ޤާނޫނާ ޤަވާއިދަކީ ބޭރުފުށުގެ “ދަވާދެއް”

ކިޔާފައިވާ ޢަދަދު: 5035
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ހުރިހާ ކަމަކީ ޤާނޫނާއި ޤަވާއިދުން ހައްލުވާނެ ކަމެއް ނޫނެވެ. މިއީ އިންސާނެއްގެ ބޭރުފުށުގެ ޢަމަލުތައް ތަހަައްމަލުކޮށް ތަރުބިއްޔަތުކުރުމުގައި މުހިންމު އެއްޗެކެވެ. އެހެންނަމަވެސް އިންސާނީ ފިޠުރަތު ރޭވިފައިވާގޮތުން އިންސާނެއްގެ ހަމަޖެހުމާއި އުޅުމާއި ހަމަތައް ބިނާވެގެންދާ ހަމައެކަނި އުސޫލުތަކީ ޤާނޫނާއި ޤަވައިދެއް ނޫނެވެ. އަދި ޢިލްމުކަމުގައިވެސް ދެކިގެން ނުވާނެއެވެ. ސަބަބަކަށްވަނީ މި ބައިތަކުން އޮމާންކޮށް ވަރުނީސްކުރަނީ އިންސާނުން ބޭރުފުށުން ފެންނަ ގޮތްކަމުގައިވުމެވެ.

އޭރުގެ ފަތްފުށްތަކުން……(44)

ކިޔާފައިވާ ޢަދަދު: 2775
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެންމެނަށް ކެހިދޭ ދުނިޔެ

الشيخ عبدالله سعيد


އައްޝައިޚް ޢަބްދުﷲ ސަޢީދު (ރަޙިމަހުﷲ)އަކީ، ޏ.ފުވައްމުލަކަށް އުފަން ޢިލްމުވެރިއެކެވެ. އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ، އިންޑިޔާއިންނެވެ. އެ މަނިކުފާނުވަނީ، ރާއްޖޭގައި ނުކުތް ތަފާތު ނޫސް މަޖައްލާތަކަށް ލިޔުއްވައިފައެވެ.

އައްޝައިޚް ޢަބްދުﷲ ސަޢީދަކީ، މަޙްކަމަތުއްޝަރްޢިއްޔާގެ ނާއިބުކަމާއި އެނޫން ވެސް ބައެއް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނުވަނީ، އެމަނިކުފާނުގެ ގޭގައި އާދެ! ފުވައްމުލަކު މާދަޑުގޭގައި މަކްތަބެއް އުފައްދަވައިގެން ކިޔަވައިދެއްވުމުގެ މަސައްކަތްޕުޅު ވެސް ކުރައްވައިފައެވެ.

ގޭ ދޮރުމަތިން ފެންނަ ކޮތަޅު

ކިޔާފައިވާ ޢަދަދު: 2651
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކޮމަންޑޫ ޢަލީ އިބުރާހީމް
މާލެއަކީ ދޭސީންގެ އިތުރަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަނެކެވެ. ދެކުނު އޭޝިޔާގެ ސަރަޙައްދުގެ ނިޞްބަތުން އަވަށްޓެރި ގައުމުތަކުގެ މަސައްކަތު މީހުން އައިސް އުޅޭ ތަނެކެވެ. ޚާއްޞަކޮށް ބަގުލަދޭޝްގެ ރައްޔިތުން (ބަންގާޅީން) ގިނަ ޢަދަދަކަށް ޙަރަކާތްތެރިވާ ތަނެކެވެ.

ތަޢުލީމީ ދާއިރާ – ކިޔަވައިދިނުން

ކިޔާފައިވާ ޢަދަދު: 4082
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޒުލްފާ އިބްރާހީމް، ގ.ނޫރަންގެ، (ޅ.ކުރެންދޫ)
އަޅުގަނޑުމެންގެ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ދަރިއަކު ބަލައި، ބޮޑު ކުރަނީ ނުހަނު ގިނަ އުއްމީދުތަކަކާއި އެކުގައެވެ. ކޮންމެ މަންމައަކަށްވެސް “ތެޔޮފެން ލެވޭ ހިނދު … ހެޔޮކަމުގެ ތިލަފަތް ބަރުކުރާ ހެވަކަށް މި ދަރިފުޅުވާނެއޭ” އުއްމީދުކޮށް، އެކަމަށް ދުޢާ ކުރެއެވެ. ތުއްތު އިރުގައި އިނގިލި ކުރީ ލައިގެން ސްކޫލަށް ގެންގޮސް އާންޓީއާއި ދަރިފުޅު ހަވާލު ކުރެއެވެ. އެކިއެކި ކުލާސްތަކަށް ކުއްޖާ ގެންދެއެވެ. އަވަހަށް ތަކެތި ދަސްކޮށްދޭށެވެ. ތިމާގެ ދަރިފުޅަކީ މޮޅު ކުއްޖަކަށް ހަދާށެވެ. އަދި ކިއެއްތޯއެވެ؟ އެ ދަރިފުޅަކީ އެންމެ މޮޅު ކުއްޖާއަށް ވޭތޯއެވެ.

އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމަކީ ފަރުދީ އިޖުތިމާޢީ ޒިންމާއެއެކެވެ.

ކިޔާފައިވާ ޢަދަދު: 4315
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ދިވެހިންގެ މާޒީގައި އެއްދުވަސް ވަރެއްގައި ޢާންމު އިޖުތިމާޢީ މިންގަނޑުތައް ކަމަށް ޤަބޫލުކުރެވޭ މިންގަނޑާއި ޚިލާފު ޢަމަލެއް ކުރާތަން ފެނުމަކީ ހާލަކުން ފަހަރަކު ނޫނީ ނުފެންނާނެކަމކެވެ. އޭރު އެއިންކަމެއް ފެނުމަކީ އާދަޔާ ޚިލާފު ކަމަކަށް ވެގެންދިޔައެވެ. އަދި އެއިންކަމެއް ފެނުމަކީ މީހުން އެއާ ދެކޮޅަށް ތެދުވި ކަމެއްކަމަށް ވެގެންދިޔައެވެ. މީހުންގެ ނަފުރަތު ލިބުނު ކަމަކަށް ވެގެންދިޔައެވެ. އެހެންނަމަވެސް މިއަދުގެ ހަޤީޤަތަކީ  އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކަކީ ޢާންމުކޮށް ހިނގާ ކަމަކަށްވުމެވެ. އަދި އެއާއެކު އުޅެން އަޅުގަނޑުމެން ފަރިތަވެފައިވާ ކަމަކަށްވުމެވެ.
 

އުޅޭ މާހައުލަށް ހަށިގަނޑު ހޭނުމާއި ތަނެއްގެ ސަގާފަތަށް ހޭނުން

ކިޔާފައިވާ ޢަދަދު: 8130
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ

ތިރީގައި އެވަނީ އިނގިރޭސި ނޫސް ސަންޑޭ އޮބްސާރވަރގައި Professor Mark Pagel ދެއްވި ބަސްދީ ގަތުމެއްގެ ތަރުޖަމާއެވެ. ޕްރޮފެސަރ ޕޭޖަލް އަކީ، އިނގިރޭސި ވިލާތުގެ University of Reading ގައި ދުނިޔޭގެ އެކި ކަންކޮޅުގައި، މީހުންގެ ސަގާފަތަށް އަންނަ ބަދަލު ދިރާސާ ކުރާ ގޮފީގެ އެންމެ އިސް ޕްރޮފެސަރެވެ. 115 ވަރަކަށް އަހަރު ވެފައިވާ މި ޔުނިވަރސިޓީ ހުންނަނީ އިނގިރޭސިވިލާތުގެ ރީޑިންގް ކިޔާ ސަހަރެއްގައި ކަމުގައިވާތީ ޔުނިވަރސިޓީއަށް އެސަހަރުގެ ނަމުން ނަންދެވިފައިވަނީއެވެ.

ރޯދަ: ހަށިގަނޑަށް ހައިހޫނުކަން، ފުރާނައަށް ތާޒާކަން

ކިޔާފައިވާ ޢަދަދު: 7908
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާރިފާ އަކްބަރު/ ދި އިންޑިޕެންޑަންޓް ނޫސް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
1980 ގެ އަހަރުތަކުގައި އަހަރެން ބޮޑުވަމުން އައި ދުވަސްވަރު، އިނގިރޭސި ވިލާތުގައި ރޯދަމަސް މިހާރާއި ހާދަހައި ތަފާތެވެ! ރަމަޟާން މަހަކީ، ބުރުޖަހަމުން އަހަރަކު އެއްފަހަރު އަންނަ މައްސަރެއްކަމެއް ގިނަ އިނގިރޭސީންނަކަށް އޮޅުން ފިލާފައެއް ނެތެވެ. އަހަރުމެން މުސްލިމުން ނުކައި ނުބޮއި ތިބޭ ތިބުން އެމީހުން ބަލަނީ ވަރަށް ޝައްކުން ފުރިފައިވާ ގޮތެއްގައެވެ. ވަޒީފާގައި އުޅޭ މުސްލިމުންނަށް ލުއިކޮށްދިނުމުގެ އެއްވެސް ސިޔާސަތެއް އެދުވަސްވަރަކު ނޯވެއެވެ. މަސައްކަތު ގަޑީގައި ނަމާދު ކުރެވޭނެ ގޮތެއް ހަމަޖެހިފައެއްވެސް ނޯވެއެވެ. ބަންގީގެ އަޑު ޓީވީން ފޮނުވާނެ ކަމުގެ އުއްމީދެއް އަޅުގަނޑުމެންގެ ހިތަށް ގެންނަންވެސް ނުކެރެއެވެ.!

މާރާމާރީ ހިންގުމަށް ފުރުޞަތު ނުދެމާތޯ އެވެ!

ކިޔާފައިވާ ޢަދަދު: 4204
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ. ދަރަވަންދޫ
މާސިންގާ ކަނޑުތަކެއްގެ މެދުގައިވާ ވަކިވަކި ޖަޒީރާ ރައްތަކެއްގައި އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅެ އަޅުގަނޑުމެންްނާއި ހަމައަށް މި ޤައުމު ގެނެސްްދީފައިވަނީ ދުނިޔެމަތީގައިވާ އެންމެ އަމާން، އެންމެ ޞުލްޙަވެރި ތަނުގެ ގޮތުގައެވެ.

މަކަރާއި ހީލަތްތެރިންގެ ކިބައިން ތިބާ ފައިސާއަށް ރައްކާތެރިވާށެވެ.

ކިޔާފައިވާ ޢަދަދު: 3676
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ދިވެހިރާއްޖެއަކީ އަންޒަމާނުއްސުރެ އަމާން، ޞުލްޙަވެރި ތަނެއްގެ ގޮތުގައި ދުނިޔޭގެ ލޯތަކުން ދެކެމުން އައިސްފައިވާ ޤައުމެކެވެ. އެވޭލާގައި،  ކާބަފައިން ފަންޖިފުޓިތަކުގައި ދިރިއުޅުން ހޭދަކުރަމުން އައިއިރު އެކާބަފައިން އަތުގައި ބޮޑެތި އަލަމާރިތަކާއި ތިޖޫރީ ތަކެއް ނެތެވެ.  އެހެންނަމަވެސް، ކާބަފައިން ހޯދާފައިވާ މުދާކޮޅާއި ފައިސާކޮޅު ގެއްލިގެން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެކާބަފައިންނަށް ލިބިފައި އޮތެވެ.  ލޯބޯ ފިއްސައިގެން ހޯދާ ފައިސާކޮޅު އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ގޭގައި ފެންނާނެހެން ބެހެއްޓިފައިހުރެއެވެ. ގެއްލިގެން ހޯދާ ނުފެނިގެން އުޅޭކަށް ނުޖެހެއެެވެ. އަދި އެއްވެސް އޮޅުވާލުމެއްނެތި މަސައްކަތްކޮށްފިނަމަ ހައްޤުވާ އުޖޫރަ ބަރާބަރަށް އެމީހަކަށް ލިބެމުންދެއެވެ.

އިންޓަރނެޓްގެ ސަބަބުން ދަރިވަރުންނަށް ކުރާ އަސަރު

ކިޔާފައިވާ ޢަދަދު: 4255
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޒިޔާދާ މުޙައްމަދު، އާހިޔާ، ހދ.ކުޅުދުއްފުށި
ޒަމާން މިވަނީ ބަދަލުވެފައެވެ. ޒަމާނާ އެއްގޮތަށް މީހުން ވެސް ދަނީ ބަދަލުވަމުންނެވެ. މި ގޮތުން މީހުންގެ ކުރިއެރުމަށް މެދުވެރިވި އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ އިންޓަރނެޓެވެ. ކަރަންޓް ނެތުމުން ހައްޓަށް ނޭވާވެސް ނާދެޔޭ ބުނާ ބީދައިން އިންޓަރނެޓް ވެސް ވަނީ ކަރަންޓާ އެއްހަމައެއްގައި ފައިތިލަ ހަމަކޮށް އެއަށްވުރެ ވެސް ކުރިއަށް ފިޔަވަޅު އަޅަންފަށައިފައެވެ.