”ދެންހަމަ عجائب !_____ ”

ކިޔާފައިވާ ޢަދަދު: 377

تاليف (” ނަން ނުއައްސަވާ!”) މިއީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު (ރަޙިމަހުﷲ) ގެ ހިނގާ ގަލަންކޮޅު މީގެ 76 އަހަރު ކުރީން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ލިޔުން ޝާއިއުކޮށްފައިވަނީ”އައްރަފީޤު” މަޖައްލާގައެވެ. ނަމަވެސް  މިސައިޓަށް ނަގާފައި މިބަނީ، ނޮވެލްޓީން ނެރެފައިވާ ”ދިވެހިޑައިޖެސްޓް” 86  (8 ނޮވެންބަރު 2016)  ވަނަ އަދަދުންނެވެ. __________________________ މިޖެހުނީ ބޮޑުކަމެކެވެ. ” ފޫހިފިލުވުމަށް” ލިޔާންވީއެވެ. ބަހުގައި ބުނެވޭ ޖެހިއްޖެކަމަކަށް ފަސްޖެހުމަކީ ފިނޑިންގެ ކަމެކެވެ. ފިނޑިއަކަށް ވާހިތްވާނީ ކާކުތޯއެވެ؟ ގައިމުވެސް އަޅުގަނޑެއް ނޫނެވެ……. އެހެންވީއިރު…

ވަގުތު ފާއިތުވުމުގެ ކުރިން….!

ކިޔާފައިވާ ޢަދަދު: 636

ފަތުޙުﷲ ޞާލިޙު ދިރިއުޅުމުގެ ކަންތައް ހުންނަގޮތުން ދޭންވާވަރަށް އާއިލާއަށް ވަގުތު ނުދެވުމަކީ މިހާރަކަށް އައިސް އަޅުގަނޑުމެންގެތެރޭގައި އާންމު ކަމެކެވެ. މައިންބަފައިން ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް އަވަދިވެގެން ދަރިންނާއެކު ހޭދަކޮށްލާނޭ ވަގުތުކޮޅެއް ނުލިބި މުޅި ދިރިއުޅުން ވެއަތުކުރާ ދަރީންނާއި މައިންބަފައިން މިއަދުގެ މުޖުތަމަޢުގައި ދަނީ އިތުރުވަމުންނެވެ. އަނބިދަރީންނަށް ވަގުތު ނުދެވުމުގެ ސަބަބުން މައްސަލަޖެހި ރޫޅެން ދިމާވާ ޢާއިލާތައްވެސް މަދެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބޮލުގެތެރޭގައި 24 ގަޑިއިރު އެނބުރޭނީ މުޅީންވެސް ފައިސާ ހޯދުމުގެ ވިސްނުމެވެ. ކަންތައްތައް ހަމަޖެއްސުމަށްޓަކައި…

އަނދިރީގެ ދުނިޔެ: ކުދިވަގުންގެ ޕާޓީއެއް

ކިޔާފައިވާ ޢަދަދު: 407

إ . ش އަލިފު. ޝީނު. ނުވަތަ އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މި ވަނީ ދުވަހުނޫސް “ވިޔަފާރިމިއަދު” ގެ 19 ސެޕްޓެންބަރު 1968 (ބުރާސްފަތި) ދުވަހުގެ ނޫހުންނެވެ. ______________________________ ޝައްކެއްނެތެވެ. މުޅި މަސްއޫލިއްޔަތު އެޅެނީ، މައިންބަފައިންނާއި ބެލެނިވެރީންގެ ކޮނޑުގައެވެ. ޤައުމުގައި ހަމައެންމެ ރަނގަޅު މުވާޠިނުންގެ ގޮތުން މުސްތަޤްބަލުގެ ބައިތައް ކުޅެންތިބި ކުދިން ގެއްލި ހަލާކުވުމުގެ މުޅި މަސްއޫލިއްޔަތު ރައްދުވަނީ އެކުދީންގެ ބެލުންތެރިންނަށެވެ. އަޅުގަނޑު އަހާފައިވާ ގޮތުގައި ޢުމުރުން 12،…

ބަގުރާއާއި މަސްތުވާ އެހެނިހެން ތަކެތި

ކިޔާފައިވާ ޢަދަދު: 632

ފަޟީލަތުއްޝައިޚު ޢުމަރު ޢީސާ (ރަޙިމަހުﷲ) ގެ މިލިޔުމަކީ، 12 ޖޫން 1979 (އަންގާރަ) ދުވަހުގެ “ހަވީރު” ނޫހުގައި ޝާއިއުކުރައްވާފައިވާ ލިޔުމެކެވެ. ____________________________________________ ދާދިފަހުން އަލްއަޚް އަލްއުސްތާޛް އިބްރާހީމް ޝިހާބު ގެ ތަޤުރީރެއް އަޅުގަނޑު އަހައިފާ ހިތަށް ކުރަމުން ދިޔަ ފުން އަސަރަކީ ގަލަމުން ސިފަކުރުމަށް ދަތި އަސަރެކެވެ. އެމަނިކުފާނު ދެއްވި ތަޤުރީރުގައި މައިގަނޑު މައުޟޫއަކީ ރާޔާ އެހެނިހެން މަސްތުވާ ތަކެއްޗެވެ. އެ ތަކެތި އިސްތިޢުމާލު ކުރުމުގެ ވަބާ މި ރާއްޖޭގައިވެސް މަޑުމަޑުން ނަމަވެސް ފެތުރެމުންދާ ކަމެވެ. މައުޟޫޢަކީ،…

ދިރިއުޅުމުގެ މަސްރަހުން

ކިޔާފައިވާ ޢަދަދު: 725

  ފަޟީލަތުއްޝައިޚު ޢުމަރު ޢީސާ (ރަޙިމަހުﷲ) ގެ މި ލިޔުމަކީ، މީގެ 61 އަހަރު ކުރީގެ ލިޔުމެކެވެ. މި ލިޔުން އެންމެ ފުރަތަމަ ޝާއިއު ކުރައްވާފައިވަނީ، “މުންނާރު” ނޫހުގެ 1376 ވަނަ އަހަރުގެ މުޙައްރަމް މަހުގެ އަދަދުގައެވެ. މި ސައިޓަށް މި ލިޔުން ނަކަލުކޮށްފައި މި ވަނީ “ފަތްތޫރަ” މަޖައްލާގެ 138، 139 (ސެޕްޓެންބަރު، އޮކްޓޯބަރު 1990) މި ދެ އަދަދުންނެވެ.  ޝައިޚު ޢުމަރު ޢީސާގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ. _______________________________ ދިރިއުޅުމުގެ މަސްރަހުން ފެންނަމުންދާ…

އިސްލާމް ދީނާއި ޒަމާނީ އިންސާނާ

ކިޔާފައިވާ ޢަދަދު: 1704

ލިޔުއްވީ: މައުލާނާ ވަޙީދުއްދީން ޚާން ތަރުޖަމާ: ޙުސައިން ޢަބްދުލްވާޙިދު          ނޯޓު: މިއީ، އިންޑިޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ މައުލާނާ ވަޙީދުއްދީން ޚާން ލިޔުއްވާފައިވާ “އިސްލާމް އެންޑް ދަ މޮޑަން މޭން” މި ފޮތުގެ ތަރުޖަމާއެކެވެ. އަޅުގަނޑު ގަސްތުކުރަނީ، ފޮތުގައިވާ ގޮތަށް ކުރު ސިލްސިލާތަކެއްގެ ގޮތުގައި މި ފޮތް ތަރުޖަމާކުރަމުން ގެންދިއުމަށެވެ. މާތް ﷲގެ ހެޔޮ ތައުފީޤަށް އެދެމުންނެވެ. ____________________________________           މިޒަމާނުގައި މީހުންނަށް ދިމާވާ މައްސަލަތައް ސީދާކޮށް ނަމަވެސް ނުވަތަ ނުސީދާކޮށް ނަމަވެސް ދިމާވަނީ މައިގަނޑު ގޮތެއްގައި…

عبد مبارك

ކިޔާފައިވާ ޢަދަދު: 724

عبد مبارك = މުޙައްމަދު ޖަމީލު = މިއީ، ހިޖުރައިން، 1 ޝައްވާލު 1399 (24 އޮގަސްޓް 1979) ހުކުރުވީ ފިޠުރު އީދު ދުވަހުގެ “ހަވީރު” ނޫހުގައި ފަޟީލަތުއްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ޝާއިޢުކުރައްވާފައިވާ ލިޔުމެވެ. ________________________                              ފިތުރު އީދުގެ ތަހުނިޔާތައް، މިތުރުނަށް އަދު ދަންނަވަން                                އަތަރުވަސް ދޭ މާމަލުން  އަމުނާ  މިހާރު ވެދުންކުރަން އީދު ދުވަހުގެ ހަވީރަކީ، ހަވީރުގެ އީދަށް ނުވެދާނެތޯއެވެ؟ ދެފަށްވެގެން އަންނަ އުފަލެކެވެ. އީދުގެ އުފަލާއި ހަވީރުގެ އުފަލެވެ.…

ދޮގާއި ދޮގު ހެކި ދިނުން (2)

ކިޔާފައިވާ ޢަދަދު: 691

  (ފަޟީލަތުއްޝައިޚް ޢުމަރު ޢީސާ (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ތަރުޖަމާކުރެއްވުމުގެ ފަންނުގައި ޤާބިލު ބޭފުޅެކެވެ. އޭނާ ތަރުޖަމާ ކުރައްވާފައިވާ ވާހަކަތަކުގެތެރޭގައި މަޝްހޫރު “ކައުންޓް އޮފް ދަ މައުންޓް ކްރިސްޓޯ” އާއި “ކަލީލާ ވަދިމްނާ” އާއި “ރަތްބުރު” ހިމެނެއެވެ. އަދި އޭނާވަނީ ވަރަށްގިނަ ނޫސް، މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. މިއީ، މީލާދީން 1979 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19، 20، 21، މި ތިން ދުވަހުގެ “ހަވީރު” ނޫހުގައި ޝާއިއުކުރައްވާފައިވާ ލިޔުމެވެ.)…

ގަސްގަހާގެއްސާއި ފެނާ ހުރި ގުޅުން

ކިޔާފައިވާ ޢަދަދު: 668

(މިއީ ހާރޫން ޔަޙްޔާގެ ލިޔުއްވުމެއްގެ ތަރުޖަމާއެކެވެ.) ކިތަންމެ ކުޑަ ގަހަކަށް ވިޔަސް ނުވަތަ ކިތަންމެ ބޮޑު ގަހަކަށް ވިޔަސް ނުވަތަ ބިންމަތީގައި ހެދިފައި ހުންނަ ކުދި ކުދި ވިނަ ގަސް ކަމުގައި ވިޔަސް ކޮންމެ ގަހަކަށް ވެސް ގުދުރަތުން ދެއްވާފައިވާ ޚާއްޞަ ބާރެއް އޮވެ އެވެ. އެއީ ބިމުން ލިބޭ ފެން އެ ގަހެއްގެ މުލުން ލާފައި ގޮސް ހުރިހައި ގޮތްޕަކަށާއި ފަތް ތަކަކަށް ވާސިލު ކޮށް ދިނުމުގެ ބާރެވެ. އެހެން ނަމަވެސް މި ދެންނެވުނު ފަދައިން…

ރޯދަ- ރަނުގެ ފުރުޞަތެއް

ކިޔާފައިވާ ޢަދަދު: 462

(  ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 19 ވީ އާދީއްތަ ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި) ރޯދަމަހަކީ އަޅުގަނޑުމެން އެންމެންނަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. މިއީ ވަކި މުއްސަންޖަކަށް ނުވަތަ މޮޅު މީހަކަށް އެކަނި ލިބިގެންވާ ފުރުޞަތެއް ނޫނެވެ. އަޅުގަނޑުމެންގެ ރޫޙާނީ ބާރާ އީމާންކަން ވަރުގަދަކޮށް ބަދަހިކުރުމަށްޓަކައި އެންމެ ރަޙީމުވަންތަ މާތް ﷲ ލައްވަވާފައިވާ ބަރަކާތްތެރި ރޭތަކަކާއި ދުވާލުތަކެކެވެ. އެތެރެއާއި ބޭރުގެ ދުޝްމިނުންގެ މައްޗަށް ވެރިވުމަށްޓަކައި އަދި ފުރިހަމަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެ…