ދެ މުނާސަބާއެއް އެކުގައި ފާހަގަކުރެވޭ މުހިއްމު ދުވަހެއް

ކިޔާފައިވާ ޢަދަދު: 314

ދެ މުނާސަބާއެއް އެކުގައި ފާހަގަކުރެވޭ މުހިއްމު ދުވަހެއް އަޙްމަދު ފާރޫޤް މުޙައްމަދު މިއަދަކީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރެވޭ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ރާއްޖޭގެ މަސްވެރިންގެ ދުވަސް އެކުއެކުގައި ފާހަގަކުރެވޭ ތާރީޚީ ދުވަހެކެވެ. އެއް މާނައަށްވުރެ ގިނަ މާނާގައި ޚާއްޞަ ޙައްޤުތަކެއް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ ޛިކްރާ އައުކުރެވޭ ދުވަހެވެ. އިންސާނީ ޙައްޤުތަކުގެ ވާހަކަ ދުނިޔޭގައި އަޑުގަދަވާންފެށީ، 1948 ވަނައަހަރުގެ ޑިސެމްބަރު މަހުން 10 ވަނަ ދުވަހު އެކުވެރި ދައުލަތްތަކުގެ ޢާއްމު މަޖިލީހުން އިންސާނީ ޙައްޤުތަކާބެހޭ ޤަރާރު ފާސްކުރުމާ ގުޅިގެންނެވެ. މި…

ބައިނަލްއަޤްވާމީ އެންޓިކޮރަޕްޝަން ދުވަސް

ކިޔާފައިވާ ޢަދަދު: 335

ބައިނަލްއަޤްވާމީ އެންޓިކޮރަޕްޝަން ދުވަސް އަޙްމަދު ފާރޫޤް މުޙައްމަދު މިއަދަކީ، މުޅި ދުނިޔޭގައި ވެސް ނާޖާއިޒު ފައިދާއާ ދެކޮޅަށް ފާހަގަކުރެވޭ ދުވަހެވެ. ކަމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ހިތާމައަކީ، މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ނަތީޖާ އެންމެ އެދެވޭ ގޮތުގައި ނުފެންނަ ކަމެވެ. މިހެންވަނީ މީސްތަކުންގެ ހިތުގައި އީމާންކަން ކުޑަވުމުގެ ސަބަބުންނެވެ. ނާޖާއިޒު ފައިދާ ހުއްޓުވުމުގެ ދުވަހުގެ ނަމުގައި ޑިސެމްބަރ މަހުގެ 9 ވަނަދުވަސް ފާހަގަކުރާގޮތަށް ހަމަޖެހުނީ، 31 އޮގަސްޓް 2003 ވަނައަހަރު އެކުވެރި ދައުލަތްތަކުން ފާސްކުޅަ ޤަރާރެއްގެ ނަތީޖާއެއްގެ…

ދަރުމަވެރިންގެ ދުވަސް

ކިޔާފައިވާ ޢަދަދު: 202

ދަރުމަވެރިންގެ ދުވަސް  ޙަސަން ޝާކިރު މުޙައްމަދު މިއަދަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ދަރުމައަށް މަސައްކަތް ކުރާ މީހުންގެ ދުވަހެވެ. ނުވަތަ ވޮލަންޓިއަރުންގެ ދުވަހެވެ. މި ފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ، ކޮބައިތޯއެވެ. އާދެ! ދަރުމައަށް ކަންކަން ކުރުމަށް ހިތްވަރު ދިނުމާއި ދަރުމައަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. އެކަމުގެ ރޫޙާއި ޝައުގުވެރިކަން އުފައްދައި މުޖުތަމައު ހޭލުންތެރި ކުރުމެވެ. މި ދެންނެވި ކަންކަން ކުރުމަކީ، ވަކި މީހަކަށް އޮތްކަމެއް ނޫނެވެ. އެކަމުގެ ޝައުގުވެރިކަން ހުރި…

މިއަދަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރެވޭ ހިލޭސާބަހަށް މަސައްކަތްކުރުމުގެ ދުވަހެވެ.

ކިޔާފައިވާ ޢަދަދު: 180

މިއަދަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރެވޭ ހިލޭސާބަހަށް މަސައްކަތްކުރުމުގެ ދުވަހެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުން 5 ވަނަ ދުވަހަކީ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ޤައުމުތަކުގެމެދުގައި ހިލޭސާބަހަށް މަސައްކަތްކުރުމުގެ މައްޗަށް މީހުން ހޭލުންތެރި ކުރުވުމުގެގޮތުން ފާހަގަ ކުރެވޭ ދުވަހެވެ. އެއީ 17 ޑިސެމްބަރ 1985 ވަނަ އަހަރު އެކުވެރި ދައުލަތްތަކުން ފާސްކުރި 40/212 ޤަރާރުގެ ދަށުން ފާހަގަ ކުރެވެމުންދާ ދުވަހެކެވެ. ކުރީދުވަހުގެ ލިޔުމުގައި ފާހަގަކޮށްފައި ވާނެފަދައިން، ހިލޭސާބަހަށް މަސައްކަތް ކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެކެވެ.…

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އިސްލާމްދީން

ކިޔާފައިވާ ޢަދަދު: 200

ޚާއްޞަ އެހީއަށް ބޭނުންވާ  މީހުންނާއި އިސްލާމްދީން އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނަކީ، އިޖްތިމާޢީ ދީނެކެވެ. މީގެ މާނައަކީ، އެކަކު އަނެކަކާ، އެއް ބަޔަކު އަނެއް ބަޔަކާ ގުޅި، ލާމެހިގެން މިސްތަކުންގެ ދިރިއުޅުން ފުރިހަމަވުން އެ ދީނަށް ތަބާވާ މީހުންނަށް ލާޒިމުކުރުވާ ދީނެކެވެ. އިސްލާމީ ހަމަތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރާ ބަޔެއްގެ މެދުގައި އެއްވެސް ބަޔަކު އެކަހަރިވެ އެކަނިވެރިވުމަށް ފުރުސަތު ދެވިފައިނުވާ ދީނެކެވެ. އިންސާނުންގެ ޙަޔާތުގެ ދުވަސްތައް ބެހިފައިވާގޮތް ބަޔާންކުރައްވައި، اللهُވަޙީކުރައްވާފައިވެއެވެ. {هُوَ الَّذِي خَلَقَكُمْ مِنْ تُرَابٍ…

ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަހީކުރައްވައި އިންޒާރު ދެއްވާފައިވާ ފަސް ކަމެއް

ކިޔާފައިވާ ޢަދަދު: 177

ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަހީކުރައްވައި އިންޒާރު ދެއްވާފައިވާ ފަސް ކަމެއް އަޙްމަދު ފާރޫޤް މުޙައްމަދު މީސްތަކުންގެ ދިރިއުޅުމުގައި މެދުވެރިވާ ގެއްލުންހުރި ކަންތައްތަކެއް ނަހީކުރައްވައި، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. {يَا مَعْشَرَ الْمُهَاجِرِينَ، خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ، وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ: لَمْ تَظْهَرْ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ وَالْأَوْجَاعُ الَّتِي لَمْ تَكُنْ…

އަންހެނުންނަށް އަނިޔާވެރިވުމަކީ އިސްލާމްދީން ކަނޑައެޅިގެން ދެކޮޅުހަދާ ކަމެކެވެ.

ކިޔާފައިވާ ޢަދަދު: 266

އަންހެނުންނަށް އަނިޔާވެރިވުމަކީ އިސްލާމްދީން ކަނޑައެޅިގެން ދެކޮޅުހަދާ ކަމެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ފަހަކަށްއައިސް އަންހެނުންނަށް އެކި ގޮތްގޮތުން އަނިޔާވެރިވުން ދުނިޔޭގެ ކަންކޮޅުތަކުގައިވަނީ އިތުރު ވެފައެވެ. މިކަމުގައި ގިނަގުނަ ސަބަބުތަކެއް ވެއެވެ. އެ ސަބަބުތަކާމެދު މިވަގުތު ބަލައިނުލި ކަމުގައިވީ ނަމަވެސް، އަންހެނުންނަށް އަނިޔާވެރިވުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމާމެދު ކުޑަ ނަމަވެސް ނަޒަރެއް ހިނަގައިލުމަކީ ބޭނުންކަމެކެވެ. އެންމެ ފުރަތަމަ އަންހެނުންނާއި ފިރިހެނުންގެ ގުޅުމާ ބެހޭގޮތުން اللَّهُ ވަޙީކުރައްވާފައިވާ ބަސްފުޅަށް ބަލައިލުންހުއްޓެވެ. {الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ…

ޗުއްޓީގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުންހިފުމަށް ކުދިންނަށް ދަސްކޮށްދިނުން

ކިޔާފައިވާ ޢަދަދު: 239

ޗުއްޓީގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުންހިފުމަށް ކުދިންނަށް ދަސްކޮށްދިނުން   އަޙްމަދު ފާރޫޤް މުޙައްމަދު މިއަދަކީ، ރާއްޖޭގެ ތަޢުލީމީ ކަލަންޑަރު ހަމަޖެހިފައިވާގޮތުން، މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭ ދުވަހެވެ. ޝައްކެއްނެތެވެ. އަހަރުގެ ގިނަ ދުވަސްތަކެއްގައި ކިޔެވުމާއިގެން އަވަދިނެތި ކުދިންގެ ވަގުތުތައް ހޭދަވުމަށްފަހު، ޗުއްޓީގެ ގޮތުގައި ލިބޭ ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވަކިންޚާއްޞަކޮށް ވިޔާނުދާ އެކުވެރިންނާއެކު ވަގުތު ބޭކާރުކުރުމުން ކުދިން ސަލާމަތް ކުރުވުމަށް މަސައްކަތްކުރުމަކީ މިއަދު ކުރުން ވާޖިބުވެފައިވާ ކަމެކެވެ.…

ޤައުމީ ދުވަހާއި ކުޑަކުދިންނަށްކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް

ކިޔާފައިވާ ޢަދަދު: 174

ޤައުމީ ދުވަހާއި ކުޑަކުދިންނަށްކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް އަޙްމަދު ފާރޫޤް މުޙައްމަދު މިއަދަކީ، 1439 ވަނައަހަރުގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަހެވެ. މިއަދަކީ ދީނީ އަދި ޤައުމީ އެތައް މުނާސަބާއެއް އެކުވެފައިވާ ޚާއްޞަ ދުވަހެކެވެ. ދީނީގޮތުން މިމައްސަރު ޚާއްޞަވަނީ މި މަހަކީ، މީސްތަކުން ޖާހިލުކަމުގެ ކަޅު އަނދިރިކަމުގައި ވަނިކޮށް اللَّهُގެ އެއްކައުވަންތަކަމުގެ ޢިލްމާއި މަޢުރިފަތުގެ ދަށަށް މީސްތަކުން ގެންނެވި މާތް ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދުނިޔެއަށް އުފަންކުރެއްވި ބަރަކާތްތެރި މައްސަރަށްވުމެވެ. ޤައުމީގޮތުން ބަލާއިރު…

އިސްލާމްދީނުގެ ކުރީކޮޅު މުސްލިމު ޒުވާނުންގެ ހަރުދަނާކަމާއި ސާބިތުކަން

ކިޔާފައިވާ ޢަދަދު: 176

އިސްލާމްދީނުގެ ކުރީކޮޅު މުސްލިމު ޒުވާނުންގެ ހަރުދަނާކަމާއި ސާބިތުކަން އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނުގެ ކުރީކޮޅު މުސްލިމު ޒުވާނުންގެ އީމާންތެރިކަމާއި، ދީނަށް ނަޞްރު ދިނުމުގައި އެބައިމީހުންގެ ސާބިތުކަމާއި، ހިތްވަރުގަދަކަން ބަޔާންވެފައިވާ ޙަދީޘެއް އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވެއެވެ. قَالَ عَبْدُ الرَّحْمَنِ بْنُ عَوْفٍ: “إِنِّي لَفِي الصَّفِّ يَوْمَ بَدْرٍ إِذِ التَفَتُّ فَإِذَا عَنْ يَمِينِي وَعَنْ يَسَارِي فَتَيَانِ حَدِيثَا السِّنِّ، فَكَأَنِّي لَمْ آمَنْ بِمَكَانِهِمَا، إِذْ قَالَ لِي أَحَدُهُمَا سِرًّا مِنْ…