ބަދްރު ހަނގުރާމައިގެ ފިލާވަޅުތަކުގެ ތެރެއިން …

ކިޔާފައިވާ ޢަދަދު: 4858
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޝޫރާގެ މުހިއްމުކަން

އިބްރާހީމު ރަޝީދު މޫސާ

ބަދްރުހަނގުރާމައަކީ  އިސްލާމީއުއްމަތުގެ އަދި ކީއްތޯއެވެ! ދުނިޔޭގެ ތާރީޚުގެވެސް މަލަތައް ބަދަލުކޮށްލި ވަރުގަދަ ހާދިސާއެކެވެ. ހިޖްރައިން 2ވަނަ އަހަރުގެ ރަމަޟާންމަހުގެ 17ވީ ހުކުރުދުވަހު ހެނދުނު ހިނގި މިހަނގުރާމައިގެ  ސަބަބުން އިސްލާމީ ދުނިޔޭގެ ޗާޓު ކުރެހެން ފެށުނެވެ. އަދި ހަމަ އެއާ އެކު  މުޅިދުނިޔޭގެ ޗާޓުވެސް އަލުން ކުރެހެން ފެށުނެވެ. ކީރިތިޤުރްއާން ބުނާގޮތުގައި އެއީ “يَوْمَ الْفُرْقَانِ “)(سورة الأنفال : 41)މާނައަކީ ޙައްޤާ ބާޠިލު ވެގެންދިޔަ ދުވަހެވެ.) އެވެ. ނުވަތަ އެއީ “يَوْمَ الْتَقَى الْجَمْعَانِ )(سورة الأنفال : 41) މާނައަކީ ދެ ބައިމީހުން ބައްދަލުވި ދުވަސް)  އެވެ. ތާރީޚު ފޮތްތައް ބުނާގޮތުގައި އެއީ “غَزْوَةُ بَدْرِ الكُبْرَى” (ބަދްރުގެ ބޮޑުހަނގުރާމަ)  އެވެ.

ރޯދައަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއް ނޫން

ކިޔާފައިވާ ޢަދަދު: 4757
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ކީރިތިރަސޫލާ عليه الصلاة والسلامޙަދީޘްކުރައްވަނީ “لَيْسَ الصِّيَامُ مِنَ الأَكْلِ وَالشَّرْبِ فَقَطْ. إِنَّمَا الصِّيَامُ مِنَ اللَّغْوِ وَالرَّفَثِ. فَإِنْ سَابَّكَ أَحَدٌ أَوْ جَهِلَ عَلَيْكَ فَقَلْ : إِنِّى صَائِمٌ  (رواه البيهقى والحاكم وابن خزيمة)
 

ރަމަޟާން މަސް އިޙްޔާކުރުން … ޤުރްއާން ކިޔެވުން

ކިޔާފައިވާ ޢަދަދު: 5577
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ކީރިތިރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވަނީ ” مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (رواه مسلم والبيهقى والنسائى والترمذى والدارمى) މާތްﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ސަވާބަށް އެދި ރަމަޟާންމަސް ދިރުވިމީހާގެ އިސްވެދިޔަހާ ފާފަތަކާއި  ކުރިއަށް އޮތްހައި ފާފަތައް ފުއްސަވާދެއްވާނެތެވެ.”

މަޣުރިބު ނަމާދު ކުރާއިރު މިސްކިތު ކުޑަދޮރުން އިރު ފެނެއެވެ!

ކިޔާފައިވާ ޢަދަދު: 7628
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެނަން މި ދިވެހިރާއްޖޭގައި، އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު އެއްދުވަހުން އަނެއް ދުވަހަށް މާބޮޑު ތަފާތެއް ނެތި ވަރަށް ފަސޭހަ ކަމާއި އެކު ހަމަ ލޮލަށް ފެނެއެވެ. ޖޯގްރަފީގޮތުން ދުނިޔޭގެ ދެބައި ހަމަވާ ހިސާބުގައި ދިރިއުޅެވޭތީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އިސްލާން ދީން މެދުއިރުމަތިންފެށިގެން ފެތުރެމުން ދިޔައީވެސް އިރުމައްޗަށާއި  ހުޅަނގަށެވެ. ދާދި ފަހަކާއި ޖެހެންދެން،  މާ އުތުރަށާއި އެންމެ ދެކުނަށްވުރެ މެދު ތެރޭގައޭ ދެންނެވޭ ކަހަލަ ގޮތަކަށް މުސްލިމުން ދިރިއުޅެމުން އައިސްފައިވެއެވެ. ހޫނު މޫސުމުގައި ދުވާލެއްގެ ދިގުމިން 16 ގަޑިއިރަށް ދެމިގެން ދިޔަޔަސް މުސްލިމުން ހަމަ ރޯދަ ހިފަމުން ދިޔައީ ހަމަ އިރު އޮއްސެންދެންނެވެ.

ރޯދައިގެ ޙިކްމަތްތަކުގެ ތެރެއިން (1)

ކިޔާފައިވާ ޢަދަދު: 4699
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމު ރަޝީދު މޫސާ

ރޯދައިގެ ޙިކްމަތްތައް ވަރަށްގިނައެވެ. އޭގެ ތެރޭގައި މިއަންނަ ކަންތައްތައް ހިމަނާ ލެވިދާނެއެވެ.
1-     މާތްﷲ އަމުރުކުރައްވާފައިވާ ކަންތައްތައްކޮށް އެކަލާނގެއަށް ކިޔަމަން ގަތުމުންނާއި މާތްﷲ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވެ އެކަލާނގެއަށް ބޯލަނބައިގެން ނަފްސު ޠާހިރުކުރުން: މިކަމުގެ ސަބަބުން މާތްﷲއަށް ފުރިހަމައަށް އަޅުވެތިވުމުގެ ތަމްރީނު ލިބެއެވެ. އޭނާ ބޭނުންނަމަ ރޯދައަށޭ ކިޔާފައިހުރެ ކައިބޮއި ހެދިދާނެއެވެ. އެއްވެސް މީހަކަށް އެކަމެއް ނޭނގޭނެއެވެ. ނަމަވެސް އޭނާ މިކަންތައްތަކާ ދުރުހެލިވަނީ މާތްﷲގެ ވަޖްހުފުޅަށް ޓަކައެވެ.

ރޯދަވެރިއާ އަށް ދެއްވާ ސަވާބު

ކިޔާފައިވާ ޢަދަދު: 4915
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ރަމަޟާންމަސް އެހެނިހެން މައްސަރުތަކަށްވުރެ މާތްވެގެންވާ މައްސަރެކެވެ. ސަބަބުތަކުގެ ތެރޭގައި ރޯދަވެރިޔާއަށް ދެއްވާ ސަވާބުގެ މަތިވެރިކަން ހިމެނެއެވެ. ރޯދަވެރިޔާއަށް ދެއްވާ ސަވާބުގެ  މިންވަރު ދެނެވޮޑިގަންނަވަނީ ހަމައެކަނި އަރަހުށި ﷲ އެވެ. މިކަން ބަޔާންކޮށްދޭ ޤުދްސީ ޙަދީޘްގައި މާތްﷲ ވަޙީކުރައްވަނީ “كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ لَهُ الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ سُبْحَانَهُ إِلَّا الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ  (رواه ابن ماجه) އާދަމުގެދަރިޔާ ކުރާ ކޮންމެ ހެޔޮޢަމަލެއްގެ ސަވާބު ދިހަގުނައިން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވައެވެ. އެކަމަކު ރޯދަ ފިޔަވައެވެ. ފަހެ، ހަމަކަށަވަރުން ރޯދައަކީ ތިމަން ރަސްކަލާނގެއަށް ޚާއްޞަވެގެންވާ ޢަމަލެކެވެ. އަދި އެކަމަށް ޖަޒާދެއްވާނީ ތިމަން ރަސްކަލާނގެއެވެ.”

ރޯދަވެރިޔާ ހިފަހައްޓަންޖެހޭ ބައެއް އަދަބުތައް

ކިޔާފައިވާ ޢަދަދު: 5131
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ރޯދަވެރިޔާ ރޯދަހިފާއިރު، އޭގައި ހިފަހައްޓަންޖެހޭ އަދަބުތަކެއް ވެއެވެ. މިއީ މާތްރަސޫލާ ރޯދަވެރީންނަށް ދެއްވައިފައިވާ އިރްޝާދުތަކެކެވެ. އޭގެ ތެރޭގައި މި ދަންނަވާ ކަންތައް ފާހަގަކޮށްލަމެވެ.

1-    އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރުން: ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ لاَيِزَالُ الناسُ بِخَيْرٍماعَجّلُوا الفطر (رواه البخارى مسلم) “އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރާނަމަ މީސްތަކުން ހެޔޮކަންމަތިން ފިލައިގެން ނުދާނެތެވެ.” ރޯދަވީއްލުން ރަނގަޅީ ކަދުރު ކޮޅަކުންނެވެ. ނުވަތަ ފޮނި އެއްޗަކުންނެވެ. ފޮނިއެއްޗެއް ނުލިބިއްޖެނަމަ ފެންފޮދަކުންނެވެ. ކީރިތި ރަސޫލާ މަޣުރިބު ނަމާދުކުރައްވަނީ ކަދުރުކޮޅަކުން ރޯދަފުޅު ވީއްލެވުމަށް ފަހުގައެވެ.އެހެންކަމުން ރޯދަ ނުވީއްލައި މަޣްރިބުނަމާދު ކުރުން ރަނގަޅުވެގެން ނުވެއެވެ.

ރޯދައަކީ އައްޑަނައެއް

ކިޔާފައިވާ ޢަދަދު: 5256
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
الله سبحانه وتعالىއެކަލާނގެ ބާވައިލެއްވި އިސްލާމްދީނުގެ ތަޝްރީޢުތަކުގައި ލައްވާފައިވާ ޙިކްމަތްތަކަކީ އޭގެ ފުންމިންތަކާއި އުސްމިންތައް އެނގޭނެ އެއްޗެއް ނޫނެވެ. މާތްﷲ ޢިލްމާއި ޙިކްމަތްދެއްވި ބޭކަލުން، މީގެ ތެރެއިން ބައެއް ޙިކްމަތްތައް ދެނެގަނެ މީސްތަކުންނަށް ހާމަކުރާނެތެވެ.

ބޭސްފަރުވާއާއި ރޯދަ

ކިޔާފައިވާ ޢަދަދު: 5116
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ރޯދައަށް ހުންނަމީހާ ފަރުވާގެ ގޮތުގައި ބައެއްފަހަރަށް ކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެއެވެ. މި ފަދަ ބައެއް ކަންތައްތަކުގެ ޙުކްމާ ބެހޭގޮތުން ވަރަށް ގިނައިން ސުވާލުކުރެވޭ ތަން ފެނެއެވެ. އޭގެ ތެރޭގައި ލޮލަށް ބޭސްއެޅުމާއި ، ނޭވާހިއްލާމީހުން ބޭނުންކުރާ ގުންބާ ބޭނުންކުރުމާއި ، އުގުރިޖެހުމާއި ، ލޭ ހަދިޔާކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މި ތާނގައި އޭގެ ތެރެއިން ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ. މިއީ ޒަމާނީ ފިޤްހީ މަސްއަލަތަކެކެވެ.

1- ނޭވާހިއްލާމީހުން ބޭނުންކުރާ ގުންބާ

ރޯދަ ހިފުމަށްޓަކައި ނިޔަތް ގަތުން

ކިޔާފައިވާ ޢަދަދު: 6619
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ކޮންމެ އަހަރަކު ވެސް ފަށްކުރަންޖެހޭ ސުވާލެކެވެ. މި ކަމުގެ ސަބަބަކީ ހިފާ ރޯދަ ރަނގަޅު ރޯދައަކަށް ވުމަށް ކޮންމެ މީހަކު ވެސް ޝައުޤުވެރިވާ ޝައުޤުވެރިވުމެވެ. މުޅިދުވާލު ނުކައި ނުބޮއި ހުރި ހުރުން ބޭކާރުވެދާނެތީ ގަންނަ ބިރުގެ ބޮޑުކަމެވެ. މާތްﷲ އަމުރުކުރެއްވި ކަންތައް، އެކަލާނގެ ޤަބޫލުކުރައްވާ ގޮތަށް ހިފަން ބޭނުންވާލެއް ބޮޑުކަމެވެ.