ދިރިއުޅުމުގެ އުފާ ޙާސިލްކުރަން އެދޭނަމަ އަބަދުވެސް ތިބާ ވިސްނާށެވެ!

ކިޔާފައިވާ ޢަދަދު: 776
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ތިބާއަކީ މުއްސަންޖެއް ހެއްޔެވެ. މި ސުވާލު އަމިއްލަ ނަފުސާ ކޮށްލަބަލާށެވެ. ޖަވާބަކީ ކޮބައިތޯއެވެ. ގިނަ ބައެއްގެ ޖަވާބަކަށްވާނީ ނޫނެކެވެ. މުއްސައްޖެއްނޫނެވެ. ލިބޭ މުސާރައިން ދެކޮޅެއް ނުޖެހެއެވެ. އިންތިހާއަށް ކުލިބޮޑެވެ. ބިލުތަކާއި ގޭތެރޭގެ ޚަރަދުތައް އިންތިހާއަށް ބޮޑެވެ. އިސްކޫލާއި ޓިއުޝަނާއި އާންމު ދިރިއުޅުމުގެ ޚަދަރުތައްވެސް އިންތިހާއަށް ބޮޑެވެ. މިއީ ނިކަމެތި ދިރިއުޅުމެކެވެ. ދަތި ދިރިއުޅުމެކެވެ. ޚަރުދުބޮޑު ފަޤީރު ދިރިއުޅުމެކެވެ. މިއީ ތިބާފަދަ އެތައް ބައެއްގެ ވިސްނުމާއި އިޙްސާސްކަމަށް ޤަބޫލުކުރެވެއެވެ.

ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް

ކިޔާފައިވާ ޢަދަދު: 1258
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެއްބައިވަންތަކަމާއި އެއްބައެއްވަންތަ ކަމަކީ މުޅިންތަފާތު ދެ ލަފުޒެކެވެ. މިހާރަކަށް އައިސް މި ދެ ލަފުޒުވެސް އޮޅުވައިލައިގެން ލިޔެ ވާހަކަދައްކާތީ އިވި ފެނިފައި އެބަހުއްޓެވެ. އެއްބައިވަންތަކަމަކީ އެކުވެރިކަމާއި އެކަކުއަނެކަކަށް އެހީތެރިވުމާއި ގުޅިގެން މަސައްކަތްކުރުމާއި މިފަދަ ސިފަތަކުން އުފެދި ބޭނުންކުރެވޭ ލަފުޒެކެވެ. އެހެން ނަމަވެސް އެއްބައެއް ވަންތަކަން ބޮޑަށް ގުޅިފައިވަނީ އަޅުގަނޑުމެންނަކީ އެއް ނަސްލަކުން އެއް ދަރިކޮޅަކުން އައިސް ތިބި އެއްބަޔެއްކަން ރަމްޒުކޮށްދިނުމަށް ބޭނުންކުރާ ލަފުޒެކެވެ.

ތުއްތުކުއްޖަކު ހިތްހަމަޖައްސައިދިން ނޯޓެއް

ކިޔާފައިވާ ޢަދަދު: 1213
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
 ތަރުޖަމާ: އަޙްމަދް ސަމީރު އަލީ
އަޅުގަނޑުމެން އަލަށް އިސްކޫލަށް ދިޔަ ދުވަހަކީ ވަރަށް ހާސްވެ ކަންބޮޑުވި ދުވަހެއް ނޫންތޯއެވެ؟  ދުނިޔޭގެ ދެބައިހަމައިގެ އުތުރުގައިވާ ހުޅަނގު ގައުމުގައުމާއި މެދުއިރުމަތީގައި ވެސް ކޮންމެ ތައުލީމީ އަހަރެއް ފަށަނީ ހޫނުމޫސުމުގެ ދިގު ޗުއްޓީއަކަށް ފަހުގައެވެ. ބައެއް ހިސާބުގައި ކިޔެވުން ފަށަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އަނެއްބައި ހިސާބުގައި އޮކްޓޯބަރުމަހުގެ ކުރީކޮޅުގައެވެ.

އީދުގެ ތެރެއިން މުޖުތަމަޢަށް ހަމަޖެހުން ގެނެސްދެއެވެ.

ކިޔާފައިވާ ޢަދަދު: 1139
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދު މުޅި ދުނިޔެ މިވަނީ ބަވަނަވެފައެވެ. އެއްބަޔަކު އަނެއްބަޔަކާ މިވަނީ ގުޅި ލާމެހިފައެވެ. ކުރާންޖެހޭ ކަންތައް ގިނަވެ، އެންމެން މިވަނީ “ބިޒީ”ވެފައެވެ. މުޖުތަމަޢުގެ ޙަރަކާތްތައް މިވަނީ ގިނަވެ، ހަލަބޮލިކަން އިތުރުވެފައެވެ. އެންމެންގެ ބޭނުންތައް މިވަނީ ގިނަގުނަވެފައެވެ. އަރާމުކޮށްލާނެ ވަގުތެއް ނުވެއެވެ. އުފާކޮށް މަޖާކޮށްލާނެ ފުރުޞަތެއް ނުލިބެއެވެ. ޢާއިލާގެ އެންމެން އެއް ތަނެއްގައި ތިބެ މީރުކޮށް ކައިލާނެ ތަންވަޅެއް ނުވެއެވެ. އާ ހެދުމެއް ފަހައި އެ ހެދުންލައި ޒީނަތްތެރިވެލާނެ ދުވަހެއް ނާދެއެވެ.

ހެދުމުގައި ބާހެދި ހާއަޅަން ފަށައިފައި…..

ކިޔާފައިވާ ޢަދަދު: 1034
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އަޅުގަނޑުމެނަކީވެސް ޤައުމެކެވެ. ޤައުމުވަންތަ ގޮތް ހުރި ބައެކެވެ. ޤައުމިއްޔަތެއްގެ ރުކުންތައް ފުރިހަމަވާ ބައެކެވެ. ޤައުމު ކިތަންމެ ކުޑަނަމަވެސް މީސްކޮޅު ކިތަންމެ މަދުނަމަވެސް އަމިއްލަ ވަންތަކަމާއި އަމިއްލަ ދިރިއުޅުމަކަށް ބަރޯސާވާ ބައެކެވެ. އެގޮތްތައް ހިފަހައްޓަމުން އައިސްފައިވާ ބައެކެވެ. އެހެންނަމަވެސް ޒަމާނާއެކު ބަދަލުވަމުންދާ ދިރިއުޅުމުގެ ހަމަތަކުގެ ތެރެއިން އަމިއްލަ ވަންތަކަމާއި ޤައުމުގެ ޤައުމީ ވަންތަކަމަށް ފަނޑުކަމުގެ ކުލަވަރު އަރަން ފަށައިފިއެވެ. ޤައުމިއްޔަތުގެ ރުކުންތަކަކީ ކޮބައިކަން ވަކިކުރަން  ދަތިވާން ފަށައިފިއެވެ.

އުފާވެރި ހިނިތުންވުމަކުން އަނެކުންގެ ހިތްތައް ތިބާއަށް ގަނެވޭ

ކިޔާފައިވާ ޢަދަދު: 1059
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ރީތި ހިނިތުންވުމަކީ އެއިން އަނެކާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. ތިމާއާ މެދު އެހެންމީހުން ދެކޭގޮތް ބަދަލުކޮށްލާ ސިފައެކެވެ. އުފާވެރި ހިނިތުންވުމަކުން އަނެކުންގެ ހިތްތައް ތިބާއަށް ގަނެވިދާނެއެވެ. އަގަކާ ނުލައެވެ. އެއިން އެމީހުންގެ ހިތްތަކަށް ނެގެސްދެވޭ ތަސައްލީއެއްގެ ބޮޑުކަމުންނެވެ. ނުތަނަވަސްކަމާއި ހާސްކަމަށް ލުޔެއް ދޭތީއެވެ. މިއީ މިއަދުގެ ދިރާސާވެރިންނާއި ޢިލްމީ ހޯދުންތެރިން އިއްތިފާޤުވާ ކަމެކެވެ. އެމީހުންގެ ހޯދުމުގެ ރަމަލުން ކަށަވަރުކޮށްފައިވާ ހަޤީޤަތެކެވެ.

މިނިވަންކަމަށް 50 އަހަރު ފުރޭ ހިނދު…

ކިޔާފައިވާ ޢަދަދު: 1396
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އަޅުގަނޑުމެންނާ ބައްދަލުކުރަމުން މި އަންނަނީ ތާރީޚީ ދުވަހެކެވެ. ދިވެހިންގެ ފަޚުރުވެރި މިނިވަން ދުވަހެވެ. މިނިވަންކަމާއެކު މި ޤައުމުގެ ދިދަ ވިހެރެމުންދާތާ 50 އަހަރު ފުރޭ އުފާވެރި ދުވަހެވެ. މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތްތާ ބައި ޤަރުނުވީއެވެ. މިއީ މަދު ދުވަސްކޮޅެއް ނޫނެވެ. 19 ވަނަ ޤަރުނުގެ ފަހުކޮޅު އިނގިރޭސީންގެ ހިމާޔަތުގެ އެއްބަސްވުމާއެކު ސިޔާސީގޮތުން ގެއްލުނު މިނިވަންކަން ހޯދުނުތާ ބައި ޤަރުނުވީއެވެ. މިކަމުގެ ހުރިހާ ތަޢުރީފާއި ޝުކުރެއް ޙައްޤުވަނީ އަލްމަރުޙޫމް އިބްރާހީމް ނާޞިރަށެވެ. އެއީ އަޅުގަނޑުމެންގެ މިނިވަންކަމުގެ ހީރޯއެވެ. ހަމައެކަނި ސިޔާސީ މިވަންކަމެއް ނޫނެވެ. ވޯރާ ވިޔަފާރިވެރިންގެ އިޤުތިޞާދީ އަޅުވެތިކަމުން ދިވެހިން ސަލާމަތްކުރި ބާނީވެސް މެއެވެ.

މިއީ ތަންފުކެއް ބޮޑުވަރު

ކިޔާފައިވާ ޢަދަދު: 1014
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ރަމަޟާން މަހަކީ ތަޤުވާގެ މަހެވެ. އަޅުކަމުގެ މަހެވެ. ހެޔޮ ޢަމަލުތަކާއި ހެޔޮކަންތައްތައް ކުރުންމަތީ ދެމިތިބުމަށް ލިބިފައިވާ ނިޢުމަތުގެ މަހެެވެ. މި މަތިވެރި މައްސަރުގެ ޘަވާބާ ދަރުމަ ހޯދުމަށް މަސައްކަތްކުރުމުގައި މާތްﷲއަށް ބިރުވެތި ވާންޖެހެއެވެ. އަޅުކަން އަދާކުރުމުގައި އިޚްލާސްތެރި ވާންހެޖެއެވެ. އެހެންނަމަވެސް ބައެއް މީހުންގެ ފަރާތުން ފެންނަ މަންޒަރާ އުޅުން މުޅިން ތަފާތެވެ. އަޅުކަމުގައި ހޭދަކުރިނަމަވެސް އެފަދަ މީހުންގެ ނަފުސާއި ޙިޔާލުތައް އުޅެމުންދަނީ މުޅީން އެހެން ދުނިޔެއެއްގައެވެ. 
 

މަސައްކަތް ކުރާން ވާނީ ދިރިއުޅެމުންނެވެ.

ކިޔާފައިވާ ޢަދަދު: 889
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ފަތުޙުﷲ ޞާލިހު، ޏ. ފުވައްމުލައް
ޕާން ހަދާ ތަނެއްގައި ޑެލިވަރީ ވަޒީފާ އަދާކޮށްގެން ލިބޭ ކުޑަ މުސާރަކޮޅުން ޢާއިލާގެ ކަންތައް ހަމަޖައްސަމުން ގެންދިޔަ ބައްޕައެކެވެ. ޢާއިލާގައި ހިމެނެނީ އޭނާގެ އަންހެނުންނާއި ދެމީހުންގެ ތިން ކުދީންނެވެ. މުޅި ދުވަހު ހަތަރުދަމު މަސައްކަތުގައި އުޅުމަށްފަހު ގެއަށް އާދެވުމާއިއެކު ފެންވަރާލައިގެން ދަނީ އޭނާ ކިޔަވާންދާ ކުލާހަށެވެ. މިހާރަށްވުރެން ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް ފަހުން ހޯދޭނޭ ކަމުގެ އުއްމީދުގައި އިތުރަށް ކިޔަވަނީއެވެ. ދިރިއުޅުމުގެ ކަންތައް މިހެން ހުންނާތީވޭ އާއިލާއާއިއެކު ހޭދަކުރާނޭ ވަގުތެއް ނުލިބެއެވެ. ރެއާއި ދުވާލު އެހައި ބުރަކޮށް މަސައްކަތްކުރަނީ ޢާއިލާގެ ކުރިމަގާއިމެދު އޭނާ ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ. އާއިލާއަށް ޖެހޭ ބޭނުންތައް ހިނދުން ހިނދަށް ހަމަޖައްސައިދެވުމާއިއެކު ބޭނުންވާ ކޮންމެ އެއްޗެއް ބޭނުންވާ ގަޑީގައި ހޯދައިދެވުމަކީ އޭނާގެ ހުވަފެނެވެ.
 

އިސްރާފު ކުރުން، އިޖްތިމާއީ ވިސްނުމަކުން!

ކިޔާފައިވާ ޢަދަދު: 965
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 
މީގެ ތިންހަތަރު މަސްދުވަސް ކުރިން އަޅުގަނޑަށް ލިބުނު އީ މެއިލެއްގެ ސަބަބުން ކުރިން ވިސްނިފައި ނެތް ދިމާއަކަށް ފުންކޮށް ވިސްނައިލެވުނެވެ. އެ އީ މެއިލުގައި އޮތް މައިގަނޑު ޚަބަރު، މިހާރު އިންޓަނެޓުގައި އެކި ބައިބައި ބަދަލުވެފައި ހުއްޓައިވެސް އެބަ ފެނެއެވެ. އަޅުގަނޑަށް ލިބުނީ ރައްޓެއްސަކު  ކިޔާފައި އޭނާވެސް އަޅުގަނޑަށް ‘ ފޯރުކުރި’ މެއިލެކެވެ. ލިޔެފައި އޮތީ އަރަބި ބަހުންނެވެ.