އުޞޫލުމްފިޤުހުގެ ތާރީޚު

ކިޔާފައިވާ ޢަދަދު: 9406
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތާރީޚީ ގޮތުން ބަލާއިރު އުޞޫލުލްފިޤުހި އެންމެ ފުރަތަމަ ފެށިގެން އައިސްފައިވަނީ ވެސް ކީރިތި ރަސޫލާގެ ޒަމާނުގައި ކަމަށް ދެންނެވިދާނެ އެވެ. ބުއްދީގެ ހަމައިން ބަލާއިރުވެސް އިސްލާމީ ފިޤުހާ އެކުއެކީގައި އުޞޫލުލްފިޤުހި ވެސް ފެށިގެން އަންނާނެ އެވެ. އެހެނީ ކީރިތި ރަސޫލާގެ ޒަމާނުގައިވެސް ކީރިތި ޤުރުއާނުގެ އަޞްލުން ފިޤުހީ ޙުކުމްތައް އިސްތިންބާޠު ކުރުމުގައި ބޭނުންކުރައްވަންޖެހޭ އަދި ބޭނުންފުޅުކުރެއްވީ އުޞޫލުލްފިޤުހީގެ ހަމަތަކާއި އުޞޫލުތަކެވެ.

އުޞޫލުލްފިޤުހަކީ ކޮން އެއްޗެއް؟

ކިޔާފައިވާ ޢަދަދު: 11851
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފިޤުހު ނުވަތަ އިސްލާމީ ޤާނޫނީ ނިޒާމް ގެ މައުޟޫއަކީ އިސްލާމީ ތަޢުލީމުގެ ދާއިރާގައި އާދަޔާ ޚިލާފަށް ފުޅާ ދާއިރާއެކެވެ. “ފިޤުހު” މި ލަފުޒުގެ މާނައަކީ އިސްލާމީ ތަޢުލީމުގެ ދާއިރާއިން އެނގުމާއި ދޭހަވުމާއި މަޢުލޫމާތާއި އިސްލާމީ ޤާނޫނީ ނިޒާމެވެ. 
“ވިކިޕީޑިއާ” (www.wikipedia.org) ބުނާ ގޮތުގައި “ފިޤުހު”(فقه) ގެ މާނައަކީ އިސްލާމީ ޤާނޫނީ ނިޒާމް (Islamic jurisprudence) އެވެ. އަދި އެއީ ޤުރުއާނާއި ސުންނަތުގެ އަލީގައި، ތަންފީޛީ އިޚުތިޔާރު އޮތް ފަރާތްތަކުން (ބޮޑެތިބޮޑެތި ޢިލްމުވެރީންނާއި ދީނުގެ އިމާމުން) ހުޅުވައިލައްވައި ފުޅާކުރައްވައިފައިވާ އަދި (އެ ބޭފުޅުން) ތަންފީޒުކުރައްވައިފައިވާ، އިސްލާމީ ޝަރީޢާގެ ސުލޫކީ މިންގަނޑެވެ.

އުނގެނެންވީ ވަޒީފާއަކަށް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 3140
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޝަހީދު ޑޮކްޓަރ އަފްރާޝީމް ޢަލީ (ރަޙިމަހުﷲ)

މިއީ، މަޢުހަދުގެ ދަރިވަރުންގެ ޖަމްޢިއްޔާ “ރާބިޠަތު ޠުއްލާބި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ”ގެ ފަރާތުން އަހަރަކު އެއްފަހަރު ނެރެމުން ގެންދިޔަ މަޖައްލާ “އަލްމަންހަޖު”ގެ 11 ވަނަ ޢަދަދު (އޭޕްރީލް 1991) ގައި ޝާއިޢުކޮށްފައިވާ ޝަހީދު، ޑޮކްޓަރ އަފްރާޝީމް ޢަލީގެ ލިޔުއްވުމެކެވެ. ޑޮކްޓަރ އަފްރާޝީމަކީ، އެ މަޖައްލާގެ ސެކްރެޓަރީ އެވެ.  

އުނގެނުމަކީ، އިންސާނިއްޔަތަށް ޚާއްޞަކޮށް އިސްލާމީ އުންމަތަށްވާ ވަރަށް ބޮޑު ވާޖިބެކެވެ. އެއީ، ތިމާމެން ދެނެގަތުމަށްޓަކައެވެ. ޢިލްމުވެރި މޮޅު ބަޔަކަށް ވުމަށްޓަކައެވެ. އަދި ތިމާމެން ޙާޞިލުކުރާ ތަޢުލީމެއް ނުވަތަ ޢިލްމެއް އެހެންމީހުންނަށް އުނގަންނައިދިނުމަށްވެސް މެއެވެ.

އިންސާނީ ޙައްޤުތަކާއި ދީނީ މިނިވަންކަން

ކިޔާފައިވާ ޢަދަދު: 6642
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އިބްރާހީމުރަޝީދު މޫސާ
އިންސާނީޙައްޤުތަކާއި މިނިވަންކަމުގެ ވާހަކައަކީ ، މިއަދުގެ ދީމިޤްރާޠީވެށީގައި އެންމެބާރަށް، އެންމެ ބޮޑަށް ވާހަކަދެކެވޭ މައުޟޫޢުތަކުގެ ތެރެއިން އެއް މައުޟޫޢެވެ. އެއީ މިއަދުގެ ސިޔާސީ ބާޒާރުގައި އެންމެބޮޑަށް ހިނގާ އެއްމުދަލެވެ. 

އުޞޫލުލްފިޤުހިގެ ތާރީޚު (2)

ކިޔާފައިވާ ޢަދަދު: 9161
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
(24 ސެޕްޓެމްބަރ 2012 (ހޯމަ) ގުޅޭ)
މުޢާވިޔަތުގެފާނުގެ ވެރިކަމުގައި އެކަލޭގެ ފާނުގެ ވަލީއަޙުދަކަށް އެކަލޭގެފާނުގެ ދަރިކަލުން ޢައްޔަންކުރެއްވިކުރެއްވުމަކީ އިސްލާމީ އުއްމަތުގެ މުޅި ތަޞައްވުރާއި މަންޒަރު ބަދަލުވާންފެށި ސަބަބު ކަމަށް ބެލެވެ އެވެ.
ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން، އާ ޝަހަރުތަކާއި ރަށްތައް މުސްލިމުން ފަތަޙަކުރެއްވުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އިސްލާމް ދީން ޤަބޫލުކުރިއެވެ.

އަބޫބަކުރުއްޞިއްދީޤު – ޚަލީފާކަން ބިނާކުރެއްވި ގޮތް

ކިޔާފައިވާ ޢަދަދު: 6974
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އަބޫބަކުރުގެފާނު ޚަލީފާކަމާ ޙަވާލުވެވަޑައިގަތް ދުވަސްވަރަކީ މުނާފިޤުން އެ މީހުންގެ ފިތުނަވެރި މަސައްކަތް ކާމިޔާބުކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުން ގެންދިޔަ ދުވަސްވަރެކެވެ. އިސްލާމީ ދައުލަތް ރޫޅައިލައި ފޮތިފޮތިކޮށްލުމުގެ މަސައްކަތް ފަށައިފައިވާ ދަނޑިވަޅެކެވެ. ނަބީކަމަށް ދަޢުވާކުރާ އެތައް ބަޔު ނުކުމެއްޖެ އެވެ. އެ މީހުންނަށް ތަބަޢަވާ އެތައް ބަޔަކު އުފަންވެއްޖެ އެވެ. އަނެއް ކޮޅުން  ބައެއް ޤަބީލާތަކުގެ މީހުން އިސްލާމްދީން ދޫކޮށްލައި މުރުތައްދުވެއްޖެ އެވެ. މުސްލިމުގެ ތެރެއިން އެތައް ބަޔަކު ޒަކާތްދިނުމަށް އިންކާރުކޮށް، ދީނާ ދެކޮޅަށް ބަޣާވާތުގެ ދިދަތައް އުފުލައި ހޫރަން ފަށައިފި އެވެ.

އުޞޫލުލްފިޤުހުގެ ތާރީޚު

ކިޔާފައިވާ ޢަދަދު: 10460
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތާރީޚީ ގޮތުން ބަލާއިރު އުޞޫލުލްފިޤުހި އެންމެ ފުރަތަމަ ފެށިގެން އައިސްފައިވަނީ ވެސް ކީރިތި ރަސޫލާގެ ޒަމާނުގައި ކަމަށް ދެންނެވިދާނެ އެވެ. ބުއްދީގެ ހަމައިން ބަލާއިރުވެސް އިސްލާމީ ފިޤުހާ އެކުއެކީގައި އުޞޫލުލްފިޤުހި ވެސް ފެށިގެން އަންނާނެ އެވެ.

ކީރިތި ޤުރުއާނާ ބެހޭ ބައެއް މަޢުލޫމާތު

ކިޔާފައިވާ ޢަދަދު: 5614
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ފަހުމީ ދީދީ
 
ކީރިތި ޤުރްއާނުގައި 114 ސޫރަތް އޮވެ އެވެ. އަދި 6236 އާޔަތް އަދި 30 ފޮތް އަދި 60 ޙިޒްބު އޮވެ އެވެ. ކީރިތި ޤުރްއާނުގައި ވާ ނުގުތާގެ ޢަދަދަކީ، ގާތްގަނޑަކަށް 1015030 އެވެ. އަކުރުގެ ޢަދަދަކީ 323670 އެވެ. އަދި 77934 ކަލިމަ އޮވެ އެވެ.

ޝަރީޢާގެ ނަޒަރުގައި މަޞްލަޙަތު

ކިޔާފައިވާ ޢަދަދު: 9769
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފެށުން:

“އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާއެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ.” (ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ).  މި އަސާސްގެ މައްޗަށް ރިޢާޔަތްކޮށް އެއްޗެއް ދަންނަވާނަމަ މުޅި އިސްލާމީ ޝަރީޢާގެ މައިގަނޑު މަޤްޞަދަކީ އިންސާނީ މަޞްލަޙަތުތައް ޙިމާޔަތްކުރުން ކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ.

ޝަރީޢަތުގެ ނަޒަރުގައި މަޞްލަޙަތު

ކިޔާފައިވާ ޢަދަދު: 12717
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފެށުން:
“އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާއެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ.”