އޭރުގެ ފަތްފުށްތަކުން…. (73)

ކިޔާފައިވާ ޢަދަދު: 1807
 

ދިރިއުޅުމުގެ އުހައުވެރިކަމުގެ ތަޅުދަޑިއަކީ ކާވަނި ހެއްޔެވެ؟

فَائِزَة


އަލްފާޟިލާ އާމިނަތު ފާއިޒާ ނުވަތަ އެންމެން ދަންނަ މަޝްހޫރު ޑޭޒީމާގޭ ފާއިޒާ އަކީ، ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އަދަބީ މޫސުން ބަހާރުގައި ނުކުތް ނޫސް މަޖައްލާތަކުގެތެރެއިން ބައެއް ނޫސް މަޖައްލާތައް ނެރުއްވުމުގައި ފާއިޒާގެ ދައުރު ފެންނަމުން ގޮސްފައިވެއެވެ. އެ ގޮތުން “ޤައުމުގެ އަންހެންދަރިޔާ” ގެ މުޙައްރިރުކަން އެކަމަނާ ކުރައްވައިފައިވެއެވެ. އެކަމަނާ، ލިޔުއްވާފައިވާ ފޮތްތަކުގެތެރޭގައި ސުމުއްވުލްއަމީރު މުޙައްމަދު އަމީންގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވި 3 ފޮތަކާއި އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވި ފޮތަކާއި ބައެއް ވާހަކަ ފޮތް ފާހަގަ ކޮށްލެވެއެވެ. އަދި “ޑޭޒީމާ” ނަމުގައި އެކަމަނާގެ ޅެންތަކުގެ ފޮތްތަކެއްވެސްވަނީ ޝާއިޢުކުރައްވައިފައެވެ.

ދޮށީ ޢުމުރުގެ މީހުންގެ ޙަރަކާތްތެރި ދިރިއުޅުން ޒުވާންނުން ވެސް ދަސްކުރަން ޖެހެއެވެ.

ކިޔާފައިވާ ޢަދަދު: 2234
 
އަޙްމަދު ޝިޔާމު
ދާދިފަހުން އަޅުގަނޑު އިންޑިޔާގެ ތިރިވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އަށްދަތުރެއް ކުރީމެވެ. އިންޑިޔާއަކީ ބައިބޯ އަދި ވަޒީފާނެތްް މީހުން ގިނަ ޤައުމެކެވެ. ކޮންމެ މީހަކުވެސް އުޅެނީ ބަނޑުފުރާނަ މުއްތިކުރެވޭތޯ ބެލުމަށް އަވަދިނެތި މަސައްކަތުގައެވެ.

އުފެއްދުންތެރިކަމާ ނުލައި …….

ކިޔާފައިވާ ޢަދަދު: 2304
މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް

އަޅުގަނޑުމެން ދިވެހިންގެ ހާލަތު ބަދަލުވެފައިވާ ގޮތެވެ. މި ކުދިކުދި ޖަޒީރާ ރަށްތަކުގައި މިނިވަން މުސްތަޤިއްލު ޙަޟާރަތެއް ބިނާކޮށް، އެތައް އަހަރުތަކެއް، އުފެއްދުންތެރިކަމާއެކު، ވޭތުކުރި “ދިވެހިންގެ ނަސްލަށް” މެދުވެރިވެފައިވާ ގޮތެވެ.
އަޅުގަނޑު ދިވެހިންގެ ނަސްލޭ މި ދެންނެވީ، ސަބަބެއް އޮވެގެންނެވެ. އެއީ، ކުރިން މިދެންނެވި އުފެއްދުންތެރިކަމާއެކު މުސްތަޤިއްލުކަން މަތީ އުޅުނީ އަޅުގަނޑުމެންގެ ކާބަފައިންނެވެ. މާމައިންނާއި ކާފައިންނެވެ. ފަހަރުގައި އަޅުގަނޑުމެންގެ ތެރެއިން، ދޮށީ ޢުމުރުގެ ބައެއް ބޭފުޅުންނަކީ ވެސް، “އުފެއްދުންތެރި ދިވެހި ނަސްލު” ގެ މެންބަރަކަށް ވެދާނެއެވެ.

ފޭސްބުކުން ވަރިކުރެވުނީ އަނބިމީހާއެވެ. ބިޓެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 3874

ފޭސްބުކުން ވަރިކުރެވުނީ އަނބި މީހާ އެވެ. ބިޓެއް ނޫނެވެ.

 އަޙްމަދު ނާފިޢު ބ. ދަރަވަންދޫ 

މިއީ ފޭސްބުކުން ދިމާވާ އެކިއެކި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚިޔާލީ ވާހަކައެކެވެ.  މި ވާހަކައިގައި ހިމެނޭ ނަންނަމާއި ތަންތަނަކީ އަޞްލެއް ނޫނެވެ. މުޖުތަމައުގައި އިންޓަރނެޓު މެދުވެރިކޮށް މިފަދަ އެތައް ޢަމަލެއް ހިންގަމުންދާއިރު މިފަދަ ކަމެއް ނުވާނެކަމަށް ޤަބޫލުކުރުމަކީ ކުށްހީއަކަށް ވެސް ވެދާނެއެވެ.  މިކަމަށް ފުންކޮށް ވިސްނައިލުން މުހިއްމެވެ.

މަންޒިލަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 2703
ލިޔުނީ: ޢާއިޝަތު ނާޖީ
ފަތިހުގެ ހާ ގޮވައިލާ އަޑު އިވުމާ އެކު ލޮލަށް ވެރިވެފައިވާ ގަދަ ނިދި ފިލައިގެން ދަނީ ކުރަން ހުރި މަސައްކަތްތައް ހިތަށް އަރައިފައެވެ. ފުންމައިގެން އެނދުން ތެދުވެ މޫނު ވެސް ނުދޮވެ، ދުއްވައިގަންނަނީ ކުދިން އިސްކޫލަށް ފޮނުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. ޔުނީފޯމު އިސްތިރިކުރާށެވެ. މޭޒުމައްޗަށް ސައި ތައްޔާރު ކުރާށެވެ. އިންޓޯލު ތައްޔާރުކޮށް ދަބަހަށް އަޅާށެވެ. ފޮތްތައް ހަމަކުރާށެވެ. ކުދިވެރިންނަށް ގޮވަނީ ވެސް މިހުރިހައި ކަމެއް ކުރުމަށްފަހުގައެވެ. އެއީ އެންމެ މިނިޓެއް ވެސް އިތުރަށް ނިދަން ލިބުނިއްޔާ ކިލާހުގައި ތިބޭއިރު ފިލާވަޅަށް ސަމާލުކަން ދެވޭލެއް ބޮޑުވާނެތީ އެވެ. އެހެންކަމުން އެއްވެސް ކުއްޖަކަށް ހެނދުނު ހަޔެއް ޖެހުމުގެ ކުރިއަކުން ނުގޮވަމެވެ.

އިންސާނަކަށް ފުދޭނީ ކިހައި ބިމަކުން ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 5692
ލިޔުއްވީ: ލިޔޯ ޓޮލްސްޓޯއި
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
1828ގައި ރަޝިޔާ އަށް އުފަން ލިއޯ ޓޮލްސްޓޯއި (Leo Tolstoy) އަކީ ރަޝިޔާގެ އެންމެ މަޝްހޫރު އަދީބުންގެ ލިސްޓުގައި ރަން ވަނައެއް ނޫނީ ހައްގުވާނޭ ބޭފުޅެއް ނޫނެވެ! ޓޮލްސްޓޯއިގެ އެންމެ މަޝްހޫރު ރިވާޔަތް ތަކުގެ ތެރޭގައި މުޅި ދުނިޔެއަށް މަޝްހޫރު ”ހަނގުރާމައާއި ސުލްހަ މަސަލަސްކަން” ”އަނާ ކަރެނީނާ” ފާހަގަ ކޮށްލަން ޖެހެއެވެ. ދިގު ވާހަކައިގެ އިތުރުން އިސްޓޭޖް  ތަމްސީލު ލިޔުއްވިއެވެ. އަދި ގިނަ އަދަދެއްގެ، ވަރަށް ރީތި ކުރުވާހަކަ ވެސް ލިޔުއްވިއެވެ. މީގެ ތެރޭގައި، އިންސާނުންގެ ކިބައިގައި ހުންނަ ނޭދެވޭ ސިފަތައް އިސްލާހު ކުރެއްވުމުގެ ގޮތުން، އަޅުގަނޑު މި ތަރުޖަމާކުރާ ވާހަކަ ފަދަ ވަރަށް ގިނަ  ވާހަކަ ހިމެނެއެވެ! ޓޮލްސްޓޯއި އަވަހާރަވީ 1910 ގައެވެ.

ތަޢުލީމުދިނުމުގެ މައިގަނޑު މަޤުޞަދުތައް، ރައްޖޭގައި ދެވޭ ތަޢުލީމުން ޙާޞިލު ކުރެވޭބާވައެވެ!!

ކިޔާފައިވާ ޢަދަދު: 4030
ޢާއިޝަތު ނާޖީ
ޤައުމިއްޔަތު ދެކެ ލޯބިވުމާއި ދީނީ ޢަޤީދާ ވަރުގަދަވުމާއި އެއްބަޔަކު އަނެއްބަޔަކަށް ލޯތްބާއި އިޙުތިރާމް ދިނުމާއި ޤާނޫނާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ އިންސާނީވަންތަކަމުގެ މައިގަނޑު ސިފަތަކެވެ. މި ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި ނެތިއްޖެނަމަ މިދުނިޔެ ހަލާކުގެތެރެއަށް ވެއްޓި، ފަނާވެ، ނެތި ހިނގައިދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.

ހުސްނުވާ ގަލަން

ކިޔާފައިވާ ޢަދަދު: 2499
މަހި ނޫރު
ލިފްޓުން ދިމާވި އޮފީހުގެގާތް ރަޙުމަތްތެރިއެކެވެ. ސަލާން ކޮށްލުމަށްފަހު، ދުނިޔަވީ އެކިއެކި ވާހަކަތައް ދައްކައިލުމަށް ލިފްޓްގައި މަޑުކޮށްލީމެވެ. އެވަގުތު އޭނާގެ ޖީބަށް ޖަހައިފައިވާ ތިން ގަލަން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ހައިރާންވެ ހުރެ އެއީ ކޮންހާ ގަލަންތަކެއްތޯ އަހައިލީމެވެ. ޖަވާބުގައި އެއީ އޮފީހުން ގެއަށް ގެންދެވިފައި ހުރި ގަލަންތަކެއް ކަމަށާއި، ގޭގައި ގަލަންތައް މާ ގިނަވުމުން އޮފީހަށް އަންނަމުން ބައެއް ގަލަންތައް ގެނައީ ކަމަށް ރަޙުމަތްތެރިޔާ ބުންޏެވެ.
 

ޓްރެފިކް ލައިޓް

ކިޔާފައިވާ ޢަދަދު: 2899

ޢާއިޝަތު ނާޖީ

މިއީ މީގެ ޒަމާންތަކެއް ކުރިން އިންޑިޔާގެ ކުޑަކުޑަ އަވަށެއްގައި ހިނގި ހާދިސާއެކެވެ. އެ އަވަށަށް ވަންނަ  މައި މަގުގެ ހަތަރު އަނގޮޅި ކަންމައްޗަކީ އެތައް ޒަމާންތަކެއް ވަންދެން ފަސޭހަކަމާއެކު ދުއްވާ އެއްޗެއްސާއި މީހުން ހިނގައިބިނގައި، ދަތުރުފަތުރު ކުރަން ބޭނުންކުރި ހަތަރު އަނގޮޅިއެކެވެ. ނަމަވެސް އެ އަވަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުން ދިޔުމާ ގުޅިގެން އެ ހަތަރު އަނގޮޅީގައި މީހުންނާއި އެއްގަމު އުޅަނދުފަހަރު  ތޮއްޖެހުމުގެ މައްސަލަ ކުރިމަތިވެގެން ދިޔައެވެ. މައްސަލައިގެ ޝަކުވާ އަވަށުގެ ވެރިންނާ ހަމައަށް އުފުލެން ފެށިއެވެ. ޓްރެފިކް ލައިޓް ހަރުކޮށް ދިނުމަށް ރައްޔިތުންގެ ފަރާތުން ގޮވާލެވެން ފެށިއެވެ.

ވަރީގެ ނިސްބަތް އެންމެ މަތީ ޤައުމުތަކުގެ އެންމެ ކުރީގައި ދިވެހިރާއްޖެ!!

ކިޔާފައިވާ ޢަދަދު: 3406
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އދ. ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރަކު އެންމެ ގިނަ ކާވެނި ރޫޅޭ ގައުމަކީ ދިވެހިރާއްޖެކަމުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ކަށަވަރުކޮށްފިއެވެ. މި ދައްކަނީ މާ ކުރީގެ ވާހަކަތަކެއް ނޫނެވެ. މިއީ މިއަދުގެ ވެސް ޙާލަތެވެ. މުސްލިމު ޤައުމެއްގައި މިހެން ކަންތައް އޮތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. މިކަމުގެ ސަބަބުތަކާއި އެކަން އިޞްލާޙުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި ފިޔަވަޅު އެޅުން މުހިއްމެވެ.