވާމީ ވިޔަފާރީގެ ނިޒާމުގައި އިންސާފުވެރިކަމާއި ޒިންމާދާރުކަން ނެތްކަމުގެ އިހުސާސުތަކެވެ. ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނަނީ އެކަމުގެ ސަބަބުން ވަޒީފާ ގެއްލޭ ކަމަށެވެ. އަދި އަނެއްބައި ފަރާތްތަކުގެ ޝަކުވާ އަކީ ޤައުމުގެ ސިނާއަތަށް ނުފޫޒު ފޯރައި މަސައްކަތްތެރިންގެ ފެންވަރު ދަށަށް ދިއުމެވެ. އެކަންކަމަކީ ހަގީގަތެވެ. އިކޮނޮމިކް ގްލޯބަލައިޒޭޝަނުން (ދުނިޔެއަށް ހުޅުވާލެވިފައިވާ އިގުތިސާދު…

މޯގޭޖާއި ގުޅޭ އިންޝުރެންސް ޕްރޮޑަކްޓްތައް

ކިޔާފައިވާ ޢަދަދު: 149

މޯގޭޖާއި ގުޅޭ އިންޝުރެންސް ޕްރޮޑަކްޓްތައް އިބްރާހީމް ސަލީމް މޯގޭޖްކުރުން ނުވަތަ ރަހުނުކުރުމާ ގުޅޭ އިންޝުރެންސް ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނެނީ މުދަލުގެ އިންޝުރެންސް (ޕްރޮޕަޓީ އިންޝުރެންސް)، ލައިފް އިންޝުރެންސް އަދި ކެޓޮސްޓްރޮފިކް އިންޝުރެންސް (ކާރިސާތަކާ ގުޅޭ އިންޝުރެންސް) އެވެ. މިގޮތުން ކާރިސާ އިންޝުއަރެންސް ބޭނުންކުރުމުން ބިންހެލުން، ފެންބޮޑުވުން އަދި ގަދަފަދަ ވައިގެ ސަބަބުން އުފެދޭ ޠޫފާންތަކާއި ހަރިކޭންތަކުން ތަން ހަލާކުވުމުން ލިބޭ މާއްދީ ގެއްލުން ފޫބެއްދުމަށް އެހީތެރިވެދެއެވެ. ޕްރޮޕަޓީ އިންޝުރެންސް (ހަރުމުދަލާ ގުޅޭ އިންޝުރެންސް) މިއަދު ތަރައްޤީވަމުން އަންނަ…

ހައުސިން ފައިނޭންސް މުހިންމުވުން

ކިޔާފައިވާ ޢަދަދު: 329

ހައުސިންގ ފައިނޭންސް މުހިންމުވުން އިބްރާހީމް ސަލީމް ހައުސިންގ ފައިނޭންސް މުހިންމުވާ އެއް ސަބަބަކީ އެ މުދަލަށް ފައިސާ ބޭނުންވާތީއެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަމަކީ ގެދޮރަކީ ތަނަވަސްކަމުގެ އެއްބައެވެ. އަދި އެއީ ދިގު މުއްދަތުގެ ހަރުމުދަލެއް ވެސް މެއެވެ. ފައިސާގެ އިންތިޒާމް ހަމަޖެއްސުމަށް ރަނާއި ރިހީގެ މިލްކުވެރިކަން ދައްކުވާއިދޭ ލިޔުން ބޭނުންކުރާ ފަދައިންނެވެ. އެއީ ޤައުމުގެ ތަނަވަސްކަމުގެ 50 އިންސައްތަ އެވެ. އަދި ގިނަ ފަރުދުންގެ ތަނަވަސްކަމުގެ މަގަކީވެސް ގެދޮރުގެ ތަނަވަސްކަމެވެ. މިހެންވެ ގެދޮރާ ގުޅޭ މާލީ ކަންކަމުގެ…

ބަދަލުވަމުން އަންނަ ގެދޮރު އިމާރާތްކުރުމުގެ މާލީ ނިޒާމު

ކިޔާފައިވާ ޢަދަދު: 292

ބަދަލުވަމުން އަންނަ ގެދޮރު އިމާރާތްކުރުމުގެ މާލީ ނިޒާމު އިބްރާހީމް ސަލީމް 1993ވަނަ އަހަރުން ފެށިގެން، އާދަޔާ ޚިލާފަށް ގެދޮރު އިމާރާތްކުރުން (ހައުސިންގ ޑިވެލޮޕްމަންޓް) މިވަނީ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކުއްލިއަކަށް އިތުރުވެފައެވެ. އެމެރިކާއާއި ވިލާތުގެ ޤައުމުތަކާއި އޮސްޓްރޭލިއާއާއި ޖަޕާނުގައި މީހުން ދިރިއުޅުމާ ބެހޭ މޯގޭޖް (ރަހުނު)ގެ މާކެޓް ތަމްސީލު ކުރަނީ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)ގެ 50 އިންސައްތައާއި 100 އިންސައްތައާ ދެމެދެވެ. އަދި ހަމަ މިއާއެކު ގެދޮރު އިމާރާތްކުރުމުގެ ބާޒާރު މިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިވެސް ކުރިއަރަމުންނެވެ.…