ކޮންމެކަމެއްގައިމެ މުސްލިމުން ޢަދުލުވެރިވުމަށް اللهُ އަމުރުކުރައްވައެވެ.

ކިޔާފައިވާ ޢަދަދު: 184

ކޮންމެކަމެއްގައިމެ މުސްލިމުން ޢަދުލުވެރިވުމަށް اللهُ އަމުރުކުރައްވައެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމީ މުޖުތަމަޢެއްގެ ބިންގާ އެ ކަންކަމުގެ މަތީގައި ސާބިތުވެ ހުރުމުގެ އަސާސީ ކަންކަމުގެ ތެރޭގައި ޢަދުލުވެރިކަން ހިމެނެއެވެ. ދޭދޭ އަފުރާދުންނާއި، ޖަމާޢަތްތަކުގެ މެދުގައި އުފެދޭ ޚުޞޫމަތްތައް ބަލައި، ޙައްޤުގެ ވެރިފަރާތަށް އެބައެއްގެ ޙައްޤު ލިބިދިނުމުގައި އެންމެ ޚާއްޞަ ދައުރެއް މުޖުތަމަޢުގައި އަދާކުރަނީ، ޢަދުލުވެރިކަމެވެ. ކަމުގެ މުހިއްމުކަމާއެކު، ޢަދުލުވެރިކަމުގައި އެންމެހައި މުސްލިމުތަކުން ސާބިތުވެ ތިބުމަށް اللهُ ތަޢާލާ އަމުރު ކުރައްވާފައިވެއެވެ. {إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا…

ކޮރަޕްޝަނަށް މަގުފަހިވަނީ، އަމާނާތްތެރިކަން ނެތުމުންނެވެ.

ކިޔާފައިވާ ޢަދަދު: 184

ކޮރަޕްޝަނަށް މަގުފަހިވަނީ، އަމާނާތްތެރިކަން ނެތުމުންނެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މިއަދު މުޅި ދުނިޔޭގައި އެންމެން ވެސް އެންމެ ކަންބޮޑުވާ އެއް ކަމަކީ، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މީހުން، އެބައިމީހުންގެ މަސްއޫލިއްޔަތާއި ވާޖިބުގައި ތެދުވެރި ނުވުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ މައްސަލައާ މެދުގައެވެ. އިއްޔެ ވަރަށް އާދައިގެ ދެރަވަރު ދިރިއުޅުމެއް އުޅުނު މީހާ، ލިބުނު ވަޒީފާއަކާގުޅިގެން، ކުއްލިއަކަށް އަނެކުންނާ ނުބައްދަލު މަހުޖަނަކަށް ވެގެންދާ ގޮތާމެދުގައެވެ. ކަމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއް ނަމަވެސް، އެއްވެސް…

ތިމާގެ ވަޒީފާއަކީ، ޙަވާލުވެފައިވާ އަމާނާތެކެވެ.

ކިޔާފައިވާ ޢަދަދު: 166

ތިމާގެ ވަޒީފާއަކީ، ޙަވާލުވެފައިވާ އަމާނާތެކެވެ. އަޙްމަދު ފާރޫޤް މުހައްމަދު ސަރުކާރުގެ ނުވަތަ އަމިއްލަ މީސްމީހުންގެ ތަފާތު ވަޒީފާތަކަކީ، އެ ވަޒީފާއެއް ޙަވާލުކުރެވުނު މީހެއްގެކިބާގައިވާ އަމާނާތެކެވެ. އެ ވަޒީފާއެއް އަދާކުރުމުގައްޔާއި، ވަޒީފާގެ ސަބަބުން ތިމާގެ އަމިއްލަ ނަފްސަށް، ނުވަތަ ތިމާ ހެޔޮއެދޭ ފަރާތަކަށް ވިއަސް އެއްވެސް އިތުރު މަންފާއެއް ނުނެގުމަކީ، އެ ކަމާމެދު ރައްކާތެރިވުން ލާޒިމު ކަމެކެވެ. ތިމާއާ ޙަވާލުކުރެވިފައިވާ ވާޖިބު އަދާކުރުމުގައި، ފުރިހަމަ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، ތިމާގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަކަށް އެ ވާޖިބު…

މުސްލިމެއްގެ އައިޑެންޓިޓީއަކީ މީހާގެ އަމާނާތްތެރިކަމެވެ.

ކިޔާފައިވާ ޢަދަދު: 146

މުސްލިމެއްގެ އައިޑެންޓިޓީއަކީ މީހާގެ އަމާނާތްތެރިކަމެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އަމާނާތްތެރި ކަމަކީ، މުސްލިމުންގެ ކިބާގައި ކޮންމެހެން ވެސް ހުންނަންވާނެ ސިފައެއް ކަން ބަޔާންކޮށް، ކީރިތި ޤުރްއާނާއި، މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ބަސްފުޅުތަކުގެ އަލީގައި މި ދެތިން ދުވަހު ލިޔަމުން ގެންދެވިފައިވާ ހިނދު، އެ މީހެއްގެ ކިބާގައި އަމާނާތްތެރިކަން ނެތިއްޖެ މީހަކާމެދު އިސްލާމްދީނުގައި ދެކޭ ގޮތް ވެސް ބަޔާންކޮށްލުން މުހިއްމުކަމުގައި ދެކެމެވެ. އަލްބުޚާރީ އާއި މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. أَنَّ رَسُولَ اللَّهِ صَلَّى اللهُ…

އަމާނާތްތެރިކަމަށް އިސްލާމްދީނުގައި ދެވިގެންވާ މަތިވެރިކަން

ކިޔާފައިވާ ޢަދަދު: 97

އަމާނާތްތެރިކަމަށް އިސްލާމްދީނުގައި ދެވިގެންވާ މަތިވެރިކަން އަޙްމަދު ފާރޫޤް މުޙައްމަދު އަމާނާތްތެރިކަމަށް އިސްލާމްދީނުގައި ދެއްވާފައިވާ މަތިވެރިކަން ދޭހަވަނީ، އެއީ މުސްލިމުން އެކަކު އަނެކަކާ ވަކިވެ ދުރަށްދާން ޖެހޭހިނދު، އެ ކަމަކަށް އެންމެ ބޮޑު ސަމާލުކަމެއް ދީގެން އެކަކު އަނެކަކަށް، އެއް ބަޔަކު އަނެއް ބަޔަކަށް ނަސޭހަތްތެރިވެ އުޅޭ ކަންކަމުގެތެރެއިން އެއް ކަމެއްކަމުގައި އަމާނާތްތެރިކަން ހިމެނޭ ކަމެވެ. އެހެންކަމާއެކު، ރަސޫލުاللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އާދަފުޅެއްކަމުގައި ވަނީ، އެކަލޭގެފާނުގެ އަޞްޙާބުންކުރެ ބަޔަކު އެއްވެސް ދިމާއަކަށް ފޮނުއްވާނަމަ، އަމާނާތްތެރިކަމުގައި…

ޚުޠުބާކިޔުން ނުވަތަ ޚުޠުބާ އިއްވުން ނުވަތަ ޚުޠުބާދިނުން ނުވަތަ ޚުޠުބާ ހުށަހެޅުން

ކިޔާފައިވާ ޢަދަދު: 504

ޚުޠުބާކިޔުން ނުވަތަ ޚުޠުބާ އިއްވުން ނުވަތަ ޚުޠުބާދިނުން ނުވަތަ ޚުޠުބާ ހުށަހެޅުން ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ) ހުކުރު ދުވަހަކީ އެންމެ މާތް މަތިވެރި އަދި ބަރަކާތްތެރި ދުވަސްކަމީ އެކަމާމެދަކު އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ. ހަފުތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ލިބިފައިވެއެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައި ވަސައްލަމް) ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. ]ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި…

ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަނެވޭނީ ކޮން ބަޔަކަށް ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 500

ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަނެވޭނީ ކޮން ބަޔަކަށް ހެއްޔެވެ؟ އަޙްމަދު ފާރޫޤް މުޙައްމަދު މުސްލިމުންނަށްޓަކައި اللَّهُގެ ރަސޫލާ صَلَّى اللَّهُ عَلَيهِ وَسَلَّمَގެ މަތިވެރި ޝަޚްޞިއްޔަތުގައި ރިވެތި ނަމޫނާއެއް ލައްވާފައިވާކަން ކީރިތި ޤުރްއާނުގައި ކަށަވަރު ކޮށްދެއްވާފައިވެއެވެ. اللَّهُ ވަޙީކުރައްވާފައިވެއެވެ. {لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا} (الأحزاب:21) މާނައީ: {ހަމަކަށަވަރުން، اللَّهُގެ ރަސޫލާގެ…

މިޒަމާނުގެ ޞިއްޙީ މާހިރުންގެކުރިން ނަބަވީ މަދްރަސާއިން ލިބިދެއްވާފައިވާ ފިލާވަޅެއް

ކިޔާފައިވާ ޢަދަދު: 189

މިޒަމާނުގެ ޞިއްޙީ މާހިރުންގެ ކުރިން ނަބަވީ މަދްރަސާއިން ލިބިދެއްވާފައިވާ ފިލާވަޅެއް އަޙްމަދު ފާރޫޤް މުޙައްމަދު قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ : {مَا مَلأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنِهِ، بِحَسْبِ ابْنِ آدَمَ أُكُلاَتٌ يُقِمْنَ صُلْبَهُ، فَإِنْ كَانَ لاَ مَحَالَةَ، فَثُلُثٌ لِطَعَامِهِ، وَثُلُثٌ لِشَرَابِهِ، وَثُلُثٌ لِنَفَسِهِ.} (رَوَاهُ التِّرْمِذِيُّ) މާނައީ: ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އެ މީހެއްގެ ބަނޑަށްވުރެ…

ޞަޙާބީންގެ މަތިވެރިކަން -5

ކިޔާފައިވާ ޢަދަދު: 135

ޞަޙާބީންގެ މަތިވެރިކަން -5 ޢަބްދުﷲ ފާރޫޤް ޙަސަން ޙައްޤަށް އިޢުތިރާފުވެ ވަޑައިގަތުން “އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވައިފައިވެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތުމުން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ތެދުވެ ވަޑައިގެން ވިދާޅުވިއެވެ. ވަރަށް ގިނަ މުނާފިޤުން ހީކުރާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެއްޖެއެވެ. ނަމަވެސް މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ އެކަލޭގެފާނު މާތްﷲގެ ޙަޟުރަތަށް…

އިސްލާމީ އުއްމަތާމެދު ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ އެންމެ ބިރުވެތިވެވަޑައިގަންނަވާ ކަންތައް

ކިޔާފައިވާ ޢަދަދު: 227

އިސްލާމީ އުއްމަތާމެދު ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ އެންމެ ބިރުވެތިވެވަޑައިގަންނަވާ ކަންތައް އަޙްމަދު ފާރޫޤް މުޙައްމަދު ދުނިޔޭގެ ތަނަވަސްކަމަކީ ގިނަފަހަރަށް މީސްތަކުން ހަލާކަށް އެއްލައިލާ ކަމެކެވެ. އެ ބަޔަކަށް اللَّهُތައުފީޤުދެއްވި މަދު ބަޔަކުމެނުވީ، ކޮންމެ ބަޔަކުވެސް ޙަލާލެއް ޙަރާމެއް ބެލުމެއްނެތި އަތުޖެހުނު ކޮންމެ ގޮތަކުން މުދާވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ، އިންސާނީ ޠަބީޢަތުގައިވާ ބަލިކަށި ސިފައެކެވެ. އިސްވެދިޔަ އުއްމަތްތައް ހަލާކުވެދިޔުމުގެ އަސްލެއްކަމުގައި އެބައިމީހުންނަށް ދުނިޔޭގެ ތަނަވަސްކަން އިތުރުވުމާއި، ދުނިޔެއަށް ހެއްލުންތެރިވުން ހިމެނެއެވެ. އިސްލާމީ އުއްމަތަށް…