އައު ހިތްވަރަކާއި އެކު އައު އަހަރަކާއި ކުރިމަތިލަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 6935
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އަޅުގަނޑުމެން އަވަދި ނެތި އުޅޭ އުޅުމުގައި، އަމިއްލަ ނަފްސު އިސްލާހުކޮށް ބޭނުންވާވަރަށް،  ކުރިއަރުވަން ކުރާ މިންނަތް މަސައްކަތަށް ތަފާތު ހުރަސްތައް ދިމާވެއެވެ. ދަރީންނާއި ދުވަސްވީ މައިންބަފައިންގެ ޚިދުމަަތުގައި ރޭދުވާ ހޭދަކުރާ މައިންނަށް، ވެފައިވާ ވަރުބަލިން ނިދެނީ އަމިއްލަ ނަފްސަށް އަޅައިލާނެ ވަގުތެއް ނުލިބިއެވެ. ހަމަ އެފަދައިން ބަފައިންވެސް ވަޒީފާ އަދާ ކުރާ އޮފީހުގެ ޒިންމާ، ނުވަތަ އާމުދަނީއެއް ހޯދަން ކުރާ މަސައްކަތުގައި ހޭލައި ހުންނަ ހުރިހައި ވަގުތެއް ހޭދަވެ، އެންމެން ރުއްސާފައި ތިމާގެ ހަށިގަނޑާއި ނަފްސުގެ ހައްގު އަދާ ކުރާނެވަގުތެއް ނުވެ ދުވަސް ނިމިދަނީ މަދެއްކޮން ނޫނެވެ!

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސޯޝަލް މީޑިޔާ

ކިޔާފައިވާ ޢަދަދު: 2895
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ވިދާން ޝާކިރު
މީގެ އަހަރުތަކެއް ކުރިން އަޑުއިވެމުންދިޔަ ވާހަކައަކީ ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްވާހަކައެވެ. ނަމަވެސް ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެއަށް އަންނަންފެށި ބަދަލުތަކާއި 2008 ވަނަ އަހަރު ވުޖޫދަށްއައި އާޤާނޫނު އަސާސީގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު މިވަނީ ފުޅާވެފައެވެ. އަދި ދުނިޔެއަށް އަންނަމުންދާ ކުރިއެރުންތަކުގެ ތެރެއިން ސޯޝަލް މީޑިޔާތައް އިތުރުވެ ކުރިއަރާފައިވުމުގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ ފުރުޞަތުތައް މިވަނީ ކުރިއަށްވުރެ ގިނަ ވެފައެވެ.

ދިރިއުޅުން އުފާވެރިކުރުވާނީ ކިހިނެއް؟ (4)

ކިޔާފައިވާ ޢަދަދު: 6330
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތިންވަނަ ވިސްނުން

ޢަބްދުﷲ ނަޢީމު އިބްރާހީމް


ޝާއިޢުކުރި ފަރާތުގެ ބަޔާނެއް: މިއީ މައުލާނާ ވާޙީދުއްދީން ޚާން ލިޔުއްވައިފައިވާ “ތަޢުމީރުލްޙަޔާތި” މި ފޮތުގައި ފާހަގަކުރައްވައިފައިވާ 10 ނުކުތާގެ ތެރެއިން އެއް ނުކުތާގެ މާނައިގެ ތަރުޖަމާއެކެވެ.

 
ވިސްނުމުގެ ނުބައި މިސާލަކީ ދެ މަގުގެ ވިސްނުމޭ އަޅުގަނޑުމެން ކިޔައިއުޅޭ ވިސްނުމެވެ. މާނައަކީ މާ ރަނގަޅު ތިންވަނަ މަގެއް އޮވެމެ، ކޮންމެ ކަމަކަށް ވެސް އޮންނަނީ ދެ މަގެއް ކަމަށް ގަބޫލުކޮށްގެން ތިބެ ވިސްނުމެވެ.

ޔޫ.އެން. ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ރާއްޖެއަށް ޙައްޤުބާ؟

ކިޔާފައިވާ ޢަދަދު: 3016
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު މުއުމިން
އ.ދ. ގެ އިންސާނީ ޙައްޤުތަކާއިބެހޭ ކައުންސިލްގެ މެންބަރުކަމަށް ދެވަނަ ފަހަރަށް ދިވެހިރާއްޖެ ވަނީ މި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އިންތިޚާބުވެފައެވެ. 2014 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާ ކައުންސިލްގެ ދައުރަށް، އޭޝިއާ ޕެސިފިކް ސަރަޙައްދުން ރާއްޖޭގެ އިތުރުން ހޮވިފައިވަނީ ޗައިނާ، ސަޢޫދީ ޢަރަބިޔާ އަދި ވިއެޓްނާމެވެ.

ކާމިޔާބުގެ އައްސޭރިއަށް ދިއުމަށްޓަކައި …….

ކިޔާފައިވާ ޢަދަދު: 4693
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ދުނިޔޭގެ ދަތުރަކީ އިމްތިޙާނުގެ ދަތުރެކެވެ. ތަފާތު މީސްތަކުން މާތްﷲ އިމްތިޙާނުކުރައްވަނީ ތަފާތު ގޮތްގޮތަށެވެ. އެއްބަޔަކަށް މުދަލާ ފައިސާދެއްވައި މުއްސަދިކުރައްވައިގެންނެވެ. އަނެއްބަޔަކަށް ބާރާއި ނުފޫޒުދެއްވައި ބާރުވެރިކުރުވައިގެންނެވެ. އަނެއްބަޔަކަށް ގަދަފަދަ ކަމާއި މަތިވެރިކަން ދެއްވައި އިއްޒަތްތެރިކުރުވައިގެންނެވެ. މިއީ ދުނިޔެވީ ޙަޔާތުން ފެނިގެންލެމުންދާ ދުވަސްތަކުން ދަސްވެ އެނގެމުންދާ ކަންކަމެވެ. ފެންނަމުންދާ ޙަޤީޤަތްތަކެވެ. ދައްކަމުންދާ ކުލަތަކެވެ.

އިސްލާމް ދީނުގައި ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުން

ކިޔާފައިވާ ޢަދަދު: 7030
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ދެ އަތްނބަށް މީހުނާ އިނުން ނުވަތަ ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުމުގެ މައްސަލައިގައި އިސްލާމީ ދުނިޔެއަށް ވަނީ ކުށްހީ އާއި، އޮޅުންތައް ވެރިވެފައެވެ. އަންހެނުންނާއި، ފިރިހެނުން ވަނީ އިސްލާމް ދީނުގައި ލައްވައިފައިވާ ނުހަނު ރީތި، ރަނގަޅު އާދައެއް ދޫކޮށްލުމަށް ފަހު ކާފަރުންގެ އުސޫލުތަކުގައި ހިފަހައްޓަން ފަށައިފައެވެ.

އޭރުގެ ފަތްފުށްތަކުން…. (38)

ކިޔާފައިވާ ޢަދަދު: 2642
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭރުގެ ފަތްފުށްތަކުން…. (38)

ذمّةތަކުގެ އަގުލިސްޓް (معرضގައި)

الشيخ عمر عيسى


ފަޟީލަތުއްޝައިޚް ޢުމަރު ޢީސާ (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ތަރުޖަމާކުރެއްވުމުގެ ފަންނުގައި ޤާބިލު ބޭފުޅެކެވެ. އޭނާ ތަރުޖަމާ ކުރައްވާފައިވާ ވާހަކަތަކުގެތެރޭގައި މަޝްހޫރު “ކައުންޓް އޮފް ދަ މައުންޓް ކްރިސްޓޯ” އާއި “ކަލީލާ ވަދިމްނާ” އާއި “ރަތްބުރު” ހިމެނެއެވެ. އަދި އޭނާވަނީ ވަރަށްގިނަ ނޫސް، މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ.
 
އައްޝައިޚް ޢުމަރު ޢީސާގެމި ލިޔުން ނަކަލުކޮށްފައިވަނީ، މީގެ 56 އަހަރު ކުރީން، 1ރަބީޢުލްއައްވަލު 1378 ގައި ނުކުތް “ސަރުކާރުގެ ޚަބަރު” ނޫހުންނެވެ.

މަތިވެރި ކާމިޔާބީތަކުގެ މަސް

ކިޔާފައިވާ ޢަދަދު: 5654
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރަމަޟާން މަސް

މަތިވެރި ކާމިޔާބީތަކުގެ މަސް

އިބްރާހީމް ރަޝީދު މޫސާ

އިސްލާމީ  ތާރީޚުގައި ރަމަޟާންމަހަކީ ކާމިޔާބުތަކުން ފުރިގެންވާ މަހެކެވެ. ކީރިތިރަސޫލާގެ ޒަމާނުން ފެށިގެން އަދި އަދާ ޖެހެންދެންވެސް މެއެވެ.މިތާނގައި ފާހަގަކޮށް މިލަނީ ރަމަޟާންމަހުގައި މުސްލިމުންނަށް ލިބިފައިވާ ބައެއް ކަމިޔާބީތަކެވެ.

1-ބަދްރުހަނގުރާމަ: ހިޖްރައިން 2 ވަނަ އަހަރުގެރަމަޟާންމަހުގައިހިނގާފައިވާ ހަނގުރާމައަކީ ޙައްޤާ ބާޠިލު ވަކިވެގެންދިޔަ މުހިއްމު ހަނގުރާމައެވެ. يوم الفرقانގެ ނަން ލިބިގެންވާ ބަދްރުހަނގުރާމަ ހިނގީ އެއަހަރުގެ ރަމަޟާންމަހުގެ 17 ވަނަ ދުވަހުއެވެ. މުސްލިމުންގެ ޢަދަދު މަދުކަމާއި އެމީހުންގެ އަތުގައިހުރި ހަތިޔާރުގެ ބަލިކަށިކަމާ އެކުގައިވެސް ނަޞްރު ލިބުނީ  މުސްލިމުންނަށެވެ. އެމީހުންގެ އީމާންކަމުގެ  ސަބަބުންނެވެ. އެމީހުންގެ އިޚްލާޞްތެރިކަމާއި ވެރިޔާއަށް ކިޔަމަންގަތުމުގެ ބޮޑުކަމުންނެވެ. އެމީހުންގެ ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ސަބަބުންނެވެ.

ވިސްނުން ތޫނު، ކެރޭ އަންހެނެއް

ކިޔާފައިވާ ޢަދަދު: 7781
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ވިސްނުން ތޫނު، ކެރޭ އަންހެނެއް

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އެއްދުވަހަކު ޢުމަރު – رضي الله عنه- މިންބަރަށް އަރާވަޑައިގެން ޚުތުބާ ދެއްވަމުން ކާވެނީގެ ރަން ކިޔާއިރު އިންނަން އުޅޭ ފިރިހެންމީހާގެ އަތުން މާ ބޮޑެތި އަދަދު ނުހޯދުމަށް އަންހެނުންގެ ކިބައިން އިލްތިމާސް ކުރެއްވިއެވެ. ވިދާޅުވީ، ކީރިތި ރަސުލާ އާއި އެކަލޭގެ ފާނުގެ މާތް ސަހާބީންވެސް 400 ދިރުހަމަށްވުރެ ގިނައިން ކާވެނީގެ ރަނުގެ ގޮތުގައި ދެއްވާފައި ނުވާ ކަމުގައެވެ.

ދަރިކަލުންގެ ސުވާލު

ކިޔާފައިވާ ޢަދަދު: 8054
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދަރިކަލުންގެ ސުވާލު

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އަމީރުލް މުއުމިނީން عمر بن عبد العزيز (رضي الله عنه) އަކީ އަޅުގަނޑުމެން އަބަދުވެސް އަޑުއަހަމުން އަންނަފަދައިން، ވިސްނުންފުޅު ތޫނު، އިންސާފުވެރި އަދި އެހައިމެ އޯގާވެރި ޙާކިމެކެވެ. އެއްދުވަހަކު عمر بن عبد العزيز (رضي الله عنه) ގެ ފިރިހެން ބޭފުޅަކު ދެންނެވިއެވެ. ބައްޕާއެވެ! ބަައެއް ކަންތަކުގައި މާބޮޑަށް ބައްޕަ ރައްޔިތުންނަށް ދޫދެއްވަނީ ކީއްވެތޯއެވެ؟ މާތް ﷲ ގަންދީ ދަންނަވަމެވެ! އަޅުގަނޑު ނަމަ، ހައްގު މަގުގައި އެއްވެސް މީހަކު ދެކެ ބިރެއް ނުގަތީމުހެވެ!