اللَّهُ ހަނދުމަކުރުމުގެގޮތުން ކުރެވޭ ކަންކަމުގެތެރެއިން، ސާބިތު ދުޢާތައް ކިޔުމުގައި ދެމިތިބުން (6)

ކިޔާފައިވާ ޢަދަދު: 51

اللَّهُ ހަނދުމަކުރުމުގެގޮތުން ކުރެވޭ ކަންކަމުގެތެރެއިން، ސާބިތު ދުޢާތައް ކިޔުމުގައި ދެމިތިބުން (6)  އަޙްމަދު ފާރޫޤް މުޙައްމަދު ހަވީރުގެ ދުޢާތައް: ހެނދުނު ކިޔުމަށް ވާރިދުވެގެންވާ ދުޢާތަކާއި، ހަވީރުގެ ދުޢާތަކާދެމެދު މާބޮޑު ތަފާތެއް ނެތެވެ. އޮތްހާވެސް ތަފާތަކީ، އެ ދުޢާއެއްގެ ޢިބާރާތުގައި (صَبَاحُ) ހެނދުނު ގެ ވާހަކަ އައިސްފައިވާ ތަންތަން (مَسَاءُ) ހަވީރަށް ބަދަލުކޮށްލުމެވެ. މި ބަދަލު ގެންނަން ޖެހޭނީ، ހެނދުނު ކިޔުމަށް ބަޔާންވެފައިވާ ދުޢާތަކުގެތެރެއިން ނަންބަރު (5) ، (6) ، (8) ، (9) ، (17)…

ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް  ދެމެހެއްޓުމަށްޓަކައި ކުރެވިފައިވާ ގިނަގުނަ މަސައްކަތުގެތެރެއިން

ކިޔާފައިވާ ޢަދަދު: 341

ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް  ދެމެހެއްޓުމަށްޓަކައި ކުރެވިފައިވާ ގިނަގުނަ މަސައްކަތުގެތެރެއިން އަޙްމަދު ފާރޫޤް މުޙައްމަދު   ޙަދީޘްތައް ޝަރަޙަ ކުރެއްވުން:   ސުނަނު އަބީދާވުދު: އަލްއިމާމު މުޙައްމަދު ބުނު އިސްމާޢީލުލް ބުޚާރީއާއި، އަލްއިމާމު މުސްލިމު ބުނު އަލްޙައްޖާޖު އައްނައިސާފޫރީ އާ ދެބޭކަލުންނަކީ، އެ ދެ ބޭކަލުންގެ ފޮތުގައި ޞައްޙަ ޙަދީޘެއްނޫނީ ބަޔާން ނުކުރައްވާނެކަމަށް ޝަރުޠުކުރައްވައި، އެ ގޮތުގެމަތިން އެ ބޭކަލުންގެ ފޮތުގައި ޙަދީޘްތައް ލިޔުއްވި ދެ ބޭކަލުންނެވެ. [ޝަރްޙުސުނަނި އަބީދާވުދު] ޝިހާބުއްދީނު…

ސަމާސާ އަދަބު

ކިޔާފައިވާ ޢަދަދު: 275

ސަމާސާ އަދަބު ޤައުމީ ދުވަހެއްގެ ވާހަކަ ޢަބްދުﷲ ޞާދިޤު އެއް އަހަރެއްގެ ޤައުމީ ދުވަހު އެދުވަސް ފާހަގަކުރުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން އަޅުގަނޑަށް ބައިވެރިވާން ޖެހުނެވެ. ޖަލްސާކުރާ މާލަމަށް ވަދެ، އިށީނދެ ހަމަޖެހިލައިގެން ބަލާލިއިރު ކުރިމަތީގައި ޕުރޮގްރާމް އޮތެވެ. އޭގައި ކުރަންވީ ކަންތައްތަކާއި ހަދަންވީ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި އޮތެވެ. ފުރަތަމަ ކުއްޖަކު ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވައިފިއެވެ. ވަރަށް ހިތްގައިމު ރާގަކަށެވެ. އަޅުގަނޑުގެ ހިތަށްވެސް ވަރަށް އަސަރުކުރިއެވެ.…

ބުޅަލުގެ ދިރިއުޅުން

ކިޔާފައިވާ ޢަދަދު: 419

ބުޅަލުގެ ދިރިއުޅުން މުޙައްމަދު ދީދީ (ހިތްފަހި) ފިރުދައުސް ވަރަށް ލޯބިން ގެންގުޅޭ ބުޅަލެއް އޭނާގެ އޮވެއެވެ. އެބުޅަލުގެ ނަމަކީ ޝަނީއެވެ. މިބުޅާ ގެންގުޅޭލެއް މޮޅުކަމުން އެސޮރު ފިސާރި ކަންނެތްވެފައި އަދި އެހާމެ ބޮޑާގޮތެއްވެސް ހުރެއެވެ. ޝަ ނީއަށް ކާންދެނީވެސް ބުޅަލަށް ޚާއްޞަކޮށް ހަދާފައި ހުންނަ ދަޅުގައި ބަންދުކުރި އަގުބޮޑު ކާނާއެވެ. ޝަނީ ފާޚާނާކުރު ވުމަކީވެސް ކުޑަކުއްޖަކު ފައިހިއްޕާ ހެދުމަށްވުރެ ބޮޑު އުނދަގޫ ކަމެކެވެ. ފިރުދައުސްގެ ދެމަފިރިން އޮފީހުގައި ބުރަކޮށް އުޅެމުންވެސް މިބުޅަލުގެ ކަންތައް ވަރަށް ބަރާބަރަށް ކުރެއެވެ.…

ދުނިޔޭގައިހުރި އެންމެ ދުވަސްވީ ޔުނިވަރސިޓީ، اللَّهُ އަށްޓަކައި ކުރެވުނު ހޭދައެއްގެ ދިރިހުރި މިސާލެއް (3)

ކިޔާފައިވާ ޢަދަދު: 363

ދުނިޔޭގައިހުރި އެންމެ ދުވަސްވީ ޔުނިވަރސިޓީ، اللَّهُ އަށްޓަކައި ކުރެވުނު ހޭދައެއްގެ ދިރިހުރި މިސާލެއް  (3) އަޙްމަދު ފާރޫޤް މުޙައްމަދު ޣައިރުމުސްލިމު ޢިލްމުވެރިން: ޤަރުވިއްޔީން ޔުނިވަރސިޓީ އުފެދިގެން އައި ދުވަސްވަރު ދިމާވަނީ، ޔޫރަޕްގެ ތަޢުލީމީ ކުރިއެރުން އިސްލާމީ ދުނިޔެއަށްވުރެ އެތައްތަނެއް ފަހަތުގައިވާ ދުވަސްވަރާއެވެ. ނަތީޖާއެއްގެގޮތުން ޤުރްޠަބާއާއި، ފާސްއާއި، ބަޣުދާދުގެ ތަޢުލީމީ މަރުކަޒުތަކުން ޢިލްމީ ކަރުހިއްކުން ފިލުވުމަށްޓަކައި ޔޫރަޕްގެ އެކި ކަންކޮޅުތަކުން ދަރިވަރުން އައިސް އުޅުނެވެ. އެހެންކަމާއެކު ޤަރުވިއްޔީން ޔުނިވަރސިޓީގެ ދަސްވެނިންގެތެރޭގައި މުސްލިމު ނޫން ޢިލްމުވެރިންވެސް ހިމެނިވަޑައިގަތެވެ. ތިރީގައި އެވަނީ…

ދުނިޔޭގައިހުރި އެންމެ ދުވަސްވީ ޔުނިވަރސިޓީ، اللَّهُ އަށްޓަކައި ކުރެވުނު ހޭދައެއްގެ ދިރިހުރި މިސާލެއް (1)

ކިޔާފައިވާ ޢަދަދު: 335

ދުނިޔޭގައިހުރި އެންމެ ދުވަސްވީ ޔުނިވަރސިޓީ، اللَّهُ އަށްޓަކައި ކުރެވުނު ހޭދައެއްގެ ދިރިހުރި މިސާލެއް (1)   އަޙްމަދު ފާރޫޤް މުޙައްމަދު ހެޔޮނިތުގައި اللَّهُ އަށްޓަކައި ކުރެވޭ ދެމިގެންވާ ޞަދަޤާތަކީ އެ ކަންކުޅަ މީހަކަށް އޭގެ ސަވާބު މެދުނުކެނޑި ލިބިދެއްވާނެ ކަމެއްކަމުގައި އަންގަވާފައިވެއެވެ. މިއަދު ދުނިޔޭގައިހުރި އެންމެ ދުވަސްވީ މަތީ ތަޢުލީމުގެ މަރުކަޒަކީ، ނުވަތަ ޔުނިވަރސިޓީއަކީ މި ދެންނެވިފަދަ ދެމިގެންވާ ޞަދަޤާތެއްގެ ހަނދާނެކެވެ. ޔުނެސްކޯ އާއި، ގިނީސްވޯލްޑް ރެކޯޑްފަދަ ބައިނަލްއަޤްވާމީ ފަރާތްތަކުން ވެސް އިޢުތިރާފުވެ، އެއްބަސްވާގޮތުގައި، މޮރޮކޯގެ ފާސް…

اللَّهُގެ މަގުގައި ހޭދަކުރެއްވުމާއި ކިޔަމަންތެރިކަން އަދާކުރެއްވުމުގައި އައްޞިއްދީޤާއި، އަލްފާރޫޤުގެ ވާދަވެރިކަން

ކިޔާފައިވާ ޢަދަދު: 633

اللَّهُގެ މަގުގައި ހޭދަކުރެއްވުމާއި ކިޔަމަންތެރިކަން އަދާކުރެއްވުމުގައި އައްޞިއްދީޤާއި، އަލްފާރޫޤުގެ ވާދަވެރިކަން އަޙްމަދު ފާރޫޤް މުޙައްމަދު  اللَّهُ އަށް ތަޤްވާވެރިވެ، ހެޔޮޢަމަލުތައްކުރުމުގައި އެކަކަށްވުރެ އަނެކަކު، އެއް ބަޔަކަށްވުރެ އަނެއްބަޔަކު ގަދައަޅައި މަސައްކަތްކޮށް ކުރިއަތުލުމަށް، اللَّهُ ތަޢާލާ އަމުރުކުރައްވާފައިވެއެވެ. އެހެންކަމާއެކު، اللَّهُ ގެ ޙަޟުރަތުން ލިބެންހުރި މަތިވެރި ދަރަޖައަށް ދަހިވެތިވާ ބަޔަކު އެ މަތިވެރި މަޤާމު ލިބުންއެދި، ގަދައަޅައި މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކާ ވާދަކުރުމަކީ ޙައިރާންވާންވީ ކަމެއްނޫނެވެ. اللَّهُ ވަޙީކުރައްވާފައިވެއެވެ. {وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا…

ހެޔޮކަމެއް ކުރަންއުޅެ އަމިއްލައަށް ނަރަކައަށް ވެއްޓިގަންނައެއްޗެއް ނޫނެވެ. (2)

ކިޔާފައިވާ ޢަދަދު: 387

ހެޔޮކަމެއް ކުރަންއުޅެ އަމިއްލައަށް ނަރަކައަށް ވެއްޓިގަންނައެއްޗެއް ނޫނެވެ. (2) އަޙްމަދު ފާރޫޤް މުޙައްމަދު ރަމަޟާންމަސް ކުރިމަތިވާކަން އެކަކު އަނެކަކަށް އެންގުމުގައި އިސްނަގައިފި މީހަކަށް، ނަރަކަ ޙަރާމްކުރައްވާނެކަމަށް ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާކަމަށް ބުނެ ފޮނުވާފައިވާ މެސެޖަކާގުޅޭގޮތުން މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބު، އުރުދުން ސަރުކާރުގެ ފަތުވާ ވެބްސައިޓްގައި، ފަތުވާ ނަންބަރު: 3277 ގައި ވެއެވެ. އެ ވެބްސައިޓުގައި އެ ސުވާލަށް މިފަދައިން ޖަވާބުދެއްވާފައިވެއެވެ. [ޖަވާބު: ޙަމްދު ޞަލަވާތަށްފަހު، ރަމަޟާންމަސް ކުރިމަތިވެގެން އަންނަކަން…

ދަރަޖަ ރައްދުވަނީ ޝަޚްޞަށެވެ.

ކިޔާފައިވާ ޢަދަދު: 208

ދަރަޖަ ރައްދުވަނީ ޝަޚްޞަށެވެ. އާދަމް ނަޞީރު އިބްރާހީމް (2011) ‘މުނިސިޕަލްޓީން ނިކުމެގެން އަޅުގަނޑު ހިނގައިގަތީ، ރައީސް އޮފީހާ ދިމާޔަށެވެ! ކުއްލިޔަކަށް ރައީސް އޮފީހު ގޭޓު ހުޅުވިއްޖެ އެވެ. ހެޔޮވަރުގެ މަޑު ދުވެއްޔެއްގައި ނިކުމެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅެވެ. ކާރުކޮޅު މިސްރާބު ޖެއްސެވީ އިރަށެވެ. ދެން ހުރަވީ ބިލްޑިންގުގެ އިރުން އޮންނަ މަގުން ދެކުނަށް ލަނބައިލައްވައިގެން، ކުރިޔަށްވުރެ ހަރުދުވެއްޔެއްގައި އެވަޑައިގަތްގޮތަށް ވަޑައިގަތީ، މުލިޔާގެ އަށެވެ!” އެކުވެރި ކިޔުންތެރިޔާ އެވެ! ތިޔަ އިންނެވީ ސުވާލުތަކެއްގެ ތެރޭގައިހެން ހާދަވީވެއެވެ! އެހެންކަމަށްވާނަމަ، އިޒުނަފުޅަށް އެދި…

އިސްލާމްދީނުގެ ނަޒަރުގައި އަމާނަތަކީ ވަރަށް މާނަފުން ބަހެކެވެ.

ކިޔާފައިވާ ޢަދަދު: 233

އިސްލާމްދީނުގެ ނަޒަރުގައި އަމާނަތަކީ ވަރަށް މާނަފުން ބަހެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނުގައި އަމާނަތަކީ ވަރަށް މާނަފުން ބަހެކެވެ. މީގެތެރެއިން އެންމެ މުހިއްމުކަމަކީ، ދީނީގޮތުން ތިމާއާ ޙަވާލުވެފައިވާ ކަންކަމުގައި ފުރިހަމައަށް ޒިންމާވެ، އެކަންކަން އަދާކުރުމެވެ.  اللَّهُގެ އަމުރާއި ނަހީއަށް ރައްކާތެރިވުމެވެ. އިސްލާމްދީނުގެ އެންމެހައި ތަކުލީފުތައް ނުވަތަ ވާޖިބުތަކަކީ، އިންސާނާ އަމިއްލަ އިޚްތިޔާރުގައި އެ ކަންކަމާ ޙަވާލުވެފައިވާ ކަންތައްތަކެކެވެ. ވީއިރު ދީނުގެ ޙުކުމްތަކާމެދު ފަރުވާތެރިވެ، އެ ކަންކަމަށް ރައްކާތެރިވުމަކީ އިންސާނާގެ ވާޖިބެކެވެ. އެއީ އިންސާނާއާ މަތިކުރެވިފައިވާ އަމާނާތެކެވެ. އެ…