މީހުން ‘ބަދަލުނުކޮށް’ މީހުން ދެނެގަނެގެން އެކީގައި އުޅެން ދަސްކުރާށެވެ.

ކިޔާފައިވާ ޢަދަދު: 8055
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަހްމަދް ސަމީރު އަލީ                                                
އުމަރުގެ ފާނުގެ ޚިލާފަތުގެ ދުވަސްވަރު، މަދީނާގެ އަހުލުވެރިޔަކު އެއް ދުވަހަކު އޭނާގެ އަންހެނުންނާއި ދެބަސްވެ، އައި ރުޅީގައި އެކަމުގައި އުމަރުގެ ފާނުގެ ލަފާފުޅެއް ހޯދާ ހިސާބަށް މީނާ ކަންބޮޑުވެއްޖެއެވެ. އާންމުންގެ ތެރޭގައި އުމަރުގެފާނު  މަޝްހޫރުވެފައިވަނީ ހިތްވަރުގަދަކަމާއި ތެދުވެރިކަމާއި އިންސާފަށް ލޯބިކުރައްވާ، ވަރަށް ހަރުދަނާ އަޚްލާގެއްގެ ވެރި ބޭފުޅެއްގެ ގޮތުގައިކަމަށްވާތީއެވެ.

ސަބަބު ދެނެގަތުން

ކިޔާފައިވާ ޢަދަދު: 3841
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް 
ކަންކަމުގެ ސަބަބު ދެނެގަތުމަކީ ބައެއް މީހުން ވަރަށް ޝައުޤުވެރި ވާ ކަމެކެވެ. ހަމަ އެހެންމެ އެއީ، ބައެއް މީހުން މާ ބޮޑު ފަރުވާލެއް ބަހައްޓާ ކަމަކަށް ނުވެއެވެ. ތާރީޚަށް ބަލާ އިރު، ކުރި އަރައި ދިޔުމާއި އުފެއްދުންތެރިކަން ފާޅުވެފައި ވާތަން ގިނައިން ފެންނަނީ ސަބަބު ދެނެގަންނަ މީހުންގެ ކިބައިންނެވެ. އެ ފަދަ މީހުންނަކީ އާ ތަޖުރިބާތައް ކުރާ މީހުންނެވެ. ވާ ކަންކަމުން ފިލާވަޅު ލިބިގަންނަ މީހުންނެވެ. އިޞްލާޙުތަކަށް މަގު ފަހި ކުރާ މީހުންނެވެ. އެއާ ޚިލާފަށް އަނެއް ބަޔަކީ މަރައިލެވިފައި ވާ ލޮލަކައިގެން ހިނގާ ބަޔެކެވެ. ތަޖުރިބާއަށް ވުރެ އެމީހުންގެ ޙަޔާތުގެ ކަންކަމަކީ ތަކުރާރެކޭ ދެންނެވުން މާ ރަނގަޅު ކަމަށް ފެނެއެވެ.

އިސްލާމް ދީނުގައި ޢާއިލީ ދިރިއުޅުމަށް ދީފައިވާ މުހިންމުކަން

ކިޔާފައިވާ ޢަދަދު: 4660
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ފަހުމީ ދީދީ

1. ޢާއިލީ ގުޅުމެއް ފެށިގެން އަންނަ ގޮތް

މި މައުޟޫޢު އުފެދިފައި މި ވަނީ ޢާއިލާ އާއި ގުޅުމާ މި ދެ ބަހުންނެވެ. އެހެންވީމައި ފުރަތަމަ ޢާއިލާ މި ބަހަށް ބަލައިލާ އިރު، ބައެއް ފަހަރު ވަރަށް ފުޅާކޮށް އެ ބަހުގެ މާނަ ކުރެވެ އެވެ. އެ ގޮތުން މުޅި މުޖުތަމަޢަކީ ޢާއިލާ ކަމުގައި މާނަ ކުރެވެ އެވެ. އަދި އަނެއްބައި ފަހަރު އެއީ ދެމަފިރިންނާއި ދަރިންނާއި ކާފަ ދަރިންނާއި މާމައިންނާއި ކާފައިން ހިމެނޭ ޚާންދާނެއްގެ މާނައިގައި، ވަރަށް ފުޅާކޮށް ބޭނުން ކުރެވެ އެވެ. އަދި އަނެއްބައި ފަހަރު މި ބަހުގެ މާނަ ހަނިވެ ހަމަ އެކަނި ދެމަފިރިންނާއި ދަރިންނާ ހަމައިން ނިމެ އެވެ. 

އޭރުގެ ފަތްފުށްތަކުން…. (28)

ކިޔާފައިވާ ޢަދަދު: 2514
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 الطلاق

ވަރިކުރުމީ، ވަރިވެގަތުމީ، ވަރަށް ނޭދެވޭ، ހުތުރު ކަމެކެވެ.

فضيلة الشيخ ملم موسى مافهه كليكفان


އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު (ރަޙިމަހުﷲ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި ފާހަގަކޮށްލެވޭ ލިޔުންތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭނާ ދިވެހިބަހަށް ކުރެއްވި އެންމެބޮޑު އެއް ހަދިޔާއަކީ، “އަލްއީޤާޡު ފީ ތަޢުލީމިލް އަލްފާޡު” ގެ ނަމުގައި ލިޔުއްވި ދިވެހި-ޢަރަބި ބަސްފޮތެވެ. އޭގެ އިތުރުން “ދިވެހިބަހުގެ ރަންތަރި” ގެ ނަމުގައިވެސް ބަސްފޮތެއް ލިޔުއްވިއެވެ. އޭނާ ލިޔުއްވާފައިވާ  “ހާޖަރާގެ ހިތާމަ” އަކީ ދިވެހި އަދަބިއްޔާތުގެ ނަމޫނާއެއްގެ ގޮތުގައި ހިމެނޭ ވާހަކައެކެވެ.

ޙަޔާތުގެ ތަފާތު ދެ ދުވަސް

ކިޔާފައިވާ ޢަދަދު: 3047
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމްޝަރީފް މުޙައްމަދު، ރޯޒީ، ށ. ފުނަދޫ
އަހަރެންގެ ބައްޕަ ދުނިޔެ ދޫކުރެއްވިތާ ގާތްގަނޑަކަށް 5 އަހަރު ފުރުނީއެވެ. ބއްޕަ ނިޔާވި ދުވަހުގެ ކުރީ ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އެހެންކަމުން ޙަޔާތުގައި ތަޖުރިބާކުރަން ޖެހުނު އެންމެ އުފާވެރި ދުވަހާއި އެންމެ ހިތާމަވެރި ދުވަސް އަހަންނާ ބައްދަލު ކުރީ ޖެހިޖެހިގެން އައި ދެ ދުވަހުގެ ގޮތުގައެވެ.

އިންސާނާގެ ތަޤުދީރު

ކިޔާފައިވާ ޢަދަދު: 6545
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ދުވަހަކުވެސް ދުނިޔެއޭ މިކިޔާ ތަރި ފެނިފައި ނެތް މީހަކު ބާރަށް ދުވާ ޖައްވީ އުޅަނދެއްގައި މުޅި ކާއިނާތުގައި ބުރެއް ޖަހައިލުމަށްފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ ބިމަށް ފޭބޭ ގޮތް ވެއްޖެ ނަމަ އޭނާ ހުންނާނީ ޙައިރާންވެ އަންތަރީސް ވެފައެވެ. އެހެނީ ކާއިނާތުގައި ލައްވައިފައިވާ އެހެން ތަރިތަކާއި އެހެން ދުނިޔެތަކާ މި ދުނިޔެއާ މުޅިން ތަފާތެވެ. މި ދުނިޔެއަކީ އިސްތިސްނާއެކެވެ. ކާއިނާތުގައި ލައްވައިފައި ވަނީ އަލިފާން ފިޔަވައި އެހެން އެއްޗެއް ލައްވައިފައިނުވާ ތަރިއާއި ޖައްވުގައި އެނބުރި އެނބުރި ހުންނަ، ހަރުހިލަ ނޫން އެހެން އެއްޗެއް ލައްވައިފައިނުވާ، ޕްލެނެޓެވެ. އިންސާނާ ފަދަ މަޚްލޫޤަކަށް ބޭނުންވާ ހުރިހައި އެއްޗެއް ލައްވައިފައި އުފެއްދެވި ހަމައެކަނި ތަނަކީ މި ދުނިޔެއެވެ. މާނައަކީ މި ދުނިޔޭގައި އިންސާނާއަސް ބޭނުންވާ ހުރިހައި އެއްޗެއް ނުވަތަ އިންސާނާގެ ދިރިއުޅުން އާރާސްތު ކުރަން ބޭނުންވާ ހުރިހައި އެއްޗެއް (life support system) ވަނީ ލައްވައިފައެވެ.

ކިޔަވައިދޭ މުދައްރިސުންނަށް ތަރުބިއްޔަތުގެ މާނައާއި އިސްލާމީ ތަރުބިއްޔަތުގެ މާނަ އެނގުމުގެ މުހިއްމުކަން

ކިޔާފައިވާ ޢަދަދު: 4280
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައްޝައިޚު ނަޞްރުﷲ މުޞްޠަފާ
އެއްޗެއް ވިސްނިގެންމެނުވީ އެ އެއްޗެއްގެ ޙަޤީޤަތެއް ނޭނގޭނެއެވެ. އަދި ރަނގަޅަށް ބައްޓަން ކުރާކަށް ވެސް ނޭނގޭނެއެވެ. އިސްލާމީ ތަރުބިއްޔަތަށް ފާޑުކިޔައިފައިވާ ފާޑުކިޔުންތަކަށް ބަލާއިރު އެ ފާޑު ކިޔުންތެރީންގެ ބީރައްޓެހިކަން ފާހަގަކުރެވެއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެއްޗަކަށް ޖާހިލުވެއްޖެ ނަމަ އެ އެއްޗަކަށް ޢަދާވާތްތެރިވާނެކަން ކަށަވަރެވެ. އެހެންވެ ދެން މި ބަލައިލާނީ އިސްލާމީ ތަރުބިއްޔަތުގެ މާނައަށެވެ.

ދަރިން ތަރުބިއްޔަތުކުރުމުގައި ވިސްނައިލާން ރަނގަޅު ނުކުތާއެއް

ކިޔާފައިވާ ޢަދަދު: 7770
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ނަޢީމު އިބްރާހީމް

ދަރިން ތަރުބިއްޔަތުކުރުމުގެ މައްސަލަ އަކީ އެއްވެސް ދުވަސްވަރެއްގައި ފަސޭހަ ކަމަކަށްވެފައި އޮތްކަމެއް ނޫނެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމުގެ މަގަށް އެކިދުވަސްވަރު އެޅިފައި އޮންނަނީ އެކި ހުރަހެވެ. އަދި އެންމެންނަށް ކުރިމަތިލާންޖެހޭ މައްސަލަ މުޅީން އެއްގޮތެއް ވެސް ނޫނެވެ.

ފުރަތަމަ ލިޔެވުނު ޤާނޫނު އަސާސީ

ކިޔާފައިވާ ޢަދަދު: 7078
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ކީރިތި ރަސޫލާ (ޞ.ޢ.ވ) މަދީނާއަށް ހިޖުރަ ކުރެއްވިއިރު، މަދީނާގައި އެއްވެސް ވެރިޔަކުނެތުމާއި އަދި ލިޔެވިފައިވާ އެއްވެސް ޤާނޫނެއް ނެތުމުގެ ސަބަބުން ކުށްކުރާމީހުން ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް މަދީނާއަކު ނުވެއެވެ. އެންމެ ބާރުގަދަ މީހާ ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ވެސް ކުރުން ވަނީ އާދައަކަށް ވެފައެވެ. ނިކަމެތި ބާރު ދެރަ މީހުންނަށް ޖެހިފައިވަނީ ކޮންމެވެސް ބާރުގަދަ މީހެއްގެ ނިވަލުގައި އަބަދު ވެސް އުޅޭށެވެ. އެ ގޮތުން ސަލާމަތުން ދިރިހުރުމަށްޓަކައި ނިކަމެތިންނަށް އޭރު ޖެހިފައިވަނީ އާންމު ގޮތެއްގައި ކޮންމެވެސް ބާރުގަދަ ޤަބީލާއެއްގެ ނުވަތަ ޤަބީލާއެއްގެ ބާރު ގަދަ ލީޑަރެއްގެ ނިވަލަށްވަންނާށެވެ.

ތަޢުލީމު – ކީއްކުރަން؟

ކިޔާފައިވާ ޢަދަދު: 7120
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ތަޢުލީމުގެ އަގަކީ ކޮބައިކަމާ މެދު އަހަރުމެންނަށް ހީވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ތަޢުލީމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ ރަސްމީ ތަޢުލީމުވިޔަސް އަދި ނުރަސްމީ މަސައްކަތުގެ ތަޖުރިބާ ކަމުގައިވިޔަސް، “ދިރިއުޅުމަށް ތައްޔާރުވުމަށް” މީހަކު ބައިވެރިވާ ބައިވެރިވުމަކީ ތަޢުލީމު ކަމުގައި އަހަރެމެން ދެކެމުއެވެ. އެކަމަކު އެއީ ގޯހެކެވެ. ޙަޤީޤީ ތަޢުލީމަކީ ޙަޔާތާއި ގުޅިފައިވާ ދެމިގެންދާ ޙަޔާތުގެ ބައެކެވެ. އެއީ އުފަންވީއްސުރެ ކަށްވަޅަށް ދާންދެން ގުޅިފައިވާ ބަޔެކެވެ.