ޞަޙާބީންގެ މަތިވެރިކަން -4

ކިޔާފައިވާ ޢަދަދު: 101

ޞަޙާބީންގެ މަތިވެރިކަން -4 ޢަބްދުﷲ ފާރޫޤު ޙަސަން ރަސޫލާގެ އަރިހުގައިވާ ބޭކަލުން “މުޙަންމަދުގެފާނީ ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެބައިމީހުންގެ މެދުގައި، އޯގާވެރި،ރަޙްމަތްތެރި ބަޔެކެވެ. ﷲގެ ޙަޟުރަތުން ފަޟުލުވަންތަވެރިކަމާއި ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބަޔަކުކަމުގައި ކަލޭގެފާނު އެބައިމީހުން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން އެބައިމީހުންގެ ޢަލާމާތް އެބައިމީހުންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައި އެބައިމީހުންގެ މިޘާލެވެ. އަދި އިންޖީލުގައި އެބައިމީހުންގެ މިޘާލު އޭގެ ކުދި ނިރުތައް ފަޅުވައިފައިވާ…

ނަޞްރުގެ ދުވަހާގުޅިގެން އާކުރަންޖެހޭ ޢަޒުމުތަކެއް ވެއެވެ.

ކިޔާފައިވާ ޢަދަދު: 159

ނަޞްރުގެ ދުވަހާގުޅިގެން އާކުރަންޖެހޭ ޢަޒުމުތަކެއް ވެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މިއަދަކީ މި އަހަރުގެ ނަޞްރުގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުން 3 ވަނަ ދުވަސް ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެގޮތުގައި ފާހަގަކުރެވެމުންދަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހު 3 ވަނަދުވަހު ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާގުޅިގެން ހިންގި ޢުދުވާނުގައި اللَّهُތަޢާލާ ދިވެހިންނަށް ދެއްވި ނަޞްރުގެ ޛިކްރާ އާކުރުމުގެގޮތުންނެވެ. ދުނިޔޭގައި ކަންހިނގާ މަގަށް ބަލާއިރު، ގިނަފަހަރަށް ބޭރުގެ ފަރާތްތަކުގެ ޢުދުވާނު ކޮންމެ ބަޔަކަށްވެސް ކުރިމަތިވަނީ، އެ ބަޔެއްގެތެރޭގައި އުފެދޭ…

އެއް ބަޔަކު އަނެއްބަޔަކަށް ނަޞީޙަތްތެރިވުމަކީ އިސްލާމްދީނުގެ މުހިއްމު އަސާސެކެވެ.

ކިޔާފައިވާ ޢަދަދު: 233

އެއް ބަޔަކު އަނެއްބަޔަކަށް ނަޞީޙަތްތެރިވުމަކީ އިސްލާމްދީނުގެ މުހިއްމު އަސާސެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އެއްބަޔަކު އަނެއްބަޔަކަށް ނަޞީޙަތްތެރިވެ، ހެޔޮކަންކަމަށް މަގުދައްކައި، ނުބައި ކަންކަމުން މީސްތަކުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އިސްލާމްދީނުގެ މައިގަނޑު ތަރަހައެވެ. އެންމެ އަސާސީ އެއް ސިފައެވެ. އެއީ ތިމާމެންނާއި އަނެކުން، ދުނިޔެއާއި އާޚިރަތުގެ ހަލާކާއި ގެއްލުމުން ސަލާމަތްކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް ނަޞީޙަތްތެރިވުމުގެ މުހިއްމުކަން ކަށަވަރުވަނީ، އެއީ ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ މަސްއޫލިއްޔަތެއްކަމުގައި ލައްވާފައިވުމުންނެވެ. އާދަމު ޢަލައިހިއް ސަލާމުންފެށިގެން ނަބީކަމާއި ރަސޫލުކަމުގެ…

ޞަޙާބީންގެ މަތިވެރިކަން -4

ކިޔާފައިވާ ޢަދަދު: 170

ޞަޙާބީންގެ މަތިވެރިކަން -4 ޢަބްދުﷲ ފާރޫޤް ޙަސަން ރަސޫލާގެ އަރިހުގައިވާ ބޭކަލުން “މުޙަންމަދުގެފާނީ ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެބައިމީހުންގެ މެދުގައި، އޯގާވެރި،ރަޙްމަތްތެރި ބަޔެކެވެ. ﷲގެ ޙަޟުރަތުން ފަޟުލުވަންތަވެރިކަމާއި ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބަޔަކުކަމުގައި ކަލޭގެފާނު އެބައިމީހުން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން އެބައިމީހުންގެ ޢަލާމާތް އެބައިމީހުންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައި އެބައިމީހުންގެ މިޘާލެވެ. އަދި އިންޖީލުގައި އެބައިމީހުންގެ މިޘާލު އޭގެ ކުދި ނިރުތައް ފަޅުވައިފައިވާ…

ހިޖުރީގޮތުން އައު އަހަރަކީ، މުސްލިމުންގެމެދުގައި ޢަޒުމުތަކެއް އާކުރަންޖެހޭ މުނާސަބާއެކެވެ

ކިޔާފައިވާ ޢަދަދު: 284

ހިޖުރީގޮތުން އައު އަހަރަކީ، މުސްލިމުންގެމެދުގައި ޢަޒުމުތަކެއް އާކުރަންޖެހޭ މުނާސަބާއެކެވެ އަޙްމަދު ފާރޫޤް މުޙައްމަދު ހިޖުރީގޮތުން މިއަދަކީ، 1439 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަހެވެ. މިއަދަކީ ދުނިޔޭގެ ޖައްވަށް ނޭވާލަމުންދާ ކޮންމެ އިންސާނެއްގެ ޙަޔާތުގެ އައު ޞަފްޙާއެއް ލިޔެވެންފަށާ ދުވަހެވެ. ކޮންމެ ރެޔަކާއިދުވާލުގެ ސައުވީސް ގަޑިއިރުގެތެރޭގައި އިންސާނާ ކުރާ ހުރިހާކަމަކާއި، އޭނާ ބުނާ ބަސްތަކާއި، އޭނާގެ ހިތާއި ސިކުޑީގައި އެނބުރެމުންދާ ޚިޔާލާތުތަކަކީ، އޭނާގެ ޙަޔާތުގެ ފޮތުގެ ޞަފްޙާއެއްކަމަށް ބަލަމާ ހިންގަވާށެވެ. ކޮންމެ މަސްދުވަހަކީ، އެ ފޮތުގެ…

މިޔަންމާގެ މުސްލިމުންނާމެދު ކަންކުރެވެމުންދަނީ އިންސާނިއްޔަތު ލަދުގަންނަންޖެހޭފަދަ ގޮތުގައެވެ.

ކިޔާފައިވާ ޢަދަދު: 805

މިޔަންމާގެ މުސްލިމުންނާމެދު ކަންކުރެވެމުންދަނީ އިންސާނިއްޔަތު ލަދުގަންނަންޖެހޭފަދަ ގޮތުގައެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ އިސްލާމްދީނަށް ގޮވައިލެއްވުމުން އެކަލޭގެފާނަށް އީމާންވި މީހުންނާމެދު މައްކާގެ މުޝްރިކުން އަނިޔާވެރިވެ، އެބައިމީހުން އިހާނެތިކަމާއެކު މައްކާއިން ނެރިލިގޮތް ބަޔާންކުރައްވައި، މާތް اللَّهُ ވަޙީކުރައްވާފައިވެއެވެ. {الَّذِينَ أُخْرِجُوا مِنْ دِيَارِهِمْ بِغَيْرِ حَقٍّ إِلَّا أَنْ يَقُولُوا رَبُّنَا اللَّهُ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُمْ بِبَعْضٍ لَهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا…

ޙައްޖުވުމަކީ، اللَّهُ ޙަލާލުކުރައްވައި ހުއްދަކުރައްވާފައިވާ ކަމަކުން ދުރުވެގަންނަންޖެހޭ ކަމެއްނޫނެވެ.

ކިޔާފައިވާ ޢަދަދު: 344

ޙައްޖުވުމަކީ، اللَّهُ ޙަލާލުކުރައްވައި ހުއްދަކުރައްވާފައިވާ ކަމަކުން ދުރުވެގަންނަންޖެހޭ ކަމެއްނޫނެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ފަހަކަށް އައިސް ރާއްޖޭގައި ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ، ޙައްޖުގެ އަޅުކަމަކަށްފަހު ދިރިއުޅުމުގެ ހުރިހާކަމަކަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ. ޝައްކެއްނެތެވެ. މިއީ އެއް ގޮތެއްގައި ރަނގަޅު ހީކުރުމެކެވެ. އަދި އަނެއް ގޮތެއްގައި ވަރަށްބޮޑު ކުށް ހީކުރުމެކެވެ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި އަންހެންބޭފުޅުން ހީފުޅުކުރައްވަނީ، ޙައްޖުގެ އަޅުކަމަށްފަހު ދެމަފިރިންނަށް اللَّهُ ޙަލާލުކުރައްވައި ހުއްދަކުރައްވާފައިވާ އަނބިފިރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް…

ހަރުކަށިކަމާއި ގޮތްދޫނުކުރުމުން ލިބިނުގަނެވޭ ކިތަންމެކަމެއް މަޑުމައިތިރިކަމުން ލިބިގަނެވެއެވެ.

ކިޔާފައިވާ ޢަދަދު: 352

ހަރުކަށިކަމާއި ގޮތްދޫނުކުރުމުން ލިބިނުގަނެވޭ ކިތަންމެކަމެއް މަޑުމައިތިރިކަމުން ލިބިގަނެވެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މި ދުނިޔޭގައި އިންސާނާގެ ދިރިހުރުން ބިނާވެފައިވަނީ، މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ، اللَّهُ ސުބުޙާނަހޫވަތަޢާލާގެ މަތިވެރި ޙަޟުރަތާއެކު ކުރެވޭ މުޢާމަލާތާއި، ދުނިޔޭގައި ލެއްވިހައި މަޚްލޫޤުންނާއެކު ކުރެވޭ މުޢާމަލާތުގެ މައްޗަށެވެ. މިގޮތުން އިންސާނާ އޭނާގެ އަމިއްލަ ނަފުސާއެކު ނުވަތަ އެއް ބަޔަކު އަނެއް ބަޔަކާ ކުރެވޭ މުޢާމަލާތު ކަމުގައި ވިއަސް، ނުވަތަ ބަސްމޮށުންތެރިކަމެއްނެތް ޙައިވާނުންނާއި، اللَّهُގެ އެހެނިހެން މަޚްލޫޤުންނާއެކު ކުރެވޭ މުޢާމަލާތު ކަމުގައި ވީނަމަވެހެވެ.…

”އަމިއްލައަށް އެދިގެން ވެރިކަމެއް ހޯދުމަކީ اللَّهُ ގެ ތާއީދާއި ވާގިވެރިވެވޮޑިގަތުމުން އެމީހަކު މަޙުރޫމުވާނެ ކަމެކެވެ.”

ކިޔާފައިވާ ޢަދަދު: 288

  ”އަމިއްލައަށް އެދިގެން ވެރިކަމެއް ހޯދުމަކީ اللَّهُ ގެ ތާއީދާއި ވާގިވެރިވެވޮޑިގަތުމުން އެމީހަކު މަޙުރޫމުވާނެ ކަމެކެވެ.” އަޙްމަދު ފާރޫޤް މުޙައްމަދު ދުނިޔޭގެ އަދުގެ ތަރައްޤީއަށް ލޯހުޅުވުމެއްނެތި، އެމޭޒަން ޖަންގަލިތަކުގައި ދިރިއުޅެމުންދާ މީހަކަށް، ޒަމާނީ ދިރިއުޅުމުގެ އާޖުފާޖު ކަމުނުދާ ފަދައިން، އިސްލާމްދީނުގައި އަންގަވާފައިވާކަމެއް ގަބޫލުކުރުން ދަތިވުމަކީ މުސްލިމު ޤައުމުތަކުގައި ވެސް ގިނަބަޔަކަށް އުނދަގޫ ކަމެއްކަމަށް ވެދެއެވެ. ކަމުގެ ޙަޤީޤަތަށް ފުންކޮށް ވިސްނައިފި މީހަކަށް މިހެން ދިމާވާ ސަބަބު އޮޅޭކަށް ނުޖެހެއެވެ. އެހެނީ، މިއަދުގެ ދުނިޔޭގައި މި އުޅެމުންދާ އަޅުގަނޑުމެން…

އެއްވެސް ތަފްސީލަކާނުލައި، ވެރިކަމުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށް ބުނުމަކީ، ހުޅަނގުގެ ލާދީނީ ފިކުރުގެ ބައެކެވެ.

ކިޔާފައިވާ ޢަދަދު: 181

އެއްވެސް ތަފްސީލަކާނުލައި، ވެރިކަމުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށް ބުނުމަކީ، ހުޅަނގުގެ ލާދީނީ ފިކުރުގެ ބައެކެވެ.   އަޙްމަދު ފާރޫޤް މުޙައްމަދު މިއަދު ދުނިޔޭގައި އެބަޔެއްގެ ބަސްވިކޭ ބަޔަކަށް ވެފައިވަނީ، ހުޅަނގާއި އިރުމަތީގެ ސެކިއުލަރިޒަމްއަށް އީމާންވާ މީހުންނެވެ. އެބައިމީހުންނަކީ ދިރިއުޅުމުގެ މައިދާނުގައި އެއްވެސް ދީނަކަށް ޖާގައެއްނެތްކަމަށް ދަޢުވާކުރާ މީހުންނެވެ. އެބައިމީހުންގެ މި ފިކުރު އިސްލާމީ ޤައުމުތަކަށް ވެސްވަނީ އިމްޕޯޓްކުރެވިފައެވެ. މިކަންކުރެވިފައިވަނީ ވަރަށް ވިސްނުންތެރިކަމާއެކު ދުރާލާ ރާވައިގެން ހިންގަމުންދާ ޕްރޮގްރާމުތައް މެދުވެރިކޮށެވެ. ވެރިކަމުގެ ބާރުތައްފެށެނީ ރައްޔިތުންގެ ކިބައިން…