އިސްލާމްދީނުގެ ކުރީކޮޅު މުސްލިމު ޒުވާނުންގެ ހަރުދަނާކަމާއި ސާބިތުކަން

ކިޔާފައިވާ ޢަދަދު: 55

އިސްލާމްދީނުގެ ކުރީކޮޅު މުސްލިމު ޒުވާނުންގެ ހަރުދަނާކަމާއި ސާބިތުކަން އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނުގެ ކުރީކޮޅު މުސްލިމު ޒުވާނުންގެ އީމާންތެރިކަމާއި، ދީނަށް ނަޞްރު ދިނުމުގައި އެބައިމީހުންގެ ސާބިތުކަމާއި، ހިތްވަރުގަދަކަން ބަޔާންވެފައިވާ ޙަދީޘެއް އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވެއެވެ. قَالَ عَبْدُ الرَّحْمَنِ بْنُ عَوْفٍ: “إِنِّي لَفِي الصَّفِّ يَوْمَ بَدْرٍ إِذِ التَفَتُّ فَإِذَا عَنْ يَمِينِي وَعَنْ يَسَارِي فَتَيَانِ حَدِيثَا السِّنِّ، فَكَأَنِّي لَمْ آمَنْ بِمَكَانِهِمَا، إِذْ قَالَ لِي أَحَدُهُمَا سِرًّا مِنْ…

ޒުވާނުންނަކީ ޤައުމުގެ އެންމެ އަގުހުރި ރައުސްމާލެވެ.

ކިޔާފައިވާ ޢަދަދު: 109

ޒުވާނުންނަކީ ޤައުމުގެ އެންމެ އަގުހުރި ރައުސްމާލެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މިއަދަކީ ރާއްޖޭގައި ފާހަގަކުރެވޭ ޒުވާނުންގެ ދުވަހެވެ. ވަކި ދުވަހެއް ޒުވާނުންގެ ނަމުގައި ފާހަގަކުރުމުގެ ބޭނުމެއްކަމުގައި ފެންނަނީ، ޤައުމުގައި ޒުވާނުންނަށް ދެވިގެންވާ މަޤާމުގެ މަތިވެރިކަން ވަޒަންކުރުމެވެ. އެކަން އެންމެންގެ ޢަމަލީ ކަމެއްކަމުގައި ހެދުމެވެ. ޤައުމެއްގެ ގޮތުގައި ބަޔަކުމީހުން ދެމިތިބުމުގެ ފުރާނައަކީ އެ ޤައުމުގެ ޒުވާނުންގެ ކިބާގައި ނުގުޑާފަދަ ހަރުދަނާ އީމާންތެރިކަމަކާއި، މަތިވެރި އަޚުލާޤީ ސިފަތަކާއި، ޤައުމީ ރޫޙާއި ޤައުމީ ލޯބި އަށަގެންފައިވުމެވެ. އަމުދުން ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ…

އިސްލާމީ ނިޒާމަކީ މަޝްވަރާގެމަތިން ކަންކަން ނިންމުމެވެ.

ކިޔާފައިވާ ޢަދަދު: 106

އިސްލާމީ ނިޒާމަކީ މަޝްވަރާގެމަތިން ކަންކަން ނިންމުމެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މިއަދަކީ ރާއްޖޭގެ މިއަހަރުގެ ޖުމްހޫރީ ދުވަހެވެ. މިއީ ރައްޔިތުންގެ ކަންކަން އެބައިމީހުންގެ މެދުގައި މަޝްވަރާކޮށްގެން ނިންމުމުގެ މަތިވެރި ނިޒާމަށް ރާއްޖޭގައި ޢަމަލުކުރަން ފެށުމުގެ ޛިކްރާ އައުކުރެވޭ މުހިއްމު މުނާސަބާއެވެ. ޝައްކެއްނެތެވެ. اللَّهُ އަމުރުކުރައްވާފައިވަނީ، މުސްލިމުން އެބައިމީހުންގެ ކަންކަން މަޝްވަރާގެ އުސޫލުން ހިންގުމަށެވެ. ކީރިތިޤުރްއާނުގެ ސޫރަތަކަށް [އައްޝޫރާ] ގެ ނަން ދެއްވާފައިވުމީ، މަޝްވަރާގެ މުހިއްމުކަން ހާމަވާ ކަމެކެވެ. އައްޝޫރާ ސޫރަތުގައި اللَّهُވަޙީކުރައްވާފައިވެއެވެ. {وَأَمْرُهُمْ شُورَى بَيْنَهُمْ} (الشورى:38)…

އޭރުގެ ފަތްފުށްތަކުން...!: أصلއެއްނެތް ވާހަކަތައް.

ކިޔާފައިވާ ޢަދަދު: 64

أصلއެއްނެތް ވާހަކަތައް. = الفاضل ابراهيم شهاب = އިދާރީ ނޯޓެއް: އޮނަރަބްލް އަލްއުސްތާޒު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މި ވަނީ،  މީގެ 65 އަހަރު ކުރީން، އާދެ! ހިޖުރައިން 1374 ވަނަ އަހަރުގެ މުހައްރަމް މަހުގެ 15 ވަނަ ދުވަހު ނުކުތް ” ދީނީ ރޫހު” ން ނެވެ. މި ލިޔުން ނަކަލުކުރުމުގައި ލިޔުމުގެ އަސްލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ. ___________________________________         موضوع އަކީ، އަޅުގަޑުދެކޭގޮތުގައި، މުޅި…

ރުޅި އިސްކުރުމަކީ އެއްވެސް ކަމެއްގެ ޙައްލެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 76

ރުޅި އިސްކުރުމަކީ އެއްވެސް ކަމެއްގެ ޙައްލެއް ނޫނެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ރުޅި އިސްކުރުމަކީ، ޝައިޠާނާގެކިބައިން މެދުވެރިވާ ކަމެކެވެ. އެއްވެސް ކަމެއްގައި ރުޅި އިސްކޮށްގެން އެ ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި އެ ކަމެއް ފުރޮޅިގެން ދާނީ ނުބައިން އެއަށްވުރެ ނުބަޔަށެވެ. އެހެނީ ޝައިޠާނާ އަބަދުވެސް މަސައްކަތްކުރަނީ މީސްތަކުންގެ ދެމެދުތައް ފަސާދަކޮށް، ރުޅިވެރިކަން އުފެއްދުމަށެވެ. ދެ މީހެއް ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ދެމެދުގައި އުފެދުނު މައްސަލައެއް، ނުވަތަ ދޭދޭ ޤައުމުގެ ދެމެދުގައި އުފެދުނު މައްސަލައެއް…

ރަތްލެއިން ލިބިގެންދާ ފިލާވަޅު

ކިޔާފައިވާ ޢަދަދު: 130

ރަތްލެއިން ލިބިގެންދާ ފިލާވަޅު ތަސްނީމް ޢަލީ ހިންދުގެ މާކަނޑުގެތެރޭގައި އުފުލިފައިވާ މުތީތަކެއްގައި ދިވެހިން އުޅެމުން އައިސްފައިވަނީ އުފަލުންނެވެ. މާޒީގެ ސަފުހާތައް ހޯދާބަލައިލުމުން ދިވެހިންގެ މެދުގައި އޭރު އާއްމުވެފައިވާ އޯގާވެރިކަމާ އެހީތެރިކަން، ފެނި ހާމަވެއެވެ. އަވަށްޓެރިންނާއެކު އާއިލީ ގުޅުންތައް ބަދަހިވަމުން އައިސްފައިވަނީ އެއިން މީހެއްގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓެން ނޭދޭ މިންވަރަށެވެ. އެހެންނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ. މިއަދު ދިވެހިންގެ ހަމަ ނުޖެހުން ބޮޑުވެ ލޭގެކޯރެއްގައި ކަންބޮޑުވާމިންވަރަށް އާއިލާތަކެއް މިވަނީފަތަން ޖެހިފައެވެ. މި ލެއިން…

އަމާން ދިރިއުޅުމަކަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކަށް ޢަފޫކޮށް ހިތްހެޔޮކުރުމުގެ މުހިއްމުކަން

ކިޔާފައިވާ ޢަދަދު: 186

އަމާން ދިރިއުޅުމަކަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކަށް ޢަފޫކޮށް ހިތްހެޔޮކުރުމުގެ މުހިއްމުކަން އަޙްމަދު ފާރޫޤް މުޙައްމަދު ދިރިއުޅުމަކީ ގިނަގުނަ މައްސަލަތަކާއި ހިތްހަމަނުޖެހުންތައް ތަޖުރިބާކުރަން ޖެހިފައިވާ ކަމެކެވެ. ދިމާވާ ކޮންމެ ކަމެއްގައި އެއް ބަޔަކު އަނެއް ބަޔަކަށް ހިތްނުތަނަވަސްވެ ނުރުހުންތެރިކަން އިސްކުރުމަކީ، އިންސާނީ ޠަބީޢަތުގައިވާ ސިފައެއް ކަމުގައިވީ ނަމަވެސް އިސްލާމްދީން ގޮވައިލަނީ ޢަފޫކޮށް ހިތްހެޔޮކުރުމަށެވެ. އެއީ اللَّهُގެ ރުއްސެވުމާއި ފާފަ ފުއްސެވުން ލިބުމުގެ ޛަރީޢާއެއްކަމުގައި ލައްވާފައިވެއެވެ. އެއްވެސް މީހެއް ނުވަތަ ބައެއްގެކިބައިން ތިމާ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވީ ނަމަވެސް…

ގޭގެޔަށް ވަދެއުޅުމުގެ އަދަބުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކުދީންނަށް ދަސްކޮށްދިނުން

ކިޔާފައިވާ ޢަދަދު: 107

ގޭގެޔަށް ވަދެއުޅުމުގެ އަދަބުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކުދީންނަށް ދަސްކޮށްދިނުން އަޙްމަދު ފާރޫޤް މުޙައްަދު ގޯތިގެދޮރަކީ، ޙުރުމަތްތެރިވެގެންވާ ތަންތަނެވެ. އެ ގެޔެއްގެ އަހުލުވެރިންނަށް ސަލާންގޮވާލައި ހުއްދަލިބިގެންމެނުވީ އެއްވެސް މީހެއްގެ ގެޔަށް ވަނުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. މާތް اللَّهُ ވަޙީކުރެއްވިއެވެ. {يَاأَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أَهْلِهَا ذَلِكُمْ خَيْرٌ لَكُمْ لَعَلَّكُمْ تَذَكَّرُونَ} (النور: ٢٧) މާނައީ: {އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން…

އިންސާނުންނީ، ތިމާމެން ކުރާ ކަންކަމާއި ދައްކާ ވާހަކަތަކުގެ ޛިއްމާ އުފުލަން ޖެހިފައިވާ ބަޔެކެވެ

ކިޔާފައިވާ ޢަދަދު: 164

އިންސާނުންނީ، ތިމާމެން ކުރާ ކަންކަމާއި ދައްކާ ވާހަކަތަކުގެ ޛިއްމާ އުފުލަން ޖެހިފައިވާ ބަޔެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އެއްވެސް ޖެހިލުމެއްނެތި ހިތަށްއައިހާ ވާހަކައެއް ދައްކަމުން ދިޔުމަކީ، ގިނަބަޔަކަށް ވެފައިވާ ވަރަށް ނުރަނގަޅު އާދައެކެވެ. އަމުދުން މި ޒަމާނުގައެވެ. އެއީ، އެ ކަމުގައި ދުނިޔެއާއި އާޚިރަތުގައި ތިމާއަށާއި، ތިމާ ނިސްބަތްވާ މުޖުތަމަޢަށް ހުރި ގެއްލުމުގެ މައްޗަށް ބަލައިލުމެއްނެތި ކުރެވެމުންދާ ކަމެކެވެ. މިފަދަ ކަންކަމަކީ އިސްލާމްދީނުގައި ގަދައަމުރުން ނަހީކުރައްވާފައިވާ ކަންކަމެވެ. އިންސާނާ ކުރާ ކޮންމެ ކަމަކީ، އެމައްޗަށް އޭނާ ޒިއްމާވާން…

މުނާސަބާތައް ފާހަގަކުރުމާއި، ޢަމަލީގޮތުން އެކަންކަން ތަންފީޛުކުރުމުގައި ތަފާތުތަކެއް ވެއެވެ.

ކިޔާފައިވާ ޢަދަދު: 162

މުނާސަބާތައް ފާހަގަކުރުމާއި، ޢަމަލީގޮތުން އެކަންކަން ތަންފީޛުކުރުމުގައި ތަފާތުތަކެއް ވެއެވެ.  އަޙްމަދު ފާރޫޤް މުޙައްމަދު މިޒަމާނުގެ ދިރިއުޅުމުގައި އެކިއެކި މުނާސަބާތައް ފާހަގަކުރުމަކީ ވަރަށް ގިނައިން ކުރަންޖެހިފައިއޮންނަ ކަމެކެވެ. ކޮންމެ އަހަރެއްގެ އޮކްޓޫބަރ މަހުގެ ފުރަތަމަ ދުވަހަކީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރެވޭ އުމުރުން ދުވަސްވީ މީހުންގެ ދުވަހެވެ. އަދި މި މަހުގެ ދެވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ ނޮން ވައިލެންސް ނުވަތަ ހަރުކަށި ޢަމަލުތައް ހުއްޓައިލުމުގެ ދުވަހެވެ. ޝައްކެއްނެތެވެ. މިފަދަ ކަންކަމަކީ އެ ކަންކަމަށް ޢަމަލީ ސިފަ ގެނެވިއްޖެނަމަ ކިތަންމެހައިވެސް ރަނގަޅު ކަންކަމެވެ.…