މަކަރާއި ހީލަތްތެރިންގެ ކިބައިން ތިބާ ފައިސާއަށް ރައްކާތެރިވާށެވެ.

ކިޔާފައިވާ ޢަދަދު: 3693
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ދިވެހިރާއްޖެއަކީ އަންޒަމާނުއްސުރެ އަމާން، ޞުލްޙަވެރި ތަނެއްގެ ގޮތުގައި ދުނިޔޭގެ ލޯތަކުން ދެކެމުން އައިސްފައިވާ ޤައުމެކެވެ. އެވޭލާގައި،  ކާބަފައިން ފަންޖިފުޓިތަކުގައި ދިރިއުޅުން ހޭދަކުރަމުން އައިއިރު އެކާބަފައިން އަތުގައި ބޮޑެތި އަލަމާރިތަކާއި ތިޖޫރީ ތަކެއް ނެތެވެ.  އެހެންނަމަވެސް، ކާބަފައިން ހޯދާފައިވާ މުދާކޮޅާއި ފައިސާކޮޅު ގެއްލިގެން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެކާބަފައިންނަށް ލިބިފައި އޮތެވެ.  ލޯބޯ ފިއްސައިގެން ހޯދާ ފައިސާކޮޅު އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ގޭގައި ފެންނާނެހެން ބެހެއްޓިފައިހުރެއެވެ. ގެއްލިގެން ހޯދާ ނުފެނިގެން އުޅޭކަށް ނުޖެހެއެެވެ. އަދި އެއްވެސް އޮޅުވާލުމެއްނެތި މަސައްކަތްކޮށްފިނަމަ ހައްޤުވާ އުޖޫރަ ބަރާބަރަށް އެމީހަކަށް ލިބެމުންދެއެވެ.

އިންޓަރނެޓްގެ ސަބަބުން ދަރިވަރުންނަށް ކުރާ އަސަރު

ކިޔާފައިވާ ޢަދަދު: 4284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޒިޔާދާ މުޙައްމަދު، އާހިޔާ، ހދ.ކުޅުދުއްފުށި
ޒަމާން މިވަނީ ބަދަލުވެފައެވެ. ޒަމާނާ އެއްގޮތަށް މީހުން ވެސް ދަނީ ބަދަލުވަމުންނެވެ. މި ގޮތުން މީހުންގެ ކުރިއެރުމަށް މެދުވެރިވި އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ އިންޓަރނެޓެވެ. ކަރަންޓް ނެތުމުން ހައްޓަށް ނޭވާވެސް ނާދެޔޭ ބުނާ ބީދައިން އިންޓަރނެޓް ވެސް ވަނީ ކަރަންޓާ އެއްހަމައެއްގައި ފައިތިލަ ހަމަކޮށް އެއަށްވުރެ ވެސް ކުރިއަށް ފިޔަވަޅު އަޅަންފަށައިފައެވެ.

ކުޑަކުދީންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ތެދުވަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 7943
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުޑަކުދީންނަށް އަނިޔާ ނުވަތަ ތަފާތު ގޯނާތައް ކުރެވޭ ވާހަކައާއި އެފަދަ ކަންކަމުން ކުޑަކުދީން ރައްކާތެރިކުރުމުގެ ވާހަކައަކީ މި ފަހަކަށް އައިސް މަދު ވާހަކައެއް ނޫނެވެ. އެއީ ވަރަށް ގިނައިން އިވޭ އަޑުތަކެކެވެ. ނަމަވެސް އެކަމަށް އެކަށޭނަ ޙައްލެއް އަންނަ ކަމަކަށް ނުބެލެވެ އެވެ. ކީއްވެގެންބާވައެވެ؟

ކުޑަކުދިންނަށްޓަކައި ދެވަނަ ވިސްނުމަކަށް ދާކަށް ނުވޭތޯ އެވެ؟

ކިޔާފައިވާ ޢަދަދު: 4954
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ހަސަން ޒަހީން
ދާދި މިދާކަށް ދުވަހު ނިމިގެން އެ ދިޔައީ މި އަހަރުގެ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެކެވެ. އުފަލާއެކު ކުޑަކުދިންގެ ހަރަކާތްތައް ދުނިޔޭގެ ހަތަރު ބިތުގައި ފާހަގަކުރެވިގެން ދިޔަ ތަން ފެނުނެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގައި ވެސް މެއެވެ. ކުޑަކުދިންނަށްޓަކައި އިސްކޫލުތައް ޒީނަތްތެރިކޮށް، ތަފާތު ނަންނަމުގައި ހަވީރުތައް ބޭއްވުނެވެ. ކުލަކުލައިގެ ހެދުންލައްވައި ކުދިން ޖަރީކޮށް، ނަލަހައްދައިގެން ކުޅިވަރުތައް ކުޅުނެވެ. ތަފާތު ޝިޔާރުތައް ލިޔެފައިވާ ފޮތިތަކާއި ބެނާރތައް އެތަންމިތާގައި ދެމިއެވެ. އެ ކުދިންނަށްޓަކައެވެ. އެ ކުދިން ދެކެވާ ލޯބިންނެވެ.

އަހަރެން އެދެނީ. . .

ކިޔާފައިވާ ޢަދަދު: 3386
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
އަހަރެން އެދެނީ، ރިވެތި ދިރިއުޅުމެއް އުޅޭށެވެ. އަހަރެން އެދެނީ، އެންމެންގެ މޫނުމަތީން ވެސް ހިނިތުންވުމެވެ. އަހަރެން އެދެނީ، ހަތުރުވެރީން މިތުރުންނަށް ވުމަށެވެ. އަހަރެން އެދެނީ، ކޮންމެމީހަކާ ވެސް ރީތިބަހުން މުޚާޠަބުކުރާ ތަން ފެނުމެވެ. އަހަރެން އެދެނީ، އެކަކު އަނެކަކަށް، ފުރައްސާރަކުރާ ތަން ނުފެނުމެވެ. އަހަރެން އެދެނީ، ކޮންމެމީހަކު ވެސް އަނެކާ ހިނިތުންވުމާއެކު ސަލާންކޮށްލައި އުޅޭ ދުވަހެކެވެ.

ޙަޔާތުން ފިލާވަޅެއް

ކިޔާފައިވާ ޢަދަދު: 2929
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމްޝަރީފް މުޙައްމަދު، ރޯޒީ، ށ.ފުނަދޫ
ތަޢުލީމީގޮތުން މަތީ ފާސްތަކެއް ޙާޞިލްކޮށްގެން ހުރި ޒުވާނަކު ކުންފުންޏެއްގެ މެނޭޖަރު ފެންވަރުގެ ވަޒިފާއަކަށް އެދި ހުށަހެޅިއެވެ. ފުރަތަމަ ބަސްދީ ގަތުމުން އޭނާ ފާސްވިއެވެ. އެހެން ކަމުން ވަޒިފާ ދިނުމާބެހޭ އެންމެ ފަހު ނިންމުން ނިންމުމަށްޓަކައި ކުންފުނީގެ ޑައިރެކްޓަރު އޭނާއާއި ބައްދަލު ކުރިއެވެ. ޒުވާނާގެ ތަޢުލީމީ ފާސްތައް ރަނގަޅުކަމުން އެކަން ފާހަގަ ކުރެއްވުމަށްފަހު ސުވާލު ކުރެއްވިއެވެ.
” ތިބާގެ ސްކޫލްފީ އާއި ކޮލެޖް ފީ ދައްކައި ދިނީ ތިބާގެ ބައްޕަތަ؟”

[މޫނުފޮތަށް] ދެވިހިފުން

ކިޔާފައިވާ ޢަދަދު: 5164
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
14 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން އެކުއްޖާގެ ބައްޕަ އައި.ޖީ.އެމް.އެޗުގެ ތެރެއިން އެމީހުން ބޭނުންވާ ރަނގަޅު ކްލިނިކް ހޯދަމުންދަނީއެވެ. އެދެބަފައިން “މަސްތުކުރުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ ކްލިނިކް” އާއި، “ދުންފަތަށް ދެވިހިފާފައިވާ މީހުންގެ ކްލިނިކް” އާއި “ސިޔާސީ ޕާޓިތަކަށް ދެވިހިފާފައިވާ މީހުންގެ ކްލިނިކް” ފަހަނައަޅައި މަޑުމަޑުން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އެ އަންހެންކުއްޖާ އޭނާގެ ބައްޕަގެ ގައިގައި ކޮއްޓައިލައިފައި އެދެބަފައިން ބޭނުންވެގެން އުޅޭ ކްލިނިކް ދައްކައިލައިފިއެވެ. އެދެބަފައިން އެ ހޯދަނީ ކޮން ކްލިނިކެއް ތޯއެވެ؟ އާދެ ” މޫނުފޮތަށް ދެވިހިފައިފައިވާ މީހުންގެ ކްލިނިކް” އެވެ.

ވަކި މާއްދާއެއް ގޮތުގައި ޤައުމިއްޔަތު ކިޔަވައިދޭކަށް ނުވޭބާ!

ކިޔާފައިވާ ޢަދަދު: 5824
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އިންޑިއާ މީހުން މަހާތުމާ ގާނދީއަށް ފަޚުރުވެރިވަނީ ކިއްވެގެންތޯއެވެ. މިސްރުމީހުން އެ ޤައުމުގައިވާ ބޮޑެތި އަހުރާމްތަކަށް ފަޚުރުވެރިވެ، އެތަންތަން ހިމާޔަތްކުރަމުން ދަނީ ކޮން ބޭނުމެއްގައި ތޯއެވެ. ޗައިނާ މީހުން އެމީހުންގެ ބޮޑުފާރުގެ ވާހަކަ ދައްކާ އެތަނަށްޓަކައި ފަޚުރުވެރިވަމުންދަނީ ކީއްވެން ތޯއެވެ. އަދި މީނޫނަސް ދުނިޔޭގެ ކަންކޮޅުތަކުން ފެންނަ މިފަދަ މަންޒަރުތަކާއި ކަންތައްތައް ދަމަހައްޓައި ފަޚުވެރިކަމާއެކު އެ ތަންތަން ދެމެހެއްޓުމުގެ ސިއްރަކީ ކޮބައިތޯއެވެ؟

މުޤައްރަރުން ބޭރު ފޮތް ކިޔުން ދަރިވަރުންނަށް މުހިންމުވަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 8805
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
އެމެރިކާގެ ކެލިފޯނިޔާގެ ސާނަވީ މަދަަރުސާއެއްގައި ކިޔަވައިދެއްވާ  ކެލީ ގެލެހަރ (Kelly Gallagher) އަކީ 25 އަހަރުގެ ތަޖުރިބާ ލިބިލައްވާފައިވާ މުދައްރިސެކެވެ. (ފަސް ފޮތާއި ތަޢުލީމީ ދާއިރާއާ ގުޅުންހުރި އެތަކެއް ސީޑީ ނެރުއްވައިފައިވެއެވެ.) ކިޔަވައިދެއްވަނީ އިނގިރޭސިބަސް، އެބަހުގެ އަދަބިއްޔާތައި ލިޔުންތެރިކަމުގެ ހުނަރެވެ. ނަމުގެ ބާވަތުން މި ނަމުގެ ވެރިޔަކީ އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ ދެނެގަތުން ފަސޭހަ ނުވާތީ، އެއީ މިސްޓަރ ކެލީ ގެލެހަރ ކަމުގައި ދަންނަވަމެވެ. 2009 ވަނަ އަހަރު މީނާ ލިޔުއްވި ފޮތް  “ރީޑިސައިޑް” (Readicide) އަކީ މީނާ އަޅުގަނޑަށް ‘ތައާރަފުވި’ އެއް ސަބަބެވެ.   މިފޮތުގެ ނަމާ މެދު ވެސް ކޮންމެވެސް އެއްޗެއް ދަންނަވައިލައިފައި ނޫނީ ކުރިޔަށް ދިޔުން ބުއްދިވެރިއެއް ނޫނެވެ.

ބޭނުންވަނީ ތަރައްޤީ ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 3250
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ފިރުޒުލް
“ތަރައްޤީ”، މި ލަފުޒުގެ މަފްހޫމަކީ ކުރިއެރުމެވެ. އެއް ޙާލަތުން، އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމެވެ. ވުމާއެކު، އިންސާނާގެ ހަށިގަނޑުގެ ހެދި ބޮޑުވުމަކީ ވެސް ތަރައްޤީއެވެ. އިންސާނެއްގެ ޢުމުރާއި ޖިސްމާނީ ހެދި ބޮޑުވުމާ ގުޅޭ ގޮތުން، އޭނާގެ ވިސްނުމާއި ފިކުރަށް؛ ޢަމަލުތަކާއި މުޢާމަލާތުތަކަށް އަންނަ ކުރިއެރުމަކީ ވެސް ތަރައްޤީއެވެ. މިއަށް ވުރެ ތިލަކޮށްލާއިރު،ކިޔަވާ ދަރިވަރަކު އެއް ކިލާހުން އަނެއް ކިލާހަށް ބަދަލުވާ ބަދަލުވުމަށް ވެސް ތަރައްޤީއޭ ކިޔިދާނެ އެވެ. އަދި ހަމަ އެހެންމެ ވަކި ފަރުދެއްގެ ޢާމްދަނީއަށް އިތުރުވާ އިތުރުވުމަށާއި ވަޒީފާގެ ކުރިއެރުން ވެސް، ކުރިން ބުނެވުނު މަފްހޫމްގެ ތެރޭގައި ހިމެނެއެވެ. މި ފަދަ އެތައް މާނައެއް ހަމަ މި މަފްހޫމްގެ ތެރެއަށް އިތުރު ވެސް ކުރެވިދާނެ އެވެ.