މިނިވަން ބިމެއްގައި މިނިވަންކަމާއެކު ވުމަކީ…؟؟

ކިޔާފައިވާ ޢަދަދު: 2512
ހަސަން ޒަހީން
މަޝްހޫރު ތާބީއީ ބެކަލެއްކަމުގައިވާ ޙަސަނުލް ބަޞަރީ ރަޙިމަޙުﷲ  ވިދާޅުވި އިބުރަތްތެރި ބަސްފުޅެއްގައި ވެއެވެ. “ތިބާ ރަނގަޅު ތަނެއްގައިވުމުން ނުވަތަ ރަނގަޅު ބަޔެއްގެ ތެރޭގައި ވުމުން އެ ކަމާ ފަޚުރުވެރިވެ ކިބުރުވެރި ނުވާށެވެ. އެހެނީ ސުވަރުގެއަށް ވުރެ ވަކިމަތިވެރި މޮޅުތަނެއް ނުވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމް އެކަން  ތަޖުރިބާ ކުރެއްވީ ކިހިނެއްތޯއެވެ.”
 

ޖަރުމަނުގައި އިސްލާމް ދީނާ ދެކޮޅަށް މުޒާހަރާ ކުރި 25000 މީހުންނަށް މުސްލިމަކު ދިން ރައްދު

ކިޔާފައިވާ ޢަދަދު: 3603
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
 
ޑްރެސްޑަންގައި އިސްލާމްދީނާ ދެކޮޅަށް ހަޅުތާލު ކުރާ މީހުންނާއި، ޕެގީޑާއަށް،
(ނޯޓު: ޕެގީޑާއަކީ ހުޅަނގަށް އިސްލާމް ދީން ފެތުރިގެންދާ ދިއުމާ ދެކޮޅު ހަދާ ޙަރަކާތަކަށް ކިޔާ ނަމެއްގެ ކުރު ގޮތެވެ.)
 
ކަލޭމެންގެ އެތައް ހާސް ބަޔަކު އަހަރެންގެ ދީނާ ދެކޮޅަށް ހިނގި ވާހަކަ އަޑު އެހީމެވެ. އެއީ މި ދިޔަ ހަފުތާގެ ތެރޭގައްޔާއި، މި ދިޔަ މަހުގެ ތެރޭގައެވެ. ކަލޭމެން ހިނގަމުން ދިޔައީ މުހާޖިރުންނާއި، ބިދޭސީންނާއި، ކަލޭމެންނަށް ވުރެ ތަންކޮޅެއް ކުލަ އަނދިރި މީހުންނާ ދެކޮޅަށެވެ. ނާޒީ ޖަރުމަނާއި، ކަލޭމެންގެ ޙަރަކާތާ އަޅައި ބަލާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކަލޭމެންނަކީ ޚިޔާލު ތަފާތުވާ މީހުންނާ އެކީ އުޅެން އުނދަގޫ ބަޔެކޭ އަހަރެން ނުބުނާނަމެވެ. އަހަރެން ކަލޭމެންނަށް އިހާނެތި ބަސްތަކެއް ރައްދެއް ނުކުރާނަމެވެ. އަހަރެން ކަލޭމެން މަރުކާއެއް ނުކުރާނަމެވެ. އެކަމަކު އަހަރެމެންގެ މައްސަލައެއް އެބަ އޮތެވެ.
 

އަބުއި ކަންތަކާއި، މީހުންނާއި މިނިވަން ޚިޔާލު

ކިޔާފައިވާ ޢަދަދު: 3677
އަޙްމަދް ސަމީރު ޢަލީ
ދާދި މިދާކަށް ދުވަހު ފަރަންސޭސި ވިލާތުގެ ވެރިރަށުގައި، ވަކި އިމެއް، ހައްދެއް، މާތް މީހެއް، މުޤައްދަސް ދީނެއް ނުބަލައި މިނިވަން ޚިޔާލުގެ އެންމެ ބޮޑެތި ރާޅާ އަޅައި އުޅުނު ބަޔަކަށް  ބަޑި ހިފައިގެން ތިބި ބަޔަކު ވަރަށް އަނިޔާވެރި ހަމަލާއެއް ދީ އެތައް ބަޔަކު މަރައިފިއެވެ. މިއީ މިހާރު ބާ ޚަބަރެކެވެ.
 

”ބްލެކް މެއިލްކުރުން” – މި ޤައުމުން ނައްތައިލާންޖެހޭ ބޮޑު ވައިރަހެއް

ކިޔާފައިވާ ޢަދަދު: 2234
އަޙްމަދު ނާފިއު، ބ.ދަރަވަންދޫ
ދުނިޔެއަށް އަންނަމުންމިދާ ތަރައްޤީއާއި ތަހުޛީބުގެ ކުލަތައް އަޅުގަނޑުމެންގެ މިލޮބުވެތި ޖަޒީރާ ރަށްތަކަށްވެސް މިއަދު މިވަނީ ކުރަންފަށާފައެފައެވެ. ދުރުގައި ހުންނަމީހުން ގާތު ބުނަން ބޭނުންވާ ވާހަކަތައް ސިޓީގެ ގޮތުގައި ޕޯސްޓްކުރި ޒަމާން މިއަދު މިވަނީ މާޒީވެ ގޮސްފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މިރާއްޖޭގައިވެސް އިންޓަނެޓާއި ފޯނު ފަދަ ޓެކްނޮލީގެ އާ ވަސީލަތްތައް މިވަނީ ތަޢާރަފް ވެފައެވެ. އިންޓަނެޓާއި ފޯނުގެ ޒަރީއާއިން މިއަދު މަންފާތަކެއް ޙާޞިލްކުރެވުނުކަމުގައި ވިޔަސް މިފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ވިސްނައިލާންޖެހޭ ކަންތައްތަކެއް މިއަދު ހުންނާނެކަން ޔަޤީނެވެ.
 

ރިވެތި އަޚްލާޤް ގެ ވެރީންނާއި އެ ނޫން މީހުންގެ ސިފަތައް

ކިޔާފައިވާ ޢަދަދު: 3768
ޢަބްދުއްރަޝީދު ޙުސައިން
ޝައްކެއް ނެތެވެ. ދަރިފުޅު މަންމަގެ އުނގުން ތެދުވެ، އަމިއްލަ ދެފައިން ހިނގައިގަންނަ އިރު އޭނާ ލައްވަން ތައްޔާރު ކުރަންވާނީ، ހެޔޮ ލަފާ ކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އަންނަކަން ފެންނަ ފަދަ ރީތި ހެދުމެކެވެ. އެއަށްފަހު، އޭނާގެ ތަޢުލީމު ބިނާވާންވާނީ،އިސްލާމީ ރީތި އަޚްލާޤުގެ ބިންގާ މަތީގައެވެ. އޭނާގެ މުޅި ޙަޔާތުގެ އޮނިގަނޑު ހިފެހެއްޓިފައި ހުންނަންވާނީ، ހަރުދަނާ، ގޮތް ހުރި ތަރްބިއްޔަތުގެ ތަނބުތަކެއްގެ މަތީގައެވެ. އާދޭހެވެ. އެ ގޮތަށް ބޮޑެތިވާ ކުދިން، އެ ކުދިންގެ އެންމެ ފުރަތަމަ ވާޖިބަކަށް ހަދާނީ މައިން ބަފައިންގެ ބަސްއެހުމެވެ. އުމުރުން ދޮށީ މީހުންނަށް ޤަދަރު ކުރުމެވެ. ކިޔެވުމުގެ ބޭނުމެއް ހިފޭނީ އޭރުންނެވެ. ކިތަންމެވަރަކަށް ކިޔަވައި ދިނަސް،ޑިގްރީ މައްޗައް ޑިގްރީ ނަންގުވައި، ސަތޭކަ ޑިގްރީ ހަމަ ކުރުވިޔަސް،އޭނާ ހުރީ ތަރްބަވީ ގޮތުން ފޭލް ވެފައި ކަމަށް ވާނަމަ، އޭނާގެ މުޖްތަމަޢު އޭނާ ބަލައެއް ނުގަންނާނެ އެވެ. އޭނާއަކަށް ދުވަހަކުވެސް ހަރުދަނާ ދިރިއުޅުމެއް ނުލިބޭނެއެވެ.

އަޅުގަނޑުގެ ދަރިފުޅު މަލާލާ

ކިޔާފައިވާ ޢަދަދު: 2141

ޒިޔާއުއްދީން ޔޫސުފް ޒާއީ ދެއްވި ދަރުސެއް އަޑުއަހައިފައި

އަޙްމަދް ސަމީރު ޢަލީ


ޝުކުރުގެ ބަސްކޮޅެއް:
ފަހަކަށް އައިސް އިނގިރޭސި ބަހުން އަޅުގަނޑު ކުރާ ތަރުޖަމާގެ އަސްލު ލިޔުން ނުވަތަ ޓެޑް ޓޯކްސްގެ ދަރުސް ތަކަކީ، އަޅުގަނޑުގެ ދައްތަ ސަމީރާ ވިދާޅުވެފައި ނުވަތަ އަޑު އައްސަވައިފައި، އަޅުގަނޑަށް އީ މެއިލްގެ ޒަރީއާއިން ފޮނުއްވައިދެއްވާ ހަދިޔާއެވެ. އެކަކަށް ރީތިވާ ލިޔުމެއް އަނެކަކާއި ހިއްސާ ކުރުމުގެ ރީތި އާދައަކީ އަޅުގަނޑުމެން ދެބެންގެ އުމުރުން ދިހަ ބާރަ އަހަރު ވީންސުރެ މެދު ނުކެނޑި ހިނގަމުންދާ ކަމެކެވެ. އެދުވަސްވަރު އަޅުގަނޑުމެން ފޮތް ބަދަލު ކުރަނީ އަތުން އަތަށެވެ. އަޅުގަނޑު ރާއްޖޭން ބޭރުގައިވި ދިގު މުއްދަތުގައި ޕޯސްޓު މެދުވެރިކޮށެވެ! މިދުވަސްކޮޅު މިހާރުގެ ޒަމާނީ ފަސޭހަތަކުގެ އެހީގައެވެ.  ދައްތައަށް ރީތިވެގެން ފޮނުއްވި ލިޔުމެއް ތަރުޖަމާކޮށް ނިމި، އެ ވާހަކަ ދެންނެވުމުން ވިދާޅުވަނީ، ” ކޮއްކޮއަށް ފޮނުވަނީ އެހެންވެއެވެ! ކޮއްކޮ އަތުގައި ޖެހިއްޖެ ލިޔުމެއްގެ މީރު ރަހަ އެތައް ސަތޭކަ މީހުންނަށް ފޯރާނެތީއެވެ!” ވީމާ މި ފުރުސަތުގައި، ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓަށް ޒިޔާރަތް ކުރައްވާ ލޮބުވެތި ކިޔުންތެރިންގެ ނަމުގައިވެސް، ދައްތަ ސަމީރާއަށް އަޅުގަނޑުގެ ހިތުގައިވާ އިޚްލާސްތެރި ޝުކުރު އަރިސް ކުރަމެވެ.

ރަށަށް ފައިސާ ފޮނުވުން: ދުނިޔޭގެ އިގްތިސޯދުގައި ވަންހަނާ ވެފައިވާ ބާރެއް

ކިޔާފައިވާ ޢަދަދު: 4014

ޑިލިޕް ރާތަވާސް ދެއްވި ދަރުސެއް އަޑު އަހާފައި

އަޙްމަދް ސަމީރު ޢަލީ
ބިދޭސީ މަސައްކަތު މީހުން، އާއިލާއަށް ފޮނުވާ ފައިސާގެ ސަބަބުން އާއިލާތަކަށާއި އެމީހުންގެ ރަށްރަށަށް އަންނަ އިޖްތިމާއީ ބަދަލާއި އިގްތިސޯދީ ކުރިއެރުން  އެންމެ ފުރަތަމަ ދިރާސާ ކުރެއްވީ ވާރލްޑުބޭންކުގެ އިގްތިސޯދީ މާހިރު Dilip Rathawas އެވެ. ކުރާނެ މަސައްކަތެއް ހޯދަން ހިޖުރަ ކުރާ މަސައްކަތްތެރިން އެމީހުންގެ އުފަން ރަށަށް ފޮނުވާ ފައިސާ އާއި ގުޅުން ހުރި ތަފާތު ކަންތައް އިގްތިސޯދީ މިންގަނޑަކުން، ވާރލްޑް ބޭންކުގައި  ދިރާސާ ކުރައްވާ އެންމެ އިސް ބޭފުޅަކީވެސް އިންޑީޔާއަށް އުފަން ޑިލިޕް ރާތަވާސެވެ.

[އަހަރެންގެ ލޯތްބާއި ހިތްވަރުގެ ބަސްތައް ކޮބައިހެއްޔެވެ؟]

ކިޔާފައިވާ ޢަދަދު: 2180
ތަރުޖަމާކޮށް އެކުލަވައިލީ: އަޙްމަދު އަޖުމަލް ޙާމިދު

ހަސްފަތާލަށް ވަދެގެން އައިއިރު މީސްމީހުން ހޭލަމޭލަވެ އުޅޭ އަޑުފަށްގަނޑު، އަހަރެން ކުރަމުން ދިޔަ ފިކުރުތަކާ އަހަރެން ދުރަށްގެންދިޔައެވެ. ކުޑަކޮށް ހިތްހަމަޖެހުނެވެ. ގޭތެރޭގައި ހިނގަމުންދިޔަ ކަންކަމާމެދު އަހަރެންހުރީ ބޯހާސްވެ ނުތަނަވަސްވެފައެވެ. އަހަރެންގެ ފިރިހެން ދަރިފުޅު އެރިކް އިސްކޫލުން ގެނައި ދަށް ރިޕޯޓުގެ ސަބަބުންނެވެ. އަންހެން ދަރިފުޅު ޝެނޮން ލައިސަންސް ހޯދަން ކުރުނުކޮށް ކިޔާތީ އެކަމާމެދު ދެމައިންވެގެން ކުރި ޒުވާބާ ހެދިއެވެ. ކުރިއަށް އޮތް އަށް ގަޑިއިރު ތެރޭ އަހަރެން ބޭނުންވީ އަހަރެންގެ ކެކުޅުންތަކަށް ވުރެ ބޮޑެތި ކަންކަމާމެދު ވިސްނަންޖެހި ފިކުރުބޮޑުވެ ހާސްވެފައިވާ މީހުންނަށް އެހީތެރިވެދޭށެވެ.

ލާމަސީލު އަގުހުރި، ދިވެހި ދަރިއެއްގެ ކުރު ޙަޔާތް:

ކިޔާފައިވާ ޢަދަދު: 3779

ޝަހީދު ޑޮކްޓަރ އަފްރާޝީމް ޢަލީ

ޙަސަން ޝާކިރު މުޙައްމަދު

އަޅުގަނޑު އާންމުކޮށް ފޯނު ގެންގުޅެނީ ރިންގު ނިއްވާލައިގެންނެވެ. ނަމަވެސް ނިދަން އޮށޯންނައިރު ފޯނު ރިންގުވާގޮތަށް ބޭއްވުމަކީ، އަޅުގަނޑުގެ އާދަކޮށް ކަންތައްކުރާގޮތް ކަމުގައިވިޔަސް   2012 އޮކްޓޯބަރ 1 ވަނަ ދުވަހުގެ ރޭގެ ނިދަން އޮށޯވެވުނީ ފޯނުގެ ރިންގު ނިއްވާލައިގެންނެވެ. އެރޭ އަޅުގަނޑު ނިދަން އޮށޯތީ 12 ޖަހާކަންހާއިރެވެ. ފަތިހު އަންހެނުން ގޮވުމުންވެސް ހޭލެވޭގޮތެއް ނުވިއެވެ. އާދައިގެމަތިން އޭނާވެސް ކޮޓަރީގައި ނަމާދުކޮށްލައިގެން އޮށޯތީއެވެ. އޭރު ރާއްޖޭގެ އެތައްބަޔަކު ނުނިދާ ފުންހިތާމަތަކެއް ކުރަމުންދާކަމުގެ އިޙްސާސެއް އޭނާއަކަށްވެސް ނުވިއެވެ. މީޑިއާގެ މަޢުލޫމާތުގެތެރޭގައި އަބަދުވެސް އުޅެމުންދާ އަޅުގަނޑުމެންގެ ދޮށީ ދަރިފުޅު އޭނާގެ މަސައްކަތުގައި ޓީ.ވީ. ހުޅުވައިގެން ލެޕްޓޮޕުން ޚަބަރުތައް ދިރާސާކުރަމުން ގެންދިޔަކަމެއްވެސް ނޭނގުނެވެ.

އަޅުގަނޑު އިސްލާމީ ޤާފިލާއާ ގުޅުނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 2361

“އީމާންކަމުގެ ފޮނިކަމާއި މާތް ނަބިއްޔާގެ ލޯބިން އަޅުގަނޑުގެ ހިތް ފުރިގެންދިޔަ ދުވަހަކީ ވަރަށް އުފާވީ ދުވަހެކެވެ.”  – ފާޠިމާ މިކް ޑޭވިޑްސަން

 
ޢަބްދުﷲ ފާރޫޤް ޙަސަން 
ފާޠިމާ މިކް ޑޭވިޑްސަނަކީ ރިޕަބްލިކް އޮފް ޓްރިނިޑަޑް އެންޑް ޓޮބާގޯގެ ސޯޝަލް ޑިވެލޮޕމެންޓާއި ލޯކަލް ގަވަމެންޓާ ބެހޭ  މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ރިޕަބްލިކް އޮފް ޓްރިނިޑާޑް އެންޑް ޓޮބާގޯއަކީ ކެރީބިއަން ކަނޑުގައިވާ ވެސްޓް އިންޑީޒްގެ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އެ ދައުލަތު އެކުލެވިގެންވަނީ ޓްރިނިޑާޑާއި ޓޮބާގޯއާއި ދެޖަޒީރާގެ މައްޗަށެވެ. ޓްރިނިޑާޑުގެ މަނައަކީ ޓްރިނިޓީ (ތިން ކަލާނގެ) ގެ ހަދިޔާއެވެ. އެ ނަމަކީ ކޮލަމްބަސް އެޖަޒީރާއަށް ދީފައިވާ ނަމެކެވެ.