عبد مبارك

ކިޔާފައިވާ ޢަދަދު: 555
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

عبد مبارك = މުޙައްމަދު ޖަމީލު = މިއީ، ހިޖުރައިން، 1 ޝައްވާލު 1399 (24 އޮގަސްޓް 1979) ހުކުރުވީ ފިޠުރު އީދު ދުވަހުގެ “ހަވީރު” ނޫހުގައި ފަޟީލަތުއްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ޝާއިޢުކުރައްވާފައިވާ ލިޔުމެވެ. ________________________                              ފިތުރު އީދުގެ ތަހުނިޔާތައް، މިތުރުނަށް އަދު ދަންނަވަން                                އަތަރުވަސް ދޭ މާމަލުން  އަމުނާ  މިހާރު ވެދުންކުރަން އީދު ދުވަހުގެ ހަވީރަކީ، ހަވީރުގެ އީދަށް ނުވެދާނެތޯއެވެ؟ ދެފަށްވެގެން އަންނަ އުފަލެކެވެ. އީދުގެ އުފަލާއި ހަވީރުގެ އުފަލެވެ.…

ދޮގާއި ދޮގު ހެކި ދިނުން (2)

ކިޔާފައިވާ ޢަދަދު: 474
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

  (ފަޟީލަތުއްޝައިޚް ޢުމަރު ޢީސާ (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ތަރުޖަމާކުރެއްވުމުގެ ފަންނުގައި ޤާބިލު ބޭފުޅެކެވެ. އޭނާ ތަރުޖަމާ ކުރައްވާފައިވާ ވާހަކަތަކުގެތެރޭގައި މަޝްހޫރު “ކައުންޓް އޮފް ދަ މައުންޓް ކްރިސްޓޯ” އާއި “ކަލީލާ ވަދިމްނާ” އާއި “ރަތްބުރު” ހިމެނެއެވެ. އަދި އޭނާވަނީ ވަރަށްގިނަ ނޫސް، މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. މިއީ، މީލާދީން 1979 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19، 20، 21، މި ތިން ދުވަހުގެ “ހަވީރު” ނޫހުގައި ޝާއިއުކުރައްވާފައިވާ ލިޔުމެވެ.)…

ގަސްގަހާގެއްސާއި ފެނާ ހުރި ގުޅުން

ކިޔާފައިވާ ޢަދަދު: 551
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(މިއީ ހާރޫން ޔަޙްޔާގެ ލިޔުއްވުމެއްގެ ތަރުޖަމާއެކެވެ.) ކިތަންމެ ކުޑަ ގަހަކަށް ވިޔަސް ނުވަތަ ކިތަންމެ ބޮޑު ގަހަކަށް ވިޔަސް ނުވަތަ ބިންމަތީގައި ހެދިފައި ހުންނަ ކުދި ކުދި ވިނަ ގަސް ކަމުގައި ވިޔަސް ކޮންމެ ގަހަކަށް ވެސް ގުދުރަތުން ދެއްވާފައިވާ ޚާއްޞަ ބާރެއް އޮވެ އެވެ. އެއީ ބިމުން ލިބޭ ފެން އެ ގަހެއްގެ މުލުން ލާފައި ގޮސް ހުރިހައި ގޮތްޕަކަށާއި ފަތް ތަކަކަށް ވާސިލު ކޮށް ދިނުމުގެ ބާރެވެ. އެހެން ނަމަވެސް މި ދެންނެވުނު ފަދައިން…

ރޯދަ- ރަނުގެ ފުރުޞަތެއް

ކިޔާފައިވާ ޢަދަދު: 334
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(  ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 19 ވީ އާދީއްތަ ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި) ރޯދަމަހަކީ އަޅުގަނޑުމެން އެންމެންނަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. މިއީ ވަކި މުއްސަންޖަކަށް ނުވަތަ މޮޅު މީހަކަށް އެކަނި ލިބިގެންވާ ފުރުޞަތެއް ނޫނެވެ. އަޅުގަނޑުމެންގެ ރޫޙާނީ ބާރާ އީމާންކަން ވަރުގަދަކޮށް ބަދަހިކުރުމަށްޓަކައި އެންމެ ރަޙީމުވަންތަ މާތް ﷲ ލައްވަވާފައިވާ ބަރަކާތްތެރި ރޭތަކަކާއި ދުވާލުތަކެކެވެ. އެތެރެއާއި ބޭރުގެ ދުޝްމިނުންގެ މައްޗަށް ވެރިވުމަށްޓަކައި އަދި ފުރިހަމަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެ…

ޙަރަކާތްތައް ރާއްވާ ހިންގާއިރު ވިސްނާލަމާތޯއެވެ؟

ކިޔާފައިވާ ޢަދަދު: 725
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުޅިވަރުގެ ޙަރަކާތްތަކާއި، މުބާރާތްތަކާއި، އިޖުތިމާޢީ އެންމެހާ ބައްދަލުވުންތައް ރާވާ ހިންގާ ފަރާތްތަކަށް އަޅުގަނޑެކޭ އެއްފަދައިން ތިޔަބޭފުޅުން ވެސް އެފަރާތްތަކުގެ ބުރަ މަސައްކަތްތައް އަގުވަޒަންކޮށް ޝުކުރު އަދާކުރާނެ ކަމާމެދު އެއްވެސް ޝައްކެއްނުކުރަމެވެ. ހަމައެފަދައިން އެފަދަ ޙަރަކާތްތަކުގައި ބައިވެރިންކުރާ ހިތްވަރަށް ސާބަސްދީ ޝުކުރުވެރިވާނެއެވެ. މިދެންނެވި ޙަރަކާތްތަކަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މީހުން ހޭލުންތެރިކުރުމުގެ ޙަރަކާތަކަށް ވެދާނެއެވެ. ނުވަތަ އިޖުތިމާޢީ ބައްދަލުވުމަކަށްވެސް ވެދާނެއެވެ. އަދި މިފަދަ ޙަރަކާތްތަކުގެ ސަބަބުން ގިނަ ރައްޓެހިންނާއި އެކުވެރިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތަކަށްވެ،…

ރަޤަމީ މަސްތުވާތަކެތި

ކިޔާފައިވާ ޢަދަދު: 773
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރަޤަމީ މަސްތުވާ ތަކެތި ” މިއީ މުޅިން އައު މަފްހޫމެކެވެ. މަސްތުވާ ތަކެތީގެ އައު ޖީލެކެވެ. އެއީ މިޔުޒިކީ ޚާއްޞަ ރާގުތަކެކެވެ. މިއީ މިއަދު ނެޓްގެ ތަފާތު ޞަފްޙާތަކުގައި ޝާއިޢުކޮށް ފަތުރަމުންދާ އައު ވަބާއެކެވެ. މި ބާވަތުގެ މިޔުޒިކް އުފެއްދުނީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ޓަކައެވެ. ހުޅަނގުގެ ބައެއް ކްލިނިކްތަކުގައި ” މިޔުޒިކީ ފަރުވާ ” ގެ ނަމުގައި މި ފަރުވާ މިއަދު ދަނީ ދެވެމުންނެވެ. މަސްތުވާ ތަކެތީގެ އާވާރާގައި ޖެހިފައިވާ މީހުން މި ފަރުވާގެ…

އޭރުގެ ފަތްފުށްތަކުން:

ކިޔާފައިވާ ޢަދަދު: 553
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޅުގަޑު އަންހެންކުއްޖަކަށް ނުވިކަން ހާދަހާ ރަގަޅެވެ. عبد الله وحيد މަންދު (މި ލިޔުން ނަކަލުކޮށްފައި މިވަނީ ”އަމާޒު” މަޖައްލާގެ 1 މޭ 1973 ގެ އަދަދުންނެވެ.) އަލްފާޟިލް މަންދު ޢަބްދުﷲ ވަޙީދު (ރަޙިމަހުﷲ) އަކީ، ކުރީގެ މަޝްހޫރު ލިޔުންތެރިއެކެވެ. 1970 ގެތެރޭގައި އެންމެ ހިނގި މަޖައްލާ “އާބާރު” ގެ އިސް ހިންގުންތެރިއެކެވެ. އިޖުތިމާއީ ތަފާތު މައުޟޫޢުތަކަށް ލިޔުއްވި ބޭފުޅެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. ނޫސްވެރިކަމާއި މަޖައްލާ ނެރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1980…

މުސްލިމުންނަކީ ހަމަ ނާތަހުޒީބު ބައިގަނޑެއްބާ؟

ކިޔާފައިވާ ޢަދަދު: 604
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(މިއީ 17 ޖުލައި 2010 ގައި އާފަތިސް ނޫހަށް އަޅުގަނޑު ލިޔުނު މަޒުމޫނެކެވެ.) ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ނެރޭ ޚަބަރުތަކުގެ މައިގަނޑު ސުރުޚީތަކުގެ ތެރޭގައި މި ސުރުޚީ ހިމެނެއެވެ. “އެއްވެސް ސިފައެއްގައި އެބައިމީހުންގެ ރަސޫލާގެ ތަޞައްވުރެއް ގާއިމުކުރުމަކީ މުސްލިމުންގެ ކުރިމަތީގައި ކުފުރުވާފަދަ ކަމެކެވެ.” ކުރެހުންތެރިއަކު ކީރިތި ރަސޫލާގެ ފޮޓޯއެއް ކުރެހީމާ ނުވަތަ ކާޓޫނެއް ކުރެހީމާ ޕާކިސްތާނާއި ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި ދެކޮޅު ހެދުމުގެ ޙަރަކާތްތައް ފެށިގަނެއެވެ. މަތީގައި ދެންނެވުނު ސުރުޚީއަކީ އެފަދަ ދެކޮޅުހެދުންތައް ޚުލާޞާކޮށް…

އައުރަ ނިވާކުރުން މިވަނީ ޒަމާނީ ވެފައެވެ!

ކިޔާފައިވާ ޢަދަދު: 2025
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންސާނުންގެ ޙުރުމަތާއި ރައްކާތެރިކަމަށް ޓަކައި، މާތް الله ވަކި ކަންތައްތަކެއް މަނާކުރައްވައި އިންތަކެއް ކަނޑައަޅުއްވާފައި ވެއެވެ. އަދި އެ އިންތައް ފަހަނައަޅައި ދާނަމަ އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެކަން ވެސް އަންގަވާފައި ވެއެވެ. އެފަދަ ކަންތައްތަކުގެތެރޭގައި ހިމެނޭ އެއްކަމަކީ ޢައުރަނިވާކުރުމެވެ. ޢައުރައަކީ، އެތަނެއް ބެލުން މަނާކުރެވިފައިވާ މީހެއްގެ ކުރިމަތީގައި ފާޅުކުރުން، މާތް الله ޙަރާމްކުރައްވާފައިވާ، ހަށިގަނޑުގެ ކޮންމެ ތަނެކެވެ. (القرطبي، 2006) އެގޮތުން ބަލާއިރު؛ ހިލޭ ފިރިހެނުންގެ ކުރިމަތީގައި، އަންހެނުންގެ މޫނާއި ދެއަތްތިލަ ފިޔަވައި، ދެން ބާކީ…

މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވުން

ކިޔާފައިވާ ޢަދަދު: 1022
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަސްތުވާތަކެއްޗަކީ، އެ އެއްޗެއް ބޭނުންކުރުމުން އިންސާނާގެ ބުއްދި ފިލައިދާ ކޮންމެ އެއްޗެކެވެ.  މަސްތުވާތަކެތީގެ ތެރޭގައި، ދިޔާ ތަކެއްޗާއި، އޮލަތަކެއްޗާއި، ހިކި ތަކެތިވެސް ހިމެނެއެވެ.[1] “ރާއަކީ ބުއްދީގެ މައްޗަށް ފަރުދާ އެޅޭ ކޮންމެ އެއްޗެކެވެ.” މިއީ ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ޢުމަރުގެފާނުގެ ބުއްދިވެރި މިބަސްފުޅުން ރާގެ މަފްހޫމަކީ ކޮބައިކަން ވަނީ ކަނޑައަޅުއްވާފައެވެ. އުމަރުގެފާނު މިގޮތަށް ވިދާޅުވީ ސުވާލުކުރާ މީހުންގެ ސުވާލުތަކާއި އޮޅުންއަރާ މީހުންގެ އޮޅުންތައް ގިނަވިޔަ ނުދެއްވުމަށްޓަކައެވެ. ބުއްދިއަށް އަސަރުފޯރުވައި، ހެޔޮނުބައި ވަކިކުރުމާއި ކަންކަން ދެނެގަތުންފަދަ ސިކުނޑީގެ ޠަބީޢީ…