ގުނބޯލޯ! ގުނބޯލޯ!

ކިޔާފައިވާ ޢަދަދު: 549

  ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 21 ސެޕްޓެންބަރު 1981 (ހޯމަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ. _____________________________________ އަޅުގަނޑުމެން ކުޑައިރު، އާދެ! ވަކިޢުމުރަކަށް ގޮސް ދުވަސްވެފައިވާ މީހުންގެ ވާހަކަ ގިނައިން ފެށޭނީ މިގޮތަށެވެ. ކުޑައިރުގެ ވާހަކައިންނެވެ. އެކަން، އެހެންވުމުގެ ސިއްރަކީ، ފަހެކޮބައިބާވައެވެ! އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުގައި އެއީ، އިންސާނާގެ ކިބައިގައި ހުންނަ ގޮތެކެވެ. އުމުރުން ދުވަސްވެ މުސްކުޅި ވީމާ ވެސް އަލުން ކުއްޖަކަށް ވާހިތްވެއެވެ.…

ކޮންމެ މީހަކުގެވެސް އަމިއްލަ ވާހަކައެއް އޮންނާނެ

ކިޔާފައިވާ ޢަދަދު: 320

އަޅުގަނޑުމެންނަށް ކަމު ނުދާ ކަހަލަ ކަންތައްތައް ކުރާ މީހުނާ ވަރަށް ގިނައިން ދިމާވެއެވެ. ބައެއް މީހުންގެ އާދަތައް ހުންނަނީއަކީ އަޅުގަނޑުމެންނަކަށް ރުހެވޭ ކަހަލަ ގޮތަކަށް ނޫނެވެ. މިފަދަ ހާލަތަކާ ދިމާވީމާ ނުރުހެވޭ ގޮތް ވެއެވެ. އެއް ދުވަހަކު ދެބަފަޔަކު ރޭލެއްގައި ދަތުރެއް ކުރިއެވެ. ބައްޕައަކީ އުމުރުން ދުވަސް ވެފައި ހުރި މުސްކުޅިއެކެވެ. ދަރިފުޅުގެ އުމުރުން ވާނީ ސައުވީހަކަށް އަހަރެވެ. ރޭލު ބާރަށް ދަތުރު ކުރަމުން ދިޔައިރު ދަރިފުޅު އިނީ ކުޑަ ދޮރުން ބޭރު ބަލާށެވެ. އެހެން އިނދެފައި…

އެހީތެރިވުމަކީ ޒިންމާއެއް

ކިޔާފައިވާ ޢަދަދު: 452

ކީރިިތި ޤުރްއާނުގެ މަފުހޫމުގައި، ފަދައަކުންކުރެ ފަދައެއްނެތް މީހުންނަކީވެސް ހައްގުތަކެއް ލިބިގެންވާ ބައެކެވެ. އެފަދަ މީސްމީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ފުދުންތެރި މީހުންގެ މައްޗަށް ލާޒިމު ކަމެކެވެ. އެ އެހީތެރިކަން ފޯރުކޮށް ނުދީފިނަމަ، އޭގެ ބަދަލުގައި ވަރުގަދަ ބަދަލަކާ ކުރިމަތިލާން ޖެހޭނޭ ކަމަށް ވަނީ އަންގަވައިފައެވެ. ނިކަމެތީންނަށް އެހީތެރިވުމަކީ ހަމައެކަނި އިޚްތިޔާރީ ސަދަގާތަކީއެއް ނޫނެވެ. އެއީ، ފުދުންތެރިކަން ލިބިގެންވާ ކޮންމެ މީހަކަށްމެ ލާޒިމު ކަމެކެވެ. ކީރިތި ޤުރްއާނުގެ އަލްޤަލަމް ސޫރަތުގެ 17 ވަނަަ އާޔަތުން ފެށިގެން 33 ވަނަ…

އެންމެ ފުރަތަމަ ގަތުލު

ކިޔާފައިވާ ޢަދަދު: 390

ކީރިތި ޤުރްއާނުގެ ފަސް ވަނަ ސޫރަތަކީ އަލްމާއިދަތު ސޫރަތެވެ. އެ ސޫރަތުގައި އެއްބަނޑު އެއްބަފާ ދެބެއިންގެ ވާހަކަ ބަޔާން ކުރައްވައިފައި ވެއެވެ. އެއީ ﷲ އެންމެ ފުރަތަމަ އުފެއްދެވި އިންސާނާ އާދަމް އަލައިހިއްސަލާމްގެ ދެ ދަރިން ކަމުގައިވާ ހާބީލާއި ޤާބީލުގެ ވާހަކައެވެ. މި ދެބެއިންގެ މެދުގައި އަރައިރުންގަނޑެއް ފެށުނެވެ. ވަރުގަދަ ޒުވާބަކަށް ފަހު ޤާބީލް އޭނާގެ އަޚް ހާބީލް ގަތުލު ކުރިއެވެ. އެއީ އިންސާނީ ތާރީޚުގެ އެންމެ ފުރަތަމަ ގަތުލެވެ. މި ވާހަކަ ބަޔާން ކުރައްވަމުން ﷲ…

އަމާނާތްތެރިކަމާއި ބުރަ މަސައްކަތް

ކިޔާފައިވާ ޢަދަދު: 376

ﷲ ގެ ރަސޫލާ މޫސާ ޢަލައިހިއްސަލާމް އުފަންވެވަޑައިގަތީ މިސުރަށެވެ. ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވާންދެން ދިރިއުޅުއްވީވެސް މިސުރުގައެވެ. އޭގެ ފަހުން ދިމާވީ ސަބަބުތަކާ ހުރެ މިސުރު ދޫކުރައްވައި ނުކުމެ ވަޑައިގެން ދިގު ދަތުރުފުޅެއް ފެށްޓެވިއެވެ. އެންމެ ފަހުން ވަޑައިގެން މަޑު ކުރެއްވީ މަދްޔަނުގައެވެ. އެއީ ސޫރިޔާގެ ރަށެކެވެ. މަދްޔަނުގެ ރަށް ބޭރުގައި، ގަހެއްގެ ހިޔަލުގައި، އަރާމު ކުރައްވާން އޮންނަވަނިކޮށް ވަރަށް ޝައުގުވެރި ކުރުވަނިވި ހާދިސާއެއް ހިނގިއެވެ. މި ވާހަކަ ކީރިިތި ޤުރްއާނުގެ އަލްޤަޞަޞް ސޫރަތުގައި ބަޔާންކޮށް ދެއްވައިފައި…

ކާމިޔާބީގެ ސަބަބުތައް

ކިޔާފައިވާ ޢަދަދު: 289

ކީރިތި ޤުރްއާނުގެ ބާރަ ވަނަ ސޫރަތަކީ ޔޫސުފް ސޫރަތެވެ. ﷲ އަންގަވައިފައިވާ ގޮތުގައި އެ ސޫރަތުގައި އެކަލާނގެ އަންގަވައި ދެއްވައިފައި ވަނީ “އެންމެ ރީތި ވާހަކަ”އެވެ. އެއީ، ބައްޕާފުޅާއި، އަދި އެއް ބައްޕާފުޅު އަޚުންނާއެކު ފަލަސްތީނުގައި ދިރިއުޅުއްވަމުން ގެންދެވި ޔޫސުފް ޢަލައިހިއްސަލާމްގެވާހަކައެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ އުމުރުފުޅުން އެންމެ ބާރަ އަހަރުގައި އެކަލޭގެފާނުގެ އަޚުން، އެކަލޭގެފާނަށް ހަސަދަވެރިވެވަޑައިގެން، ޖަންގަލި ތެެރޭގައި ހުރި ހިކި ވަޅަކަށް އެކަލޭގެފާނު ވައްޓަވައިލައްވައިފިއެވެ. އެހެންނަމަވެސް ﷲ ގެ ނިޔާފުޅު އޮތީ މުޅީން އެހެން ގޮތަކަށެވެ.…

މީސްމީހުންނަށް އެކަކު އަނެކާ ވަކިވާން ޖެހެނީ ކީއްވެގެން؟

ކިޔާފައިވާ ޢަދަދު: 798

އުމުރުން ސަތަރާ ވަރަކަށް އަހަރުގައި އަހަންނަށް ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެންނަނީ އަހަރެން މިސްކިތެއްގެ ތެރޭގައި އިށީނދެގެން އިންދާ ކުޑަ އަންހެން ކުއްޖަކު އައިސް އަހަންނާ ސުވާލެއް ކުރާތީއެވެ. އެ ކުއްޖާ ސުވާލު ކުރިއެވެ. [މީސްމީހުންނަށް އެކަކު އަނެކަކާ ވަކިވާން ޖެހެނީ ކީއް ވެގެން ހެއްޔެވެ؟] އެއީ އެ ކުއްޖާގެ ޒާތީ ސުވާލެކެވެ. އެކަމަކު އެ ސުވާލު އަހަންނަށް އަމާޒު ކުރެވުނީ ކީއްވެގެން ކަން އަހަންނަށް އެބަ އެނގެޔޭ އޭރުވެސް ހިތަށް އެރިއެވެ. އަހަންނަކީ މީސްމީހުންނާ…

ކައު އިތުރު މުޙައްމަދުގެފާނުންގެ ޚުލްޤުފުޅު

ކިޔާފައިވާ ޢަދަދު: 572

ފަޟީލަތުއްޝައިޚު އިބްރާހީމް ލުޠުފީ ފަޟީލަތުއްޝައިޚު އިބްރާހީމް ލުޠުފީ (ރަޙިމަހުﷲ) އަކީ، އައްޑުއަތޮޅު ހުޅުދޫ ވާރުގޭ އަޙްމަދު ދީދީގެ ތުއްތު ދީދީއެވެ. ޝައިޚު ލުޠުފީ އަރަބި ބަހާއި ދީނީ ތަޢުލީމު ހާސިލުކުރެއްވީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީނުގެ އަރިހުންނެވެ. އެއަށް ފަހު މަތީ ތައުލިމު ފުރިހަމަ ކުރެއްވީ މިސްރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. އެމަނިކުފާނުވަނީ، އެމަނިކުފާނުގެ ދުވަސްވަރު ނުކުތް ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. ޝައިޚު އިބްރާހީމް ލުޠުފީ ފުރުއްވި މަގާމުތަކުގެތެރޭގައި ދައުލަތުގެ ބަންޑާރަ ނާއިބުކަމާއި ވަޒީރުލް އައުޤާފުކަމާއި…

ވަހުމަށް އަޅުކަން ކުރުން

ކިޔާފައިވާ ޢަދަދު: 473

މިސްޓަރ ސޭލަރ  (Sayler)އަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ޖީބުފުޅުގައި ރަނުން ހަދާފައިވާ ކުޑަކުޑަ ބޫޓު ކިބައެއް އަބަދުވެސް އޮވެއެވެ. މި ބޫޓު ކިބައަކީ ރޭގަން ރައީސަކަށް ވެވަޑައިގަތުމުގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން ރަޙްމަތްތެރި ބޭފުޅަކު ހަދިޔާއަކަށް އެރުވި އެއްޗެކެވެ. ރޭގަން ޤަބޫލު ފުޅު ކުރައްވާ ގޮތުގައި މި ބޫޓު ކިބައިގައި ކޮންމެވެސް ރޫޙާނީ ބާރެއް އެކުލެވިގެން ވެއެވެ. އެބާރެއްގެ ސަބަބުން ކުރިމަތިވެ ވަޑައިގަންނަވާ…

ބޮޑެތި ކަންތައް

ކިޔާފައިވާ ޢަދަދު: 425

ޑޮކްޓަރ ޑެނިސް ބްރެއޯ (Dennis Breo) ދުނިޔޭގެ ބޮޑެތި މީސްމީހުންނަށް ބޭސް ކުރި ޞިއްޙީ މާހިރުންގެ ބަސްދީގަތުން ހޯއްދެވުމަށް ފަހު އެ ބަސްދީގަތުމުމުން ލިބިވަޑައިގަތް މަޢުލޫމާތުގެ މައްޗަށް ފޮތެއް ލިޔުއްވިއެވެ. އެ ފޮތުގެ ނަމަކީ އާދަޔާ ޚިލާފު ފަރުވާ (Extraordinary Care) އެވެ. ފޮތުގެ މުޞައްނިފް ވަނީ ފޮތުގައި ވަރަށް އާދަޔާ ޚިލާފު ވާހަކަތަކެއް ލިޔުއްވައިފައެވެ. އޭނާ ލިޔުއްވައިފައިވާ ގޮތުގައި ބޮޑެތި މީސްމީހުންނަކީ އާންމު ގޮތެއްގައި ފަރުވާ ކުރަން މުސްތަޙީލު (Impossible patients) ބަލިމީހުންނެވެ. މިސާލަކަށް ހެޓިލަރަކީ…