ހީލަތްތެރި ހަޖާމު

ކިޔާފައިވާ ޢަދަދު: 196

ހީލަތްތެރި ހަޖާމު މުތަރުޖިމު: މުޙައްމަދު ދީދީ (ހިތްފަހި)  އަހަރުމެންނަށް ވަރަށްރަނގަޅަށް އެނގޭނެފަދައިން ބިރުބަލް ވަޒީރަކީ ހަމައެކަނި އަކުބަރު ރަސްގެފާނުން އެންމެ ގާތް، އެންމެ ރުހިވަޑައިގަންނަވާ ވަޒީރުގެ އިތުރުން އާއްމު މީހުންވެސް އޭނާއަށް ވަރަށް ރުހޭ ލޯބިވާ ވަޒީރެކެވެ. އެހެނީ، އޭނާގެ ކިބައިގައި  ހުންނަ ހާޒިރު ޖަވާބު ދިނުމުގެ ކުޅަދާނަކަމާ ވިސްނުން ތޫނު ކަމުންނެވެ. މީސްތަކުން ވަރަށްދުރު ހިސާބުތަކުން ދަތުރު ކޮށްފައި އޭނާގެ ގާތަށް ބޮޑެތި ކަންތަކުގެ މަޝްވަރާ ހޯދުމަށް އައިސް ހަދަނީ ވަރަށްގިނައިންނެވެ. ކޮންމެއަކަސް، މިކަންމިގޮތަށް ހިނގާތީ، ރަސްގެފާނުގެ…

ރާމާމަކުނާއި ކިނބޫ

ކިޔާފައިވާ ޢަދަދު: 299

 ރާމާ މަކުނާއި ކިނބޫ ތަރުޖަމާ: މުޙައްމަދު ދީދީ (ހިތްފަހި) އެއްޒަމާނެއްގައި، ވަރަށް ބުއްދިވެރި ރާމާމަކުނެއް ވަރަށް މީރު ރަތް ސޭބޫ އަޅާ ގަހެއްގައި ދިރިއުޅުނެވެ. މި މަކުނު އުޅެމުންދަނީ ވަރަށް އުފަލުގައެވެ. އެހެން އުޅެނިކޮށް އެއް ދުވަހަކު، ކިނބުލެއް އެގަސް ކައިރިއަށް އަތުވެއްޖެއެވެ. އެތަނަށް އައިސް މަކުނު ކައިރީގައި ބުނެފިއެވެ. “އަހަރެން މިހިސާބަށް މިއައީ ކާނެ އެއްޗެއް ހޯދުމަށް ވަރަށް ދުރުން ދަތުރުކޮށްފައެވެ. އަހަރެން މިވަނީ ހާންތިވާވަރުވެފައެވެ.”  އެހެން ބުނުމުން، އޯގާތެެރި މަކުނު އެގަހުން ކުޑަ ސޭބޫ ކޮޅެއް…

ސިންގާ ބިރުގަތުން

ކިޔާފައިވާ ޢަދަދު: 392

ސިންގާ ބިރުގަތުން މުޙައްމަދު ދީދީ (ހިތްފަހި) ޖަނަވާރަކީވެސް އިންސާނުން ފަދައިން އެއްވެސް ކަމަ-ކަށްނުވާ ކަންތަކާ ބިރުގަންނަ މަޚްލޫޤެކެވެ. މިފަހަރުމިހުށަހަޅަނީ އެފަދަ ހާދިސާއެއްގެ ވާހަކައެކެވެ. އެއްސަހަރެއްގައި އުޅުނު ސިންގާއެކެވެ. ސިންގާއަކީ،ބިރުކުޑަ ހުސިޔާރު ޖަނަވާރެކެވެ. އަދި ހަމައެހެންމެ،ޖަންގަލީގެ ރަސްގެފާނުކަމަށް ބެލެވޭ ޖަނަވާރުވެސް މެއެވެ. އެހެންނަމަވެސް، މިސިންގާ ވަރަށް ބިރުގަންނައެއްކަމެއް އޮވެއެވެ. އެ ކަމަކީ، ހާ ގޮވާ އަޑުއިވުމެވެ.ހާ ގޮވާ އަޑު އިވިއްޖެނަމަ އެސޮރު ބިރުންގޮސް މުޅިހަށިގަނޑުން ހީބިހި ނަގައިގެންދެއެވެ. އެއްދުވަހަކު، ސިންގާ ގަންނަ ބިރުގެ ވާހަކަ ރަޙުމަތްތެެރި އެތަކަށް ކިޔައިދީފިއެވެ. އެ…

ވިސްނުންތެެރި ބީރުބަލް ވަޒީރު

ކިޔާފައިވާ ޢަދަދު: 361

ވިސްނުންތެެރި ބީރުބަލް ވަޒީރު ތަރުޖަމާ: މުޙައްމަދު ދީދީ (ހިތްފަހި) އެއްދުވަހަކު، އަކުބަރު ރަސްގެފާނު އަޅުއްވާ އަނގޮޓިފުޅެއް ގެއްލިއްޖެއެވެ. ބީރުބަލް ވަޒީރު އެ ދުވަހު ގަނޑުވަރަށް ވަޑައިގަތުމުން އެ ވާހަކަ ބީރުބަލް ވަޒީރު އަރިހުގައި ރަސްގެފާނު ވިދާޅުވެއްޖެއެވެ. ” ބިރުބަލް އަޅުގަނޑު އަޅައިގެން އުޅޭ އަނގޮޓިއެއްގެއްލިއްޖެ. އެއަނގޮޓި އެއީ އަޅުގަނޑުގެ ބައްޕަ ދެއްވި އަނގޮޓިއެއް. އެކަމާ އަޅުގަނޑު މިހުރީ ވަރަށް ދެރަވެފައި، އެ އަނގޮޓި އަޅުގަނޑަށް ހޯއްދަވައި ދެއްވާ.” “މާތް ސާހިބާ! އެކަމާ ކަންބޮޑުވެ ވަޑައިނުގަންނަވާ އަޅުގަނޑުއެ އަނގޮޓިފުޅު…

ކުޑަކުދިންނަށްޓަކައި: ދިވެހިރާއްޖޭގެ މޫސުން

ކިޔާފައިވާ ޢަދަދު: 390

ކުޑަކުދިންނަށްޓަކައި ދިވެހިރާއްޖޭގެ މޫސުން ދިވެހިރާއްޖޭގައި އޮންނަނީ ދެމޫސުމެވެ. އެއީ އިރުވައިމޫސުމާއި ހުޅަނގުމޫސުމެވެ. އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޑިސެމްބަރު މަހުން ފެށިގެން މާޗްމަހުގެ ނިޔަލަށެވެ. ހުޅަނގުމޫސުމަކީ އޭޕުރިލުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރުމަހުގެ ނިޔަލަށެވެ. ކޮންމެ މޫސުމެއްވެސް ބެހިފައިވަނީ ނަކަތްތަކެއްގެ މައްޗަށެވެ. އިރުވައިމޫސުމުގެ ނަކަތްތަކަކީ: މުލަ               (10ޑިސެމްބަރުން 22 ޑިސެމްބަރަށް) ފުރަހަޅަ          (23 ޑިސެމްބަރުން 5 ޖެނުއަރީއަށް) އުތުރުހަޅަ        (6 ޖެނުއަރީން…

ބުޅަލުގެ ދިރިއުޅުން

ކިޔާފައިވާ ޢަދަދު: 541

ބުޅަލުގެ ދިރިއުޅުން މުޙައްމަދު ދީދީ (ހިތްފަހި) ފިރުދައުސް ވަރަށް ލޯބިން ގެންގުޅޭ ބުޅަލެއް އޭނާގެ އޮވެއެވެ. އެބުޅަލުގެ ނަމަކީ ޝަނީއެވެ. މިބުޅާ ގެންގުޅޭލެއް މޮޅުކަމުން އެސޮރު ފިސާރި ކަންނެތްވެފައި އަދި އެހާމެ ބޮޑާގޮތެއްވެސް ހުރެއެވެ. ޝަ ނީއަށް ކާންދެނީވެސް ބުޅަލަށް ޚާއްޞަކޮށް ހަދާފައި ހުންނަ ދަޅުގައި ބަންދުކުރި އަގުބޮޑު ކާނާއެވެ. ޝަނީ ފާޚާނާކުރު ވުމަކީވެސް ކުޑަކުއްޖަކު ފައިހިއްޕާ ހެދުމަށްވުރެ ބޮޑު އުނދަގޫ ކަމެކެވެ. ފިރުދައުސްގެ ދެމަފިރިން އޮފީހުގައި ބުރަކޮށް އުޅެމުންވެސް މިބުޅަލުގެ ކަންތައް ވަރަށް ބަރާބަރަށް ކުރެއެވެ.…

ކުޑަކުދީންނަށް ޚާއްސަ: ކަޅު ކޮތަޅު

ކިޔާފައިވާ ޢަދަދު: 415

ކުޑަކުދީންނަށް ޚާއްސަ ކަޅު ކޮތަޅު އިބްރާހީމް ހުސެން މަނިކު ހޮނިހިރު ދުވަހެކެވެ. ފަތިސް ކޮޅު ގަދަޔަށް ގުގުރާފައި ބޯކޮށް ވެހެން ފެށި ވާރޭ ހެނދުނު އަށެއް ޖެހި އިރު ވެސް މުޅިން ކަނޑައިގެނެއް ނުދެއެވެ. ތިކިތިކިން ތަޅަތަޅައިފައި އަނެއްކާވެސް ބޯކޮށްލަނީއެވެ. ނުވަތަ ތުނިތުނިކޮށް ވެހިލަވެހިލައި އޮންނަނީއެވެ. އުޑުމަތި ހީވަނީ ކަޅުތިމަރައިގެ މުކައްބައެއް ހެންނެވެ. ވައިރޯޅި ވަރަށް މަޑެވެ. ޖައްވު ފިންޏެވެ. ހެނދުނު ނާސްތާއަށް ފަހު ހަދާނެ ހޯމްވޯކެއް ނުވަތަ ގޭގައި ކުރާނެ އެހެންވެސް ކަމެއް ނެތުމާއެކު އިޔާން…

ސިއްސުވާލި ސުވާލު

ކިޔާފައިވާ ޢަދަދު: 718

ސިއްސުވާލި ސުވާލު ތަސްނީމް ޢަލީ އަލްސަންއަކީ ކޮމްޕިއުޓަރުންނާއި ފޯނުން ތަފާތު ގޭމުތައް ކުޅުމުގައި ވަގުތު ހޭދަކުރާ ކުއްޖެކެވެ. ސްކޫލުން ގެއަށް އައިސް ކެއުމުގެ ކުރީގައި އަލްސަން ގޭމް ކުޅެން ފަށައެވެ. ކެއުމާއި ނިދުމާއި ކިޔެވުމަކީ އަލްސަން ކުރާހިތުން ކުރާ ކަމެއް ނޫނެވެ. ނަމާދުކޮށް ގުރުއާން ކިޔެވުމަކީ އަލްސަން އެއްގޮތަކަށްވެސް ކުރާ ކަމެއް ނޫނެވެ. ސްކޫލަށް ގޮސްފައިވެސް އަލްސަން ކުރާ ކަމަކީ ގޭމްތަކާއި ކާޓޫނުތަކުގެ ވާހަކަ ދެއްކުމެވެ. ފިލާވަޅު ފުރިހަމަ ކުރާނީ ގަޑިޖެހެން ކައިރިވީމައި “އަމާ ބުނީތީ ފަރަށް…

ކުޑަކުދިންނަށް ޚާއްސަ: މާކެޔޮޅުބެ އާއި ކަނޑުގެ ބިޔަ

ކިޔާފައިވާ ޢަދަދު: 2071

 މާކެޔޮޅުބެ، ހިބަރެއް ބާނާނަމޭ ހިތައި ބޮޑު ނަނުގައި ދިރޭ ރާގޮނޑިއެއް ޖަހައި ދޫކޮށްގެން އިނެވެ. އޭނާގެ ހަތްރިޔަނުގެ ރީތި ވަދުދޯނި އޮތީ ރިޔާ ދޫކޮށްލައި އޮޔާއި ވަޔަށް ދީފައެވެ. ރަށްތައް އެތުރިފައި ހުރި އަތޮޅު ދުންޏާ މާދުރެއްގައެއް ނޫނެވެ. އެހެންވެސް މިވަރުގެ ވަރަށް ގިނަ ވަދުދޯނި ފަހަރު ހަތަރު ފަސްމޭލެއްހައި އުތުރުގައި އަތްއަތަށް އަނބުރައަނބުރާފައި އުޅެއެވެ. ދެކުނުން ވެސް ބައެއް ދޯނިފަހަރު ފެނެއެވެ. އޭގެ ތެރޭގައި މާކެޔޮޅުބެއެކޭ އެއްގޮތަށް ރިޔާދޫކޮށްލައިގެން ހިބަރު ބާނަން އުޅޭ ދޯނިފަހަރު ވެސް…

ކުޑަކުދީންނަށް ޚާއްޞަ: ގެލެޑީ (2)

ކިޔާފައިވާ ޢަދަދު: 1431

(17 ސެޕްޓެމްބަރ 2016 ގައި ޝާއިޢުކުރި ބަޔާ ގުޅޭ) ދެރައްޓެހީން ދިމާވެގެން ގެލެޑީ ސަލާމަތްކުރެވޭނެ ގޮތަކާ މެދު ވާހަކަދައްކަމުން އަކިރި ހޮވަމުން އަތިރިމަތި އޮތް ގޮތަށް ދެކުނަށް ބެހެއްޓިއެވެ. އިރާކޮޅު ނަމަވެސް މާކަ ގިނަ ދުއްވާ އެއްޗިއްސެއް މަގަކުން ދަތުރެއް ނުކުރެއެވެ. ހިތްފަސޭހަކޮށްލަން ނިކުމެ އުޅޭ ޒުވާން ޖޯޑުތައް އަތިރިމަތީ އަތުގުޅާލައިގެން ހިނގާތީ ފެނެއެވެ. ބައެއް ޖޯޑުތައް ރާޅު އަރައި ހިސާބުން އެއްގަމުގައި ހިކި ދޮންވެލިގަނޑު މަތީ އިށީނދެލައިގެން ވެއްޔާ ކުޅެލަކުޅެލައި ތިއްބެވެ. ބައްޕަޔަކު ކުޑަދެދަރީން ދެއަތުލައިގެން…