ބޭކާރު ވާހަކަދެއްކުމުގެ ނުރައްކާތެރިކަން

ކިޔާފައިވާ ޢަދަދު: 4586
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއީ ރޯދަ މަހެވެ. ބަރަކާތްތެރި ރަމަޟާންމަހެވެ. މި މައްސަރުގެ ހަމަ ކޮންމެ ދުވަހަކު އަޅުގަނޑުމެން މި ތިބެނީ ރޯދައަށެވެ. އަޅުގަނޑުމެންގެ ނަފުސު އެދި ގޮވާ އެތައް ކަމެއް ދޫކޮށްލައިގެންނެވެ. ﷲ ގެ ވަޖުހަފުޅަށްޓަކައެވެ. އެކަލާނގެ ޙަޟުރަތުން ދަރުމައާއި ސަވާބަށް އެދިގެންނެވެ.

އިލާހީ ލޯބި

ކިޔާފައިވާ ޢަދަދު: 4308
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 19

އިލާހީ ލޯބި

ޢަބްދުﷲ ނަޢީމް އިބްރާހީމް

އީމާންކަމުގެ އަހުލުވެރީންގެ މައިގަނޑު އެއް ސިފަ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 165 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައި ވެއެވެ. والذين آمنو أشدّ حبّا للّـه “އަދި އީމާންވީ މީހުން ﷲ ދެކެ ލޯބިވުން މާ ބޮޑެވެ.”

ކިސްރާގެ އުޅާ (2)

ކިޔާފައިވާ ޢަދަދު: 1994
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު، ގ.ވިލަމެންދު
(10 މެއި 2014 (ހޮނިހިރު) ދުވަހު ގުޅޭ)
ޙަޤީޤަތުގައި ޚިލާފު އުފެދިފައިވަނީ ދެނަޡަރިއްޔާތުގެ ދެމެދުންނެވެ. އެއްޖަމާޢަތަކީ رَبُّ ذُوالجَلاَلُގެ ޙަޟްރަތަށް މެނުވީ ބޯލަނބާނެ ބައެއް ނޫނެވެ. އަނެއް ޖަމާޢަތަކީ ދޮގުވެރި ބާޠިލު އިލާހުންތަކަކަށް އަޅުކަންކުރާ ބައެކެވެ. އެއްބައެއްގެ އީމާނަކީ އެއީ ހަމައެކަނި އެންމެ އިލާހެކެވެ. އެއީ حَىُّ الْقَيُّوم އެވެ. އެކަލާނގެއީ ނަފާއާ ގެއްލުމުގެ މާލިކެވެ. އަދި ހުރިހާ އާރަކާއި ބާރެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އެއްކައުވަންތަ ﷲއެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހައި ބާވަތެއްގެ ޙަމްދު ޘަނާއާއި ތަޢުރީފު ލާއިޤުވެގެންވާ ހެޔޮކަންތައްތަކުގެ ވެރި ރަސްކަލާނގެއެވެ. އަނެއްބައި މީހުން ފަޚުރުވެރިވަނީ އެމީހުންގެ ކާބަފައިންގެ ދީނުގެ މޮޅުކަމުގެ މައްޗަށެވެ. އެއީ އަލިފާނެވެ. އެމީހުން އަޅުކަން ކުރަނީ އަލިފާނަށެވެ.

ދަރިވަރުންގެ ޝަރަފުނާމާ

ކިޔާފައިވާ ޢަދަދު: 3345
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
ކިޔަވާ ކުދިން އިމްތިޙާނުގައި މަކަރުހަދާ ވާހަކައަކީ ޤަދީމީ ޒަމާނުއްސުރެ މަދްރަސާތަކާއި ދަރުސްގާހުތަކާއި ޔުނިވަރސިޓީތަކުގައި ވަރަށް ޢާއްމު ވާހަކައެކެވެ. އުނގަންނައިދޭ ތަންތަނުން މިކަމާ ބެހޭ ޤަވާޢިދުތައް ވެސް ހަދައިފައިވެއެވެ. މަކަރު ހަދާ ދަރިވަރު އެ މާއްދާއަކުން ފޭލްކޮށްލުމާއި، މުޅި އިމްތިޙާނުން ފޭލްކޮށްލުމާއި، ދެ އަހަރުދުވަސް ނުވަތަ އެއް އަހަރުދުވަސް ވަންދެން އިމްތިޙާނަށް ވަނުން މަނާކުރުން ފަދަ ފިޔަވަޅުތައް އެޅޭތަން ފެނެއެވެ. ނަމަވެސް މި ނުބައި އާދަ ނައްތައެއް ނުލެވުނެވެ. ދުވަހެއް ދުވަހަކަށް ދަނީ މި ނުބައި ބަލިމަޑުކަން ފެތުރެމުންނެވެ.

ކިސްރާގެ އުޅާ (1)

ކިޔާފައިވާ ޢަދަދު: 1969
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު، ގ. ވިލަމެންދު
ތާރީޚުގެ މުސާފިރު މިފަދަ ރަށެއް ދެކެމުންއައެވެ. އެރަށުގެ ހަތަރު ފަރާތުގައި ވަނީ ފަރުބަދަތަކެވެ. އެއީ ދަތި ވާދީ އެކެވެ. އެތަނުގައި ދަނޑެއް ބަގީޗާއެއް ނުވެއެވެ. އެއީ ފެންފެންގަނޑާއި ކޯރުން ހުސްވެގެންވާ ބިމެކެވެ. އަދި ވަރަށް ހޫނުވެސް ގަދަތަނެކެވެ. މިތަނުގައި ދިރިއުޅެނީ އަޖާއިބުވާފަދަ ޚަޞީލަތެއްގެ ވެރިންނެވެ. ކިތަންމެ ކުޑަކަމަކާއި މެދުވެސް އަރާރުންވެ ދެކޮޅުވެރިވެ ފަސާދަވެ، ތަޅާފޮޅުމަކަށް ތައްޔާރުވެދެއެވެ. ދެން ޤަތުލުގެ ސިލްސިލާ ހިނގަމުންދެއެވެ. މިތަނުގައި ވަނީ ޖާހިލުކަން ޢާއްމުވެފައެވެ. އެއްވެސް މީހެއްގެ ވެރިކަމެއްނެތެވެ. އެއްވެސް މީހަކު އެއްވެސް މީހެއްގެ ވެރިކަމެއް، ސިޔާދަތެއް ޤަބޫލުކުރުމަށް ތައްޔާރުވެގެން ނުވެއެވެ.

މި މުހިންމު ވަގުތު އަރަބި، އިސްލާމީ މަހުޖަނުން ކޮބައިހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 229
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ އަވައްޓެރި ކަހަލަ މެލޭޝިޔާގެ ގައުމީ އެއަރލައިންގެ މަތިންދާބޯޓެއް ވީނުވީއެއް ނޭނގި ގެއްލިގެން، އެ ބޯޓް ފެނޭތޯ ފަނަރަވަރަކަށް ގައުމުން ކެނޑިނޭޅި ވަރަށް ބުރަ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދެ ހަފުތާ ވަނީއެވެ. މި ބުރަ މަސައްކަތް ކުރެވެމުންދާ ހިނދު އަޅުގަނޑު ކުއްލިއަކަށް ހިތަށް އައީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ކީފޮތެއްގައި ލިޔުންތެރިޔާ ހުށަހެޅުއްވުމެކެވެ! 

ޙިކުމަތްތެރި ބަސްކޮޅެއް

ކިޔާފައިވާ ޢަދަދު: 2077
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ކޮންމެ ޤައުމެއްގެ މީހަކު ކަމުގައި ވިޔަސް، އެ ޤައުމެއްގެ މެމްބަރެއްކަމުގައި އެ މީހަކު އެވާ ޤައުމަކަށް ޢިއްޒަތް ޙާޞިލު ނުވާހާ ހިނދު، އެ މީހަކަށް ޢިއްޒަތް ލިބުމީ އެކަށީގެންވާ ކަމެއް ނޫނެވެ. 

އެންމެ ފަހަރަކު ދުށް މީހެއްގެ ދީލަތިކަން!

ކިޔާފައިވާ ޢަދަދު: 7405
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުއްވީ: ޖޮއޭން ބްރައުން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ޔުނިވަރސީޓީގައި ކިޔަވަން އުޅުނު ދުވަސްވަރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އޭނާގެ ބޭބެގެ 21 ވަނަ އުފަން ދުވަހުގެ ޕާޓީގައި ބައިވެރިވުމަށް އަހަންނަށް ދައުވަތެއް ދިނެވެ. މި ހަފުލާ ބާއްވަން ހަމަ ޖެހިފައި އޮތީ ވަރަށް މަޝްހޫރު ހޮޓަލެއްގައި ކަމަށް ވެފައި، ޕާޓީއަކަށް ދާކަހަލަ ރީތި ޕާޓީހެދުމެއް އަހަރެންވެސް ގަންނަ ހިތުން އުޅޭތާ ދުވަސްކޮޅެއް ވެފައިވާތީ، ވަރަށް ނަލަ ހެދުމެއް ގަންނަން ހިތުގައިލީމެވެ.

ދިރިއުޅުން އުފާވެރިކުރުވާނީ ކިހިނެއް؟ (3)

ކިޔާފައިވާ ޢަދަދު: 8116
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އައިބު ނުކިޔާށެވެ!

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މިއީ ޑރ. މުޙައްމަދު ޢަބްދުއްރަޙުމާން އަލްޢަރީފީ ލިޔުއްވައިފައިވާ ލިޔުއްވުމެއްގައި ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެއްގެ މާނައިގެ ނުރަސްމީ އަވަސް ތަރުޖަމާއެކެވެ.

ފިރިހެނަކު އޭނާގެ ރައްޓެއްސެއްގެ ކާރަކަށް އެރިއެވެ. އަރައި އިށީނުމާއެކު އޭނާގެ އަނގައިން ފުރަތަމަ ނުކުތް ޢިބާރާތަކީ، “ވާވާ! މިކާރަށް ކިހާ ދުވަހެއް ވެއްޖެހެއްޔެވެ!” އޭނާ އޭނާގެ ރައްޓެހި މީހާއާ އެކު އޭނާގެ ގެޔަށް ގޮސް ވަދެވުމާއެކު ގޭގެ ފަރުނީޗަރުތަކަށް ނަޒަރު ހިންގައިލުމަށް ފަހު ބުންޏެވެ. “އަނހާ! އަދިވެސް ތިބާ މި ފަރުނީޗަރުތައް ބަދަލުކުރާން ނުވަނީހެއްޔެވެ؟”

[ކުދިކުދި] ބޮޑެތި ކަންތައްތަކެއް

ކިޔާފައިވާ ޢަދަދު: 8088
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެން ނަމާދުކޮށް ރޯދަ ހިފައި ޒަކާތްދީ ޙައްޖުކޮށް މާތް ﷲ އެންގެވި ގޮތަށް އުޅެ، ނަހީކުރެއްވި ކަންތައްތަކުން ދުރުވެވޭތޯ މަސައްކަތް ކުރަނީ މުސްލިމުންނަށް ވީތީ އެވެ. މުސްލިމުންނަކީ މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީން ކަމުގައިވާ އިސްލާމް ދީނުގެ އަހުލުވެރީންނެވެ.