ހުވަނދާއި ސެންޓާއި އަތަރާއި އޭގެ ޙުކުމް

ކިޔާފައިވާ ޢަދަދު: 5194
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ހުވަނދާއި ސެންޓާއި އަތަރު (ނުވަތަ މީރުވަސްދުވާ އެއްޗެއްސަކީ)  ފަހިކޮށް ނަމަވެސް ނުވަތަ އިދިކޮށް ނަމަވެސް މީސްތަކުންގެ މެދުގައި އޮންނަ ގުޅުންތަކަށް އަސަރުތަކެއް ފޯރުވާ އެއްޗެއްކަމަށް ބުނެވެއެވެ.  ސެންޓާއި އަތަރާއި އެހެނިހެންވެސް މީރުވަސްދުވާ އެއްޗެހީގެ ޖަޛްބާތަކީ އޭގެ އަސަރު ހަމައެކަނި އިންސާނުންނަށް ފޯރުވާ އެއްޗެއް ނޫނެވެ. އިންސާނުންގެ އިތުރަށް ޖަނަވާރުންގެ ދުނިޔޭގައްޔާއި ގަސްގަހާ ގެހީގެ ޢާލަމުގައްޔާއި ، ފަނިފަކުސާގެ ކައުނުގައިވެސް ، ވަހަކީ ވަރަށް މުހިންމު ތާސީރުތަކެއް ފޯރުވާ އެއްޗެކެވެ. ޖިންސީ ގުޅުންތަކާއި ބަލިމަޑުކަމާއި، އެހެނިހެން މުޢާމަލާތު ތަކުގައިވެސް، ވަހަކީ މުހިންމު ދައުރެއްކުޅޭ އެއްޗެކެވެ.  މިހެންވެ، ވަހުގެ ދުނިޔެއަކީ ވަރަށް ތަނަވަސް ވެށްޓެކެވެ. 
 

ކާވެނި: އިންސާނީ ނައުޢު ދެމި އޮތުމަށް ޓަކައި ….

ކިޔާފައިވާ ޢަދަދު: 9452
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކާވެންޏަކީ އިންސާނީ ނައުޢު ދެމި އޮތުމަށް ޓަކައި މާތް ﷲ ލައްވައިފައިވާ ވަރަށް މަތިވެރި ނިޒާމެކެވެ. އެއީ ވަރަށް މުޤައްދަސް ޢަޤްދެކެވެ. ރީތި ސުލޫކާއި އަޚުލާޤުގެ ތެރެއިން އިންތިޒާމުކުރެވިފައިވާ ވަރަށް ފުރިހަމަ ނިޒާމެކެވެ. އެއީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ. ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. “وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ” (“ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفسތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”)

ޤާޟީއަކާއި މުފުތީއެއްގެ ތަފާތު

ކިޔާފައިވާ ޢަދަދު: 9648
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
عـبدالعزيزجمـال أبوبكر
ތަޢާރުފު:
މުފްތީ މި ނަމަކީ ދިވެހީންނާ އެހާ ރައްޓެހި ނަމެއް ނޫނެވެ. އެއީ އެ ފަދަ މަޤާމެއްގައި ދިވެހިރާއްޖޭގައި އެއްވެސް ބޭފުޅަކު އަދި ނެތީތީ އެވެ. ނަމަވެސް 1970 ގެ އަހަރުތަކުން ފެށިގެން “ޤާޟީ” މި ލަފުޒަކީ ދިވެހީންނާ ވަރަށް ރައްޓެހި ލަފުޒެކެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ ކަންތައް އުއްތަމަފަނޑިޔާރު މަނިކުފާނާއި އެ މަނިކުފާނުގެ ނާއިބުން މެދުވެރިކޮށް ހިންގެވި ދުވަސްވަރު “ނާއިބު ބޭކަލުން” މަޝްހޫރުވެފައި ވީފަދައިން، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ 1969 ގައި ޤާއިމުވެ ޢަދުލު އިންސާފު ހިންގުމުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހަމަޖެހުނެވެ.
 

އޭރުގެ ފަތްފުށްތަކުން…. (20)

ކިޔާފައިވާ ޢަދަދު: 6597
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ވެލިގަނޑަށް އައި ފުރަތަމަ نورގެ އަލިކަން ދެކެފާ”

الفاضلة مريم سعيد


އަލްފާޟިލާ މަރިޔަމް ސަޢީދަކީ، ލިޔުންތެރިއެކެވެ. އެއަށްވުރެ މަޝްހޫރު ޅެންވެރިއެކެވެ. އަދަބީ ޖައްވެއްގައި ބޮޑުފުޅުވި  ބޭފުޅެކެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ދަރިކަނބަލެކެވެ.
މި ލިޔުމަކީ، ރާއްޖޭގައި އަންހެންނުންނަށް ޚާއްޞަކޮށް އުފެދުނު ފުރަތަމަ ޖަމްޢިއްޔާ “ޖިންސުއްލަޠީފުންގެ ރޫޙް” ގެ ފަރާތުން ނެރެމުން ގެންދިޔަ މަޖައްލާ،”ޖިންސުއްލަޠީފް”ގެ 4 ވަނަ ޢަދަދުގައި އޭނާ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ޢަދަދު ނުކުމެފައިވަނީ، 1 ރަބީޢުލްއައްވަލް 1379 ގައެވެ. އާދެ! މީގެ ބައި ޤަރުނަށްވުރެ ވެސް ކުރީގެ ތާރީޚެއްގައެވެ.

މާތް ސީރަތުގެ ދޯދިތަކުން – 1 (ށ)

ކިޔާފައިވާ ޢަދަދު: 7578
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

محـمّد صـلّى اللّـه علـيه وسـلّمގެ މާތް ދަރިކޮޅު

ޢަބްދުލްމާލިކު މުޖާހިދު
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

13 މާރޗް 2013 (ބުދަ) ދުވަހު ޝާއިޢުކުރެވުނު ބައިގެ ނުނިމި އޮތް ބައި)
صحيح بخارى ގައި ام شريك رضي اللّـه عنها ރިވާ ކުރައްވައިފައިވާ ޙަދީޘެއްގައި ވެއެވެ. رسو ل اللّـه صلّى اللّـه عليه وسلّم ވަނީ ބޮނޑު މަރަން އަންގަވައިފައެވެ. އެއީ إبراهيم عليه السّلام އެއްލައިލެވުނު އަލިފާންގަނޑުގެ ވަރު އަރުވަން ފުމުނީ ބޮނޑު ކަމަށް ވާތީއެވެ.

މާތް ސިޔަރަތުގެ ދޯދިތަކުން – 1 (ހ)

ކިޔާފައިވާ ޢަދަދު: 7331
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

محـمّد صـلّى اللّـه علـيه وسـلّمގެ މާތް ދަރިކޮޅު

ޢަބްދުލްމާލިކު މުޖާހިދު
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

محمّد صلّى اللّـه عليه وسلّم ގެ ދަރިކޮޅަކީ ނުހަނު މާތް ދަރިކޮޅެކެވެ. ދަރިކޮޅުގެ ތާރީޚު ފެށެނީ ހަތަރުހާސް އަހަރު ކުރިންނެވެ. އެކަލޭގެފާނުގެ މާތް ބަފައިކަލުން إبراهيم عليه السّلام އަކީ عراق ގެ ރަށެއް ކަމަށްވާ اُور ސަހަރުގެ ބޭކަލެކެވެ. (މިތާނގައި ބަފައިކަލުންކަމަށް ބަޔާން ކުރެވިފައިވަނީ ނަސްލުގެ ފެށުންކަން ހާމަކުރުމުގެ ގޮތުންނެވެ. އަދި محمّد صلّى اللّـه عليه وسلّم ވަރަށް ގިނަފަހަރަށް إبراهيم عليه السّلام އަކީ އެކަލޭގެފާނުގެ ބަފައިކަލުންކަމަށް ޙަދީޘްކުރައްވައިފައި ވާތީއެވެ.)

އިންސާނާނަކަލުކުރުން

ކިޔާފައިވާ ޢަދަދު: 6338
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

إبراهيم رشيد موسى
އިންސާނާގެ ނަފްސަށް ބަލާއިރު އެނަފްސު ހެއްދެވީ މާތްﷲ އެވެ. އެއްޗެއް އުފައްދާ ފަރާތަށް އެ އެއްޗެއްގެ ތަފްޞީލު އެނގޭނެއެވެ. މާތްﷲ  ދެނެވޮޑި ގަންނަވަނީ އިންސާނާގެ ބޭރުފުށުގެ ޢަމަލުތައް އެކަންޏެއް ނޫނެވެ. އެފަދަ ޢަމަލުތައް އެހެން މީހުންނަށްވެސް ބައެއް ފަހަރަށް އެނގިދާނެތެވެ. އޭގެ އިތުރަށް އެނަފްސުގެ އެތެރޭގެ ކަންތައްތައްވެސް މާތްﷲ  ދެނެވޮޑި ގަންނަވައެވެ. މި އިންސާނާ މަރުވުމަށްފަހު އަލުން ދިރުއްވަވާނެއެވެ. މިއީ އެކަލާނގެއަށް ބުރަކަމެއް ނޫނެވެ. އެކަލާނގެއަށް އެއްވެސް ބުރަކަމެއް ނުވެއެވެ. އެކަލާނގެ ކަމަކަށް އިރާދަ ކުރައްވައިފިނަމަ ވަޙީ ކުރައްވާނީ ވާށޭ އެވެ. މާތްﷲ  އިންސާނާ (ފުރަތަމަ އިންސާނާ) ހެއްދެވީ ނެތުމުގެ ތެރެއިންނެވެ. އެއަށްފަހު އިންސާނާ އޭނާގެ މި ނަސްލުން ލެއްވިއެވެ. އިންސާނާ މަށިން ހެއްދެވުމަށްފަހު އޭނާގެ ނަސްލު ދެރަ ނިކަމެތި ފެންފޮދަކުން ހެއްދެވިއެވެ.

ޤިޞާޞްހިފުމުގެ ގޮތުން މީހަކު މެރުމަށް އޮތް އެންމެ އައުލާކަން ބޮޑު ގޮތަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 5697
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނަޞްރުﷲ މުޞްޠަފާ، (ލެކްޗަރާރ، ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ) 
  

މަރަށްމަރު ހިފުމުގައި އެންމެ ފުރިހަމަ ގޮތް

ޤިޞާޞް ހިފުމަކީ އިލާހީ ޝަރީޢަތުގައި އިންސާނުންނަށް އަންގަވައިފައިވާ  ބަދަލު ހިފުމުގެ އެންމެ ފުރިހަމަ ގޮތެވެ. އެއީ އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ ކޮންމެ ބަޔަކަށް އޮތް އެންމެފުރިހަމަ ޤާނޫނެވެ. ސަމާވީ ދީންތަކުގައި ބާވައިލައްވާ ފައިވާ ގޮތެވެ.

އުޞޫލުމްފިޤުހުގެ ތާރީޚު

ކިޔާފައިވާ ޢަދަދު: 9324
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތާރީޚީ ގޮތުން ބަލާއިރު އުޞޫލުލްފިޤުހި އެންމެ ފުރަތަމަ ފެށިގެން އައިސްފައިވަނީ ވެސް ކީރިތި ރަސޫލާގެ ޒަމާނުގައި ކަމަށް ދެންނެވިދާނެ އެވެ. ބުއްދީގެ ހަމައިން ބަލާއިރުވެސް އިސްލާމީ ފިޤުހާ އެކުއެކީގައި އުޞޫލުލްފިޤުހި ވެސް ފެށިގެން އަންނާނެ އެވެ. އެހެނީ ކީރިތި ރަސޫލާގެ ޒަމާނުގައިވެސް ކީރިތި ޤުރުއާނުގެ އަޞްލުން ފިޤުހީ ޙުކުމްތައް އިސްތިންބާޠު ކުރުމުގައި ބޭނުންކުރައްވަންޖެހޭ އަދި ބޭނުންފުޅުކުރެއްވީ އުޞޫލުލްފިޤުހީގެ ހަމަތަކާއި އުޞޫލުތަކެވެ.

އުޞޫލުލްފިޤުހަކީ ކޮން އެއްޗެއް؟

ކިޔާފައިވާ ޢަދަދު: 11723
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފިޤުހު ނުވަތަ އިސްލާމީ ޤާނޫނީ ނިޒާމް ގެ މައުޟޫއަކީ އިސްލާމީ ތަޢުލީމުގެ ދާއިރާގައި އާދަޔާ ޚިލާފަށް ފުޅާ ދާއިރާއެކެވެ. “ފިޤުހު” މި ލަފުޒުގެ މާނައަކީ އިސްލާމީ ތަޢުލީމުގެ ދާއިރާއިން އެނގުމާއި ދޭހަވުމާއި މަޢުލޫމާތާއި އިސްލާމީ ޤާނޫނީ ނިޒާމެވެ. 
“ވިކިޕީޑިއާ” (www.wikipedia.org) ބުނާ ގޮތުގައި “ފިޤުހު”(فقه) ގެ މާނައަކީ އިސްލާމީ ޤާނޫނީ ނިޒާމް (Islamic jurisprudence) އެވެ. އަދި އެއީ ޤުރުއާނާއި ސުންނަތުގެ އަލީގައި، ތަންފީޛީ އިޚުތިޔާރު އޮތް ފަރާތްތަކުން (ބޮޑެތިބޮޑެތި ޢިލްމުވެރީންނާއި ދީނުގެ އިމާމުން) ހުޅުވައިލައްވައި ފުޅާކުރައްވައިފައިވާ އަދި (އެ ބޭފުޅުން) ތަންފީޒުކުރައްވައިފައިވާ، އިސްލާމީ ޝަރީޢާގެ ސުލޫކީ މިންގަނޑެވެ.