[ކުދިކުދި] ބޮޑެތި ކަންތައްތަކެއް

ކިޔާފައިވާ ޢަދަދު: 8183
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެން ނަމާދުކޮށް ރޯދަ ހިފައި ޒަކާތްދީ ޙައްޖުކޮށް މާތް ﷲ އެންގެވި ގޮތަށް އުޅެ، ނަހީކުރެއްވި ކަންތައްތަކުން ދުރުވެވޭތޯ މަސައްކަތް ކުރަނީ މުސްލިމުންނަށް ވީތީ އެވެ. މުސްލިމުންނަކީ މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީން ކަމުގައިވާ އިސްލާމް ދީނުގެ އަހުލުވެރީންނެވެ.

ބަރުގޮނު އަޅަނީ ކީއްކުރަން؟

ކިޔާފައިވާ ޢަދަދު: 2936
އަޙްމަދު ޝިޔާމް
ބަރގޮނުު އަޅަނީ ކީއްކުރަންހޭ އަޅުގަނޑުގެ ރަޙްމަތްތެރިއެއްގެ ގާތުގައި އެހުމުން އޭނާބުނީ އެހެންމީހުންނަށް ދުއްތުރާ ކުރަން ކުރާ ކަމެއްކަމަށެވެ. އެހެން ރަޙްމަތްތެރިއެއްގެ ގާތުގައި އެސުވާލު އެގޮތަށް ކުރުމުން އޭނާ ބުނި އެއީ މަގުން ތަންހޯދުމަށް ކަމަށެވެ.

ކޮންމެއަކަސް ބަރުގޮނުު ނުވަތަ ބަރުގޮނު، އެޅުމުން މިހާރު އެއަޑަކީ މީހުން ފޫހިވާ އަދި އަޑުއަހަން އުނދަގޫ އަޑަކަށްވަނީ ވެފައެވެ. އަޅުގަނޑުމެން ބައިސިކަލް ދުއްވި ޒަމާނުގައި ރަނގަބީލު އަޅަނީވެސް މީހުންނަށް ދުއްތުރާކުރާކަށް ނޫނެވެ. މަގުންތަންހޯދުމަށާއި ގޯޅިއަކުން ލަނބާލާއިރު އެކްސިޑެންޓެއް ވެދާނޭ ކަމުގެ ބިރަށެވެ.

ރިވެތި އަޚްލާގުގެ ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 4009

އަޙްމަދް ސަމީރު ޢަލީ

ކީރިތި ރަސޫލާގެ ނިބޫ ކާފަ ދެ ދަރިކަލުން، ތުއްޕުޅު އަލްޙަސަން އާއި އަލްހުސެއިން، މި ދެބެން އެއްދުވަހަކު ނަމާދަށް ވަޑައިގަތެވެ. އެ ދެބޭފުޅުންނަށްމެ ފާހަގަ ކުރެއްވުނީ މިސްކިތްދޮށުގައި ވުޟޫ ކުރަން ހުރި އުމުރުން ދޮށީ ފިރިހެނެކެވެ. ފަހަރުގައި އަލަށް އިސްލާންވި މީހަކަށް ވުންވެސް އެކަށީގެންވެއެވެ. އެ ދެބެންނަށްވެސް ފާހަގަ ކުރެއްވުނީ އޭނާ ވުޟޫ ކުރަނީ ނުބައިކޮން ކަމުގައެވެ!

ހަސަދަވެރިން ގެންނަ އިހާނާތްތެރި ހަދިޔާގައި ނުހިފާށެވެ.

ކިޔާފައިވާ ޢަދަދު: 7627
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އާއި މާ ދުރުނޫން ހިސާބެއްގައި ޖަޕާނުގެ ފަހުލަވާނުންގެ ގޮތުގައި މަޝްހޫރު ސަމުރާއި އަކު ބުޑިސްޓް ފައްޅިއެއްގައި މަސައްކަތް ކުރަން ފެށިއެވެ. މީނާއަކީ ޒުވާންއިރު، ގައިބާރު ވަރުގަދަ، އެހައިމެ ހަލުވި، ހަނގުރާމައިގެ ފަންނަށް އަރައިހުރި ފަހުލަވާނެކެވެ. ނަމަވެސް މިހާރު މުސްކުޅިވެ، މުޅި ދިރިއުޅުން ބަދަލުކޮށްލައި، މިހާރު ކިޔަވައިދެނީ ބުޑިޒަމްގެ ޒެން ގޮފީގެ  ފަލްސަފާއެވެ. މިއީ މަޑުމައިތިރި ކަމާއި، ގުދުރަތީ ކަންކަމަށް ލޯބިކުރުމަށް ވަރަށް ހިތްވަރުދޭ ( ބުޑިސްޓް ފަލްސަފާގެ) ގޮތްޕެކެވެ.

މިވާ ގޮތަށް ވިސްނަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 2908
ޙަބީބާ ޙުސައިން ޙަބީބު

މިހާރު އަޅުގަނޑުމެން ދިވެހިން ދެކޭގޮތުގައި، ދިވެހިންނަށް މިނިވަންކަމާއެކުފިކުރާއި ޚިޔާލު ފައުޅުކުރުމަށްމިހާރު މިއޮތީ ފިސާރި މިނިވަން ޖައްވެކެވެ. ތެދުފުޅެއްމެއެވެ. ނަމަވެސް، އައްސަވައިފިނަމަ ދަންނަވާނީ “މިނިވަން” މިބަސް އަޅުގަނޑުމެން ދިވެހިން މިހާރު މާނަކުރަނީ، އޭގެ ހެޔޮ، އޭގެ ޞައްޙަ އަދި އޭގެ އެދެވިގެންވާ މާނައެއްގައެއް ނޫނެވެ.

ހުޅަނގުގެ މުޖުތަމަޢުން އަންހެނުންނަށް ލިބިދޭ މިނިވަންކަން

ކިޔާފައިވާ ޢަދަދު: 5021

ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ

ފިރިހެނުންނާއި އަންހެނުންގެ ހަމަހަމަކަމަށް ވަކާލާތުކުރާ ހުޅަނގުގެ ގައުމުތަކުގައި، އެމީހުންގެ ޒަމާނީ އަޚުލާޤީ ހަމަތަކާއި އަދި ޢިލްމީ ގޮތުން ކުރިއަރާފައިވާ މިންވަރަށް ބަލާއިރު، އަދިވެސް އަންހެނުންގެ މިނިވަންކަމާއި ޙައްޤުތައް ހޯދައިދިނުމުގައި ހުޅަނގުވަނީ ފޭލިވެފައެވެ. ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ އަންހެނުން އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދެވޭކަމަށް ކިތަންމެ ވަރަކަށް ދަޢުވާކުރިކަމުގައި ވިޔަސް އިސްލާމް ދީނުގައި އަންހެނުންގެ މިނިވަންކަން ކަނޑައަޅައިފައިވާ ގޮތަށް އަދިވެސް އެ މީހުންނަކަށް އަންހެނުންގެ މިނިވަންކަން ބަޔާންކޮށް ދެވިފައެއްނުވެއެވެ.

ބަރުގޮނު އެޅުން، ކުޑައިމީސްކުރުމާއި ފިތުނަ

ކިޔާފައިވާ ޢަދަދު: 7704
ޢަޙްމަދް ސަމީރު ޢަލީ
ދާދި މިދާކަށް ދުވަހު ސައިކަލުގައި އަޅުގަނޑު ދުއްވައިފައި ދަނިކޮށް ކުރިމަތީގައި އޮތް ޕިކަޕެއް ހުއްޓައިފިއެވެ. އިރުކޮޅަކުން އެ ޕިކަޕުގައި ގެނައި އިންޖީނެއް މަރާމާތު ކުރުމަށް ބޭލުމުގެ މަސައްކަތް ބަޔަކު ފަށައިފިއެވެ. ކަންތައް ހިނގަމުން ދާގޮތް “އެންމެ ކުރީބަރިން” އަޅުގަނޑަށް ފެންނާތީ ސައިކަލުގެ އިންޖީނު ނިވައިލައިފީމެވެ. އަޅުގަނޑުގެ ދެފަރާތުގައި ތިބި މީހުންނަށް ވެސް، ކުރިމަތީގައި އޮތް ޕިކަޕުން އެ އިންޖީނު ބާލަން އެ ބަޔަކު ކުރާ ހިތްވަރު ފެންނާތީ މަޑުމަޑުން ކެތްތެރިކަމާއެކު ތިބީއެވެ.

އަޅެ މިއީ އަރަތެއް ނޫން ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 5208
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ

ޒަމާން ބަދަލުވެ، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށް ގޮސް އުސް ޢިމާރާތްތައް ހެދި ވަރަކަށް އަޅުގަނޑުމެން ރުންކުރުވެ އެއް ބަޔަކު އަނެއް ބަޔެއްގެ ކަރުގައި ހިފަން މިތިބެނީ ތައްޔާރަށެވެ. މަގުތަކާއި ގޯޅިތަކުގައި ގާ އަތުރައި މަގުތައް ކިތަންމެ ފުޅާވެފައި ފަސޭހަވިޔަސް، އަޅުގަނޑުމެންގެ ވިސްނުން ކުރިއަށްވުރެ ހަނިވެއްޖެ އެވެ. އަޅެ މިއީ އަރަތެއް ނޫންހެއްޔެވެ؟
އަޅުގަނޑުމެން ޚަރަދުކުރާ މިންވަރު ކިތަންމެ މަތިވިޔަސް ފުދިގެން އުޅޭ ތަނެއް ނުފެނެއެވެ. އަޅުގަނޑުމެން ކިތަންމެ ބައިވަރު ތަކެއްޗެއް ގަތަސް އެއިން ލިބޭ އުފަލެއް އޮތްކަމަކަށް ނުވެއެވެ. އަޅުގަނޑުމެންގެ ގެދޮރު ކިތަންމެ ބޮޑުވެފައި ކިތަންމެ ޗާލުވިޔަސް، ޢާއިލާ ކުޑަވެފައި ކިތަންމެ ފަސޭހަވިޔަސް، ވަގުތު ނެތުމުގެ ސަބަބުން ޢާއިލާއަށް ދޭންވާ ވަގުތު އަޅުގަނޑުމެންނަށް ދެވޭކަމަކަށް ނުވެއެވެ. އަޅެ މިއީ އަރަތެއް ނޫންހެއްޔެވެ؟

އޭރުގެ ފަތްފުށްތަކުން….(12)

ކިޔާފައިވާ ޢަދަދު: 6670

إنسانއާގެ ދިރިއުޅުމުގެ مقصدއަކަށް ވާންވާނީ ކޮންކަމެއްތޯއެވެ؟

الفاضل حسن موسىދީދީ

އަލްފާޟިލް ޙަސަން މޫސާ ދީދީ (ރަޙިމަހުﷲ) އަކީ، މަދްރަސަތުލްމަޖީދިއްޔާގެ ނާޒިރުގެ މުޢާވިނުކަމާއި މުރްޝިދުލްއަޚްލާޤުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ވަރަށް ރަނގަޅަށް އުރުދޫބަސް ދެނެވަޑައިގަންނަވާ އުރުދޫ ބަހުގެ އުސްތާޛެކެވެ.
މި ލިޔުމަކީ، 15 ޛިލްޤަޢިދާ 1375ގައި ނުކުތް،”دينى روح” ގެ 32 ވަނަ ޢަދަދުން ނަގައިފައިވާ ލިޔުމެކެވެ.
މާތްﷲ، ޙަސަން މޫސާ ދީދީގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާށިއެވެ!

ޝައްކެއްނެތެވެ. إنسانއާގެ އެންމެ މަތިވެރި مقصدއަކަށް ވާންވާނީ، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމެވެ. ނަމަވެސް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދޭނީ، ތިމާއަށް ތަންދޮރުވަކިވީއްސުރެން، އެ މަތިވެރި ގޮތްތައް ހޯދުމަށް މަސައްކަތް ކުރުމުގައި، ދެމިހުރެގެންނެވެ.

ނެތީ އިޚްލާސްތެރިކަމޭ…..!

ކިޔާފައިވާ ޢަދަދު: 5192

ޙަސަން ޒަހީން
ކޮންމެ މީހަކުވެސް ޚިދުމަތްކުރަނީ ޤައުމަށެވެ. ދިރިއުޅޭ ވަޠަނަށެވެ. ޤައުމުގެ ތަރައްޤީއަށެވެ. ޤައުމުގެ ޙާލަތު މިއަދަށްވުރެ ރަނގަޅުކޮށް އުފާވެރި ޙަޔާތެއް ފަހިކުރުމަށްޓަކައެވެ. ތިމާގެ އެދުންތަކުގެ ކުރިއަށް ޤައުމު އިސްކޮށް، އެއީ އެންމެ އުސް ކުންނުކަމުގައި ދެކިގެންނެވެ. މިއީ އިޚްލާސްތެރި ހިތަކުން ޚިދުމަތްކުރުން އޮންނަންޖެހޭނެ ކަމަށް އަޅުގަނޑުގެ ޒަމީރު ޤަބޫކުރާ ގޮތެވެ. އެހެންކަމުން ކޮންމެ ފަރުދަކު ވެސް އެމީހަކާ ޙަވާލުވެފައިވާ ވާޖިބުތަކާއި ޒިންމާތައް އަދާކުރަމުން ދާންވާނީ އަމިއްލަ ނަފުސުގެ ކުރިއަށް ޤައުމު އިސްކޮށްގެންނެވެ. ތިމާގެ ބޭނުންތަކާއި ފައިދާތަކަށްވުރެ ބޮޑަށް ގައުމުގެ ބޭނުންތަކާއި އެދުންތައް އިސްކޮށްގެންނެވެ.