ދޮގު މަޢުލޫމާތު ފެތުރުމުގެ ނުރައްކާތެރިކަން

ކިޔާފައިވާ ޢަދަދު: 3705

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މުޖުތަމަޢުން ކޮރަޕްޝަން ނައްތައިލުމަށްޓަކައި، ނުވަތަ ކޮރަޕްޝަން ހުއްޓުވާން ކުރެވޭ އެންމެ މުހިއްމު މަސައްކަތަކީ މަޢުލޫމާތު ހޯދުމެވެ. މަޢުލޫމާތު ލިބިގަތުމެވެ. މަޢުލޫމާތު ޢާއްމުކުރުމެވެ. އެހެނީ ދައުލަތުގެ ކަންކަން ހިނގާނުހިނގާ ގޮތުގެ މަޢުލޫމާތު ހާމަކުރުމަކީ، ދައުލަތުގެ ކަންކަން ރަނގަޅު މަގުން ބައްޓަންކުރާން ބާރު ލިބޭ ކަމެކެވެ. އަދި ފަސާދައާއި ކޮރަޕްޝަންގެ ދޮރުތައް ބަންދުވާނޭ ކަމެކެވެ. 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (13)

ކިޔާފައިވާ ޢަދަދު: 2423
ޙުސައިން ޢާމިރު 
(30 ޖެނުއަރީ (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 
3.9 ރައީސަކު ވެރިކަމުން ދުރުކުރެވޭގޮތް
އިސްލާމީ ދައުލަތުގެ ރައީސް ވެރިކަމުން ދުރުކުރާނަމަ އެކަން ކުރަންޖެހޭނީ އުއްމަތުން ޢައްޔަނުކޮށް ހޮވާފައިވާ އުއްމަތް ތަމްސީލުކުރާ ޢަޤުދާއި ޙައްލުގެ އަހުލުވެރިން ލައްވައެވެ. (ޢަޤުދާއި ޙައްލުގެ އަހުލުވެރިންނަކީ ކޮންބަޔެއްކަން ކުރިން ބަޔާން ކުރެވިއްޖެއެވެ.) އެއީ އެބައިމީހުންގެ އިތުބާރު ވެރިމީހާގެ މައްޗަށް ނެތްކަމަށް ބުނެ އޭނާ މަޤާމުން ދުރުކުރުމަށް ޤަރާރެއް ފާސްކުރުމެވެ. 
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (5)

ކިޔާފައިވާ ޢަދަދު: 2733

ޙުސައިން ޢާމިރު
(14 ޖަނަވަރީ 2015 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެއްވެސް ދައުލަތަކަށް އެ ދައުލަތެއްގެ ޤާނޫނުން ހޯދައި ނުދޭ ޙައްޤެއްކަމުގައި ބުނެ އިންސާނީ ޙައްޤެއް ނިގުޅައިގަތުމަށް ޢުޛުރެއް ނުދެއްކޭނެއެވެ.

3. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނު ރާއްޖޭގައި ތަންފީޛުކުރުން

3.1 ދިވެހި ދައުލަތުގެ ޤާނޫނުގެ ތެރެއަށް ބައިނަލް އަޤްވާމީ ޤާނޫނުވެއްދުން
މުޢާހަދާތަކާ ބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުން ކަމުގައިވާ ވިއެނާ އެއްބަސްވުމުގެ 27 ވަނަ މާއްދާގައި ވާގޮތުން “އެއްވެސް މުޢާހަދާއެއްގައިވާ ކަމެއް ތަންފީޛުކުރުމަށް ޢުޛުރުވެރި ވުމުގެގޮތުން ޤައުމެއްގެ ދާޚިލީ ޤާނޫނު ބަހަނާއެއްކަމުގައި ނުދެއްކޭނެއެވެ.” އޭގެ ބަދަލުގައި ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގައި ބޭނުންކުރުމަށް ކަމުދާނޭ އުސޫލެއްގެމަތިން ޤާނޫނީ އިލްތިޒާމްތައް ޢަމަލީގޮތެއްގައި ތަންފީޛު ކުރުމަށްޓަކައި އެ ދައުލަތަކާގުޅޭ ނަމޫނާ (model) އެއް އިޚްތިޔާރު ކުރެވިދާނެއެވެ. 
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (12)

ކިޔާފައިވާ ޢަދަދު: 2738
ޙުސައިން ޢާމިރު 
 
3.5 ދައުލަތުގެ ރައީސް ކުރައްވާ ކަންކަމަށް ފާރަވެރިވުން
ދައުލަތުގެ ރައީސް ކުރައްވާ ކަންކަމަށް ފާރަވެރިވެ އެ ކަންތައް ކުރައްވަނީ ރަނގަޅަށްތޯ ބެލުމަކީ އުއްމަތަށް ލިބިފައިވާ ޙައްޤެކެވެ. އުއްމަތް ބިނާވެފައިވަނީ ފަރުދުންތަކެއްގެ މައްޗަށް ކަމުގައިވާ އިރު މިއީ ކޮންމެ ފަރުދެއްގެ ވެސް ޙައްޤެއްމެއެވެ. 
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (11)

ކިޔާފައިވާ ޢަދަދު: 2400
ޙުސައިން ޢާމިރު
މަޝްވަރާކޮށްގެން ނިންމަންޖެހޭ ކަންކަމުގައި އެ ކަންކަމާ ގާތްކަމަށް ފެންނަ ރައުޔެއް ޤުރުއާނުން ނުވަތަ ސުންނަތުން ފެންނަން ނެތިއްޖެނަމަ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ މިޙާލަތުގައި އަންނަނިވި ތިން ގޮތުންކުރެ ގޮތަކަށް އެކަންތައް ޙައްލުކުރެވިދާނެއެވެ.
 

ހީނަރުވެ ފީވަމުންދާ އަވަށްޓެރިކަމުގެ ގުޅުން

ކިޔާފައިވާ ޢަދަދު: 2499

ޙަސަން ޒަހީން

ޒަމާން ބަދަލުވެއްޖެއެވެ. ތަރައްޤީއާ ކުރިއެރުން އިންސާނާ ހޯދާއިފިއެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ތިމާއަށް ބަލައިލެވިދާނެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކަންހިގާގޮތް އޮޅުން ފިލައިދާނެއެވެ. ފަޒާގެ ވާހަކަތަކާއި ކަނޑުއަޑީގެ ވާހަކަތަކާއި ބިމުގެ އެކި ބައްރުތަކުގެ ވާހަކަތައް ބޭނުންވަގުތަކު، ބޭނުން މިންވަރަކަށް އޮޅުން ފިލުވިދާނެއެވެ. މިކަމަށްޓަކައި ބޭނުންވަނީ މަދު ސިކުންތުކޮޅެކެވެ. ހަމަޔަޤީނުންވެސް އިންސާނާ ވަނީ ޓެކްނޮލޮޖީއާއެކު އެ ޒަމާން ހޯދާފައެވެ. ޢިލްމީގޮތުންނާއި ފިކުރީގޮތުން އެހާ ހިސާބަށް އާދެވިފައެވެ. އެހެންނަމަވެސް މި ކުރިއެރުމާއެކު އިންސާނިއްޔަތުން ބައެއް ފަހަތައްވެސް ސޮއްސައިލައިފިއެވެ.

އިސްލާމީ ޝަރީޢަތުގައި ދައުލަތް (10)

ކިޔާފައިވާ ޢަދަދު: 2481
ޙުސައިން ޢާމިރު 
 
3.2 ޒަމާނަށް ފެތޭގޮތަށް މަޝްވަރާކުރުން އިންތިޒާމުކުރުން
އިސްވެދިޔަ ނުކުތާތަކުގައި ކީރިތި ރަސޫލާ ގެ ސުންނަތުގައި މަޝްވަރާ އޮތްގޮތާ ބެހޭގޮތުން ވާހަކަ ދެކެވިއްޖެއެވެ. ޖުމްލަކޮށް އެއިން އެނގެނީ އިސްލާމީ ޝަރީޢަތުގައި މަޝްވަރާކުރުމަށް ވަކި ޚާއްޞަ މަޙްދޫދު ނިޒާމެއް  ކަޑައަޅާފައި ނުވާކަމެވެ. މިއިން ދޭހަވަނީ ސުންނަތުގެ ފުރިހަމަކަމާއި މުސްތަޤްބަލުގައި ދިމާވެދާނެ ކަންކަމަށް ތަންދީފައިވާކަމެވެ. އެހެނީ ޢަމަލީގޮތުން، މަޝްވަރާ ކުރަންޖެހޭ ކަންތައްތައް ޒަމާނާއި ތަން ތަފާތުވުމުން ތަފާތުވާނެއެވެ. ވީމާ އެ ކަންތައްވަނީ އުއްމަތުގެ ޙާލާއި ބޭނުންތަކާ އެއްގޮތަށް ކުރުމަށް ދޫކުރައްވާފައެވެ.
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (4)

ކިޔާފައިވާ ޢަދަދު: 2324
ޙުސައިން ޢާމިރު
 
2.7 އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް އެޅޭ ހުރަސްތައް
އިންސާނީ ޙައްޤުތައް ކަމުގައިވާ އެމީހަކަށް ފެންނަގޮތެއް ބުނުމުގެ ޙައްޤު، ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު، ދަތުރުފަތުރު ކުރުމުގެ މިނިވަންކަމުގެ ޙައްޤު، ޒާތީ އަދި ޢާއިލީ ދިރިއުޅުމުގެ ޙައްޤު، އަދި، ޒާތީ މުވާޞަލާތު ކުރުމުގެ ޙައްޤަކީ އެހެން ބައެއްގެ މިފަދަ ޙައްޤުތަކެއް ރައްކާތެރި ކުރުމުގެ ބޭނުމުގައި ޤާނޫނެއްގެ ދަށުން ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިދާނެ ޙައްޤުތަކެކެވެ. މިގޮތަށް ހިފަހައްޓަނީ އަނެކުންގެ ޙައްޤުތަކާއި މިނިވަންކަން، ދައުލަތުގެ އަމަން އަމާންކަން، ޢާއްމު ޞިއްޙަތާއި ޢާއްމު އަދަބުތައް ރައްކާތެރި ކުރުމަށްޓަކައެވެ. މިފަދަ ޙައްޤުތައް ހަނިކުރުމާއި ޙައްޤުތައް ދިނުމުގައި ޢާއްމު ފަރުދެއްގެ މިނިވަންކަމާއި ޖަމާއަތުގެ މަސްލަހަތަށް ބަލައި ތިލަފަތް ހަމަވާ އުސޫލަށް ވަޒަންކުރަންވާނެއެވެ. މިއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ޑިމޮކްރެޓިކް މުޖްތަމައެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލު ކުރެވޭ މިންވަރަށެވެ.
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (9)

ކިޔާފައިވާ ޢަދަދު: 2423
ޙުސައިން ޢާމިރު 
(02 ޖެނުއަރީ 2015 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)
2.8 ކީރިތި ރަސޫލާ އުއްމަތާ މަޝްވަރާ ކުރެއްވިކަން ސުންނަތުން ސާބިތުވެއެވެ.
 
ވެރިންގެ މައްޗަށް މަޝްވަރާ ލާޒިމުވާނެކަމުގެ ދަލީލަކީ ކީރިތި ރަސޫލާ صلى الله عليه وسلم  އެކަލޭގެފާނުގެ މަތިވެރިކަމާއި ޙިކްމަތެރިކަމުގެ އިތުރުން، އެކަލޭގެފާނުގެ މައްޗަށް ވަޙީ ބާވައިލެއްވޭ ބޭކަލަކު  ކަމުގައި ވީއިރުވެސް އެކަލޭގެފާނުގެ އަޞްޙާބުންނާ ނުހަނު ގިނައިން މަޝްވަރާ ކުރައްވާ ކަމުގައިވީކަމެވެ.
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (8)

ކިޔާފައިވާ ޢަދަދު: 2444

ޙުސައިން ޢާމިރު

(26 ޑިސެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)

2.5 ވަލީޢަހުދު އައްޔަނުކުރުން

ދައުލަތުގެ ރައީސަކީ އުއްމަތް އިޚްތިޔާރުކުރާ މީހެކޭ ބުނުމުން އެކަމަށް ބައެއް މީހުން އިޢުތިރާޟު ކޮށްފާނެއެވެ. މިފަދަ އިޢްތިރާޟު ގެންނަ މީހުންގެ ޖަވާބަކަށް ވާނީ، ފިޤުހުވެރިން ވިދާޅުވާ ގޮތުގައި ދައުލަތުގެ ވެރިކަމަށް މީހަކު އިސްވާނީ ކުރީގެ ޚަލީފާ، ފަހުން އަންނާނެ މީހަކު އިސްކުރުމުންނެވެ. އަލްމާވަރުދީ ވިދާޅުވެފައިވާ ގޮތުގައި، “އިމާމު – އެބަހީ ދައުލަތުގެ ވެރިޔާ – ދެ ގޮތަކަށް އެކަމާ ޙަވާލު ކުރެވިދާނެއެވެ. އެއް ގޮތަކީ އަހުލުލް ޙައްލު ވަލްޢަޤުދުގެ އަހުލުވެރިން ވެރިޔަކު އިޚްތިޔާރު ކުރުމެވެ. އަނެއް ގޮތަކީ އޭނާގެ ކުރިން ހުރި އިމާމު ވެރިކަންކުރާނެ މީހަކު ހޮވުމެވެ.”