ޝާކިރުގެ ޝުޢޫރު: ހިތުގައި ޖެހިއްޖެ!

ކިޔާފައިވާ ޢަދަދު: 142

ހިތުގައި ޖެހިއްޖެ! ޙަސަން ޝާކިރު މުޙައްމަދު ހިތުގައި ޖެހިއްޖެ  މިތުރާ ތިޔަދެއްކި  މޫނަކުން. ހިތުގައިމެ ހުރި އެ ހިތިކަން އިހުސާސުވާ ގޮތުން. ކުރެވުނު އެ އިންތިޒާރީ ފޮނިކަން ނުލިބި ހިތަށް، ކަރުނައިގެ ސައިލަކުން ލޯ ފުރުވައިފި ވީ ތަދުން. ދެއްކެވި އެ ކުލަ ފޮޓޯތައް، ފިރުމުންތަކާ އޮމާން، ކެއްސެއްކަމަށް ހަދާފައި ދުރުގައި  ބެހެއްޓުމުން. ހިތުގައި ތިލޯބި ފަނޑުވުން ނުވެޔޭ ނިހާޔަތަށް، ހިތުގައި މިޖެހި ނަފުސު މުޅި ބަލިކަށިވެ ދިއުމަކުން. ކެތްތެރިވެގެން  ހުރީމޭ  ނުނިދާމެ    ރޭދުވާ، ހެއްކެތް ނެތަސްމެ…

ޝާކިރުގެ ޝުޢޫރު: މުސްލިމުންގެ އަދުގެ ހާލަތާމެދު….!

ކިޔާފައިވާ ޢަދަދު: 121

މުސްލިމުންގެ އަދުގެ ހާލަތާމެދު….! ޙަސަން ޝާކިރު މުޙައްމަދު އަދުގެ  މުސްލިމް  ޖީލު   މިކުރާ   ފުން  ހިތާމަ  ނިހާޔަތޭ، އަދު ހިތާ ނަފުސަށް  ލިބޭ  އަނިޔާ  ނިމޭކަށް  އަދި ނެތޭ. އެކި  ދިމާގައި   އެކި  ގޮތަށް   ވޭނީ  ތުރާތައް   ލިބެވެމުން، އެކި ވަރަށް ގިސްލާ ރޮމުންދާ މުސްލިމުން  އަދަދެއް ނެތޭ. ކޮންމެ ނުސިޔާނީ ކަމެއްގައި  މުސްލިމުން  ބަދުނާމުކޮށް، އިއްވަމުންދާ  ހުތުރު  ތުހުމަތުގައި  އަބުރު  މިންޖެއް  ނެތޭ. ކުދި ދަރިންނާ  މުސްކުޅިންނާ  އަންހެނުންގެ…

ތިޔަ މޫނު ދެކޭކަށް ބޭނުމެއް ނޫން!

ކިޔާފައިވާ ޢަދަދު: 246

ތިޔަ މޫނު ދެކޭކަށް ބޭނުމެއް ނޫން! ޙަސަން ޝާކިރު މުޙައްމަދު މޫނު ތިޔަ ފެންނާކަށެއް ދުވަހަކު  ވިޔަސް  ބޭނުން ނުވޭ ހޫނު ތި ހިތުގެ މި ހިތަކަށް ލިބުމެއް އަލުން  ބޭނުން ނުވޭ ހަނދުވަރާ އަލިކަން  ތިބާއާ ގުޅި   ޖަރީ  ވެވިފައި  ވިޔަސް ހަނދުމަކޮށް ތިޔަ [ހަނދު] ގެ އަލިކަން މެންދަމަސް ބޭނުން ނުވޭ ކައިރިކައިރިން ހުވަނދު ލައިގެން ބުރުތަކެއް އަޅަމުން ދިޔަސް ގައިގެ ވަސް ވެސް ދެން ދެކޭކަށް  އަމުދަކުން ބޭނުން ނުވޭ ލަވަތަކާ…

އީދު މުބާރިކު…..!

ކިޔާފައިވާ ޢަދަދު: 257

                                                 އީދު މުބާރިކު…..! ޙަސަން ޝާކިރު މުޙައްމަދު އީދު   އައުމުން    ދީބު     އަލިކޮށް    ދީފިއޭ،             ވީ   ދުވަސްތައް      ވަކިވަކިން،     ގުޅުވައިފިއޭ. އެރަށު   މީހުން  މިރަށުގައި،   އައިސް  އެކުވެގެން،             ދެ  ރަށު   މީހުން   ގުޅި     ބަދަހިކަން   ދީފިއޭ. މާތްވި އިސްލާމީ މި އުންމަތް  އެކުލަވައި ތަކުބީރުގައި،             ގާތްވެ މަތިވެރި ޙަޟުރަތަށް ކުއްތަންވެ އަތްއުފުލައިފިއޭ ހެޔޮބަހާ   ހިތްހެޔޮކަމާއެކު   ބަދަލުވާ   ހަދިޔާތަކުން،             ހެޔޮ ނަސީބުގެ ދަރުމަވެރި މަގުތައް އަލުން…

ލިޔުންތެރީންގެ ގުޅުމުން އެމް.އީ.ސީ.އަށް ފޮތް ހަދިޔާކޮށްފި

ކިޔާފައިވާ ޢަދަދު: 308

 ލިޔުންތެރީންގެ ގުޅުމުން އެމް.އީ.ސީ.އަށް ފޮތް ހަދިޔާކޮށްފި ޙަސަން ޝާކިރު މުޙައްމަދު ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ [ލިޔުންތެރީންގެ ގުޅުމުން] އޮޅުދޫކަރައިގައި ހުންނަ، މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރަށް ފޮތް ހަދިޔާކޮށްފިއެވެ. މިފޮތްތަކުގެ ތެރޭގައި ދީނީ، ޢިލްމީ، އަދަބީ، ފޮތާއި މަޖައްލާގެ 50 އަށް ވުރެ ގިނަ ފޮތް ހިމެނެއެވެ. އެ ސެންޓަރަށް މިފޮތްތައް ހަވާލު ކުރެއްވީ، ކޮޅުނބުގައި ބޭއްވުނު އަދަބީ އިޑުގައި ބައިވެރިވެވަޑައިގަތް، ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރު އަދި މުއައްސިސެއް ކަމުގައިވާ އަލްފާޟިލް ރޯނުގޭ…

އީދު އައުމުން…..!

ކިޔާފައިވާ ޢަދަދު: 197

އީދު އައުމުން…..! ޙަސަން ޝާކިރު މުޙައްމަދު އަޅުކަމާ  ތަޤްވާގެ  މޫސުންކޮށް  އުޖާލާ  ދީފިއޭ ފަޅުކަމާ  ނާމާން ކަމަށް   ތާޒާ  ބަހާރެއް ދީފިއޭ އަޅުތަކުންގެ  އިލާހު  އީދުގެ  ހާއުފާވެސް ދީފިއޭ ފިޠުރު މަތިވެރިވީ ޒަކާތުން ބަދަހިކަން ގެނުވައިދެމުން އިތުރު އުންމީދާ އުފާވެރިކަމުގެ  ކުލަތައް ފަތުރަމުން ހިތުގެ ލޯތްބާ ކުލުނުވެރިކަން  ހެޔޮމަގުން ލިބިދީފިއޭ ފުއްސަވައިދިޔަ ފާފަތައް އަނބުރާ ނުކުރުމަށް އަޒުމުގައި ރުއްސަވާ މަގުގައި ހަޔާތުގެ ފަހު ދުވަސްތައް ގުނުމުގައި ފުސްކަމެއްނެތި މުޅި ހަޔާތަށް  އަދު ދިރުން ލިބިދީފިއޭ އީދު މަތިވެރިވީ…

ޝިޔާމްގެ ފުރަތަމަ ވާހަކަ: ”އިބުރާހިމްގެ ހުވަފެން” ނެރުއްވައިފި!

ކިޔާފައިވާ ޢަދަދު: 334

ޙަސަން ޝާކިރު މުޙައްމަދު ލިޔުންތެރީންގެ ގުޅުމުގެ މެންބަރެއްކަމުގައިވާ ގ.ހުދުރުވާ އަލްފާޟިލް އަޙްމަދު ޝިޔާމް ލިޔުއްވި ފުރަތަމަ ވާހަކަ ފޮތް [އިބުރާހިމްގެ ހުވަފެން] ބުރާސްފަތި ދުވަހު ހަވީރު ނެރުއްވައިފިއެވެ. ހ.ލޯޖެހިއާގޭގައި ބޭއްވުނު ކުޑަ ހަފުލާއެއްގައި އިބުރާހިމްގެ ހުވަފެން ނެރުއްވައިދެއްވީ، ޝިޔާމްގެ ލޮބުވެތި ބައްޕަ އަލްފާޟިލް މުޙައްމަދު އަޙްމަދާއި މަންމަ އަލްފާޟިލާ ޝަރީފާ ޙަސަނެވެ. ޝިޔާމްގެ މި ވާހަކައަކީ، 2004 ވަނަ އަހަރު ކޮޅުމަޑުލަށް ކުރެއްވި ދަތުރެއްގައި އެ އަތޮޅުގެ ރަށަކުން ބައްދަލުވި ދެ މީހެއްގެ ހަޔާތުގެ ހަގީގީ ހާދިސާއެއްގެ…

އެކެޑަމީ އިނާމު 2017: ލިޔުންތެރީންގެ ގުޅުމުގެ ދެ މުއައްސިސުންނާއި ދެ މެންބަރުން ހާސިލުކުރައްވައިފި!

ކިޔާފައިވާ ޢަދަދު: 236

އަދަބީ މުރާސިލު ދިވެހިބަހުގެ އެކެޑަމީން މިއަހަރު އަލަށް ދެއްވަން ފެއްޓެވި އެކެޑަމީ އިނާމު، ލިޔުންތެރީންގެ ގުޅުމުގެ ދެ މުއައްސިސުންނާއި ދެ މެންބަރުން ހާސިލު ކުރައްވައިފިއެވެ. ބުދަ ވިލޭރޭ ދިވެހިބަހުގެ އެކެޑަމީން އޮލިމްޕަހުގައި ބޭއްވެވި އެކެޑަމީ އިނާމު ދެއްވުމުގެ ރަސްމިއްޔާތުގައި އިނާމު ހާސިލުކުރެއްވި ފަސް ބޭފުޅުންގެތެރެއިން ހަތަރު ބޭފުޅުންނަކީ، ލިޔުންތެރީންގެ ގުޅުމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. އެގޮތުން ދިވެހި ތާރީޚުގެ ދާއިރާއިން ތާރީޚުގެ ފޮތް އެކުލަވައި ލިޔުމުގެ ރޮނގުން [ޙަސަން ތާޖުއްދީނު އިނާމު] ހާސިލުކުރެއްވީ ލިޔުންތެރީންގެ ގުޅުމުގެ އެއް މުއައްސިސުކަމުގައިވާ…

އަލްފާޟިލް ކ.ދ.އަޙްމަދު މަނިކު އަވަހާރަވެއްޖެ!

ކިޔާފައިވާ ޢަދަދު: 284

ލިޔުންތެރިއެއް އަދި ޅެންވެރިއެއް ކަމުގައިވާ ގ.ޝޭޑީގްރޯވް އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު މިރޭ އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް ކ.ދ.އަޙްމަދު މަނިކަކީ، ވަރަށް އިޚްލާޞްތެރިކަމާއި ހީވާގި ކަމާއެކު، ދައުލަތުގެ މުހިންމު ގިނަ ވަޒީފާތަކެއް އަދާކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. އަލްފާޟިލް ކ.ދ.އަޙްމަދު މަނިކަކީ އަދަބީ ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާއާއި ދިވެހިނާދީގެ މުހިންމު މަގާމުތަކެއްވެސް ފުރުއްވާފައި ވެއެވެ. އަދި [ޢިލްމީ އޮއިވަރު] މަޖައްލާއާއި [ހުވަނދު] މަޖައްލާގެ މަގާމުތަކެއް ވެސް ފުރުއްވާފައި ވެއެވެ. އޭނާ…

އުތުރުކަރައިގެ އަންހެނުންގެ ” ބޮޑުމާލޫދު” ޕޮންގަލަ

ކިޔާފައިވާ ޢަދަދު: 907

ކޮންމެ ދީނެއްގެ ކޮންމެ ސަގާފަތެއްގެ ބައެއްގެތެރޭގައި ތަފާތު އާދަކާދަތަކެއް ހުރެއެވެ. ފާހަގަކުރާ ތަފާތު މުނާސަބަތުތަކެއް ހުރެއެވެ. ދީނީ މުނާސަބަތެވެ. ގައުމީ މުނާސަބަތެވެ. މިނޫން ވެސް ތަފާތު މުނާސަބަތެވެ. އެފަދަ މުނާސަބަތުތައް އެންމެ ފުރިހަމައަށް ފެންނަނީ، އެ ތަނަކަށް ދެވުމުން ނެވެ. ބައެއް ފަހަރަށް ޓީ.ވީ.ޕްރޮގްރާމަކުން އެފަދަ މަންޒަރެއް ނުފެންނަ ވާހަކައެއް ނޫނެވެވެ. ނަމަވެސް ހަމަލޮލުން ކަމެއް ދުށުމާއި ފިލްމަކުން ފެނުމާ ވަރަށް ތަފާތު ނޫންތޯއެވެ. އަޅުގަނޑު ދަންނަވައިލަން މިއުޅެނީ ބައެއްގެ ދީނީ މުނާސަބަތެއްގެ ވާހަކައެވެ. ނަމަވެސް އެއްގޮތަކަށްވެސް…