މެލޭޝިޔާގައި ރަމަޟާން މަސް

ކިޔާފައިވާ ޢަދަދު: 3627
 

މެލޭޝިޔާގައި ރަމަޟާން މަސް

އިބްރާހީމު ރަޝީދު މޫސާ

މެލޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމެކެވެ. މިއީ އިސްލާމީ ޤައުމުކެވެ. މުސްލިމުންގެ ނިސްބަތަކީ ގާތްގަނޑަކަށް 60 % އެވެ. މި ޤައުމުގައި  25 % ޗައިނާގެ ބުޑިސްޓުންނާއި، 15% ހިންދީދީނުގެ މީހުން އުޅެއެވެ. 
 
ދައުލަތުގެ ރަސްމީ ދީނަކީ އިސްލާމްދީނެވެ. މެލޭޝިޔާގެ މުސްލިމުންނަކީ  ދީނީ ކަންތައްތަކަށް ވަރަށް ފަރުވާތެރި، އަމިއްލަ ސަޤާފަތަށާއި އާދަކާދައަށް ވަރަށް އިސްކަންދޭ ބަޔެކެވެ.

ބޮންދުން އުފުރައިލުން

ކިޔާފައިވާ ޢަދަދު: 2710


އަޙުމަދު ރަޝީދު، ލ. ފޮނަދޫ

ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް މަސައްކަތްކުރަމުން އަންނަ ބިދޭސީންގެ މައްސަލައަކީ މިހާރު ބޮޑުވެފައިވާ މައްސަލައެއްކަން އެންމެން ވެސް ދަނެއެވެ. ސަރުކާރުން ވެސް މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. ދާދި ފަހުން ވެސް މިފަދަ ބިދޭސީން ހޯދުމުގެ މަސައްކަތެއް ދިވެހި ފުލުހުންވަނީ ކުރައްވައިފައެވެ.

ރޯދައާއި ކެތްތެރިކަން

ކިޔާފައިވާ ޢަދަދު: 5422

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުވަނީއެވެ. މާދަމާ އަކީ (29 ޖޫން 2014 ވާ އާދީއްތަ ދުވަހަކީ) 1435 ވަނަ އަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހެެވެ. މުލަރޯދަ ދުވަހެވެ. މި އުފާވެރި މުނާސަބާގައި ލިޔުންތެރީންގެ ގުޅުމުގެ އެންމެހާ މެންބަރުންނަށާއި އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ރައްދުކުރަމެވެ.

އަހަރެމެންގެ ޙަޔާތާ ގުޅިފައިވާ ބިއްލޫރި ބޯޅަތައް

ކިޔާފައިވާ ޢަދަދު: 2455

ބެލެންސްކުރުމުގެ މަސައްކަތާއި ދިރިހުރުން އަދި ޓެކްނިކަށް އިސްކަން ދިނުމުގެ ހަމަތައް.

ޙުސައިން ޝާކިރު

 ދިރިއުޅުމާބެހޭ ވަރަށްހަރުދަނާ ފިލާވަޅެއް އަހަރެން ވަރަށް ފަހުން ފޮތަކުން ދަސްކުރީމެވެ. އަހަރެމެންގެ ޙަޔާތުގައި ޖަގްލްކުރަން ގެންގުޅޭ ފަސްބޯޅައަށް ވާހަކަ ދައްކާ ސަޕޯރޓަރުން: މަސައްކަތް، ޢާއިލާ، ރައްޓެހިން، ޞިއްހަތު، ނަޒާހަތްތެރިކަން (އިންޓެގްރިޓީ) އަހަރެމެން އޭގެތެރެއިން ގިނަ ތަކެތި ވައިގެތެރޭ ގެންގުޅެމުއެވެ. ވީ ވަރަކުން އެއިން ބޯޅައެއް ވެއްޓުނަ ނުދީއެވެ.  އޭގެތެރޭގައި ހަމައެކަނި ރަބަރުން ހަދައިފައިވާ ބޯޅައަކީ މަސައްކަތެވެ. އެ ވެއްޓުނަސް ފެނުޖެހިފައި އަރާނެއެވެ. އެކަމަކު އެހެން ބޯޅަތަކަކީ  ބިއްލޫރި ބޯޅަތަކެކެވެ…. އެއްފަހަރު ވެއްޓުނަސް ދެވަނަފަހަރަށް ބޭނުން ނުކުރެވޭވަރަށް ހަލާކުވާނެ އެވެ.

މުސްލިމުންގެ އާބާދީ ކުޑަކުރުން: ހުޅަނގުގެ މަކަރުވެރިރޭވުމެއް (2)

ކިޔާފައިވާ ޢަދަދު: 2428

ހުޅަނގުގެ މަގުސަދަކީ މުސްލިމުންގެ އާބާދީ އިތުރުވިޔަ ނުދިނުމެވެ.

ހުޅަނގުގެ މުފައްކިރުން އެއްބަސްވާ ގޮތުގައި ބާރުގެ ތިލަފަތް ވަކި ކޮޅަކަށް ބަރުކޮށްލަނީ ބިމުގެ ކުޑަބޮޑުމިނެއް ނޫނެވެ. އާބާދީގެ ގިނަމަދުމިނެވެ.

ޢަބްދުﷲފާރޫޤުޙަސަން
(19 ޖޫން 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރެވުނު ބައިގެ ބާކީ)

އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓަގަން އިން ވަނީ ކީރިތި ޤުރުއާން “ރިސާޗް” ކުރުވުމަށްޓަކައި އެތައް ބަޔަކަށް ވަޒީފާދީފައެވެ. އެބައިމީހުންގެ މަސައްކަތަކީ ކީރިތި ޤުރުއާނާއި ޙަދީޘުފުޅުތަކާއި، ޞަޙާބީންގެ އާޘާރުތައް ޕެންޓަގަން އިން އެދޭ ގޮތަކަށް ތައުވީލުކޮށް އެމެރިކާއިން ބޮޑު އަގުގައި ގަނެފައި ތިބޭ ޢިލްމުވެރީންގެ އަނގަޔަށް އަޅައިދިނުމެވެ. ތިރީގައި މި ދަންނަވަނީ އޭގެ ބައެއް މިސާލުތަކެވެ.

މުސްލިމުންގެ އާބާދީ ކުޑަކުރުން: ހުޅަނގުގެ މަކަރުވެރިރޭވުމެއް

ކިޔާފައިވާ ޢަދަދު: 2426

ހުޅަނގުގެ މަގުސަދަކީ މުސްލިމުންގެ އާބާދީ އިތުރުވިޔަ ނުދިނުމެވެ.

ހުޅަނގުގެ މުފައްކިރުން އެއްބަސްވާ ގޮތުގައި ބާރުގެ ތިލަފަތް ވަކިކޮޅަކަށް ބަރުކޮށްލަނީ ބިމުގެ ކުޑަބޮޑުމިނެއްނޫނެވެ. އާބާދީގެ ގިނަމަދުމިނެވެ.

ޢަބްދުﷲ ފާރޫޤު ޙަސަން

ނޯޓް: މިމަޒުމޫނަކީ ބާތުކޮންޓްރޯލާމެދު އިސްލާމީ ނަޒަރަކުން ވާހަކަދެއްކުމުގެ މަޒުމޫނެއްނޫނެވެ. މިމަޒުމޫނުގެ މަޤްޞަދަކީ މުސްލިމުންގެ އާބާދީ އިތުވަމުންދާ ދިޔުމާމެދު ޣައިރު މުސްލިމުން ކަންބޮޑުވެގެން އުޅޭ އުޅުމުގެ މައްޗައް އަލިއަޅުވައިލުމެވެ. ޚުދް އެބައިމީހުންގެ އާބާދީ އިތުރުކުރަން ކުރާ މަސައްކަތަށް ބަލައިލުމެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން އޮޅުދޫކަރައިގެ ބުދުދީނުގެ ހާމުދުރުން ވެސް ދާދި ފަހުން ވަނީ މުސްލިމު އަންހެނުން މާގިނައިން ވިހާތީ އެކާމާ ދެކޮޅަށް އަޑުއުފުލައިފައެވެ.
ރާއްޖޭގެ ޢިލްމުވެރި ޝާޢިރަކު ވިދާޅުވެފައިވަނީ ވަރަށްބޮޑު ތެދުފުޅެކެވެ.

އޭރުގެ ފަތްފުށްތަކުން…. (73)

ކިޔާފައިވާ ޢަދަދު: 1747
 

ދިރިއުޅުމުގެ އުހައުވެރިކަމުގެ ތަޅުދަޑިއަކީ ކާވަނި ހެއްޔެވެ؟

فَائِزَة


އަލްފާޟިލާ އާމިނަތު ފާއިޒާ ނުވަތަ އެންމެން ދަންނަ މަޝްހޫރު ޑޭޒީމާގޭ ފާއިޒާ އަކީ، ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އަދަބީ މޫސުން ބަހާރުގައި ނުކުތް ނޫސް މަޖައްލާތަކުގެތެރެއިން ބައެއް ނޫސް މަޖައްލާތައް ނެރުއްވުމުގައި ފާއިޒާގެ ދައުރު ފެންނަމުން ގޮސްފައިވެއެވެ. އެ ގޮތުން “ޤައުމުގެ އަންހެންދަރިޔާ” ގެ މުޙައްރިރުކަން އެކަމަނާ ކުރައްވައިފައިވެއެވެ. އެކަމަނާ، ލިޔުއްވާފައިވާ ފޮތްތަކުގެތެރޭގައި ސުމުއްވުލްއަމީރު މުޙައްމަދު އަމީންގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވި 3 ފޮތަކާއި އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވި ފޮތަކާއި ބައެއް ވާހަކަ ފޮތް ފާހަގަ ކޮށްލެވެއެވެ. އަދި “ޑޭޒީމާ” ނަމުގައި އެކަމަނާގެ ޅެންތަކުގެ ފޮތްތަކެއްވެސްވަނީ ޝާއިޢުކުރައްވައިފައެވެ.

ދޮށީ ޢުމުރުގެ މީހުންގެ ޙަރަކާތްތެރި ދިރިއުޅުން ޒުވާންނުން ވެސް ދަސްކުރަން ޖެހެއެވެ.

ކިޔާފައިވާ ޢަދަދު: 2194
 
އަޙްމަދު ޝިޔާމު
ދާދިފަހުން އަޅުގަނޑު އިންޑިޔާގެ ތިރިވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އަށްދަތުރެއް ކުރީމެވެ. އިންޑިޔާއަކީ ބައިބޯ އަދި ވަޒީފާނެތްް މީހުން ގިނަ ޤައުމެކެވެ. ކޮންމެ މީހަކުވެސް އުޅެނީ ބަނޑުފުރާނަ މުއްތިކުރެވޭތޯ ބެލުމަށް އަވަދިނެތި މަސައްކަތުގައެވެ.

އުފެއްދުންތެރިކަމާ ނުލައި …….

ކިޔާފައިވާ ޢަދަދު: 2271
މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް

އަޅުގަނޑުމެން ދިވެހިންގެ ހާލަތު ބަދަލުވެފައިވާ ގޮތެވެ. މި ކުދިކުދި ޖަޒީރާ ރަށްތަކުގައި މިނިވަން މުސްތަޤިއްލު ޙަޟާރަތެއް ބިނާކޮށް، އެތައް އަހަރުތަކެއް، އުފެއްދުންތެރިކަމާއެކު، ވޭތުކުރި “ދިވެހިންގެ ނަސްލަށް” މެދުވެރިވެފައިވާ ގޮތެވެ.
އަޅުގަނޑު ދިވެހިންގެ ނަސްލޭ މި ދެންނެވީ، ސަބަބެއް އޮވެގެންނެވެ. އެއީ، ކުރިން މިދެންނެވި އުފެއްދުންތެރިކަމާއެކު މުސްތަޤިއްލުކަން މަތީ އުޅުނީ އަޅުގަނޑުމެންގެ ކާބަފައިންނެވެ. މާމައިންނާއި ކާފައިންނެވެ. ފަހަރުގައި އަޅުގަނޑުމެންގެ ތެރެއިން، ދޮށީ ޢުމުރުގެ ބައެއް ބޭފުޅުންނަކީ ވެސް، “އުފެއްދުންތެރި ދިވެހި ނަސްލު” ގެ މެންބަރަކަށް ވެދާނެއެވެ.

ފޭސްބުކުން ވަރިކުރެވުނީ އަނބިމީހާއެވެ. ބިޓެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 3812

ފޭސްބުކުން ވަރިކުރެވުނީ އަނބި މީހާ އެވެ. ބިޓެއް ނޫނެވެ.

 އަޙްމަދު ނާފިޢު ބ. ދަރަވަންދޫ 

މިއީ ފޭސްބުކުން ދިމާވާ އެކިއެކި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚިޔާލީ ވާހަކައެކެވެ.  މި ވާހަކައިގައި ހިމެނޭ ނަންނަމާއި ތަންތަނަކީ އަޞްލެއް ނޫނެވެ. މުޖުތަމައުގައި އިންޓަރނެޓު މެދުވެރިކޮށް މިފަދަ އެތައް ޢަމަލެއް ހިންގަމުންދާއިރު މިފަދަ ކަމެއް ނުވާނެކަމަށް ޤަބޫލުކުރުމަކީ ކުށްހީއަކަށް ވެސް ވެދާނެއެވެ.  މިކަމަށް ފުންކޮށް ވިސްނައިލުން މުހިއްމެވެ.