ފޮނި ޚިޔާލުތަކަކީ ޙަޤީޤަތަކަށް ނުހެދޭނެއެވެ

ކިޔާފައިވާ ޢަދަދު: 1029
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މައުލާނާ ވަހީދުއްދީނު ޚާން
ތަރުޖަމާ: އަލްމަރްހޫމް އަބްދުއްރަހީމު އަބްދުލް މަޖީދު
ނޯޓް: މިތަރުޖަމާއަކީ 90 އަހަރުތަކުގެ ކުރީކޮޅު ނެރެވުނު “ނޫރު” މަޖައްލާގެ ދެވަނައަދަދުގައި އެޕްރީލް 1992 ޝާއިއު ކުރުމަށް ތައްޔާރުކުރެވުނު ލިޔުމެކެވެ. ނަމަވެސް ދިމާވި ސަބަބަކާހުރެ މަޖައްލާގެ އެނަމްބަރު އާއްމުންގެތެރެއަށް ނެރޭވޭގޮތް ނުވީއެވެ. އެހެންވެ މިތަރުޖަމާވެސްއޮތީ އާއްމު ނުކުރެވިއެވެ. ލިޔުންތެރީންގެ ގުޅުން މެދުވެރިކޮށް އަލުން މިލިޔުން ހުށަހަޅާލަމެވެ.

* * *

ދިރިއުޅުން އުފާވެރިކުރުވާނީ ކިހިނެއް؟ (4)

ކިޔާފައިވާ ޢަދަދު: 867
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިރިއުޅުން އުފާވެރިކުރުވާނީ ކިހިނެއް؟ (4)

ހިތާމައިގެ ސަބަބުން އަމިއްލަ ނަފުސު ހަލާކުކޮށްނުލާށެވެ!

ލިޔުއްވީ: ޑރ. މުޙައްމަދު ޢަބްދުއަރަޙުމާން އަލްޢަރީފީ
ތަރުޖަމާ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ސަޢުދަކީ ޔުނިވަރސިޓީގައި އަޅުގަނޑުގެ ދަރިވަރެކެވެ. އެއްފަހަރަކު އޭނާ ކިލާހަށް ހާޒިރު ނުވެ އެއް ހަފުތާ ވެއްޖެ އެވެ. އޭގެ ފަހުން އޭނާއާ އަޅުގަނޑާ ބައްދަލުވި ފުރަތަމަ ފަހަރު އަޅުގަނޑު ބުނެލީމެވެ. “ސަޢުދެވެ. ޚަބަރަކީ ކޮބައިހެއްޔެވެ؟ ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ހީކުރަމެވެ.”

ރެސްޕެކްޓް ކެމްޕޭން: މުހިއްމު ފިޔަވަޅެއް

ކިޔާފައިވާ ޢަދަދު: 1059
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަހަރު ފާހަގަކުރި ބައިނަލް އަޤްވާމީ އިންސާނީ ހައްގުތަކުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި  އިހްތިރާމް ކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުމަށް ރައީސް ކުރެއްވި އިލްތިމާސަށް އިޖާބަ ދެއްވުމުގެ ގޮތުން ޕީއެސްއެމްގެ ފަރާތުން ޤައުމީ ކެމްޕެއިނެއް ފަށައިފި އެވެ. މި ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ، ޓީވީއެމްގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.

ޙިކްމަތްތެރިޔާ (1) – ޙިކްމަތްތެރިންގެ ޙިކްމަތްތެރި ނިންމުން

ކިޔާފައިވާ ޢަދަދު: 364
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

އަޙްމަދު ޢަބްދުﷲ ސަޢީދު

އަޢުރާބީންގެ ތެރޭގައި އުޅުނު ޞާލިޙު އަޅުވެރިއެކެވެ. އޭނާގެ ތިން ފިރިހެން ދަރިން ތިއްބެވެ. އެ ތިން ދަރިންގެ ނަމަކީ ވެސް ޢަބްދުﷲ އެވެ. މި ޞާލިޙު އަޅުވެރިޔާ މަރަށް ޙާޟިރުވި ހިނދު އޭނާގެ ތިން ދަރިން ގެނެސް ބުންޏެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ލިބޭނެ އެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ނުލިބޭނެ އެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ލިބޭނެ އެވެ. މިހެން ބުނުމާއެކު އޭނާގެ އެންމެ ފަހު ނޭވާ މި ދުނިޔެއަށް ދޫކޮށްލި އެވެ.

 

ބައްޕަގެ ޖަނާޒާގެ ކަންތައް ނިންމުމަށް ފަހު ތިން ދަރިންގެ މެދުގައި މަޝްވަރާކުރެވުނެވެ. ވާރުތައިން ނުލިބެނީ ކާކަށްތޯ ބެލުމަށެވެ. ވަކި ގޮތަކަށް އެއްބަސްނުވެވުމުން ތިން ދަރިންނަށް ވެސް ގަބޫލުކުރެވުނީ އެކަމުގައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމަށް ޤާޟީއެއްގެ އަރިހަށް ދިޔުމަށެވެ.

ޙިކްމަތްތެރިންގެ ޙިކްމަތްތެރި ނިންމުން

ކިޔާފައިވާ ޢަދަދު: 721
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙިކުމަތްތެރިޔާ (1)

ޙިކްމަތްތެރިންގެ ޙިކްމަތްތެރި ނިންމުން

އަޙްމަދު ޢަބްދުﷲ ސަޢީދު

އަޢުރާބީންގެ ތެރޭގައި އުޅުނު ޞާލިޙު އަޅުވެރިއެކެވެ. އޭނާގެ ތިން ފިރިހެން ދަރިން ތިއްބެވެ. އެ ތިން ދަރިންގެ ނަމަކީ ވެސް ޢަބްދުﷲ އެވެ. މި ޞާލިޙު އަޅުވެރިޔާ މަރަށް ޙާޟިރުވި ހިނދު އޭނާގެ ތިން ދަރިން ގެނެސް ބުންޏެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ލިބޭނެ އެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ނުލިބޭނެ އެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ލިބޭނެ އެވެ. މިހެން ބުނުމާއެކު އޭނާގެ އެންމެ ފަހު ނޭވާ މި ދުނިޔެއަށް ދޫކޮށްލި އެވެ.

ވިސްނައިލަމާ (5) – އަމިއްލަ ނަފްސު އިނދަނުޖައްސާތި!

ކިޔާފައިވާ ޢަދަދު: 1238
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި އަމިއްލަ ނަފްސަށް ފުރިހަމައަށް އިތުބާރު ކުރަނީ ދުނިޔޭގެ ކޮންމެ ތިން މީހަކުން އެކެކެވެ. މާނައަކީ ދުނިޔޭގެ ކޮންމެ ތިން މީހެއްގެ ތެރެއިން ދެ މީހުންނަކަށް އެ މީހުންގެ ޙަޤީޤީ އަގެއް ވަޒަނެއް ނުކުރެވެއެވެ. ހުނަރުގެ މިންވަރެއް ވަޒަނެއް ނުކުރެވެއެވެ. ގާބިލިއްޔަތަކަށް އިތުބާރެއް ނުކުރެވެއެވެ. އެކަމަކު ތިމާއަށް ބަޔަކު އިތުބާރު ކުރާނޭ ގޮތް ހަދަން ބޭނުން ނަމަ، އެންމެ ފުރަތަމަ ޖެހޭނީ އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. ހަނދުމަފުޅު ކުރައްވާށެވެ. “ތިބާ އެހެން މީހަކަށް ނުބަތަ ބަޔަކަށް އެ އިޚްތިޔާރު ނުދޭހައި ހިނދަކު އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ތިބާއަކީ ކުޑަ މީހެއް ކަމުގައެއް ނުދެއްކޭނެއެވެ.” ކާމިޔާބު ވިޔަފާރިވެރިއަކު ބުނެފައި ވެއެވެ. “އެ މީހަކު އަމިއްލައަށް އަރާން ނޫޅެނީސް، އެއްވެސް މީހަކު ހަރުގަނޑަކަށް އެރުވުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.”

ވިސްނައިލަމާ (4) – އަމުދުން ނުކުރުމަށްވުރެ ލަހުން ކުރުންވެސް ރަނގަޅު

ކިޔާފައިވާ ޢަދަދު: 1141
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ބައްޕަ މަރުވީ އިރު ހާރލަންގެ ޢުމުރަކީ އެންމެ ފަސް އަހަރެވެ. ޢުމުރުން ސާދަ އަހަރުގައި އޭނާ އިސްކޫލުން ކެނޑިގެން ދަނޑެއްގައި މަސައްކަތް ކުރާން ފެށިއެވެ. އެކަމަކު އެއީ އޭނާ ގަޔާވާ މަސައްކަތަކަށް ނުވިއެވެ. ޢުމުރުން ސޯޅަ އަހަރުގައި ޢުމުރު އޮޅުވާލައިގެން އެމެރިކާގެ ސިފައިންގެ ތެރެއަށް އޭނާ ވަނެވެ. އެކަމަކު އެންމެ އަހަރަކު މަސައްކަތް ކޮށްފައި ސިފައިންގެ ވަޒީފާއިން ކެނޑިގެން ދަގަނޑުގެ މަސައްކަތް ކުރާ ތަނަކުން ވަޒީފާއެއް ހޯދައިގެން މަސައްކަތް ކުރާން ފެށްޓިއެވެ. އެކަމަކު އެ މަސައްކަތަކުންވެސް ކުރިއަކަށް ނުދިޔައެވެ. އެންމެ ފަހުން ރޭލު އިސްޓޭޝަނަކުން ވަޒީފާއެއް ހޯދައިފިއެވެ. އެއީ އޭނާ ގަޔާވާ މަސައްކަތަކަށްވެސް ވިއެވެ. އެހެންވީމާ އޭނާއަށް ހީ ކުރެވުނީ ދިރިއުޅުން ހަމަ މަގަށް އެޅުނީ ކަމުގައެވެ.

ވިސްނައިލަމާ (3) – މައްސަލަޔާ ކުރިމަތިވުމަކީ ކުރިއަށް ދާ ކަމުގެ ހެއްކެއް

ކިޔާފައިވާ ޢަދަދު: 1217
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ތިބާގެ މައްސަލައަކީ ކޮބައިތޯއެވެ؟ ދިމާވާ ކޮންމެ މައްސަލައަކީ ނުބައި މައްސަލައެއް ނޫނެވެ. ދިމާވާ މައްސަލަތަކުން ގިނަ ފަހަރަށް އެނގޭ ކަމަކީ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ކުރިއަށް އެޅިއްޖެ ކަމެވެ. މަސައްކަތު އާލާތް ވިއްކާ ބަޔަކު ޢިމާރާތެއްގައި ބޮޑު ފިހާރައެއް ހުޅުވައިފިއެވެ. އެ ޢިމާރާތުގައި ހަމަ މި ބާވަތުގެ ސާމާނު ވިއްކާ ކުޑަ ފިހާރައެއްވެސް ހުއްޓެވެ. ބޮޑު ފިހާރަ ހުޅުވުމަށް ފަހު، އެ ފިހާރައިގެ އެތަންމިތާގައި ލިޔުމެއް ތަތް ކޮށްފިއެވެ. އެ ލިޔުމުގައި އޮތީ “ހުޅުވުން” މިހެންނެވެ. މި ލިޔުމުން ދޭހަ ކޮށް ދެނީ ފިހާރަ ހުޅުވުނު ކަމެވެ. ނުވަތަ ހުޅުވަނީ ކަމެވެ. ކުޑަ ފިހާރައިގެ ވެރިމީހާ ހެދީ ކިހިނެއް ކަމަށްތޯއެވެ؟ އޭނާގެ ފިހާރައިގެ ދޮރުމަތީގައި ބޮޑު ސިންގާ ބޯޑެއް ބެހެއްޓީއެވެ. އެ ބޯޑުގައި އޮތީ “މައި ދޮރު” މިހެންނެވެ.

ވިސްނައިލަމާ (2) – ހުރަސްތަ؟ ނުވަތަ ފުރުޞަތުތަ؟

ކިޔާފައިވާ ޢަދަދު: 1263
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ޖެސީ އޮވެންސްއަކީ 1930 ގެ އަހަރުތަކުގައި މަޝްހޫރު ވެގެން ދިޔަ ދުވުންތެރިއެކެވެ. ފުންމުންތެރިއެކެވެ. އޭނާއަކީ އެމެރިކާއަށް އުފަން، އެފްރިކާ މީހެކެވެ. ކަޅު ނަސްލުގެ މީހެކެވެ. އެހެންވީމާ ނާޒީ ޖަރުމަނުގެ ދޮން މީހުންނާ ވާދަކޮށްގެން އޭނާއަށް އެއްވެސް ރޭހެއް ކާމިޔާބު ނުކުރެވޭނޭ ކަމަށް އޮތީ ބެލެވިފައެވެ. އޭނާޔާ ދިމާއަށް މީހުން އެހެން ކިޔަމުންވެސް ދިޔައެވެ.

ވިސްނައިލަމާ (1) – ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެ

ކިޔާފައިވާ ޢަދަދު: 1325
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ނިކަން ވިސްނައިލަމާތޯއެވެ؟ ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެއޭ ކިޔާ އަޑު އައްސަވަމެއް ނޫންތޯއެވެ؟ ކުޑަ ކުއްޖަކު ކަލާނގެއާ މުޚާޠަބްކޮށް ލިޔުނު ނޯޓެއްގައި އޮތެވެ. “މަންމަ އަޅުގަނޑު ވިހެއި ވަގުތު، ވަރަށް ބޮޑު ވޭނެއް ތަޙައްމަލު ކުރިއޭ ބޭބެ ބުންޏެވެ. އެއީ ބޭބެ ސަމާސަޔަކަށް ދެއްކި ވާހަކައެއް ދޮގެއްތޯއެވެ؟” ނޫނެކެވެ. އެއީ ހަމަ ވަރަށް ބޮޑު ތެދެކެވެ. އެކަމަކު ދުނިޔޭގެ އެތައް މިލިއަން އަންހެނުންނެއް މި ބުރައާއި ވޭން އުފުލައެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ އެ މީހުން ބޭނުންވާ އުފާވެރިކަމަށް އޮތް މަގަކީ އެއީ ކަމަށް ވުމެވެ. އަމިއްލަ ދަރިއެއް ލިބިގަތުމުގެ ބޮޑު އުފާ ހާސިލުކުރެވެން އޮންނަ ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ވުމެވެ.