ބަދުރު ހަނގުރާމަ-1: ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (6)

ކިޔާފައިވާ ޢަދަދު: 1056
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ބަދުރު ހަނގުރާމަ-1: 

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (6)

ޢަބްދުﷲ ފާރޫޤު ޙަސަން
ޚައިބަރުގެ އެންމެ ގަދަފަދަ ކިއްލާ ފަތަޙަކުރެއްވުމަށް އެތައްދުވަހަކު ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ނުވުމުގެ ސަބަބުން، حيـدر كـرّار على مرتضى رضى اللّـه عنــه  އަށް ލަޝްކަރުގެ ދިދަ ދެއްވި ދުވަހު، على ގެފާނު މައިދާނަށް ފޮނުއްވަމުން ވިދާޅުވިއެވެ. 
“އޭ على އެވެ. ކަލޭގެފާނުގެ ސަބަބުން އެންމެ މީހަކަށް ތެދުމަގު ފެނުންވެސްވާނީ ކަލޭގެފާނަށްޓަކައި ސުމާރެއް ނެތްހައި ބޮޑު ނިޢުމަތެއްކަމުގައެވެ.”

ބަދުރު ހަނގުރާމަ-1: ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (5)

ކިޔާފައިވާ ޢަދަދު: 1068
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ-1:

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (5)

ޢަބްދުﷲ ފާރޫޤު ޙަސަން
ވިސްނައިވަޑައިގެން ބައްލަވާށެވެ. އިސްލާމްދީނުގެ ނަބިއްޔާ ހަނގުރާމަވެރި ޝަޚްޞިއްޔަތެއްގެ ޙައިޘިއްޔަތުން މައިދާނަށް ނުކުމެވަޑައިގެންނެވިނަމަ ބަދުރުގެ މައިދާނުގައި އެކަލޭގެފާނުގެ ސިފައިންނަށް ހާޝިމްވަންހައިގެ މީހުން ޤަތުލު ނުކުރާށޭ އެބައިމީހުން ހަނގުރާމަޔަށް ނެރުނީ ގަދަކަމުންނޭ އެންގެވީސްހެއްޔެވެ. عبّاس بن عبدالمطّلب އާއި أبولبخترى ޤަތުލުނުކުރާށޭ އެންގެވީސްހެއްޔެވެ؟  (أبولبخترى ވަނީ އޮޅުމެއްގެ ތެރޭގައި ޤަތުލުވެފައެވެ.) ބަދުރުގެ އަސީރުން ކުކުރާ އަޑު އިވިވަޑައިގަތުމުން، މަދީނާގެ ފަތަޙަ ލިބިވަޑައިގެން ހުންނެވި ޙާކިމަށް ރޭގަނޑު ލޮލުފިޔަފުޅުވެސް ޖައްސަވައެއް ނުލެއްވުނެވެ. ދަންވަރު ތެދުވެވަޑައިގެން އަސީރުންގެ ބަނދެފައިހުރި އަތްތައް މޮހައި ރައިކޮށްދީ ދޫކުރަން އަމުރު ކުރެއްވިއެވެ.

ބަދުރު ހަނގުރާމަ-1: ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް(4)

ކިޔާފައިވާ ޢަދަދު: 995
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ-1: 

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް(4)

ޢަބްދުﷲ ފާރޫޤު ޙަސަން
ތިޔަބައިމީހުންނެވެ. ނުވަތަ އަހަރެމެންނެވެ.
   
އިސްވެދިޔަ ނުކުތާތަކުގެ އަލީގައި އިސްލާމްދީނުގެ ޖިހާދުގެ ނަޒަރިއްޔާއަކީ ކޮބައިކަން ހިތަށް ގެނެސްގެން މެނުވީ އިސްލާމީ އިންޤިލާބުގެ ދިދަ އުފުއްލަވައިލެއްވި ފަރާތާއި އެ އިންޤިލާބުގެ ދުޝްމިނުންނާ ދެމެދު ހިނގި ހަނގުރާމަތަކުގެ ބާވަތް ވިސްނައެއް ނުގަނެވޭނެއެވެ. މި މައްސަލައިގައި ހިމެނޭ މައިގަނޑު ނުކުތާއަކީ، ޢަރަބިކަރައިގެ ތާރީޚުގެ މައިދާނުގައި ދެބާރެއްގެ ދެމެދުގައި ކުރިމަތިލުމެއް ހިނގިކަމެވެ. އޭގެތެރެއިން އެއްބާރަކީ، ފާސިދު އަދި އަނިޔާވެރި ޖާހިލީ ނިޒާމަކުން ޢާއްމުން ސަލާމަތްކޮށް އަމަންއަމާންކަމާއި އިންސާފުގެ އާފަތިހެއް ގެންނާން ބޭނުންވި ބާރެކެވެ. އަނެއް ބާރަކީ، މުސްކުޅިވެ ބާވެފައި އޮތް ޖާހިލީ ނިޒާމެއް އެ އޮތްގޮތަށް ދެމެހެއްޓުމަށްޓަކައި އިސްލާމީ ތަޙްރީކު ސުންނާފަތިކޮށް ވެއްޔާ މޮޑެލަން، ކަށީގެ މަދުން ހިތްވަރު ނެރެގެން މަސައްކަތްކުރި ބާރެކެވެ.

ބަދުރު ހަނގުރާމަ-1: ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (3)

ކިޔާފައިވާ ޢަދަދު: 1050
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ-1: 

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (3) 

ޢަބްދުﷲ ފާރޫޤު ޙަސަން
އެހެންކަމުން، އެ ފަސްމަންޒަރުގައި މުސްލިމުން ފެށި މަސައްކަތާ ބެހޭގޮތުން އެއީ ދީން ފެތުރުމަށްޓަކައި ކަނޑީގެ ބޭނުންކުރުންތޯ ނުވަތަ ދިފާޢީ ޙަރަކާތެއްތޯ ނުވަތަ އަނިޔާވެރި ގޮތުގައި ބާރުގެ ބޭނުންކުރުންތޯ ބަޙުޘު ކުރުމަކީ އެއްވެސް ފުލެއް، ބިތެއް، މައްޗެއް އޮތްކަމެއް ނޫނެވެ. ނަމަވެސް އިސްލާމްދީނާ ދުޝްމިން ހުޅަނގުގެ އޮރިއެންޓަލިސްޓުން ވަނީ ކުރިންވެސް ދެންނެވިފަދައިން، މި ބަޙުޘު ފަށައި، އިސްލާމްދީނުގެ ޖިހާދުގެ ނަޒަރިއްޔާގެ ސިފަ ގެއްލުވައިލައިފައެވެ. މޫނުމަތި ހުތުރުކޮށްފައެވެ. މުސްލިމުންގެ ތެރެއިން ބައެއް މުފައްކިރުންވަނީ އެވާހަކަތައް ދިފާޢުކުރެއްވުމަށްޓަކައި ފަހަތަށްފައިބައި ވަޑައިގެން ދިފާޢީ ލިޔުންތަކެއް ލިޔުއްވަން ފައްޓަވައިފައެވެ. 

ބަދުރު ހަނގުރާމަ: ޢަޤަބާއިން ބަދުރުގެ މައިދާނާ ހަމައަށް (2)

ކިޔާފައިވާ ޢަދަދު: 1109
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ:

ޢަޤަބާއިން ބަދުރުގެ މައިދާނާ ހަމައަށް (2)

ޢަބްދުﷲ ފާރޫޤު ޙަސަން
(12 ޖުލައި 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެބޭކަލުންގެ ޙިމާޔަތުގެ ޔަގީންކަން އަރުއްވައި މަދީނާއަށް ވަޑައިގަތުމުގެ ދަޢުވަތު އެރުއްވިއެވެ. މިއީ އިސްލާމްދީނަށާއި މުސްލިމުންނަށް ހިޔާވަހިކަމުގެ މަންޒިލެއް ލިބުމުގެ ފެށުމެވެ. މުސްލިމުންގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އާރާއި ބާރުގެ މަރުކަޒަކަށް މަދީނާ ހަމަޖެހިގެން ދިއުމުގެ ފެށުމެވެ. މައްކާގެ ޒަމާންވީ ޝަރަފާއި، ޢިއްޒަތާއި އިޖްތިމާޢީ މަތިވެރި މަގާމުބީވެ ދިއުމުގެ މުޤައްދިމާއެވެ.

ބަދުރު ހަނގުރާމަ: ޢަޤަބާއިން ބަދުރުގެ މައިދާނާ ހަމައަށް (1)

ކިޔާފައިވާ ޢަދަދު: 1047
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ:

ޢަޤަބާއިން ބަދުރުގެ މައިދާނާ ހަމައަށް (1)

ޢަބްދުﷲ ފާރޫޤު ޙަސަން 
އިސްލާމް ދީނުގެ ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ރިސާލަތުގެ ދަޢުވަތާއި ތެދުވެވަޑައިގަތީ މީލާދީން 610 ވަނަ އަހަރުއެވެ. އެ ދަޢުވަތަކީ ޤަބީލާތަކެއްގެ އަރާރުމާއި ވާދަވެރިކަމާ ތަކައްބުރު ނައްތައިލައްވައި އެއްބަނޑު އެއްބަފާކަމުގެ ނިޒާމެއް ބިނާ ކުރެއްވުމުގެ ދަޢުވަތެކެވެ. ބައިބައިވެފައިތިބި ހަރުކަށި ބަޔަކު އެއްބައިވަންތަ ކުރައްވައި ޤާނޫނުތަކަށް ބޯލަންބަވައި ދުސްތޫރީ އަދި ޖުމްހޫރީ ނިޒާމެއް ޤާއިމު ކުރެއްވުމުގެ ދަޢުވަތެކެވެ. ނިދާފައިއޮތް ޢިލްމީ ފިކުރުތައް ހޭލައްވައި ޙަރަކާތްތެރި ކުރެއްވުމުގެ ދަޢުވަތެކެވެ. ޖާހިލުކަމުގެ އަނދިރީގެ ތެރެއިން ޢިލްމާއި މަޢުރިފާގެ އަލިކަމުގެތެއަށް އިންސާނިއްޔަތު ނެރުއްވުމުގެ ދަޢުވަތެކެވެ. ނިވިފައިހުރި އަޚްލާޤީ އަގުތަކުގެ ދަންމަރުތައް އަލުން ދިއްލައިލެއްވުމުގެ ދަޢުވަތެކެވެ. އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ފައިދަށުލެވި އަޅުވެތި ކުރެވިފައިތިބި ފަންތިތަކަކަށް މިނިވަންކަމާއި ހަމަހަމަކަމުގެ ސުވަރުގެއެއް ހޯއްދަވައި ދެއްވުމުގެ ދަޢުވަތެކެވެ.