ވިސްނައިލަމާ (5) – އަމިއްލަ ނަފްސު އިނދަނުޖައްސާތި!

ކިޔާފައިވާ ޢަދަދު: 1330
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި އަމިއްލަ ނަފްސަށް ފުރިހަމައަށް އިތުބާރު ކުރަނީ ދުނިޔޭގެ ކޮންމެ ތިން މީހަކުން އެކެކެވެ. މާނައަކީ ދުނިޔޭގެ ކޮންމެ ތިން މީހެއްގެ ތެރެއިން ދެ މީހުންނަކަށް އެ މީހުންގެ ޙަޤީޤީ އަގެއް ވަޒަނެއް ނުކުރެވެއެވެ. ހުނަރުގެ މިންވަރެއް ވަޒަނެއް ނުކުރެވެއެވެ. ގާބިލިއްޔަތަކަށް އިތުބާރެއް ނުކުރެވެއެވެ. އެކަމަކު ތިމާއަށް ބަޔަކު އިތުބާރު ކުރާނޭ ގޮތް ހަދަން ބޭނުން ނަމަ، އެންމެ ފުރަތަމަ ޖެހޭނީ އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. ހަނދުމަފުޅު ކުރައްވާށެވެ. “ތިބާ އެހެން މީހަކަށް ނުބަތަ ބަޔަކަށް އެ އިޚްތިޔާރު ނުދޭހައި ހިނދަކު އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ތިބާއަކީ ކުޑަ މީހެއް ކަމުގައެއް ނުދެއްކޭނެއެވެ.” ކާމިޔާބު ވިޔަފާރިވެރިއަކު ބުނެފައި ވެއެވެ. “އެ މީހަކު އަމިއްލައަށް އަރާން ނޫޅެނީސް، އެއްވެސް މީހަކު ހަރުގަނޑަކަށް އެރުވުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.”

ވިސްނައިލަމާ (4) – އަމުދުން ނުކުރުމަށްވުރެ ލަހުން ކުރުންވެސް ރަނގަޅު

ކިޔާފައިވާ ޢަދަދު: 1330
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ބައްޕަ މަރުވީ އިރު ހާރލަންގެ ޢުމުރަކީ އެންމެ ފަސް އަހަރެވެ. ޢުމުރުން ސާދަ އަހަރުގައި އޭނާ އިސްކޫލުން ކެނޑިގެން ދަނޑެއްގައި މަސައްކަތް ކުރާން ފެށިއެވެ. އެކަމަކު އެއީ އޭނާ ގަޔާވާ މަސައްކަތަކަށް ނުވިއެވެ. ޢުމުރުން ސޯޅަ އަހަރުގައި ޢުމުރު އޮޅުވާލައިގެން އެމެރިކާގެ ސިފައިންގެ ތެރެއަށް އޭނާ ވަނެވެ. އެކަމަކު އެންމެ އަހަރަކު މަސައްކަތް ކޮށްފައި ސިފައިންގެ ވަޒީފާއިން ކެނޑިގެން ދަގަނޑުގެ މަސައްކަތް ކުރާ ތަނަކުން ވަޒީފާއެއް ހޯދައިގެން މަސައްކަތް ކުރާން ފެށްޓިއެވެ. އެކަމަކު އެ މަސައްކަތަކުންވެސް ކުރިއަކަށް ނުދިޔައެވެ. އެންމެ ފަހުން ރޭލު އިސްޓޭޝަނަކުން ވަޒީފާއެއް ހޯދައިފިއެވެ. އެއީ އޭނާ ގަޔާވާ މަސައްކަތަކަށްވެސް ވިއެވެ. އެހެންވީމާ އޭނާއަށް ހީ ކުރެވުނީ ދިރިއުޅުން ހަމަ މަގަށް އެޅުނީ ކަމުގައެވެ.

ވިސްނައިލަމާ (3) – މައްސަލަޔާ ކުރިމަތިވުމަކީ ކުރިއަށް ދާ ކަމުގެ ހެއްކެއް

ކިޔާފައިވާ ޢަދަދު: 1385
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ތިބާގެ މައްސަލައަކީ ކޮބައިތޯއެވެ؟ ދިމާވާ ކޮންމެ މައްސަލައަކީ ނުބައި މައްސަލައެއް ނޫނެވެ. ދިމާވާ މައްސަލަތަކުން ގިނަ ފަހަރަށް އެނގޭ ކަމަކީ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ކުރިއަށް އެޅިއްޖެ ކަމެވެ. މަސައްކަތު އާލާތް ވިއްކާ ބަޔަކު ޢިމާރާތެއްގައި ބޮޑު ފިހާރައެއް ހުޅުވައިފިއެވެ. އެ ޢިމާރާތުގައި ހަމަ މި ބާވަތުގެ ސާމާނު ވިއްކާ ކުޑަ ފިހާރައެއްވެސް ހުއްޓެވެ. ބޮޑު ފިހާރަ ހުޅުވުމަށް ފަހު، އެ ފިހާރައިގެ އެތަންމިތާގައި ލިޔުމެއް ތަތް ކޮށްފިއެވެ. އެ ލިޔުމުގައި އޮތީ “ހުޅުވުން” މިހެންނެވެ. މި ލިޔުމުން ދޭހަ ކޮށް ދެނީ ފިހާރަ ހުޅުވުނު ކަމެވެ. ނުވަތަ ހުޅުވަނީ ކަމެވެ. ކުޑަ ފިހާރައިގެ ވެރިމީހާ ހެދީ ކިހިނެއް ކަމަށްތޯއެވެ؟ އޭނާގެ ފިހާރައިގެ ދޮރުމަތީގައި ބޮޑު ސިންގާ ބޯޑެއް ބެހެއްޓީއެވެ. އެ ބޯޑުގައި އޮތީ “މައި ދޮރު” މިހެންނެވެ.

ވިސްނައިލަމާ (2) – ހުރަސްތަ؟ ނުވަތަ ފުރުޞަތުތަ؟

ކިޔާފައިވާ ޢަދަދު: 1361
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ޖެސީ އޮވެންސްއަކީ 1930 ގެ އަހަރުތަކުގައި މަޝްހޫރު ވެގެން ދިޔަ ދުވުންތެރިއެކެވެ. ފުންމުންތެރިއެކެވެ. އޭނާއަކީ އެމެރިކާއަށް އުފަން، އެފްރިކާ މީހެކެވެ. ކަޅު ނަސްލުގެ މީހެކެވެ. އެހެންވީމާ ނާޒީ ޖަރުމަނުގެ ދޮން މީހުންނާ ވާދަކޮށްގެން އޭނާއަށް އެއްވެސް ރޭހެއް ކާމިޔާބު ނުކުރެވޭނޭ ކަމަށް އޮތީ ބެލެވިފައެވެ. އޭނާޔާ ދިމާއަށް މީހުން އެހެން ކިޔަމުންވެސް ދިޔައެވެ.

ވިސްނައިލަމާ (1) – ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެ

ކިޔާފައިވާ ޢަދަދު: 1489
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ނިކަން ވިސްނައިލަމާތޯއެވެ؟ ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެއޭ ކިޔާ އަޑު އައްސަވަމެއް ނޫންތޯއެވެ؟ ކުޑަ ކުއްޖަކު ކަލާނގެއާ މުޚާޠަބްކޮށް ލިޔުނު ނޯޓެއްގައި އޮތެވެ. “މަންމަ އަޅުގަނޑު ވިހެއި ވަގުތު، ވަރަށް ބޮޑު ވޭނެއް ތަޙައްމަލު ކުރިއޭ ބޭބެ ބުންޏެވެ. އެއީ ބޭބެ ސަމާސަޔަކަށް ދެއްކި ވާހަކައެއް ދޮގެއްތޯއެވެ؟” ނޫނެކެވެ. އެއީ ހަމަ ވަރަށް ބޮޑު ތެދެކެވެ. އެކަމަކު ދުނިޔޭގެ އެތައް މިލިއަން އަންހެނުންނެއް މި ބުރައާއި ވޭން އުފުލައެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ އެ މީހުން ބޭނުންވާ އުފާވެރިކަމަށް އޮތް މަގަކީ އެއީ ކަމަށް ވުމެވެ. އަމިއްލަ ދަރިއެއް ލިބިގަތުމުގެ ބޮޑު އުފާ ހާސިލުކުރެވެން އޮންނަ ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ވުމެވެ.

[ދާނޭދާނޭޕެ ލިކާހެ ކާނޭވާލޭކަ ނާމް]

ކިޔާފައިވާ ޢަދަދު: 1376
ޢަބްދުﷲ ނަޢީމް އިބްރާހީމް
ސުރުޚީގައި އެވަނީ ހިންދީ ލަވައެއްގެ މައިގަނޑުގެ ފުރަތަމަ ބައެވެ. “ދާނޭދާނޭޕެ ލިކާހެ ކާނޭވާލޭކަ ނާމް” މި ޖުމްލައިގެ މާނައަކީ “ކޮންމެ އޮއްޓަރެއްގައިވެސް އެ އޮއްޓަރެއް ކާނޭ މީހެއްގެ ނަން ވަނީ ލިޔެވިފައެވެ.”

މިއީ ވަރަށް ބޮޑު ތެދެކެވެ. ﷲ ދުނިޔޭގައި ލައްވައިފައިވާ ކޮންމެ އެއްޗެއްމެ ލައްވައިފައި ވަނީ ވަކި ބޭނުމަކަށްޓަކައެވެ. ރިޒުޤަކީވެސް މީސްމީހުންނަށް “ލިޔުއްވައިފައިވާ” ތަކެއްޗެވެ. ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނީ އެ މީހަކަށްޓަކައި ލިޔުއްވައިފައިވާ އެއްޗެއް، ލިޔުއްވައިފައިވާ މިންވަރަކަށެވެ.

އިމާމް އައްޝާފިޢީގެ އަރިހުން ރީތި ފިލާވަޅެއް

ކިޔާފައިވާ ޢަދަދު: 1320

އިމާމް އައްޝާފިޢީގެ އަރިހުން ރީތި ފިލާވަޅެއް

މީހުންގެ ލޯބި ލިބޭނީ ރިވެތި އަޚުލާޤުންނެވެ.

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
الامام الشافعي   ގެ ނަސަބު ފުޅަކީ، محمد بن ادريس بن  العباس بن عثمان بن شافع بن السائب އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ފަލަސްތީނުގެ ޣައްޒާގައި ހިޖުރައިން 150 ވަނަ އަހަރެވެ.
 
އެއީ އިމާމް އަބޫ ޙަނީފާ އަވަހާރަވި އަހަރުވެސްމެއެވެ! މަންމާފުޅު އޭނާ ވަރަށް ތުއްޕުޅު އިރު މައްކާއަށް ގެންދެވިއެވެ. އަދި މީހުން ހައިރާންވާހައި  ޅަފަތުގައި ކީރިތި ޤުރުއާންގެ އިތުރުން ގިނަ އަދަދެއްގެ ހަދީސް ހިތުދަސްކުރެއްވިއެވެ. އަވަހާރަވީ އުމުރުފުޅުން 54 އަހަރުގައި މިސްރުގައެވެ. 

އޭރުގެ ފަތްފުށްތަކުން…. (102)

ކިޔާފައިވާ ޢަދަދު: 3181

އޭރުގެ ފަތްފުށްތަކުން…. (102)

އޭނާ މީހަކަށް ހެދީ ކޮންއެއްޗެއް ހެއްޔެވެ؟

މުޙައްމަދު ވަޙީދު މަޑުލު

އަލްފާޟިލް މުޙައްމަދު ވަޙީދު މަޑުލު، ނުވަތަ މަޑުލު މުޙައްމަދު ވަޙީދަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށްވުރެ ކުޅަދާނަ ކުރުވާހަކަ ލިޔުންތެރިއެކެވެ. އޭނާގެ ކުރުވާހަކަތަކަކީ އެ ފަންނުގައި ނަމޫނާ ވާހަކަތަކެކެވެ. ދާދިފަހުންވަނީ އޭނާގެ ފުރަތަމަ ދިގުވާހަކަ ވެސް ޝާއިޢުކުރައްވައިފައެވެ.

ބޭރުގެ ޚަބަރު ލިޔުއްވުމަކީވެސް ވަޙީދުގެ ކުރީގެ ފަންނެކެވެ. ދުވަހު ނޫސް “މޫންލައިޓް” ގައި ގިނަ ދުވަސްތަކެއްވަންދެން ބޭރުގެ ޚަބަރުތައް ލިޔުއްވަމުން ގެންދެވިއެވެ. ވަޙީދުގެ ލިޔުންތައް ޝާއިޢުކުރެވިފައިވާ ނޫސް މަޖައްލާތަކުގެތެރޭގައި “މޫންލައިޓް” “ފަތްތޫރަ” “ޖަމާޢަތުގެ ޚަބަރު” “ހަވީރު” “ފުރަދާނަ” “ދަރުމަ” ފަދަ ނޫސް، މަޖައްލާތައް ހިމެނެއެވެ. އޭނާ ލިޔުއްވާފައިވާ ދާއިރާތަކުގެތެރޭގައި ޤައުމީ، އިޖްތިމާޢީ އަދި ބޭރުގެ ދުނިޔޭގެ މައްސަލަތައް ހިމެނެއެވެ.

ދޮގު މަޢުލޫމާތު ފަތުރައި، މީހުންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމުގެ ނުރައްކާތެރިކަން

ކިޔާފައިވާ ޢަދަދު: 2959
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެއްވެސް އަޞްލެއް އަސާސެއް ނެތް ވާހަކަތައް ދައްކައި އަމިއްލަ ބޭނުމަށްޓަކައި މީހުން ބަދުނާމުކުރުމަކީ ޑިމޮކްރެސީގެ ނަމުގައި ބައެއް މީހުން ކުރާ ކަމެކެވެ. އެއީ ވަރަށް ނުރައްކާތެރި ޢަމަލެކެވެ. މަޢުލޫމާތު ހޯދުމާއި، ލިބޭ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްކަން ކަށަވަރު ކުރުމަށް އިސްލާމް ދީނުގައި ބާރުއަޅައިފައިވަނީ ދޮގު މަޢުލޫމާތު ފެތުރުމުގެ ނުބައިކަމުގެ ބޮޑުކަމުންނެވެ.