އިސްލާމީ ޝަރީޢަތުގައި ދައުލަތް (12)

ކިޔާފައިވާ ޢަދަދު: 2789
ޙުސައިން ޢާމިރު 
 
3.5 ދައުލަތުގެ ރައީސް ކުރައްވާ ކަންކަމަށް ފާރަވެރިވުން
ދައުލަތުގެ ރައީސް ކުރައްވާ ކަންކަމަށް ފާރަވެރިވެ އެ ކަންތައް ކުރައްވަނީ ރަނގަޅަށްތޯ ބެލުމަކީ އުއްމަތަށް ލިބިފައިވާ ޙައްޤެކެވެ. އުއްމަތް ބިނާވެފައިވަނީ ފަރުދުންތަކެއްގެ މައްޗަށް ކަމުގައިވާ އިރު މިއީ ކޮންމެ ފަރުދެއްގެ ވެސް ޙައްޤެއްމެއެވެ. 
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (11)

ކިޔާފައިވާ ޢަދަދު: 2444
ޙުސައިން ޢާމިރު
މަޝްވަރާކޮށްގެން ނިންމަންޖެހޭ ކަންކަމުގައި އެ ކަންކަމާ ގާތްކަމަށް ފެންނަ ރައުޔެއް ޤުރުއާނުން ނުވަތަ ސުންނަތުން ފެންނަން ނެތިއްޖެނަމަ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ މިޙާލަތުގައި އަންނަނިވި ތިން ގޮތުންކުރެ ގޮތަކަށް އެކަންތައް ޙައްލުކުރެވިދާނެއެވެ.
 

ހީނަރުވެ ފީވަމުންދާ އަވަށްޓެރިކަމުގެ ގުޅުން

ކިޔާފައިވާ ޢަދަދު: 2524

ޙަސަން ޒަހީން

ޒަމާން ބަދަލުވެއްޖެއެވެ. ތަރައްޤީއާ ކުރިއެރުން އިންސާނާ ހޯދާއިފިއެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ތިމާއަށް ބަލައިލެވިދާނެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކަންހިގާގޮތް އޮޅުން ފިލައިދާނެއެވެ. ފަޒާގެ ވާހަކަތަކާއި ކަނޑުއަޑީގެ ވާހަކަތަކާއި ބިމުގެ އެކި ބައްރުތަކުގެ ވާހަކަތައް ބޭނުންވަގުތަކު، ބޭނުން މިންވަރަކަށް އޮޅުން ފިލުވިދާނެއެވެ. މިކަމަށްޓަކައި ބޭނުންވަނީ މަދު ސިކުންތުކޮޅެކެވެ. ހަމަޔަޤީނުންވެސް އިންސާނާ ވަނީ ޓެކްނޮލޮޖީއާއެކު އެ ޒަމާން ހޯދާފައެވެ. ޢިލްމީގޮތުންނާއި ފިކުރީގޮތުން އެހާ ހިސާބަށް އާދެވިފައެވެ. އެހެންނަމަވެސް މި ކުރިއެރުމާއެކު އިންސާނިއްޔަތުން ބައެއް ފަހަތައްވެސް ސޮއްސައިލައިފިއެވެ.

އިސްލާމީ ޝަރީޢަތުގައި ދައުލަތް (10)

ކިޔާފައިވާ ޢަދަދު: 2517
ޙުސައިން ޢާމިރު 
 
3.2 ޒަމާނަށް ފެތޭގޮތަށް މަޝްވަރާކުރުން އިންތިޒާމުކުރުން
އިސްވެދިޔަ ނުކުތާތަކުގައި ކީރިތި ރަސޫލާ ގެ ސުންނަތުގައި މަޝްވަރާ އޮތްގޮތާ ބެހޭގޮތުން ވާހަކަ ދެކެވިއްޖެއެވެ. ޖުމްލަކޮށް އެއިން އެނގެނީ އިސްލާމީ ޝަރީޢަތުގައި މަޝްވަރާކުރުމަށް ވަކި ޚާއްޞަ މަޙްދޫދު ނިޒާމެއް  ކަޑައަޅާފައި ނުވާކަމެވެ. މިއިން ދޭހަވަނީ ސުންނަތުގެ ފުރިހަމަކަމާއި މުސްތަޤްބަލުގައި ދިމާވެދާނެ ކަންކަމަށް ތަންދީފައިވާކަމެވެ. އެހެނީ ޢަމަލީގޮތުން، މަޝްވަރާ ކުރަންޖެހޭ ކަންތައްތައް ޒަމާނާއި ތަން ތަފާތުވުމުން ތަފާތުވާނެއެވެ. ވީމާ އެ ކަންތައްވަނީ އުއްމަތުގެ ޙާލާއި ބޭނުންތަކާ އެއްގޮތަށް ކުރުމަށް ދޫކުރައްވާފައެވެ.
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (4)

ކިޔާފައިވާ ޢަދަދު: 2354
ޙުސައިން ޢާމިރު
 
2.7 އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް އެޅޭ ހުރަސްތައް
އިންސާނީ ޙައްޤުތައް ކަމުގައިވާ އެމީހަކަށް ފެންނަގޮތެއް ބުނުމުގެ ޙައްޤު، ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު، ދަތުރުފަތުރު ކުރުމުގެ މިނިވަންކަމުގެ ޙައްޤު، ޒާތީ އަދި ޢާއިލީ ދިރިއުޅުމުގެ ޙައްޤު، އަދި، ޒާތީ މުވާޞަލާތު ކުރުމުގެ ޙައްޤަކީ އެހެން ބައެއްގެ މިފަދަ ޙައްޤުތަކެއް ރައްކާތެރި ކުރުމުގެ ބޭނުމުގައި ޤާނޫނެއްގެ ދަށުން ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިދާނެ ޙައްޤުތަކެކެވެ. މިގޮތަށް ހިފަހައްޓަނީ އަނެކުންގެ ޙައްޤުތަކާއި މިނިވަންކަން، ދައުލަތުގެ އަމަން އަމާންކަން، ޢާއްމު ޞިއްޙަތާއި ޢާއްމު އަދަބުތައް ރައްކާތެރި ކުރުމަށްޓަކައެވެ. މިފަދަ ޙައްޤުތައް ހަނިކުރުމާއި ޙައްޤުތައް ދިނުމުގައި ޢާއްމު ފަރުދެއްގެ މިނިވަންކަމާއި ޖަމާއަތުގެ މަސްލަހަތަށް ބަލައި ތިލަފަތް ހަމަވާ އުސޫލަށް ވަޒަންކުރަންވާނެއެވެ. މިއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ޑިމޮކްރެޓިކް މުޖްތަމައެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލު ކުރެވޭ މިންވަރަށެވެ.
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (9)

ކިޔާފައިވާ ޢަދަދު: 2465
ޙުސައިން ޢާމިރު 
(02 ޖެނުއަރީ 2015 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)
2.8 ކީރިތި ރަސޫލާ އުއްމަތާ މަޝްވަރާ ކުރެއްވިކަން ސުންނަތުން ސާބިތުވެއެވެ.
 
ވެރިންގެ މައްޗަށް މަޝްވަރާ ލާޒިމުވާނެކަމުގެ ދަލީލަކީ ކީރިތި ރަސޫލާ صلى الله عليه وسلم  އެކަލޭގެފާނުގެ މަތިވެރިކަމާއި ޙިކްމަތެރިކަމުގެ އިތުރުން، އެކަލޭގެފާނުގެ މައްޗަށް ވަޙީ ބާވައިލެއްވޭ ބޭކަލަކު  ކަމުގައި ވީއިރުވެސް އެކަލޭގެފާނުގެ އަޞްޙާބުންނާ ނުހަނު ގިނައިން މަޝްވަރާ ކުރައްވާ ކަމުގައިވީކަމެވެ.
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (8)

ކިޔާފައިވާ ޢަދަދު: 2494

ޙުސައިން ޢާމިރު

(26 ޑިސެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)

2.5 ވަލީޢަހުދު އައްޔަނުކުރުން

ދައުލަތުގެ ރައީސަކީ އުއްމަތް އިޚްތިޔާރުކުރާ މީހެކޭ ބުނުމުން އެކަމަށް ބައެއް މީހުން އިޢުތިރާޟު ކޮށްފާނެއެވެ. މިފަދަ އިޢްތިރާޟު ގެންނަ މީހުންގެ ޖަވާބަކަށް ވާނީ، ފިޤުހުވެރިން ވިދާޅުވާ ގޮތުގައި ދައުލަތުގެ ވެރިކަމަށް މީހަކު އިސްވާނީ ކުރީގެ ޚަލީފާ، ފަހުން އަންނާނެ މީހަކު އިސްކުރުމުންނެވެ. އަލްމާވަރުދީ ވިދާޅުވެފައިވާ ގޮތުގައި، “އިމާމު – އެބަހީ ދައުލަތުގެ ވެރިޔާ – ދެ ގޮތަކަށް އެކަމާ ޙަވާލު ކުރެވިދާނެއެވެ. އެއް ގޮތަކީ އަހުލުލް ޙައްލު ވަލްޢަޤުދުގެ އަހުލުވެރިން ވެރިޔަކު އިޚްތިޔާރު ކުރުމެވެ. އަނެއް ގޮތަކީ އޭނާގެ ކުރިން ހުރި އިމާމު ވެރިކަންކުރާނެ މީހަކު ހޮވުމެވެ.”

އިސްލާމީ ޝަރީޢަތުގައި ދައުލަތް (7)

ކިޔާފައިވާ ޢަދަދު: 2400
ޙުސައިން ޢާމިރު 
(19 ޑިސެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)
 
2.3 އަހްލުލް ޙައްލު ވަލްޢަޤުދު
ދައުލަތުގެ ވެރިޔަކު ހޮވުމަށް ސީދާ ވޯޓު ލައިގެން ނޫންގޮތެއްގައި އިންތިޚާބު ކުރުމަކީވެސް އިސްލާމީ ޝަރުޢުގައި ބޭނުންކުރެވިފައިވާ އުސްލޫބެކެވެ. މިކަމާ ޙަވާލުވެ ތިބޭ މީހުންނަށް ފިޤުހުވެރިން ދެއްވާފައިވާ ނަމަކީ އަލް ޙައްލު ވަލްޢަޤުދުގެ އަހްލުވެރިންނެވެ. އެހެންކަމަށްވާނަމަ މިއީ ކޮން ބައެއްހެއްޔެވެ؟ އަދި މިބައިމީހުންނާއި އުއްމަތާ ހުރި ގުޅުމަކީ ކޮބައިހެއްޔެވެ؟ އެބައިމީހުންނަށް މިފަދަ މަޤާމެއް ލިބުނީ ކިހިނެތް ހެއްޔެވެ؟ ފުރަތަމަ ސުވާލުގެ ޖަވާބަކީ، ފިޤުހުވެރިން މިބޭކަލުންނަށް ވަނީ ވަކި ސިފަތަކެއް ކަނޑައަޅުއްވާފައެވެ. އަލްމާވަރުދީ ވިދާޅުވާގޮތުގައި މިބޭކަލުންނަށް ތިން ސިފަ ޝަރުޠުވާނެއެވެ. އެއްކަމަކީ، ޢަދުލުވެރިކަމުގެ ހުރިހާ ޝަރުޠުތަކެއް ފުރިހަމަވެފައި ހުރުމެވެ. ދެވަނަ ކަމަކީ، އިމާމުކަން އޭގެ ޝަރުޠުތަކާއެކު ޙައްޤުވަނީ ކާކަށްކަން އެނގޭ ޢިލްމާއި މަޢްރިފާ މިބޭކަލުންގައި ހުންނަންވާނެއެވެ.
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (6)

ކިޔާފައިވާ ޢަދަދު: 2572

 

ޙުސައިން ޢާމިރު

(12 ޑިސެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)

2.2  ވެރިޔަކު ހޮވުމުގައި ސީދާވޯޓާއި ނުސީދާ ވޯޓް

އިސްލާމީ ޝަރީޢަތުގައި ވެރިޔަކު ހޮވުމުގެ ޙައްޤަކީ އުއްމަތަށް ލިބިފައިވާ ޙައްޤެކެވެ. ނަމަވެސް މިޙައްޤު ބޭނުންކުރާނީ ކިހިނެތް ކަމާމެދު ވިސްނާލަން ޖެހެއެވެ. މީގެ މާނައަކީ އުއްމަތުގެ ހުރިހާ ފަރުދުން ބައިވެރިވެގެން ސީދާގޮތެއްގައި ވޯޓްލައިގެން ހޮވާނީތޯ ނުވަތަ އުއްމަތުގެ އިތުބާރުހިފޭ ވަކިބަޔަކަށް ދީފައިވާ ޙައްޤެއްގެ ގޮތުގައި ބަލައި އެބައިމީހުން ރައީސަކު ހޮވާނީތޯއެވެ؟

އިސްލާމީ ދައުލަތުގައި ފަރުދީ ޙައްޤުތައް

ކިޔާފައިވާ ޢަދަދު: 1534
ޙުސައިން ޢާމިރު

1.1 މަގު ފަހިކޮށްލުން
އިސްލާމީ ދައުލަތުގައި ފަރުދެއްގެ ޝަޚުޞިއްޔަތު ވަރަށް ބޮޑަށް ފާޅުވާނެއެވެ. އެޝަޚުޞިއްޔަތު ފޮހެލައި ނައްތާލާކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެ ޝަޚުޞިއްޔަތު ދަމަހައްޓައި އިޞްލާހުކުރުމަށް ބާރުއަޅާނެއެވެ. ދައުލަތެއްގެ ފަރުދުން އިސްލާޙުވުމަކީ އެދައުލަތެއްގެ ކަންކަން އިޞްލާޙުވުމެވެ. މި ސަބަބަށްޓަކައި އިސްލާމްދީން ކަނޑައަޅާ އިމުގެ ތެރޭގައި ފަރުދުންގެ ޙައްޤުތައް ފުރިހަމައަށް ލިބެންވާނެއެވެ. އެހެނީ އިސްލާމްދީން ކަނޑައަޅާ ކަންތައްތަކަކީ އިސްލާމީ ދައުލަތް ކަނޑައަޅާ ކަންތައްތަކެވެ.